ނޭޝަންސް ލީގުގައި ޖަރުމަނާއި ނެދަލެންޑްސް ގަދަހިފުމަކަށް ނުކުންނަން ޖެހިއްޖެ

Nov 14, 2026, 12:12 PM
ނެދަލެންޑްސް އިން ރޭގެ މެޗުގައި ހެޓްރިކް ހެދި ރައިންޑާސް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ނެދަލެންޑްސް އިން ރޭގެ މެޗުގައި ހެޓްރިކް ހެދި ރައިންޑާސް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

އަމްސްޓެޑަމް (ނޮވެމްބަރު 14) - ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ، މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދުމަށް ނެދަލެންޑްސް އާއި ޖަރުމަނުން ގަދަހިފުމަކަށް ނުކުންނަން ޖެހިއްޖެ އެވެ. 

ނޭޝަންސް ލީގުގެ ލީގު އޭގެ ގްރޫޕް ދޭއްގައި ރޭ ނެދަލެންޑްސް އިން ވަނީ 7-0 އިން ގްރީސް އަތުން މޮޅުވެފަ އެވެ. އަދި، ޖަރުމަނުން ވަނީ 3-1 އިން ސާބިއާގެ މައްޗަށް ކުރިހޯދައިފަ އެވެ. 

މި ވަގުތު މި ގްރޫޕްގެ ތާވަލަށް ބަލާއިރު ފަސް މެޗުން 11 ޕޮއިންޓާ އެކު ނެދަލެންޑްސް އޮތީ އެއް ވަނައިގަ އެވެ. ފަސް މެޗުން އަށް ޕޮއިންޓާ އެކު ދެ ވަނައިގައި އޮތް ގްރީސް އާއި ފަސް މެޗުން އަށް ޕޮއިންޓާ އެކު ތިން ވަނައިގައި އޮތް ޖަރުމަނުގެ މަގާމުތައް ބެހިފައި އޮތީ ލަނޑުގެ ތަފާތުންނެވެ. މި ގްރޫޕްގެ ފުލުގައި އޮތް ސާބިއާ ވަނީ ކުޅުނު ފަސް މެޗުން ވެސް ބަލިވެފަ އެވެ. 

ކޮންމެ ގްރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމެއް ކުއާޓާ ފައިނަލަށް ދަތުރުކުރާއިރު، މި ގްރޫޕްގައި ބާކީ އޮތީ ޖަރުމަނުން އަމިއްލަ ދަނޑުގައި ނެދަލެންޑްސްއާ ކުޅޭ މެޗާއި ގްރީސް އިން އަމިއްލަ ދަނޑުގައި ސާބިއާއާ ދެކޮޅަށް ނުކުންނަ މެޗެވެ. މި ގްރޫޕްގެ ފަހު މެޗުތައް އޮތީ އަންނަ ހޯމަ ދުވަހު އެވެ. 

މެޗަކުން ބަލިނުވެ ކުރިއަށްދަމުން އައި ގްރީސް ކައިރިން ރޭ ނެދަލެންޑްސް އިން ވަނީ ތަފާތު ބޮޑު މޮޅެއް ހޯދައިފަ އެވެ. ރޭގެ މެޗުގައި ނެދަލެންޑްސްގެ ޓިޖާނީ ރައިންޑާސް ހެޓްރިކެއް ހެދިއިރު، ޖޫރިއަން ޓިމްބާ ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އަނެއް ލަނޑުތައް ޖެހީ، ކްރައިސެންސިއޯ ސަމަވިލް އަދި ޑޮންޔެލް މާލެން އެވެ. 

ޖަރުމަނުން ރޭ ލީޑުނެގި ގޯލަކީ ތިން ވަނަ މިނިޓްގައި ސާބިއާގެ ސަޖްޑާން ބަބިޗް އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. މެޗުގެ 14 ވަނަ މިނިޓްގައި ފްލޯރިއަން ވާޓްޒް ވަނީ ޖަރުމަނުގެ ލީޑުފުޅާކޮށްދީފަ އެވެ. އަދި، ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ފަސް މިނިޓް ތެރޭ ބްރަޖަން ގްރޫޑާ ވަނީ ޖަރުމަނުގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. 

ޖަރުމަނުން ތިން ވަނަ ގޯލު ޖެހިތާ ހަ މިނިޓް ފަހުން، ސާބިއާގެ ބަބިޗް ވަނީ އެ ޓީމުން މެޗުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްފަ އެވެ. 

ސާބިއާ އިން މި މެޗު ނިންމާލީ ދެ ކުޅުންތެރިން މަދުކޮށެވެ. އެ ގޮތުން، 76 ވަނަ މިނިޓްގައި ސާބިއާގެ ވަންޖާ ޑްރަގޯޖެވިޗަށް ރަތެއް ދެއްކީ ޖަރުމަނުގެ ޔޯސުއާ ކިމިކަށް ކުރި ނުރައްކާތެރި ފައުލަކަށެވެ. އަދި، މެޗުގެ 89 ވަނަ މިނިޓްގައި ސާބިއާގެ އަންޑްރިޖާ ޒިވްކޮވިޗަށް ރަތެއް ދެއްކީ ފައުލެއް ކުރުމުގެ އިތުރުން، ރެފްރީއާ ބޭއަދަބީ އިބާރާތުން ވާހަކަ ދައްކައިގެންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް

މުބާރާތް ބާއްވާ ބަންގްލަދޭޝް 1-0 އިން ބަލިކޮށް، ޕާކިސްތާނުން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުން ޖާގަ ހޯދައިފި. މެޗުގެ ފަހުކޮޅު އަބްދުލް އަރްޝަދު ކާމިޔާބުކުރި ލަނޑާއެކު ފައިނަލަށް ދިޔަ ޕާކިސްތާން، އަންގާރަ ދުވަހު ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާއާ ދެކޮޅަށް.

އިންޑިއާ އިން ޖެހިޖެހިގެން 10 ވަނަ ފަހަރަށް ސާފްގެ ފައިނަލަށް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބޫޓާން 2-1 އިން ބަލިކޮށް، އިންޑިއާ ވަނީ ޖެހިޖެހިގެން 10 ވަނަ ފަހަރަށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައި. މިއީ 2003 ވަނަ އަހަރަށްފަހު އިންޑިއާ ފައިނަލަށް ނުގޮސް މުބާރާތެއް ނިންމާލަން ނުޖެހި ފައިނަލުގައި ވާދަކުރާ މެދުކެނޑުމެއް ނެތް 10 ވަނަ ފަހަރު.

ޕާކިސްތާން މެޗަކީ ވެސް ބަންގްލަދޭޝަށް ފައިނަލެއް: ޑޫލޭ

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި މިރޭ ޕާކިސްތާނާ ދެކޮޅަށް ކުޅޭ މެޗަކީ ފައިނަލެއްގެ ގޮތުގައި ދެކިގެން ކުޅޭނެ ވަރަށް މުހިންމު މެޗެއް ކަމަށް ބަންގްލަދޭޝްގެ ކޯޗު ޑޫލޭ ބުނެފި. ބަންގްލަދޭޝްގެ އަމާޒަކީ 23 އަހަރަށް ފަހު އަމިއްލަ ގައުމުގައި މި މުބާރާތުގެ ތަށި އުފުލާލުން، އެކަމަކު މި ވަގުތު ފޯކަސް ކުރަންވީ ޕާކިސްތާން ބަލިކުރަން ކަމަށް ބުނެފައިވޭ

ކެއުން ނޫން ހުރިހާ ކަމެއް ސާފްގައި އިންޑިއާ އަށް ރަނގަޅު

ބަންގްލަދޭޝްގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ކެއުމުގެ އިންތިޒާމްތައް ހުރި ގޮތާ މެދު އިންޑިއާގެ ކޯޗު ނައުޝާދު މޫސާ ހިތްހަމަނުޖެހުން ފާޅުކޮށްފި. އޭނާ ބުނިގޮތުގައި މުބާރާތުގެ އެހެން އިންތިޒާމްތައް ރަނގަޅު ނަމަވެސް، ކޮންމެ ދުވަހަކު އެއް ބާވަތްތަކެއްގެ ކާނާ ލިބުމަކީ ކުޅުންތެރިންނަށް އޮތް ގޮންޖެހުމެއް.

އިޓަލީ އަތުން ބަލިވިޔަސް ޒިދާން ބުނީ އެކަމާ ނުވިސްނާ ކަމަށް

ނޭޝަންސް ލީގުގައި އިޓަލީ އަތުން 3-1 އިން ފްރާންސް ބަލިވި ނަމަވެސް، އެ ނަތީޖާއާ މެދު މާބޮޑަށް ނުވިސްނާ ކަމަށާއި އަމާޒަކީ ކުރިއަށް ހުރި ކަންކަން ރަނގަޅު ކުރުން ކަމަށް ކޯޗު ޒިދާން ބުނެފިއެވެ. މިއީ ޒިދާންގެ އިރުޝާދުގެ ދަށުން ފްރާންސް ބަލިވި ފުރަތަމަ މެޗު ނަމަވެސް، ގްރޫޕްގެ އެއްވަނައިގައި އޮތް އިޓަލީއާ އެއްވަރަށް ޕޮއިންޓް ހޯދައިގެން ފްރާންސް އޮތީ ތާވަލުގެ ދެވަނައިގައެވެ.

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

Newsletter

Get the latest news delivered straight to your inbox