މަޖިލީހަށް މުއިއްޒު އަޒުލް ނުކުރެވޭނަމަ އެކަން ކުރެވޭނީ ރައްޔިތުންނަށް: އަބްދުﷲ

ޑރ. އަހްމަދު އަބްދުﷲ ދީދީ: އޭނާ ވިދާޅުވީ ރައްޔިތުން ތަމްސީލުކުރާ ޒިންމާދާރު ރައްޔިތުންގެ މަޖިލީހެއް ރާއްޖޭގައި އޮތްނަމަ މިހާރު ރައީސުލްޖުމްހޫރިއްޔާ ވާނީ އަޒްލުކުރެވިފައި ކަމަށް

ޑރ. އަހްމަދު އަބްދުﷲ ދީދީ: އޭނާ ވިދާޅުވީ ރައްޔިތުން ތަމްސީލުކުރާ ޒިންމާދާރު ރައްޔިތުންގެ މަޖިލީހެއް ރާއްޖޭގައި އޮތްނަމަ މިހާރު ރައީސުލްޖުމްހޫރިއްޔާ ވާނީ އަޒްލުކުރެވިފައި ކަމަށް

ރައްޔިތުންގެ މަޖިލީހަށް ރައީސް މުހައްމަދު މުއިއްޒު އަޒުލް ނުކުރެވޭނަމަ އެކަން ކުރެވޭނީ ރައްޔިތުންނަށް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ. 

އަބްދުﷲ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަޒުލްކުރުމުގެ ބާރު ގާނޫނުއަސާސީން މަތިކޮށްފައިވާ މަޖިލީހުން ރައްޔިތުންނަށް ހިޔާނާތްތެރިވެ، ދުސްތޫރީ މަސްއޫލިއްޔަތުން އެއްކިބާވުމުން ދެން އޮތް ހައްލަކީ ގާނޫނުއަސާސީގެ ހަތަރުވަނަ މާއްދާ ކަމަށެވެ. 

"ރައީސުލްޖުމްހޫރިއްޔާ ގާނޫނުއަސާސީއާ ހިލާފަށް ބާރުތައް ނަހަމަގޮތުގައި ބޭނުންކުރުމަކީ އާންމުކަމަކަށް ވެފައިވާއިރު، އަޒްލުކުރުމުގެ ބާރު ގާނޫނުއަސާސީ އިން މަތިކޮށްފައިވާ މަޖިލީހުން ގާނޫނުއަސާސީއާއި ރައްޔިތުންނަށް ހިޔާނަތްތެރިވެ، އެމީހުންގެ ދުސްތޫރީ މަސްއޫލިއްޔަތުން އެއްކިބާވީމަ، ދެން އޮންނާނީ އެންމެ ހައްލެއް. އެއީ ގާނޫނުއަސާސީގެ ހަތަރު ވަނަ މާއްދާ،" އޭނާ ވިދާޅުވި އެވެ. 

ގާނޫނުއަސާސީގެ  ހަތަރު ވަނަ މާއްދާގައި ބުނަނީ ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި އެ ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައި ކަމަށެވެ. 

އަބްދުﷲ ވިދާޅުވީ ރައްޔިތުން ތަމްސީލުކުރާ ޒިންމާދާރު ރައްޔިތުންގެ މަޖިލީހެއް ރާއްޖޭގައި އޮތްނަމަ މިހާރު ރައީސުލްޖުމްހޫރިއްޔާ ވާނީ އަޒްލުކުރެވިފައި ކަމަށެވެ. 

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ މަފްހޫމަކީ ގާނޫނުއަސާސީ ދަންނަ މަފްހޫމެއް ނޫންކަން ފާހަގަކުރައްވާ އަބްދުﷲ ވިދާޅުވީ  ގާނޫނުއަސާސީ ދަންނަ މަފްހޫމަކީ ގާނޫނުއަސާސީގެ 100 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރުން ނުވަތަ އަޒްލުކުރުން ކަމަށެވެ. 

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އިއްޔެ ގޮވާލެއްވި އެވެ. އޭނާ ވިދާޅުވީ ރައްޔިތުންނަށް ހިންދެމިލައިގެން ދިރިއުޅެވޭނެގޮތެއް ނެތް ކަމަށެވެ.

ރާއްޖޭގެ ގާނޫނުއަސާސީ ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކުރެވިދާނެ އެވެ. އެފަދަ މައްސަލައެއް މަޖިލީހަށް ހުށަހެޅޭނީ ތިންބައިކުޅަ އެއްބައި މެންބަރުންގެ ސޮއި ހަމަކޮށްގެން ކަމަށްވާއިރު، އެއީ 31 މެންބަރުންގެ ސޮޔެވެ. 

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ ވޯޓެއް މަޖިލީހުން ފާސްކުރެވެނީ މަޖިލިސް މެންބަރުންގެ ތެރެއިން މަދުވެގެން ތިންބައިކުޅަ ދެބައި މެންބަރުންގެ ވޯޓު ކަމަށްވާއިރު، އެއީ 62 މެންބަރުންގެ ވޯޓެވެ.  

ރައްޔިތުންގެ މަޖިލީހުގައި މިވަގުތު ތިއްބެވި 93 މެންބަރުންގެ ތެރެއިން 73 މެންބަރުންނާއެކު މެޖޯރިޓީ އޮތީ ސަރުކާރު ހިންގާ ޕީއެންސީ އަތުގަ އެވެ. ބާކީ 20 މެންބަރުންގެ ތެރެއިން 13 މެންބަރުން އިދިކޮޅު އެމްޑީޕީގައި ތިއްބެވިއިރު، ދެން ތިއްބެވީ ޖޭޕީ އާއި އެމްޑީއޭގެ އިތުރުން އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ މެންބަރުންެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox