އާރްސީސީގެ "ބްލޫ މެރީނާ ވިއު" މަޝްރޫއު: ދިވެހި އިންވެސްޓްމަންޓް ޕާޓްނާސް އިން 120 މިލިއަން ރުފިޔާގެ ބޮންޑެއް ހުޅުވާލައިފި

Nov 10, 2026, 4:24 PM
އާރްސީސީގެ "ބްލޫ މެރީނާ ވިއު" މަޝްރޫއު: ދިވެހި އިންވެސްޓްމަންޓް ޕާޓްނާސް އިން 120 މިލިއަން ރުފިޔާގެ ބޮންޑެއް ހުޅުވާލައިފި

އާރްސީސީގެ "ބްލޫ މެރީނާ ވިއު" މަޝްރޫއު: ދިވެހި އިންވެސްޓްމަންޓް ޕާޓްނާސް އިން 120 މިލިއަން ރުފިޔާގެ ބޮންޑެއް ހުޅުވާލައިފި

ރާއްޖޭގެ އިމާރާތްކުރުމާއި ރިއަލް އެސްޓޭޓް ދާއިރާގައި 40 އަހަރަށްވުރެ ދިގު، ކާމިޔާބު ތާރީހެއް އޮތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އިން، ހުޅުމާލޭގައި ތަރައްގީކުރާ އެންމެ ހިތްގައިމު އެއް މަޝްރޫއު ކަމަށްވާ "ބްލޫ މެރީނާ ވިއު" އަށް އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

 މި ޝްރޫއަށް ބޭނުންވާ 120 މިލިއަން ރުފިޔާ ހޯދުމަށްޓަކައި އާރްސީސީއިން މިވަނީ ޕްރައިވެޓް ޕްލޭސްމަންޓް އުސޫލުން ހާއްސަ ބޮންޑެއް ވިއްކަން ފަށައިފަ އެވެ.

Advertisement

 

އާރްސީސީގެ "ބްލޫ މެރީނާ ވިއު" މަޝްރޫއު: ދިވެހި އިންވެސްޓްމަންޓް ޕާޓްނާސް އިން 120 މިލިއަން ރުފިޔާގެ ބޮންޑެއް ހުޅުވާލައިފި
އާރްސީސީގެ "ބްލޫ މެރީނާ ވިއު" މަޝްރޫއު: ދިވެހި އިންވެސްޓްމަންޓް ޕާޓްނާސް އިން 120 މިލިއަން ރުފިޔާގެ ބޮންޑެއް ހުޅުވާލައިފި

ޒަމާނީ ދިރިއުޅުމުގެ އާ ފެންވަރެއް 

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ 17 ބުރީގެ މި ލަގްޒަރީ މިކްސްޑް-ޔޫސް ރެސިޑެންޝަލް އިމާރާތަކީ، ހިތްގައިމު މަންޒަރުތަކާއި ފުރިހަމަ ލައިފްސްޓައިލެއް ތަޖުރިބާކޮށްލަން ބޭނުންވާ ފަރާތްތަކަށް ހާއްސަ މަންޒިލެކެވެ. މަތީ ފެންވަރުގެ ވަސީލަތްތަކާއެކު ފަރުމާކޮށްފައިވާ މި އިމާރާތުގައި ހިމެނޭ ބައެއް ހާއްސަ ސިފަތަކަކީ:

 ހިތްގައިމު މާހައުލު: އިމާރާތުގެ ޓެރަސްގައި ތަރައްގީކުރާ އިންފިނިޓީ ޕޫލަކާއި ކުޑަކުދިންގެ ޕޫލް.

ދުޅަހެޔޮ ސިއްހަތާއި މުނިފޫހިފިލުވުން: ޒަމާނީ ފެންވަރުގެ ޖިމް، މަލްޓި-ޕާޕަސް ހޯލް އަދި ކިޑްސް ކްލަބް.

ރައްކާތެރިކަމާއި ފަސޭހަކަން: ސެކިއުރިޓީ ނިޒާމާއެކު ހާއްސަ އެންޓްރެންސް ލޮބީ، 3 ލިފްޓް އަދި ހިލޭ  ސައިކަލް ޕާކިން.

އަސާސީ ހިދުމަތްތައް ގާތުން: އިމާރާތުގެ ތިރީގައި ވިޔަފާރީގެ ހިދުމަތްތައް ހިމެނޭއިރު، މިއީ ސްކޫލްތަކާއި، ކްލިނިކްތަކާއި، ކެފޭ އަދި ފިހާރަތަކަށް ފަސޭހައިން ދެވޭނެހެން ފަރުމާކޮށްފައިވާ މަޝްރޫއެކެވެ.

 

އިންވެސްޓަރުންނަށް ލިބޭ ފައިދާއާއި ޔަގީންކަން 

މިއީ ކުރު މުއްދަތެއްގެ ތެރޭގައި ރަނގަޅު ފައިދާއެއް ހޯދަން ބޭނުންވާ ފަރާތްތަކަށް ރަނުގެ ފުރުސަތެކެވެ. އެމޯޓައިޒިންގް އުސޫލުން ފަރުމާކޮށްފައިވާ މި ބޮންޑުގެ މުއްދަތުގެ ތެރޭގައި އިންޓްރެސްޓްގެ އިތުރުން އޭގެ އަސްލު ފައިސާ (ޕްރިންސިޕަލް) އިންވެސްޓަރުންނަށް އަނބުރާ ދައްކަމުން ގެންދާނެ އެވެ.

  • މުއްދަތު: 5 އަހަރު
  • ފައިދާ (އިންޓްރެސްޓް ރޭޓް): އަހަރަކު 8.50 ޕަސެންޓު (ކޮންމެ 6 މަހަކުން ފައިސާ ލިބޭގޮތަށް)
  • މޫނުމަތީ އަގު: 1,000 ރުފިޔާ
  • އިންވެސްޓްކުރެވޭނެ އެންމެ މަދު މިންވަރު: 10,000 ރުފިޔާ (10 ބޮންޑު).

މީގެ އިތުރަށް އިންވެސްޓްކުރާނަމަ ކޮންމެ 1,000 ރުފިޔާއަކުން އިތުރުކުރެވޭނެ އެވެ.

 

އިތުބާރު ހިފޭ ޕާޓްނަރުންނާއެކު ފަސޭހަ މުއާމަލާތެއް

 މި ބޮންޑުގެ ލީޑް އެރޭންޖަރ އަދި ޕްރިންސިޕަލް އެޑްވައިޒަރެއްގެ ގޮތުގައި ހަރަކާތްތެރިވަނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ލައިސަންސް ލިބިފައިވާ، ރާއްޖޭގެ ކުރިއަރާފައިވާ އިންވެސްޓްމަންޓް ފާމް، ދިވެހި އިންވެސްޓްމަންޓް ޕާޓްނާސް ޕްރައިވެޓް ލިމިޓެޑް (ޑީއައިޕީ) އެވެ.

 ޑީއައިޕީގެ ތަޖުރިބާކާރު ލަފަޔާއެކު، ގަވާއިދުތަކާ އެއްގޮތަށް މި މަސައްކަތް ވަނީ ވަރަށް ފުރިހަމައަށް އިންތިޒާމު ކުރެވިފަ އެވެ.ދައުވަތު ލިބިގެން މި ބޮންޑުގައި ބައިވެރިވާ ޝަރުތުހަމަވާ އިންވެސްޓަރުންނަށް، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ "ވިޔަނަ" ޕޯޓަލް މެދުވެރިކޮށް ވަރަށް ފަސޭހަކަމާއެކު ބޮންޑަށް ސަބްސްކްރައިބްކޮށް، ފައިސާ ދެއްކުމުގެ މުއާމަލާތްތައް ރައްކާތެރިކަމާއެކު ކުރިއަށް ގެންދެވޭނެ އެވެ. 

އާރްސީސީގެ "ބްލޫ މެރީނާ ވިއު" އަކީ ހަމައެކަނި އިމާރާތެއް ނޫނެވެ. މިއީ ރާއްޖޭގެ އުމްރާނީ ތަރައްގީގެ އައު ސަފްހާއެއްގެ ފެށުމެވެ. ކާމިޔާބު ތާރީހެއް އޮތް ކުންފުންޏެއްގެ މި ޝަރަފުވެރި މަޝްރޫއުގައި ބައިވެރިވެ، ކެޕިޓަލް މާކެޓް މެދުވެރިކޮށް އިންވެސްޓްމަންޓްގެ މަންފާ ހޯދުމަށް ލިބޭ މި ފުރުސަތުގެ ބޭނުން ހިފާށެވެ.

ފަހުގެ ޚަބަރު

ރަޝިއާއަށް ހާއްސަ ސިޔާސަތެއް ނުގެންގުޅެން: ބީއެމްއެލް

ބީއެމްއެލްއިން ބުނީ ރަޝިއާގެ އެއްވެސް މީޑިއާއަށް މައުލޫމާތު ނުދޭ ކަމަށް. އަދި އެ ގައުމަށް އަމާޒުކޮށް ވަކި ހާއްސަ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ވެސް ބުނި. ބީއެމްއެލްއިން ބުނި ގޮތުގައި ބޭރު ފައިސާގެ މުއާމަލާތްތައް ނިންމުމުގައި ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކުގެ ކޮމްޕްލަޔަންސް ސިޔާސަތުތަކަށް.

ރަޝިއާއާ ގުޅުން ހުރި މުއާމަލާތްތައް ބީއެމްއެލް އިން ހުއްޓުވައިފި

ބީއެމްއެލްގެ ރެމިޓެންސް މަނާ ގައުމުތަކުގެ ލިސްޓުގައި ރަޝިޔާ ހިމަނައި، އެ ގައުމުން ފައިސާ ބަލައިގަތުމާއި ފޮނުވުން ވަނީ ހުއްޓާލާފަ. މި ނިންމުމުގެ ސަބަބުން ރަޝިޔާގެ ޓޫރިސްޓުން ރާއްޖޭގެ ހޮޓާތަކަށް ފައިސާ ދެއްކުމުގައި ދަތިވާ މައްސަލަ ހައްލުކުރަން ރާއްޖެއާ މަޝްވަރާކުރާނެ ކަމަށް ވަނީ ބުނެފަ.

ގަވިންގެ ރަމަޟާން ސޭލް ފަށައިފި

ރަމަޟާން މަހާ ދިމާކޮށް ގަވިން އިން ފެށި "ރަމަޟާން ވޯމް އަޕް ސޭލް" ގެ ދަށުން، ބަދިގެއަށް ބޭނުންވާ ހުރިހާ ސާމާނަކާއެކު ހާއްސަ އަގުތަކެއްގައި ދެ ބަދިގެ ސެޓެއް ވަނީ ތައާރަފުކޮށްފައެވެ. މާރިޗު 15 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ހިމެނޭ ޕެކޭޖުތަކުގެ ތެރޭގައި 64،000 ރުފިޔާ އަދި 66,000 ރުފިޔާގެ ސެޓުތައް ހިމެނެއެވެ.

ޓޯޓަލް ފިޒިއޯގެ އަހަރީ ދުވަހުގައި ހިލޭ ސްކްރީނިން

ޓޯޓަލް ފިޒިއޯގެ ދެވަނަ އަހަރީ ދުވަހާ ގުޅިގެން، ނޮވެމްބަރު 9 އިން 15 އަށް ހިލޭ މޮބިލިޓީ ސްކްރީނިންގް ހެދުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތުގެ މަގްސަދަކީ ހަށިގަނޑުގެ ދުޅަހެޔޮކަން ވަޒަންކޮށް، ބަލިތަކުން ރައްކާތެރިވުމަށް ހޭލުންތެރިކަން އިތުރުކުރުމެވެ. މީގެ އިތުރުން، އަހަރީ ދުވަހުގެ މުނާސަބަތުގައި ކްލިނިކްގެ އެކި ހިދުމަތްތަކުން ހާއްސަ ޑިސްކައުންޓްތަކެއް ދިނުމަށްވެސް ވަނީ ނިންމާފައެވެ.

އައިކެއާއިން އޭއައިގެ އެހީގަ ލޮލުގެ ރެޓީނާ ސްކްރީންކުރަން ފަށަނީ

އައިރިސް ކުންފުންޏާ ގުޅިގެން އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ލޮލުގެ ރެޓިނާ ސްކްރީންކުރުމުގެ ޚިދުމަތް އައިކެއާ ހޮސްޕިޓަލުން ރާއްޖެއަށް ތައާރަފުކޮށްފި. އައިކެއާގެ މައި ހޮސްޕިޓަލުން މި ޚިދުމަތް ވަރަށް އަވަހަށް ލިބެން ފަށާނެ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ދިރާގު އެޕްރެންޓިސްޝިޕް 2027 އަށް ފުރުސަތު ހުޅުވާލައިފި

ޒުވާނުން ވަޒީފާގެ މާހައުލަށް އަހުލުވެރިކޮށް ތަމްރީނު ދިނުމަށް ހިންގާ "ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2027" ގައި ބައިވެރިވުމުގެ ފުރުސަތު 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް ހުޅުވާލައިފިއެވެ. މި ޕްރޮގްރާމްގެ ދަށުން މާލެ އާއި އަތޮޅުތެރޭގެ އެކި ސެންޓަރުތަކުގައި ތަފާތު ދާއިރާތަކުން އާމްދަނީ ލިބޭގޮތަށް މަސައްކަތުގެ ތަޖުރިބާ އާއި ހުނަރު ދަސްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

Newsletter

Get the latest news delivered straight to your inbox