މާލޭގައި ފިޒިއޮތެރަޕީގެ ހިދުމަތް ފުޅާދާއިރާއެއްގައި ދެމުން އަންނަ "ޓޯޓަލް ފިޒިއޯ" ކްލިނިކަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި، ބަލިމީހުންނަށް ހާއްސަކޮށްގެން އަގުހެޔޮ ޕްރޮމޯޝަނެއް އިއުލާންކޮށްފި އެވެ.
ހ. ސަކީނާ މަންޒިލްގެ ތިންވަނަ ފަންގިފިލާގައި ހިންގަމުން އަންނަ މި ކްލިނިކުން ތައާރަފުކުރި "އެނިވާސަރީ ރިހެބިލިޓޭޝަން ޕެކޭޖް" އަކީ ރާއްޖޭގެ ސިއްހީ ދާއިރާގައި އެ ކްލިނިކުން ހޯދަމުންދާ ކުރިއެރުން ފާހަގަކުރުމުގެ ގޮތުންނާއި، ބަލިމީހުންނަށް ބޭނުންވާ ހާއްސަ ފަރުވާއާއި އަވަސް ޝިފާއަކަށް އަމާޒުކޮށްގެން ފަރުމާކޮށްފައިވާ ޕެކޭޖެކެވެ.
މި ޕްރޮމޯޝަންގެ ދަށުން 1,100 ރުފިޔާއަށް ފިޒިއޮތެރަޕީގެ 5 ސެޝަން ލިބިގެންދާނެ އެވެ. މި ޕެކޭޖުގައި ހިމެނޭ ކޮންމެ ސެޝަނަކަށް 30 މިނެޓާއި 45 މިނެޓާ ދެމެދުގެ ވަގުތެއް ހޭދަވާނެ އެވެ.
ޓޯޓަލް ފިޒިއޯއިން ބުނި ގޮތުގައި، މިގޮތަށް ވަގުތު ކަނޑައެޅުމުގެ މަގުސަދަކީ ކޮންމެ ބަލިމީހަކަށްވެސް އެކަށީގެންވާ ވަގުތާއި ސަމާލުކަން ދީގެން، އެ މީހެއްގެ ހާލަތާ އެންމެ ގުޅޭ ކަސްރަތުތަކާއި ފަރުވާތައް ފޯރުކޮށްދީ، ބޭނުންވާ ފުރިހަމަ ނަތީޖާ ހާސިލުކޮށްދިނުމެވެ.މި ޕްރޮމޯޝަން ކުރިއަށް ދާނީ ނޮވެމްބަރު 9 އިން ފެށިގެން ނޮވެމްބަރު 30ގެ ނިޔަލަށެވެ. އެޕޮއިންޓްމަންޓްތައް ދޫކުރާނީ ހުސްކޮށް ހުރި ވަގުތުތަކަށް ބަލައިގެން ކަމަށްވާތީ، ވީހާވެސް އަވަހަށް ސެޝަންތައް ބުކް ކުރުމަށް އެ ކްލިނިކުން އިލްތިމާސްކުރެ އެވެ.
އެޕޮއިންޓްމަންޓް ހެއްދުމާއި އިތުރު މައުލޫމާތު:
- ފޯނު ނަންބަރު: 3301700
- ވައިބާ / ވަޓްސްއެޕް: 7661700
މި ޕެކޭޖަކީ ވަރަށް ހެޔޮ އަގެއްގައި ދެވޭ ހިދުމަތެއް ނަމަވެސް، ފަރުވާ ފެށުމުގެ ކުރިން ބަލިމީހާގެ ހާލަތު ދެނެގަނެ ފަރުވާގެ ކަންކަން ރޭވުމަށްޓަކައި ހަދަންޖެހޭ "އިނީޝަލް ކޮންސަލްޓޭޝަން" ނުވަތަ ފުރަތަމަ ދައްކާ ދެއްކުމަށް މި ޕެކޭޖުގެ އަގުގެ ބޭރުން ވަކިން ފީއެއް ނަގާނެ ކަމަށް ޓޯޓަލް ފިޒިއޯއިން މައުލޫމާތުދެ އެވެ.


