އިޓަލީ އަތުން ބަލިވިޔަސް ޒިދާން ބުނީ އެކަމާ ނުވިސްނާ ކަމަށް

Nov 14, 2026, 6:27 AM
ފްރާންސްގެ ކޯޗު ޒިނެދިން ޒިދާން

ފްރާންސްގެ ކޯޗު ޒިނެދިން ޒިދާން

މިލާން (ނޮވެމްބަރު 14) - ޔުއެފާ ނޭޝަންސް ލީގުގައި އިޓަލީއާ ދެކޮޅަށް ކުޅުނު މެޗުން ފްރާންސް ބަލިވި ކަމުގައި ވިޔަސް އެ ކަމާ މެދު އެހާ ބޮޑަށް ވިސްނަން ބޭނުންނުވާ ކަމަށް ފްރާންސްގެ ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ. 

ފްރާންސުން ލީޑުނަގާފައިވަނިކޮށް އިޓަލީ މޮޅުވީ ފަހަތުން އަރައި 3-1 އިންނެވެ. މިއީ، ފްރާންސްގެ ކޯޗުކަމާ ޒިދާން ހަވާލުވި ފަހުން އެ ޓީމު ބަލިވި ފުރަތަމަ މެޗެވެ. އަނެއްކޮޅުން، މިއީ، ފާއިތުވި 64 އަހަރު ތެރޭ އިޓަލީން އަމިއްލަ ދަނޑުގައި ކުޅުނު މެޗަކުން ފްރާންސްގެ މައްޗަށް ކުރިހޯދި ފުރަތަމަ ފަހަރެވެ. އެ ގޮތުން، 1962 އަހަރުގެ ފަހުން ފްރާންސުން އިޓަލީގައި ކުޅުނު ހަތަރު މެޗުން ވެސް ބަލިވެފައިނުވާއިރު، މި ފަހަރު އިޓަލީ އަށް މި ކާމިޔާބީ ހޯދައިދިން ކޯޗަކީ އެ ޓީމާ ދެ ވަނަ ފަހަރަށް ހަވާލުވި ރޮބާޓޯ މަންޗިނީ އެވެ.

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، ޒިދާން ބުނީ، މެޗުގެ ފުރަތަމަ ހާފު ބޭނުންވި ގޮތަށް ދިޔަ ކަމުގައި ވިޔަސް ދެ ވަނަ ހާފުގައި ގޯސްތަކެއް ހެދިގެން މެޗުގެ ކޮންޓްރޯލް އަތުން ދިޔައީ ކަމަށެވެ. 

Advertisement

"އެހާ ބޮޑަށް އަހަރެމެން ނުވިސްނަން މި ވަގުތު ޓީމުގެ ކަންކަމަށް، މިއީ ހިނގަމުން އަންނަ މަސައްކަތެއް. ވަރަށް ގިނަ ކަންކަން ރަނގަޅުކުރަން ބޭނުންވާއިރު، މިހެން އަންނަ ނަތީޖާ އަކާ މެދު ވިސްނަން ވަގުތެއް ނެތް. ދެން އޮތްް މެޗަށް ތައްޔާރުވާންވީ،" ޒިދާްން ބުންޏެވެ. 

އިޓަލީ ގްރޫޕްގެ އެއް ވަނައިގައި އޮތީ ދެ ވަނައިގައި އޮތް ފްރާންސާ އެއްވަރަށް ފަސް މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް ބެލްޖިއަމަށް ފަސް މެޗުން ނުވަ ޕޮއިންޓް އަދި ފުލުގައި އޮތް ތުރުކީ އަށް ފަސް މެޗުން އެއްވެސް ޕޮއިންޓެއް ނުލިބެ އެެވެ.

ކޮންމެ ޓީމަކަށް ބާކީ އެއް މެޗު އޮތްއިރު، ފްރާންސުން އަމިއްލަ ދަނޑުގައި ކުޅޭނީ ތުރުކީއާ އެވެ. އަދި، އިޓަލީން ރަށުންބޭރުގައި ވާދަކުރާނީ ބެލްޖިއަމްއާ އެވެ.  

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް

މުބާރާތް ބާއްވާ ބަންގްލަދޭޝް 1-0 އިން ބަލިކޮށް، ޕާކިސްތާނުން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުން ޖާގަ ހޯދައިފި. މެޗުގެ ފަހުކޮޅު އަބްދުލް އަރްޝަދު ކާމިޔާބުކުރި ލަނޑާއެކު ފައިނަލަށް ދިޔަ ޕާކިސްތާން، އަންގާރަ ދުވަހު ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާއާ ދެކޮޅަށް.

އިންޑިއާ އިން ޖެހިޖެހިގެން 10 ވަނަ ފަހަރަށް ސާފްގެ ފައިނަލަށް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބޫޓާން 2-1 އިން ބަލިކޮށް، އިންޑިއާ ވަނީ ޖެހިޖެހިގެން 10 ވަނަ ފަހަރަށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައި. މިއީ 2003 ވަނަ އަހަރަށްފަހު އިންޑިއާ ފައިނަލަށް ނުގޮސް މުބާރާތެއް ނިންމާލަން ނުޖެހި ފައިނަލުގައި ވާދަކުރާ މެދުކެނޑުމެއް ނެތް 10 ވަނަ ފަހަރު.

ޖަރުމަނާއި ނެދަލެންޑްސް ގަދަހިފުމަކަށް ނުކުންނަން ޖެހިއްޖެ

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ނެދަލެންޑްސް އާއި ޖަރުމަނު މޮޅުވެ، މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދުމަށް ގަދަހިފުމަކަށް ނުކުންނަން ޖެހިއްޖެ. ނެދަލެންޑްސް އިން ގްރީސް އަތުން 7-0 އިން މޮޅުވިއިރު، ޖަރުމަނުން ވަނީ 3-1 އިން ސާބިއާ ބަލިކޮށްފައި

ޕާކިސްތާން މެޗަކީ ވެސް ބަންގްލަދޭޝަށް ފައިނަލެއް: ޑޫލޭ

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި މިރޭ ޕާކިސްތާނާ ދެކޮޅަށް ކުޅޭ މެޗަކީ ފައިނަލެއްގެ ގޮތުގައި ދެކިގެން ކުޅޭނެ ވަރަށް މުހިންމު މެޗެއް ކަމަށް ބަންގްލަދޭޝްގެ ކޯޗު ޑޫލޭ ބުނެފި. ބަންގްލަދޭޝްގެ އަމާޒަކީ 23 އަހަރަށް ފަހު އަމިއްލަ ގައުމުގައި މި މުބާރާތުގެ ތަށި އުފުލާލުން، އެކަމަކު މި ވަގުތު ފޯކަސް ކުރަންވީ ޕާކިސްތާން ބަލިކުރަން ކަމަށް ބުނެފައިވޭ

ކެއުން ނޫން ހުރިހާ ކަމެއް ސާފްގައި އިންޑިއާ އަށް ރަނގަޅު

ބަންގްލަދޭޝްގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ކެއުމުގެ އިންތިޒާމްތައް ހުރި ގޮތާ މެދު އިންޑިއާގެ ކޯޗު ނައުޝާދު މޫސާ ހިތްހަމަނުޖެހުން ފާޅުކޮށްފި. އޭނާ ބުނިގޮތުގައި މުބާރާތުގެ އެހެން އިންތިޒާމްތައް ރަނގަޅު ނަމަވެސް، ކޮންމެ ދުވަހަކު އެއް ބާވަތްތަކެއްގެ ކާނާ ލިބުމަކީ ކުޅުންތެރިންނަށް އޮތް ގޮންޖެހުމެއް.

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

Newsletter

Get the latest news delivered straight to your inbox