ގަވިންގެ "ވީކެންޑް ސޭލް" ހުޅުމާލޭގައި ފަށަނީ: ގޭތެރެއަށް ބޭނުންވާ ގިނަ ސާމާނުތަކެއް އާދަޔާހިލާފު ހެޔޮ އަގުތަކެއްގައި!

Sep 22, 2026, 1:26 PM
ގަވިންގެ ހަފުތާ ބަންދުގެ ހާއްސަ ސޭލް ފެށުމަށް ތައްޔާރުވެއްޖެ

ގަވިންގެ ހަފުތާ ބަންދުގެ ހާއްސަ ސޭލް ފެށުމަށް ތައްޔާރުވެއްޖެ

ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހާއި ހޮނިހިރު ދުވަހު، ހުޅުމާލޭގައި ހުންނަ ގަވިން ޝޯރޫމް ކުރިމަތީގައި ހާއްސަ "ވީކެންޑް ސޭލް" އެއް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މި ސޭލް ކުރިއަށް ދާނީ ބުރާސްފަތި އަދި ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ.

ގަވިންގެ މި ވީކެންޑް ސޭލްގެ ތެރެއިން ގޭތެރެއަށް ބޭނުންވާނެ ގިނަ ސާމާނުތަކެއް ލިބެން ހުންނާނެ އެވެ. އޭގެ ތެރޭގައި ކާޕެޓާއި، ފައިފުހި، ކުއިލްޓް ބެޑްޝީޓް އަދި ކުޝަން ކަވަރު ފަދަ ތަކެތި ހިމެނެ އެވެ.

މީގެ އިތުރުން، ބެޑްޝީޓް ނުވަތަ ކުޝަން ކަވަރު ފަދަ ތަކެތި ފަހަން ބޭނުންވާ ފެންވަރު ރަނގަޅު ރީތި ފޮތި، މި ސޭލްގެ ތެރެއިން ވަރަށް ހެޔޮ އަގުތަކެއްގައި ލިބެން ހުންނާނެ އެވެ. އެގޮތުން ފޮތި މީޓަރެއް 15 ރުފިޔާ އާއި 20 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި ލިބޭނެ އެވެ.

ގަވިން އިން ބުނި ގޮތުގައި މި ވީކެންޑް ސޭލް ނިންމާލާނެ ވަކި ތާރީހެއް އަދި ކަނޑައަޅާފައެއް ނުވެ އެވެ.

މިއީ ގޭތެރެ ޒީނަތްތެރިކުރުމަށް ބޭނުންވާ ތަކެތި ހެޔޮ އަގުގައި ހޯދުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ.

މި ސޭލްގައި ހިމެނޭ ތަކެތީގެ އިތުރުން ވެސް، ގަވިން ޝޯރޫމްގައި ހުރި އަގުބޮޑު ގިނަ ބާވަތްތަކަކުން މިހާރު ވަނީ ބޮޑު ޑިސްކައުންޓެއް ދީފަ އެވެ. އަދި ގަވިން އިން އަލަށް ބާޒާރަށް ނެރުނު "އޭވިން" (Awing) ބްރޭންޑްގެ ދޮންނަ މެޝިންތަކުގެ އަގު ވެސް މިހާރު ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފަ އެވެ.

ގަވިން ޝޯރޫމް ހުންނަނީ ހުޅުމާލޭ ރީތިގަސް މަގުގަ އެވެ.

ފަހުގެ ޚަބަރު

ރަޝިއާއަށް ހާއްސަ ސިޔާސަތެއް ނުގެންގުޅެން: ބީއެމްއެލް

ބީއެމްއެލްއިން ބުނީ ރަޝިއާގެ އެއްވެސް މީޑިއާއަށް މައުލޫމާތު ނުދޭ ކަމަށް. އަދި އެ ގައުމަށް އަމާޒުކޮށް ވަކި ހާއްސަ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ވެސް ބުނި. ބީއެމްއެލްއިން ބުނި ގޮތުގައި ބޭރު ފައިސާގެ މުއާމަލާތްތައް ނިންމުމުގައި ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކުގެ ކޮމްޕްލަޔަންސް ސިޔާސަތުތަކަށް.

ރަޝިއާއާ ގުޅުން ހުރި މުއާމަލާތްތައް ބީއެމްއެލް އިން ހުއްޓުވައިފި

ބީއެމްއެލްގެ ރެމިޓެންސް މަނާ ގައުމުތަކުގެ ލިސްޓުގައި ރަޝިޔާ ހިމަނައި، އެ ގައުމުން ފައިސާ ބަލައިގަތުމާއި ފޮނުވުން ވަނީ ހުއްޓާލާފަ. މި ނިންމުމުގެ ސަބަބުން ރަޝިޔާގެ ޓޫރިސްޓުން ރާއްޖޭގެ ހޮޓާތަކަށް ފައިސާ ދެއްކުމުގައި ދަތިވާ މައްސަލަ ހައްލުކުރަން ރާއްޖެއާ މަޝްވަރާކުރާނެ ކަމަށް ވަނީ ބުނެފަ.

ގަވިންގެ ރަމަޟާން ސޭލް ފަށައިފި

ރަމަޟާން މަހާ ދިމާކޮށް ގަވިން އިން ފެށި "ރަމަޟާން ވޯމް އަޕް ސޭލް" ގެ ދަށުން، ބަދިގެއަށް ބޭނުންވާ ހުރިހާ ސާމާނަކާއެކު ހާއްސަ އަގުތަކެއްގައި ދެ ބަދިގެ ސެޓެއް ވަނީ ތައާރަފުކޮށްފައެވެ. މާރިޗު 15 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ހިމެނޭ ޕެކޭޖުތަކުގެ ތެރޭގައި 64،000 ރުފިޔާ އަދި 66,000 ރުފިޔާގެ ސެޓުތައް ހިމެނެއެވެ.

ޓޯޓަލް ފިޒިއޯގެ އަހަރީ ދުވަހުގައި ހިލޭ ސްކްރީނިން

ޓޯޓަލް ފިޒިއޯގެ ދެވަނަ އަހަރީ ދުވަހާ ގުޅިގެން، ނޮވެމްބަރު 9 އިން 15 އަށް ހިލޭ މޮބިލިޓީ ސްކްރީނިންގް ހެދުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތުގެ މަގްސަދަކީ ހަށިގަނޑުގެ ދުޅަހެޔޮކަން ވަޒަންކޮށް، ބަލިތަކުން ރައްކާތެރިވުމަށް ހޭލުންތެރިކަން އިތުރުކުރުމެވެ. މީގެ އިތުރުން، އަހަރީ ދުވަހުގެ މުނާސަބަތުގައި ކްލިނިކްގެ އެކި ހިދުމަތްތަކުން ހާއްސަ ޑިސްކައުންޓްތަކެއް ދިނުމަށްވެސް ވަނީ ނިންމާފައެވެ.

އައިކެއާއިން އޭއައިގެ އެހީގަ ލޮލުގެ ރެޓީނާ ސްކްރީންކުރަން ފަށަނީ

އައިރިސް ކުންފުންޏާ ގުޅިގެން އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ލޮލުގެ ރެޓިނާ ސްކްރީންކުރުމުގެ ޚިދުމަތް އައިކެއާ ހޮސްޕިޓަލުން ރާއްޖެއަށް ތައާރަފުކޮށްފި. އައިކެއާގެ މައި ހޮސްޕިޓަލުން މި ޚިދުމަތް ވަރަށް އަވަހަށް ލިބެން ފަށާނެ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ދިރާގު އެޕްރެންޓިސްޝިޕް 2027 އަށް ފުރުސަތު ހުޅުވާލައިފި

ޒުވާނުން ވަޒީފާގެ މާހައުލަށް އަހުލުވެރިކޮށް ތަމްރީނު ދިނުމަށް ހިންގާ "ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2027" ގައި ބައިވެރިވުމުގެ ފުރުސަތު 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް ހުޅުވާލައިފިއެވެ. މި ޕްރޮގްރާމްގެ ދަށުން މާލެ އާއި އަތޮޅުތެރޭގެ އެކި ސެންޓަރުތަކުގައި ތަފާތު ދާއިރާތަކުން އާމްދަނީ ލިބޭގޮތަށް މަސައްކަތުގެ ތަޖުރިބާ އާއި ހުނަރު ދަސްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

Newsletter

Get the latest news delivered straight to your inbox