ރާސްމާލެ ޑީލުގެ ސަބަބުން މި ގައުމަށް ރާއްޖެއޭ ކިޔުންވެސް ހުއްޓާލަން ޖެހޭ ހިސާބަަށް ދާނެ: އަލީ ހުސައިން

ގާނޫނީ ވަކީލު، އަލީ ހުސެއިން: ރަސްމާލެ ޑީލުގެ ސަބަބުން މި ގައުމަށް ރާއްޖެއޭ ކިޔުންވެސް ހުއްޓާލަން ޖެހޭ ހިސާބަަށް ދާނެ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: އަދަދު

ގާނޫނީ ވަކީލު، އަލީ ހުސެއިން: ރަސްމާލެ ޑީލުގެ ސަބަބުން މި ގައުމަށް ރާއްޖެއޭ ކިޔުންވެސް ހުއްޓާލަން ޖެހޭ ހިސާބަަށް ދާނެ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: އަދަދު

ދިވެހިންނަށް ބޯހިޔާވަހިކަން ދޭން ކަމަށް ބުނެ ހިއްކަމުންދާ ފުށިދިއްގަރުފަޅުން އެއްބައި އިޒްރޭލަށް ވާގިވެރިވާ ޔޫއޭއީގެ އީގަލް ހިލްސްއަށް ދޫކޮށްލުމުން މި ގައުމަށް ދިވެހި ރާއްޖެއޭ ކިޔުންވެސް ހުއްޓާލަން ޖެހޭ ހިސާބަށް ކަންކަން ދާނެ ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ރޭ ވިދާޅުވެއްޖެ އެވެ.

ދިވެހިންގެ ބިން ދިވެހިންނަށް ނަމުގައި ބޭއްވި ކުއްލި ހަރަކާތުގައި އަލީ ވިދާޅުވީ ރަސްމާލެ ޑީލުގައި ސޮއިކޮށްފިނަމަ ބޭރު މީހުންނަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ތަނަވަސްވެ، މި ގައުމަށް ރާއްޖޭގެ ނަމުން މުހާތަބުކުރަން އުނދަގުވާ ހިސާބަށް ދާނެ ކަމަށެވެ. 

"މިހާރު އެ ސޮއިކުރަން އުޅޭ އެއްޗެއްގައި [ރަސްމާލެ ޑީލުގައި] ސޮއިކުރީމާ މި ވާ ގޮތަކީ ދިވެހިރާއްޖެއަށް، ދިވެހިރާއްޖޭގެ ނަމުން މުހާތަބުކުރަން ވެސް އަޅުގަނޑުމެން އުނދަގޫވާ ހިސާބަށް ދާނެ. އޭގެ މާނައަކީ އެ އެއްބަސްވުމުގައި ސޮއިކޮށްފި ކަމަށްވާ ނަމަ، ދިވެހިރާއްޖޭގައި މި ތަނުގެ ރަށްވެހިންގެ ގޮތުގައި،" އަލީ ހުސައިން ވިދާޅުވި އެވެ. 

"މިތާނގެ ރައްޔިތުންގެ ގޮތުގައި ދިވެހި ބަހުން ވާހަކަ ނުދައްކައި އެތަކެއް ބޭރު ބަޔަކު އުޅެމުންދާނެ. ބޭރު މީހުންނަށް ދިވެހިރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދީފި ކަމަށް ވަންޏާ، އޭގެ މާނައަކީ ދިވެހިރާއްޖެއަށް ދިވެހިރާއްޖެ ކިޔުން ވެސް ހުއްޓާލަން ތިބި ހިސާބަށް އެ ދަނީ. އޭގެ މާނައަކީ ދިވެހިރާއްޖޭގައި އުޅޭ މީހުން."

ރަސްމާލެއިން އެއްބައި ދޫކޮށްލަން އުޅޭ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަކީ ޒަޔަނިސްޓް އެޖެންޓެއްކަން ފާހަގަކުރައްވާ އަލީ ވިދާޅުވީ އޭގެ ސަބަބުން ރާއްޖޭގެ ރާއްޖެވަންތަކަން ނިމޭނެ ކަމަށެވެ. 

"މި ތަނަށް އަޅުގަނޑުމެންނަށް އެބަ އެނގޭ މި ބިންދޭ ނުވަތަ ބިން ގަންނަން އުޅޭ ފަރާތަކީ ކާކަށް ބާރުދޭ މީހެއްކަން. އަޅުގަނޑުމެންނަށް އެބަ އެނގޭ ހަމަ ސީދާ ޒަޔަނިސްޓް އެޖެންޓެއްކަން. އެހެންވީމާ ޒަޔަނިސްޓުންނަށް ބިން ވިއްކާލީމާ، އޭނާ އެ ކުންފުނީގެ ހިއްސާ ކޮންމެ ބަޔަކަށްވެސް ބަދަލުކުރެވިދާނެ. އަދި އެ ތަނަށް ހަމަ ކޮންމެ މީހަކަށްވެސް ބިން ގެދޮރު ގަނެގެން އާދެވޭނެ. އައިސް ދިވެހިރާއްޖޭގައި އެ މީހުން ވަޒަންވެރިވީމާ ދެން ކޮން ދިވެހިރާއްޖެއެއްތޯ އޮންނާނީ؟ އެހެންވީމާ ދިވެހިރާއްޖޭގެ ދިވެހިރާއްޖެ ވަންތަކަށް ހަގީގަތުގައި ނިމެން މި އުޅެނީ އެހެންވެގެން،" އަލީ ވިދާޅުވި އެވެ. 

އަލީ ވިދާޅުވީ މިވަރުގެ ބޮޑު ކަމެއް ސަރުކާރުން ކުރުމުގެ ކުރިން ރައްޔިތުންގެ ހުއްދަ ހޯދަން ޖެހޭ ކަމަށާއި އެކަމަށް އާންމުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭ ކަމަށެވެ. 

ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި ރަސްމާލޭގެ ބިމުން 500 ހެކްޓަރު އީގަލް ހިލްސްއަށް ދޫކޮށްލުމަށް ސަރުކާރުން އެއްބަސްވީ އެކުއިޒިޝަން ފީއެއް އަދި ބިމު ކުއްޔެއް ވެސް ނުނަގާ ގޮތަށެވެ. ސަރުކާރަށް ލިބޭ ހަމައެކަނި އެއްޗަކީ ރަސްމާލޭގައި އަޅާ ކޮމާޝަލް ޕްރޮޕަޓީސް ވިއްކައިގެން ލިބޭ ރެވެނިއުގެ 10 ޕަސެންޓާއި އެޕާޓްމަންޓުތައް ވިއްކައިގެން ލިބޭ ރެވެނިއުގެ ހަތަރު ޕަސެންޓެވެ.

ރަސްމާލޭގެ އެއްބައި އީގަލް ހިލްސްއަށް ދޫކޮށްލާތީ އާއި އެ ކުންފުނީގެ ވެރިޔާ އަލައްބާރު އަކީ އިޒްރޭލްގެ އެކުވެރިއެއް އަދި މަދަދުވެރިއަކަށް ވުމުން ދީނީ އިލްމުވެރިންނާއި އިދިކޮޅު ޕާޓީތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އެހެން ދީންތަކުގެ މީހުން ރާއްޖޭގައި ވަޒަންވެރިވުމަށް ފުރުސަތު ހުޅުވިގެންދާތީވެ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް، މި މަޝްރޫއުއާ ދެކޮޅަށް މަސައްކަތްކުރާ "ގައުމީ ހަރަކާތުން" އަދި އިދިކޮޅު އެމްޑީޕީން ވަނީ ގޮވާލާފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox