ވިލާ ކޮލެޖުން ބެޗެލަރ އޮފް ކްރިމިނަލް ޖަސްޓިސް ޕްރޮގްރާމް ތައާރަފުކޮށްފި

Nov 10, 2026, 4:45 PM
ވިލާ ކޮލެޖުން ބެޗެލަރ އޮފް ކްރިމިނަލް ޖަސްޓިސް ޕްރޮގްރާމް ތަޢާރަފުކޮށްފި

ވިލާ ކޮލެޖުން ބެޗެލަރ އޮފް ކްރިމިނަލް ޖަސްޓިސް ޕްރޮގްރާމް ތަޢާރަފުކޮށްފި

ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް ސަރީއާ އެންޑް ލޯއިން، ޖިނާއީ އަދާލަތުގެ ދާއިރާއިން މުޅިން އައު ޑިގްރީ ޕްރޮގްރާމެއް ކަމަށްވާ 'ބެޗެލަރ އޮފް ކްރިމިނަލް ޖަސްޓިސް' ތައާރަފުކޮށްފި އެވެ.

ތިން އަހަރުގެ މި ޕްރޮގްރާމަކީ، މި ދާއިރާގެ އެކި ވަޒީފާތަކަށް ދަރިވަރުން ތައްޔާރުކުރުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. އަންނަ ޖެނުއަރީ އިންޓޭކަށް، މި ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.

މި ޕްރޮގްރާމް ތައާރަފުކުރުމާ ގުޅިގެން ވާހަކަ ދައްކަވަމުން، ވިލާ ކޮލެޖުގެ ވައިސް ރެކްޓަރު، އެސޯސިއޭޓް ޕްރޮފެސަރު ޑރ. އަލީ ނަޖީބު ވިދާޅުވީ "ރައްކާތެރި އަދި އަދުލުވެރި މުޖުތަމައެއް ބިނާކުރުމުގައި، ޖިނާއީ އަދާލަތުގެ ނިޒާމުގެ ދައުރު ވަރަށް މުހިންމު" ކަމަށެވެ. 

"އެ ނިޒާމު ފުރިހަމައަށް ހިނގުމަށް ބޭނުންވަނީ، އިލްމާއި ހުނަރު ލިބިފައިވާ، އިންސާނީ ހައްގުތަކަށް އިހުތިރާމްކުރާ ޕްރޮފެސަނަލުން. ބެޗެލަރ އޮފް ކްރިމިނަލް ޖަސްޓިސް ތައާރަފުކުރުމަކީ، އެފަދަ ޕްރޮފެސަނަލުން ރާއްޖޭގައި ތަމްރީނުކުރުމަށް ވިލާ ކޮލެޖުން އަޅާ މުހިންމު ފިޔަވަޅެއް. މި ދާއިރާއަށް ސައުގުވެރިވާ ހުރިހާ ފަރާތްތަކަށް، މި ޕްރޮގްރާމަށް ކުރިމަތިލުމަށް އަޅުގަނޑު ދައުވަތު ދެން،" ނަޖީބު ވިދާޅުވި އެވެ. 

މި ޕްރޮގްރާމުގައި، ކްރިމިނަލް ލޯ، ކްރިމިނޮލޮޖީ، ފޮރެންސިކް ސައިންސް އަދި ޑިޖިޓަލް ފޮރެންސިކްސް ފަދަ މާއްދާތަކުގެ ތިއަރީއާއެކު، އަމަލީ ހުނަރު ވެސް ދަރިވަރުންނަށް ދަސްކޮށްދެވޭނެ އެވެ. ތަހުގީގުކުރުމާއި، ހެކި ހޯދުމާއި، މައްސަލަތައް ހައްލުކުރުމުގެ ހުނަރު ކުރިއެރުވުމަކީ މި ޕްރޮގްރާމުގެ މައިގަނޑު އަމާޒުތަކުގެ ތެރެއިން އެއް އަމާޒެވެ. ކްރިމިނަލް ޕްރޮސީޖަރު، ލޯ އޮފް އެވިޑެންސް، ޕޮލިސް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖުމަންޓް، ވިކްޓިމޮލޮޖީ އަދި ކްރައިމް ޕްރިވެންޝަން ސްޓްރެޓެޖީސް ފަދަ މާއްދާތައް ވެސް މި ޕްރޮގްރާމުގައި ހިމެނެ އެވެ.

ޕްރޮގްރާމުގައި އިންސާނީ ހައްގުތަކާއި އެތިކަލް ސްޓޭންޑާޑްތަކަށް ހާއްސަ ސަމާލުކަމެއް ދެވޭއިރު، ހިއުމަން ރައިޓްސް އެންޑް ކްރިމިނަލް ޖަސްޓިސް އަދި ލީގަލް އެތިކްސް އެންޑް ޕްރޮފެސަނަލް ރެސްޕޮންސިބިލިޓީ ފަދަ މާއްދާތައް ވެސް ހިމެނެ އެވެ. މީގެ އިތުރުން، ޔޫތު އެންޑް ޑެލިންކުއެންސީ، ސަބްސްޓެންސް އެބިއުސް އެންޑް ކްރިމިނަލް ޖަސްޓިސް، ކަރެކްޝަންސް އެންޑް ރިހެބިލިޓޭޝަން އަދި ޖެންޑާ އެންޑް ކްރައިމް ފަދަ މާއްދާތަކުގެ ތެރެއިން، މުޖުތަމައާއެކު ސީދާ ގުޅުންހުރި މައްސަލަތައް ވެސް ދަރިވަރުން ދިރާސާކުރާނެ އެވެ.

ކްލާސްރޫމުގައި ކިޔަވައިދިނުމާއި، އަމަލީ ތަޖުރިބާއާއި، ކޮމިއުނިޓީ ހަރަކާތްތަކުގެ ތެރެއިން، ޖިނާއީ އަދާލަތުގެ ނިޒާމު މަސައްކަތްކުރާ ގޮތް ދަރިވަރުން ދަސްކުރާނެއެވެ. ޕްރޮގްރާމުގެ ކްރެޑިޓްގެ 70 އިންސައްތަ ފުރިހަމަކުރުމަށްފަހު، ކެޕްސްޓޯން ޕްރޮޖެކްޓެއް ނުވަތަ އިންޓާންސިޕެއް ދަރިވަރުންނަށް އިހުތިޔާރުކުރެވޭނެ އެވެ.

މި ދާއިރާގައި ކުރިމަތިވަމުންދާ އައު ގޮންޖެހުންތަކަށް ދަރިވަރުން ތައްޔާރުކުރުމަށް، ސަސްޓެއިނަބިލިޓީ އަދި އޭއައި އާއި ޑޭޓާ އެނަލިޓިކްސް ވެސް ކިޔަވައިދެވޭނެއެވެ. އަދި ޖިނާއީ އަދާލަތުގެ ނިޒާމު އިސްލާހުކުރުމާ ގުޅޭ ސިޔާސަތު އެކުލަވައިލުމާއި އެޑްވޮކެސީގެ މަސައްކަތަށް ވެސް ދަރިވަރުން ތައްޔާރުކޮށްދެވޭނެއެވެ. އަދި ސްޓްރީޓް ލޯ ފަދަ އެކްސްޕީރިއެންޝަލް ލާނިން (އަމަލީ ތަޖުރިބާގެ ތެރެއިން އުނގެނުމުގެ) މޮޑިއުލްތައް ކަރިކިއުލަމްގެ ތެރޭގައި ހިމެނިފައިވުމުން، މި ޕްރޮގްރާމް ކިޔަވާ ދަރިވަރުންނަށް، ސްކޫލުތަކާއި މުޖުތަމައުގައި ގާނޫނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

މި ޕްރޮގްރާމުން ދަސްވެނިވާ ދަރިވަރުންނަށް، ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި، ގާނޫނީ މުއައްސަސާތަކާއި، ކޮމިއުނިޓީ އޯގަނައިޒޭޝަންތަކުގައި، އާންމު ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހިދުމަތްކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. އޭގެ ތެރޭގައި، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން، ހިއުމަން ރައިޓްސް ކޮމިޝަން، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް، މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ، ދިވެހި ފުލުހުންގެ ހިދުމަތާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ފަދަ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގައި މަސައްކަތްކުރެވޭނެއެވެ. މި ޕްރޮގްރާމުގެ ފަހު ސެމިސްޓަރުގައި ހިންގޭ "ގްރެޖުއޭޓް އިމްޕެކްޓް ސެމިސްޓާ" ގެ ތެރެއިން، މުޖުތަމައަށް އަމަލީ ގޮތުން ފައިދާހުރި މަސައްކަތްތައް ކުރުމުގެ ފުރުސަތު ވެސް ދަރިވަރުންނަށް ލިބިގެންދާނެއެވެ.

ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް ސަރީއާ އެންޑް ލޯގެ ޑީން، އުސްތާޒާ އަސްނާ އަހުމަދު ވިދާޅުވީ މި ޕްރޮގްރާމުން، ޖިނާއީ ގާނޫނާއި ކްރިމިނޮލޮޖީގެ އިތުރުން، ތަހުގީގުކުރުމާއި މައްސަލަތައް ހައްލުކުރުމުގެ އަމަލީ ހުނަރު ވެސް ދަރިވަރުންނަށް ލިބިގެންދާނެ ކަމަށެވެ.

"ޑިޖިޓަލް ފޮރެންސިކްސް އާއި ޑޭޓާ އެނަލިޓިކްސް ފަދަ ދާއިރާތައް ހިމަނާފައިވަނީ، މިއަދުގެ ގޮންޖެހުންތަކަށް ދަރިވަރުން ތައްޔާރުކުރުމަށް. މިއީ، ޖިނާއީ އަދާލަތުގެ ދާއިރާގައި މިހާރު ހިދުމަތްކުރާ ފަރާތްތަކަށް އެމީހުންގެ ގާބިލުކަން އިތުރަށް ކުރިއެރުވުމަށާއި، މި ދާއިރާއިން ކެރިއަރެއް ބިނާކުރަން ބޭނުންވާ ފަރާތްތަކަށް އެކަމަށް ތައްޔާރުވުމަށް ލިބޭ ރަނގަޅު ފުރުސަތެއް،" އޭނާ ވިދާޅުވި އެވެ. 

ޕްރޮގްރާމުގެ މުހިންމު މައުލޫމާތު

  • މުއްދަތު: 3 އަހަރު
  • ކިޔަވައިދޭ ގޮތް: އީ-ލާނިން އަދި ފޭސް-ޓު-ފޭސް
  • އިލެކްޓިވް: ޕްރޮގްރާމުގެ ކްރެޑިޓްގެ 70 އިންސައްތަ ފުރިހަމަކުރުމަށްފަހު، ކެޕްސްޓޯން ޕްރޮޖެކްޓެއް ނުވަތަ އިންޓާންސިޕެއް

ޝަރުތުތައް

  • ޖެނެރަލް އެންޓްރީ: ޖީސީއީ އޭ-ލެވެލް ނުވަތަ އެޗްއެސްސީ އިމްތިހާނުގައި 2 މާއްދާއިން ފާސްވުން (އޭ-ލެވެލްގައި ނުވަތަ އެއަށްވުރެ މަތި، އެޗްއެސްސީގައި ސީ ނުވަތަ އެއަށްވުރެ މަތި)، ނުވަތަ ގުޅުންހުރި ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ މި ޕްރޮގްރާމަށް ވަނުމަށް ފާސްކޮށްފައިވާ ލެވެލް 4 ގެ ފައުންޑޭޝަން ޕްރޮގްރާމެއް ފުރިހަމަކޮށްފައިވުން.
  • އޯލްޓަނޭޓިވް އެންޓްރީ (1): އުމުރުން 20 އަހަރު ފުރި، ސާނަވީ ތައުލީމު ފުރިހަމަކޮށް، ގުޅުންހުރި ދާއިރާއެއްގައި 2 އަހަރު މަސައްކަތްކޮށްފައިވާނަމަ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން ފާސްކޮށްފައިވާ ޔުނިވަސިޓީ ޕްރިޕަރޭޝަން ޕްރޮގްރާމެއް ފުރިހަމަކޮށްފައިވުން.
  • އޯލްޓަނޭޓިވް އެންޓްރީ (2): އުމުރުން 20 އަހަރު ފުރި، ގުޅުމެއްނެތް ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ، އެމްކިއުއޭ އިން ފާސްކޮށްފައިވާ ޔުނިވަސިޓީ ޕްރިޕަރޭޝަން ޕްރޮގްރާމެއް ފުރިހަމަކޮށްފައިވުން.

ކޮމެންޓް

ފަހުގެ ޚަބަރު

ރަޝިއާއަށް ހާއްސަ ސިޔާސަތެއް ނުގެންގުޅެން: ބީއެމްއެލް

ބީއެމްއެލްއިން ބުނީ ރަޝިއާގެ އެއްވެސް މީޑިއާއަށް މައުލޫމާތު ނުދޭ ކަމަށް. އަދި އެ ގައުމަށް އަމާޒުކޮށް ވަކި ހާއްސަ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ވެސް ބުނި. ބީއެމްއެލްއިން ބުނި ގޮތުގައި ބޭރު ފައިސާގެ މުއާމަލާތްތައް ނިންމުމުގައި ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކުގެ ކޮމްޕްލަޔަންސް ސިޔާސަތުތަކަށް.

ރަޝިއާއާ ގުޅުން ހުރި މުއާމަލާތްތައް ބީއެމްއެލް އިން ހުއްޓުވައިފި

ބީއެމްއެލްގެ ރެމިޓެންސް މަނާ ގައުމުތަކުގެ ލިސްޓުގައި ރަޝިޔާ ހިމަނައި، އެ ގައުމުން ފައިސާ ބަލައިގަތުމާއި ފޮނުވުން ވަނީ ހުއްޓާލާފަ. މި ނިންމުމުގެ ސަބަބުން ރަޝިޔާގެ ޓޫރިސްޓުން ރާއްޖޭގެ ހޮޓާތަކަށް ފައިސާ ދެއްކުމުގައި ދަތިވާ މައްސަލަ ހައްލުކުރަން ރާއްޖެއާ މަޝްވަރާކުރާނެ ކަމަށް ވަނީ ބުނެފަ.

ގަވިންގެ ރަމަޟާން ސޭލް ފަށައިފި

ރަމަޟާން މަހާ ދިމާކޮށް ގަވިން އިން ފެށި "ރަމަޟާން ވޯމް އަޕް ސޭލް" ގެ ދަށުން، ބަދިގެއަށް ބޭނުންވާ ހުރިހާ ސާމާނަކާއެކު ހާއްސަ އަގުތަކެއްގައި ދެ ބަދިގެ ސެޓެއް ވަނީ ތައާރަފުކޮށްފައެވެ. މާރިޗު 15 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ހިމެނޭ ޕެކޭޖުތަކުގެ ތެރޭގައި 64،000 ރުފިޔާ އަދި 66,000 ރުފިޔާގެ ސެޓުތައް ހިމެނެއެވެ.

ޓޯޓަލް ފިޒިއޯގެ އަހަރީ ދުވަހުގައި ހިލޭ ސްކްރީނިން

ޓޯޓަލް ފިޒިއޯގެ ދެވަނަ އަހަރީ ދުވަހާ ގުޅިގެން، ނޮވެމްބަރު 9 އިން 15 އަށް ހިލޭ މޮބިލިޓީ ސްކްރީނިންގް ހެދުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތުގެ މަގްސަދަކީ ހަށިގަނޑުގެ ދުޅަހެޔޮކަން ވަޒަންކޮށް، ބަލިތަކުން ރައްކާތެރިވުމަށް ހޭލުންތެރިކަން އިތުރުކުރުމެވެ. މީގެ އިތުރުން، އަހަރީ ދުވަހުގެ މުނާސަބަތުގައި ކްލިނިކްގެ އެކި ހިދުމަތްތަކުން ހާއްސަ ޑިސްކައުންޓްތަކެއް ދިނުމަށްވެސް ވަނީ ނިންމާފައެވެ.

އައިކެއާއިން އޭއައިގެ އެހީގަ ލޮލުގެ ރެޓީނާ ސްކްރީންކުރަން ފަށަނީ

އައިރިސް ކުންފުންޏާ ގުޅިގެން އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ލޮލުގެ ރެޓިނާ ސްކްރީންކުރުމުގެ ޚިދުމަތް އައިކެއާ ހޮސްޕިޓަލުން ރާއްޖެއަށް ތައާރަފުކޮށްފި. އައިކެއާގެ މައި ހޮސްޕިޓަލުން މި ޚިދުމަތް ވަރަށް އަވަހަށް ލިބެން ފަށާނެ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ދިރާގު އެޕްރެންޓިސްޝިޕް 2027 އަށް ފުރުސަތު ހުޅުވާލައިފި

ޒުވާނުން ވަޒީފާގެ މާހައުލަށް އަހުލުވެރިކޮށް ތަމްރީނު ދިނުމަށް ހިންގާ "ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2027" ގައި ބައިވެރިވުމުގެ ފުރުސަތު 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް ހުޅުވާލައިފިއެވެ. މި ޕްރޮގްރާމްގެ ދަށުން މާލެ އާއި އަތޮޅުތެރޭގެ އެކި ސެންޓަރުތަކުގައި ތަފާތު ދާއިރާތަކުން އާމްދަނީ ލިބޭގޮތަށް މަސައްކަތުގެ ތަޖުރިބާ އާއި ހުނަރު ދަސްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

Newsletter

Get the latest news delivered straight to your inbox