ސްޓެލްކޯއިން ވަޒީފާ ދޭނެ ކަމަށް ބުނެ ހުވަފެން ދެއްކުމަށްފަހު މަހިބަދޫ ފެނަކަ ބްރާންޗުގެ 11 މުވައްޒަފުން ކަނޑާލައިފި

ފެނަކަ ކޯޕަރޭޝަން: ހުވަފެން ދެއްކުމަށްފަހު މަހިބަދޫ ފެނަކަ ބްރާންޗުން 11 މުވައްޒަފުން ވަކިކުރުން -- ފޮޓޯ: ގާފު

ފެނަކަ ކޯޕަރޭޝަން: ހުވަފެން ދެއްކުމަށްފަހު މަހިބަދޫ ފެނަކަ ބްރާންޗުން 11 މުވައްޒަފުން ވަކިކުރުން -- ފޮޓޯ: ގާފު

ފެނަކަ ކޯޕަރޭޝަންގެ އދ. މަހިބަދޫ ބްރާންޗުގެ މަސައްކަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރާއިރު މުވައްޒަފުން ވަކިނުކުރާނެ ކަމަށް ބުނެ ހުވަފެން ދެއްކުމަށްފަހު، ފަހު ވަގުތު 11 މުވައްޒަފުން ވަކިކޮށްފި އެވެ. 

އަަދަދު އަށް އެނގިފައިވާ ގޮތުގައި ފެނަކަ މަހިބަދޫ ބްރާންޗުގެ މަސައްކަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ ކަންކަން ކުރިއަށްދިޔައިރުވެސް، ފެނަކައިގެ މުވައްޒަފުން ސްޓެލްކޯގެ ދަށަށް ދާނެ ކަމަށް ޔަގީންކަންދީ ކޮންޓްރެކްޓު ދޭނެ ކަމަށް ބުންޏެވެ. 

މިދިޔަ ބުރާސްފަތި ދުވަހު މަހިބަދޫ ފެނަކަ ބްރާންޗުން ވަކިކުރި މުވައްޒަފަކު އަދަދު އަށް ބުނީ ވަކިނުކުރާނެ ކަމަށް ބުނެ ހުވަފެން ދެއްކުމަށްފަހު ވަކިކުރުމުގެ ކުރިން، ހުރިހާ މުވައްޒަފުން ޕީއެންސީއަށް ސޮއިކުރުވި ކަމަށެވެ. 

ފެނަކަ މަހިބަދޫ ބްރާންޗުގެ ހުރިހާ މަސައްކަތެއް ސްޓެލްކޯގެ ދަށަށް ބަދަލުކޮށް ނިމުމާއެކު 11 މުވައްޒަފަކު ވަކިކުރީ ފެނަކައިގެ ރިޑަންޑަންސީ އުސޫލުގެ ދަށަުން ކަމަށް ބުނެ އެވެ. ވަކިކުރި މީހުންގެ ތެރޭގައި އެ ބްރާންޗުގައި 10 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކުރި މުވައްޒަފުން ހިމެނޭއިރު، ގިނައީ އެމްޑީޕީއަށް ނިސްބަތްވާ މުވައްޒަފުންނެވެ. 

އެ ބްރާންޗުގައި ޖުމްލަ 26 މުވައްޒަފުން މަސައްކަތް ކުރަމުންދިޔައިރު، 15 މުވައްޒަފަކު ވަނީ ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފަ އެވެ. އޭގެ ތެރޭގައި ގިނައީ ޕީއެންސީއަށް ތާއީދުކުރާ މީހުން ކަމަށް މައުލޫމާތު ލިބެ އެވެ. 

މަހިބަދޫގައި ފެނަކައިން ދެމުން ގެންދިޔައީ ނަރުދަމާގެ ހިދުމަތެވެ. ސްޓެލްކޯއިން އެ ރަށުގައި ދެނީ ފެނާއި ކަރަންޓުގެ ހިދުމަތެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox