އަރައިސް މަޝްރޫއުގެ ދަށުން 13 ރަށެއްގައި ސޯލާ ހަކަތަ ގާއިމުކޮށް ކަރަންޓު ގަންނަން އެއްބަސްވެއްޖެ

13 ރަށެއްގައި ސޯލާ ހަކަތަ ގާއިމުކުރަން އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން.

13 ރަށެއްގައި ސޯލާ ހަކަތަ ގާއިމުކުރަން އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން.

ޗައިނާގެ ސީނޯ ސޮއާ ހައިބްރިޑް ޓެކްނޮލޮޖީން ރާއްޖޭގެ 13 ރަށެއްގައި 15 މެގަވޮޓްގެ ސޯލާ ނިޒާމެއް ގާއިމުކޮށް، އެ ނިޒާމުން އުފައްދާ ކަރަންޓު 20 އަހަރު ވަންދެން ސްޓެލްކޯއިން ގަންނަން އެންވަޔަރަންމަންޓް މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި މަޝްރޫއު ކުރިއަށްގެންދަނީ ޑީބީ-އެފްއޯއޯޓީ ނުވަތަ ޑިޒައިންކޮށް، ބިނާކޮށް، ފައިނޭންސްކޮށް، އަމިއްލަ މިލްކުވެރިކަމުގައި ހިންގުމަށް ފަހު ހަވާލުކުރާ މޮޑެލްގެ ދަށުންނެވެ. މި ގޮތުން ސީނޯ ސޮއާއިން އަމިއްލައަށް ހަރަދުކޮށްގެން ނިޒާމު ގާއިމުކޮށް، 20 އަހަރު ވަންދެން ހިންގުމަށް ފަހު ދައުލަތާ ހަވާލުކުރާނެ އެވެ.

ސޯލާ ޕެނަލްތައް ހަރުކުރަން ނިންމާފައި ވަނީ ލ. އަތޮޅުގެ ހަ ރަށަކާއި، އެކި ސަރަހައްދުތަކުގެ މައި ހަތް ރަށެއްގަ އެވެ. މީގެ ތެރޭގައި ޅ. ނައިފަރާއި، ގއ. ވިލިނގިއްޔާއި، ށ. ފުނަދޫގެ އިތުރުން ލ. ގަމާއި ފޮނަދޫ ހިމެނެ އެވެ.

މި މަޝްރޫއު އެއްކޮށް ނިމުމުން، ރާއްޖޭގެ ޖުމްލަ ސޯލާ ކެޕޭސިޓީ 34 މެގަވޮޓަށް އިތުރުވެގެންދާނެ އެވެ. އަދި އިޔާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓުގެ ނިސްބަތް 24 އިންސައްތައަށް މަތިވެގެންދާނެ އެވެ. 

މި ނިޒާމުގެ ސަބަބުން ކޮންމެ އަހަރަކު އެތެރެކުރާ ޑީސަލުން 15 މިލިއަން ލީޓަރު މަދުކުރެވޭނެ އެވެ. އަދި ތެލަށް ކުރާ ހަރަދުން އަހަރަކު 180 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ސަރުކާރުން ބުންޏެވެ. 

މިއީ ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ރައީސް މުހައްމަދު މުއިއްޒު ގެންގުޅުއްވާ އަމާޒަށް ވާސިލުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް ސަރުކާރުން ބުންޏެވެ.

މި ސޯލާ ޕެނަލްތައް ގާއިމުކުރަނީ ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށްގެންދާ "އަރައިޒް" (ARISE) މަޝްރޫއުގެ ދަށުންނެވެ. މި މަޝްރޫއަކީ ތިމާވެއްޓާ ރައްޓެހި ހަކަތަ އިތުރުކުރުމަށް ވޯލްޑް ބޭންކުގެ އެހީގައި 2021 ވަނަ އަހަރު ފެށި 107.4 މިލިއަން ޑޮލަރުގެ (ގާތްގަނޑަކަށް 1.65 ބިލިއަން ރުފިޔާ) ބޮޑު މަޝްރޫއެކެވެ.

މީގެ ތެރޭގައި ވޯލްޑް ބޭންކާއި ކްލީން ޓެކްނޮލޮޖީ ފަންޑު (ސީޓީއެފް) އަދި އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) ގެ އިތުރުން އަމިއްލަ ކުންފުނިތަކުގެ އިންވެސްޓްމަންޓް ހިމެނެ އެވެ.

މި މަޝްރޫއުގެ ދަށުން އެކި ރަށްރަށުގައި 36 މެގަވޮޓްގެ ސޯލާ ނިޒާމުތަކާއި 40 މެގަވޮޓް އަވަރުގެ ބެޓެރީ ސްޓޯރޭޖް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ކުރިން އައްޑޫ ސިޓީގައި 10 މެގަވޮޓްގެ ފްލޯޓިން ސޯލާ މަޝްރޫއެއް ހިންގަން އިއުލާނުކޮށްފައިވާއިރު، މައިގަނޑު ބޭނުމަކީ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ކަރަންޓު ވިއުގަތައް ޒަމާނީ ކުރުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox