ރޮނާލްޑޯ ރިޓަޔާކުރި ފަހުން ޕޯޗުގަލް ކުޅުނު ފުރަތަމަ މެޗުން ބަލި

Nov 15, 2026, 9:17 AM
ޕޯޗުގަލް ކޮޅަށް ލަނޑު ޖެހުމަށް ފަހު ޑެންމާކް ކުޅުންތެރިން އުފާފާޅުކުރަނީ.

ޕޯޗުގަލް ކޮޅަށް ލަނޑު ޖެހުމަށް ފަހު ޑެންމާކް ކުޅުންތެރިން އުފާފާޅުކުރަނީ.

ބްރާގާ، ޕޯޗުގަލް (ނޮވެމްބަރު 15) - ކްރިސްޓިއާނޯ ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކުރި ފަހުން އެ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ރޭ ޔުއެފާ ނޭޝަންސް ލީގުގައި އަމިއްލަ ދަނޑުގައި ޑެންމާކް އަތުން 4-1 އިން ބަލިވެއްޖެ އެވެ. 

ތޭވީސް އަހަރަށް ފަހު ރޮނާލްޑޯ ޕޯޗުގަލްގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލުމާ އެކު، އޭނާ އަށް އިހުތިރާމް އަދާކުރުމުގެ ގޮތުން، ރޭ ޕޯޗުގަލް ހުރިހާ ކުުޅުންތެރިން ދަނޑަށް ނުކުތީ ހަތް ނަމްބަރު ޖޯޒީގަ އެވެ. ރޮނާލްޑޯ އަށް ހާއްސަ ބެނާއެއް ސަޕޯޓަރުން ދައްކާލިއިރު، ދަނޑުގެ މެސްކޮޓް ވެސް ހުރީ ރޮނާލްޑޯގެ ނަމްބަރު ޖޯޒީގަ އެވެ. އަދި،  "ޝުކުރިއްޔާ ކެޕްޓަން" ޖަހާފައިވާ މެސެޖެއް ވެސް ވަނީ ދައްކާލައިފަ އެވެ. 

ޑެންމާކުން މި މެޗުގެ 43 ވަނަ މިނިޓްގައި ލީޑުނެގީ ޕިއޭ އެމީލް ހޮއިބިއާ ވައްދާލި ޕެނަލްޓީންނެވެ. ދެ ވަނަ ހާފުގައި ކުޅެން އަރައި ރަސްމުސް ހޮއިލުންޑް ވަނީ ޕޯޗުގަލް ކޮޅަށް ޑެންމާކަށް އިތުރު ދެ ލަނޑު ޖަހައިދީފަ އެވެ. އަދި، ޔަކީމް އެންޑަސަން ވަނީ ޑެންމާކްގެ ހަަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. މެޗުގައި ޕޯޗުގަލް އިން ޖެހި ހަމައެކަނި ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގައި ބެނާޑޯ ސިލްވާ އެވެ. 

Advertisement

މި މެޗަށް ނުކުތްއިރު ވެސް ދެ ފަހަރު ނޭޝަންސް ލީގު ހޯދާފައިވާ ޕޯޗުގަލް އިން ވަނީ މި ފަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ. އެއީ، ފުރަތަމަ ހަތަރު މެޗުން މޮޅުވެ، 12 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެ ވަނައިގައި އޮތް ޑެންމާކަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ނޯވޭ އަށް ލިބުނީ ހަ ޕޮއިންޓެވެ. ފުލުގައި އޮތް ވޭލްސް އަށް ފަސް މެޗުން ތިން ޕޮއިންޓެވެ. 

ގްރޫޕްގެ ފަހު މެޗުގައި ޑެންމާކުން ނޯވޭއާ ކުޅޭއިރު، ޕޯޗުގަލް އިން ބައްދަލުކުރާނީ ވޭލްސްއާ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އުންމީދަކީ 18 މަސް ދުވަސް ތެރޭ ފުޓްސަލް އެރީނާ ނިންމުން: ރާފިއު

ހުޅުމާލޭގައި ބިނާކުރާ ފުޓްސަލް އެރީނާގެ މަސައްކަތް 18 މަސްދުވަހުގެ ތެރޭގައި ނިންމުމަކީ އުންމީދެއް ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ. ލިއޯ ޓްރޭޑިންއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ ފުޓްސަލް ކުޅުންތެރިންނަށް ބޭނުންވާ އިންޑޯ ވަސީލަތްތައް ގާއިމުކުރުމަށް ފެށި މުހިންމު މަސައްކަތެއް

ނެޝަނަލް ފުޓްސަލް އެރީނާގެ އަމަލީ މަސައްކަތް ފަށައިފި

ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި ބައިނަލްއަގުވާމީ ފެންވަރުގެ ނެޝަނަލް ފުޓްސަލް އެރީނާ އެޅުމުގެ އަމަލީ މަސައްކަތް ލިއޯ ޓްރޭޑިންއާ ހަވާލުކޮށްގެން ވަނީ ފަށާފައި. ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަލްޓި-ލެވެލް އެރީނާގައި ފަސް ކޯޓާއި، ކުޅުންތެރިންނަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ގާއިމުކުރަން ވަނީ ހަމަޖެހިފައި.

ޕާކިސްތާނުން ފައިނަލަށް ދިޔައީ ޕްލޭން ކާމިޔާބުކޮށްގެން

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި 1-0 އިން ބަންގްލަދޭޝް ބަލިކޮށް، ޕާކިސްތާނުން ފުރަތަމަ ފަހަރަށް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި. ބަންގްލަދޭޝްގެ ކޯޗު ތޯމަސް ޑޫލޭ ބުނިގޮތުގައި ޕާކިސްތާނުން މި މެޗު ކާމިޔާބުކުރީ އެމީހުންގެ ކުޅުން ދިރާސާކޮށް، ވަރަށް ރަނގަޅު ޕްލޭނަކާއެކު ތައްޔާރުވެގެން އައިސްގެން. ފައިނަލުގައި ކުޅޭނީ ޕާކިސްތާނާއި އިންޑިއާ

ބްރެޒިލް ބަލިވި މެޗުގައި އަންޗެލޮޓީ އާއި ރަފީނިއާ އަށް ރަތެއް

ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި 3-2 އިން ޖަޕާން އަތުން ބްރެޒިލް ބަލިވިއިރު، ރެފްރީގެ ނިންމުންތަކާ ހިތްހަމަނުޖެހުން ފާޅުކުރުމުން ބްރެޒިލްގެ ކޯޗު އަންޗެލޮޓީ އާއި ކެޕްޓަން ރަފީނިއާ އަށް ރަތް ކާޑު ދައްކައިފި. ޖަޕާނުން މެޗުގެ ކުރީކޮޅު ދެ ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް ވިނީޝިއުސް ދެ ލަނޑު ޖަހައި މެޗު އެއްވަރުކުރި،

ކޮޅުނބު ފުޓްސަލް ކަޕްގައި މި ފަހަރު 16 ޓީމު

ސްރީ ލަންކާގެ ކޮލަމްބޯގައި 16 ޓީމާއެކު "ކޮޅުނބު ފުޓްސަލް ކަޕް" ފަށާފައިވާއިރު، މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ގިނަ މެޗުތަކެއް ކުޅެ ބައެއް ޓީމުތަކުން މިހާރު ވަނީ ކުއާޓާ ފައިނަލުގެ ޖާގަތައް ކަށަވަރުކޮށްފައި. އެމްއީސީސީން އިންތިޒާމުކުރާ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޖޭޖޭ ސްޕޯޓްސް ކްލަބް ވެސް ވަނީ ކުއާޓާ އިން ޖާގަ ހޯދާފައި

ޕާކިސްތާން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް

މުބާރާތް ބާއްވާ ބަންގްލަދޭޝް 1-0 އިން ބަލިކޮށް، ޕާކިސްތާނުން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުން ޖާގަ ހޯދައިފި. މެޗުގެ ފަހުކޮޅު އަބްދުލް އަރްޝަދު ކާމިޔާބުކުރި ލަނޑާއެކު ފައިނަލަށް ދިޔަ ޕާކިސްތާން، އަންގާރަ ދުވަހު ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާއާ ދެކޮޅަށް.

އިންޑިއާ އިން ޖެހިޖެހިގެން 10 ވަނަ ފަހަރަށް ސާފްގެ ފައިނަލަށް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބޫޓާން 2-1 އިން ބަލިކޮށް، އިންޑިއާ ވަނީ ޖެހިޖެހިގެން 10 ވަނަ ފަހަރަށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައި. މިއީ 2003 ވަނަ އަހަރަށްފަހު އިންޑިއާ ފައިނަލަށް ނުގޮސް މުބާރާތެއް ނިންމާލަން ނުޖެހި ފައިނަލުގައި ވާދަކުރާ މެދުކެނޑުމެއް ނެތް 10 ވަނަ ފަހަރު.

Newsletter

Get the latest news delivered straight to your inbox