އިޓަލީ ކަޓުވާލައި ބެލްޖިއަމުން ނޭޝަންސް ލީގު ކުއާޓާ އަށް

Nov 16, 2026, 6:32 AM
އިޓަލީ ކޮޅަށް ލަނޑު ޖެހުމަށް ފަހު ޑޮކޫ އުފާފާޅުކުރަނީ.

އިޓަލީ ކޮޅަށް ލަނޑު ޖެހުމަށް ފަހު ޑޮކޫ އުފާފާޅުކުރަނީ.

ބްރުސެލްސް، ބެލްޖިއަމް (ނޮވެމްބަރު 16) - ފަހަތުން އަރައި 4-1 އިން އިޓަލީ ބަލިކޮށް، އެ ޓީމު ކަޓުވާލުމަށް ފަހު ބެލްޖިއަމް އިން ޔުއެފާ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ. 

ބެލްޖިއަމް ދަނޑުގައި އެއްވަރުކޮށްލައިގެން ވެސް ކުއާޓާ ފައިނަލަށް ދިއުމުގެ ފުރުސަތު އޮތް އިޓަލީން ވަނީ ރޭގެ މެޗުގައި ލީޑުނަގައިފަ އެވެ. މެޗުގެ 11 ވަނަ މިނިޓްގައި އިޓަލީ އަށް މި ލަނޑު ޖަހައިިދިނީ މި ވަގުތު ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ ފޯވާޑް ޕިއޯ އެސްޕޮސީޓޯ އެވެ. މިއީ، އިޓަލީ އަށް ކުޅުނު 15 ވަނަ މެޗުގައި އޭނާ ޖެހި 10 ވަނަ ގޯލެވެ.

އިޓަލީން ލީޑުނެގިތާ ހަތަރު މިނިޓް ފަހުން، މެޗުގެ 15 ވަނަ މިނިޓްގައި ބެލްޖިއަމްގެ މެކްސިމް ޑި ކޮއިޕާ ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. މެޗުގެ 22 ވަނަ މިނިޓްގައި ބެލްޖިއަމުން ލީޑުނެގި އެވެ. މި ލަނޑު ޖެހީ ނޭތަން އެންގޯއި އެވެ. ގައުމީ ޓީމަށް އެންގޯއި ޖަހައިދިން ފުރަތަމަ ލަނޑު ކާމިޔާބުކުރީ ބްރެންޑަން މެކެލޭ ނަގައިިދިން ބޯޅައަކުން ބޮލުންނެވެ. އޭގެ ހަަތަރު މިނިޓް ފަހުން، އިޓަލީގެ ކުޅުންތެރިންތަކެއް ކައިރިން ދެމިގަތުމަށް ފަހު، ޖެރެމީ ޑޯކޫ ވަނީ ބެލްޖިއަމްގެ ތިން ވަަނަ ލަނޑު ޖަހައިފަ އެވެ. 

މެޗުގެ 80 ވަނަ މިނިޓްގައި ކެވިން ޑި ބްރޭނާ ދިން ބޯޅައަކުން ބެލްޖިއަމްގެ ހަތަރު ވަނަ ލަނޑު ޖެހީ ޑިއޭގޯ މޮރެއިރާ އެވެ. މެޗުގައި އިޓަލީ އަށް ލިބުނު ޕެނަލްޓީ އަކުން އެސްޕޮސީޓޯ ފޮނުވާލި ބޯޅަ ބެލްޖިއަމްގެ ގޯލު ބެލެހެއްޓި ކީޕަރު، ސެން ލަމެންސް ވަނީ މަތަކޮށްފަ އެވެ. 

މި ގްރޫޕްގައި ރޭ ފްރާންސް އިން ކުޅުނު މެޗުގައި، 2-1 އިން ތުރުކީގެ މައްޗަށް ކުރިހޯދި އެވެ. ފްރާންސް އިން ލީޑުނެގީ 49 ވަނަ މިނިޓްގައި ތުރުކީގެ އެމިރްހާން ޓޮޕްކޫ އަތުން ބަައިކޮޅަށް ވަން ގޯލަކުންނެވެ. އަދި، ކްރޫޕީ ޖޫނިއާ، ފްރާންސަަށް ޖަހައިދިން ފުރަތަމަ ގޯލުން އެ ޓީމުން ލީޑުފުޅާކުރިއިރު، ތުރުކީން މެޗުގައި ޖެހި ހަމައެކަނި ލަނޑު 90 ވަނަ މިނިޓްގައި ކާމިޔާބުކުރީ، އަބްދުލްކަރީމް ބަރްޑްކްޗީ އެވެ. 

ފްރާންސް އިން ގްރޫޕްގެ އެއް ވަނަ ހޯދި 13 ޕޮއިންޓާ އެކު އެވެ. ދެ ވަނަ ލިބުނު ބެލްޖިއަމް އަށް 12 ޕޮއިންޓް ލިބުނުއިރު، ތިން ވަނަ އަށް ދިޔަ އިޓަލީގެ އޮތީ 10 ޕޮއިންޓެވެ. ތުރުކީ ވަނީ ކުޅުނު ހަ މެޗުން ވެސް ބަލިވެފަ އެެވެ. 

 

ކޮމެންޓް

ފަހުގެ ޚަބަރު

ނެޓްބޯޅަ ކޮމްޕްލެކްސް އިން ކުޅިވަރުގެ ދުރުރާސްތާ ޕްލޭނަށް ފައިދާ

ސަރުކާރުގެ ކުޅިވަރުގެ ދުރުރާސްތާ ޕްލޭންގެ ދަށުން ހުޅުމާލޭގައި ބިނާކުރާ ނެޓްބޯޅަ ކޮމްޕްލެކްސްގެ ބިންގާ އަޅައިފި. މި ކޮމްޕްލެކްސްގައި ފަސް ޕިޗު ހިމެނޭއިރު، މިއީ ނެޓްބޯޅައިގެ އިތުރުން އެހެނިހެން އިންޑޯ ކުޅިވަރުތަކާއި ބައިނަލްއަގުވާމީ މުބާރާތްތައް ބޭއްވޭނެހެން ފަރުމާކުރެވިފައިވާ ތަނެއް.

އެފްއޭއެމް ވިމެންސް ލީގު: މާޒިޔާ އާއި ނިއު ފެށީ ބޮޑު މޮޅަކުން

އެފްއޭއެމް ވިމެންސް ލީގުގެ ފުރަތަމަ މެޗުތަކުން މާޒިޔާ އާއި ނިއު ރޭޑިއަންޓް ބޮޑު ތަފާތަކުން މޮޅުވެއްޖެ. މާޒިޔާއިން އެމްއެސް މޭޓްސް އަތުން 8-0 އިން މޮޅުވިއިރު، ނިއު ރޭޑިއަންޓުން ވަނީ ދަ ގްރާންޑޭ އަތުން 15-0 އިން ކުރިހޯދާފައެވެ. ހަތަރު ޓީމު ވާދަކުރާ މި މުބާރާތުގެ ދެވަނަ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހު.

ޖޭޖޭ ސްޕޯޓްސް ކްލަބުން ކޮޅުނބު ފުޓްސަލް ކަޕް ތަށި ދިފާއުކޮށްފި

ސްރީ ލަންކާގައި ބޭއްވި ކޮޅުނބު ފުޓްސަލް ކަޕްގެ ފައިނަލުގައި ލާސްޓް ވޯނިން އެފްސީ 3-0 އިން ބަލިކޮށް، ޖޭޖޭ ސްޕޯޓްސް ކްލަބުން މުބާރާތުގެ ތަށި ދިފާއުކޮށްފި. މި މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން ޖޭޖޭ މޮޅުވެފައިވާއިރު، މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި އެ ޓީމުގެ ތިން ކުޅުންތެރިއަކު ހިމެނޭ

އިންގްލެންޑް އަތްދަށުވެ ސްޕެއިންގެ ބަލިނުވުމުގެ ރެކޯޑް ނިމިއްޖެ

ޔުއެފާ ނޭޝަންސް ލީގުގައި ރޭ އިންގްލެންޑް އަތުން 3-2 އިން ބަލިވެ، ސްޕެއިން މެޗަކުން ބަލިނުވެ ދަމަހައްޓަމުން އައި 43 މެޗުގެ ރެކޯޑް ނިމުމަކަށް އަތުވެއްޖެ. މި މެޗުގައި އިންގްލެންޑުން ތިން ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް، ސްޕެއިނުން ދެ ލަނޑު ޖެހި ނަމަވެސް މެޗުން މޮޅުވެވޭ ގޮތެއް ނުވި

އުންމީދަކީ 18 މަސް ދުވަސް ތެރޭ ފުޓްސަލް އެރީނާ ނިންމުން: ރާފިއު

ހުޅުމާލޭގައި ބިނާކުރާ ފުޓްސަލް އެރީނާގެ މަސައްކަތް 18 މަސްދުވަހުގެ ތެރޭގައި ނިންމުމަކީ އުންމީދެއް ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ. ލިއޯ ޓްރޭޑިންއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ ފުޓްސަލް ކުޅުންތެރިންނަށް ބޭނުންވާ އިންޑޯ ވަސީލަތްތައް ގާއިމުކުރުމަށް ފެށި މުހިންމު މަސައްކަތެއް

ނެޝަނަލް ފުޓްސަލް އެރީނާގެ އަމަލީ މަސައްކަތް ފަށައިފި

ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި ބައިނަލްއަގުވާމީ ފެންވަރުގެ ނެޝަނަލް ފުޓްސަލް އެރީނާ އެޅުމުގެ އަމަލީ މަސައްކަތް ލިއޯ ޓްރޭޑިންއާ ހަވާލުކޮށްގެން ވަނީ ފަށާފައި. ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަލްޓި-ލެވެލް އެރީނާގައި ފަސް ކޯޓާއި، ކުޅުންތެރިންނަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ގާއިމުކުރަން ވަނީ ހަމަޖެހިފައި.

ޕާކިސްތާނުން ފައިނަލަށް ދިޔައީ ޕްލޭން ކާމިޔާބުކޮށްގެން

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި 1-0 އިން ބަންގްލަދޭޝް ބަލިކޮށް، ޕާކިސްތާނުން ފުރަތަމަ ފަހަރަށް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި. ބަންގްލަދޭޝްގެ ކޯޗު ތޯމަސް ޑޫލޭ ބުނިގޮތުގައި ޕާކިސްތާނުން މި މެޗު ކާމިޔާބުކުރީ އެމީހުންގެ ކުޅުން ދިރާސާކޮށް، ވަރަށް ރަނގަޅު ޕްލޭނަކާއެކު ތައްޔާރުވެގެން އައިސްގެން. ފައިނަލުގައި ކުޅޭނީ ޕާކިސްތާނާއި އިންޑިއާ

Newsletter

Get the latest news delivered straight to your inbox