ވާޓްޒްގެ ލަނޑުތަަކާ އެކު ޖަރުމަނުން ނެދަލެންޑްސް ބަލިކޮށްފި

Nov 17, 2026, 8:09 AM
ނެދަލެންޑްސް ކޮޅަށް ލަނޑު ޖެހުމަށް ފަހު ވާޓްޒް އުފާފާޅުކުރަނީ

ނެދަލެންޑްސް ކޮޅަށް ލަނޑު ޖެހުމަށް ފަހު ވާޓްޒް އުފާފާޅުކުރަނީ

ބާލިން (ނޮވެމްބަރު 17) - ޔުއެފާ ނޭޝަންސް ލީގުގައި ރޭ ފްލޯރިއަން ވާޓްޒްގެ ލަނޑުތާ އެކު ޖަރުމަނުން 5-0 އިން ނެދަލެންޑްސް ބަލިކޮށްފި އެވެ. 

މި ނަތީޖާއާ އެކު ޖަރުމަނުން ވަނީ ކުއާޓާ ފައިނަލުގެ ޖާގައެއް ވެސް ޔަގީންކޮށްފަ އެވެ. 

ނޭޝަންސް ލީގުގެ ލީގު އޭގެ ގްރޫޕް ދޭއްގެ އެއް ވަނަ އަށް ދިޔަ ޖަރުމަނާއި ދެ ވަނަ އަށް ދިޔަ ނެދަލެންޑްސް އަދި ތިން ވަނައިގައި ނިންމި ގްރީސް އަށް ވެސް ހަ މެޗުން ލިބުނީ 11 ޕޮއިންޓެވެ. ޖަރުމަނަށް ފައިދާ އަށް ގޯލު އޮތްއިރު، ނެދަލެންޑްސް އަށް އޮތީ ފައިދާ ހަަތަރު ގޯލެވެ. ރޭ ސާބިއާ އަތުން 1-0 އިން މޮޅުވި ގްރީސް އަށް އޮތީ ގެއްލުން ހަތަރު ގޯލެވެ. 

ސާބިއާ ވަނީ ގްރޫޕްގައި ކުޅުނު ހަ މެޗުން ވެސް ބަލިވެފަ އެވެ. 

ބާލިންގެ އޮލިމްޕިކް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޖަރުމަނުން ލީޑުނެގި އެވެ. މި ލަނޑު ޖެހީ 41 ވަނަ މިނިޓްގައި ޑެރީ ޝާހޯންޓް އެވެ. އޭރިއާބޭރުން ލިބުނު ބޯޅައެއް އޭނާ ވަނީ ގޯލުގެ މަތީ ކަނަށް ފޮނުވާލައި، ގައުމީ ޓީމަށް ފުރަތަމަ ފަހަރަށް ލަނޑެއް ޖަހައިފަ އެވެ. 

މެޗުގެ 60 ވަނަ މިނިޓްގައި ވާޓްޒް، އޭނާގެ ފުރަތަމަ ލަނޑު ޖަހައި ޖަރުމަނަށް ލީޑުފުޅާކޮށްދިންއިރު، އޭގެ ފަސް މިނިޓް ފަހުން، ނިކޯ ޝްލޮޓަބެކް އިތުރު ލަނޑެއް ޖަހައި، ޖަރުމަނަށް ތިން ގޯލުގެ ލީޑެއް ނަގައިދިނެވެ. ވާޓްޒް، އޭނާގެ ދެ ވަނަ ލަނޑު ޖެހީ މެޗުގެ 71 ވަނަ މިނިޓްގަ އެވެ. 

ޖަރުމަނުގެ ފަހު ލަނޑު މެޗުގެ 77 ވަނަ މިނިޓްގައި ކާމިޔާބުކުރީ ބްރަޖަން ގްރޫޑާ އެވެ. އޭނާ އަންނަނީ ޖަރުމަނުގެ ކޯޗު ޔާގަން ކްލޮޕް ދެމުން އަންނަ ފުރުސަތުތަކުގެ ބޭނުން ރަނގަޅަށް ހިފައި، ޓީމުގައި މަގާމު ދަމަހައްޓަމުންނެވެ.

މި މެޗަކީ ނެދަލެންޑްސްގެ ކޯޗުކަމާ ޒަވީ ހެނާންޑޭޒް ހަވާލުވި ފަހުން އެ ޓީމު އެންމެ ތަފާތު ބޮޑު ނަތީޖާ އަކުން ބަލިވި މެޗެވެ.  

ކޮމެންޓް

ފަހުގެ ޚަބަރު

ނެޓްބޯޅަ ކޮމްޕްލެކްސް އިން ކުޅިވަރުގެ ދުރުރާސްތާ ޕްލޭނަށް ފައިދާ

ސަރުކާރުގެ ކުޅިވަރުގެ ދުރުރާސްތާ ޕްލޭންގެ ދަށުން ހުޅުމާލޭގައި ބިނާކުރާ ނެޓްބޯޅަ ކޮމްޕްލެކްސްގެ ބިންގާ އަޅައިފި. މި ކޮމްޕްލެކްސްގައި ފަސް ޕިޗު ހިމެނޭއިރު، މިއީ ނެޓްބޯޅައިގެ އިތުރުން އެހެނިހެން އިންޑޯ ކުޅިވަރުތަކާއި ބައިނަލްއަގުވާމީ މުބާރާތްތައް ބޭއްވޭނެހެން ފަރުމާކުރެވިފައިވާ ތަނެއް.

އެފްއޭއެމް ވިމެންސް ލީގު: މާޒިޔާ އާއި ނިއު ފެށީ ބޮޑު މޮޅަކުން

އެފްއޭއެމް ވިމެންސް ލީގުގެ ފުރަތަމަ މެޗުތަކުން މާޒިޔާ އާއި ނިއު ރޭޑިއަންޓް ބޮޑު ތަފާތަކުން މޮޅުވެއްޖެ. މާޒިޔާއިން އެމްއެސް މޭޓްސް އަތުން 8-0 އިން މޮޅުވިއިރު، ނިއު ރޭޑިއަންޓުން ވަނީ ދަ ގްރާންޑޭ އަތުން 15-0 އިން ކުރިހޯދާފައެވެ. ހަތަރު ޓީމު ވާދަކުރާ މި މުބާރާތުގެ ދެވަނަ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހު.

ޖޭޖޭ ސްޕޯޓްސް ކްލަބުން ކޮޅުނބު ފުޓްސަލް ކަޕް ތަށި ދިފާއުކޮށްފި

ސްރީ ލަންކާގައި ބޭއްވި ކޮޅުނބު ފުޓްސަލް ކަޕްގެ ފައިނަލުގައި ލާސްޓް ވޯނިން އެފްސީ 3-0 އިން ބަލިކޮށް، ޖޭޖޭ ސްޕޯޓްސް ކްލަބުން މުބާރާތުގެ ތަށި ދިފާއުކޮށްފި. މި މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން ޖޭޖޭ މޮޅުވެފައިވާއިރު، މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި އެ ޓީމުގެ ތިން ކުޅުންތެރިއަކު ހިމެނޭ

އިޓަލީ ކަޓުވާލައި ބެލްޖިއަމުން ނޭޝަންސް ލީގު ކުއާޓާ އަށް

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން 4-1 ގެ ބޮޑު ތަފާތަކުން އިޓަލީ ބަލިކޮށް، ބެލްޖިއަމުން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި. އިޓަލީން ފުރަތަމަ ލަނޑު ޖަހައި ކުރިހޯދާފައިވަނިކޮށް، ބެލްޖިއަމުން ފަހަތުން އަރައި ފަސް ލަނޑު ޖެހިއިރު، މި ނަތީޖާއާއެކު އިޓަލީ ވަނީ މުބާރާތުން ކަޓާފައި

އިންގްލެންޑް އަތްދަށުވެ ސްޕެއިންގެ ބަލިނުވުމުގެ ރެކޯޑް ނިމިއްޖެ

ޔުއެފާ ނޭޝަންސް ލީގުގައި ރޭ އިންގްލެންޑް އަތުން 3-2 އިން ބަލިވެ، ސްޕެއިން މެޗަކުން ބަލިނުވެ ދަމަހައްޓަމުން އައި 43 މެޗުގެ ރެކޯޑް ނިމުމަކަށް އަތުވެއްޖެ. މި މެޗުގައި އިންގްލެންޑުން ތިން ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް، ސްޕެއިނުން ދެ ލަނޑު ޖެހި ނަމަވެސް މެޗުން މޮޅުވެވޭ ގޮތެއް ނުވި

އުންމީދަކީ 18 މަސް ދުވަސް ތެރޭ ފުޓްސަލް އެރީނާ ނިންމުން: ރާފިއު

ހުޅުމާލޭގައި ބިނާކުރާ ފުޓްސަލް އެރީނާގެ މަސައްކަތް 18 މަސްދުވަހުގެ ތެރޭގައި ނިންމުމަކީ އުންމީދެއް ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ. ލިއޯ ޓްރޭޑިންއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ ފުޓްސަލް ކުޅުންތެރިންނަށް ބޭނުންވާ އިންޑޯ ވަސީލަތްތައް ގާއިމުކުރުމަށް ފެށި މުހިންމު މަސައްކަތެއް

ނެޝަނަލް ފުޓްސަލް އެރީނާގެ އަމަލީ މަސައްކަތް ފަށައިފި

ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި ބައިނަލްއަގުވާމީ ފެންވަރުގެ ނެޝަނަލް ފުޓްސަލް އެރީނާ އެޅުމުގެ އަމަލީ މަސައްކަތް ލިއޯ ޓްރޭޑިންއާ ހަވާލުކޮށްގެން ވަނީ ފަށާފައި. ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަލްޓި-ލެވެލް އެރީނާގައި ފަސް ކޯޓާއި، ކުޅުންތެރިންނަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ގާއިމުކުރަން ވަނީ ހަމަޖެހިފައި.

Newsletter

Get the latest news delivered straight to your inbox