މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް އައްބާސް ގޮވާލައްވައިފި

ވެލިދޫ ދާއިރާގެ މެންބަރު އައްބާސް: މި ސަރުކާރުން އަމަލުކުރަމުންދާ ގޮތުން ގައުމުގައި ހިންދެމިލައިގެން އުޅެވޭނެ ގޮތެއް ނެތް ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: މަޖިލިސް

ވެލިދޫ ދާއިރާގެ މެންބަރު އައްބާސް: މި ސަރުކާރުން އަމަލުކުރަމުންދާ ގޮތުން ގައުމުގައި ހިންދެމިލައިގެން އުޅެވޭނެ ގޮތެއް ނެތް ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: މަޖިލިސް

ރައިސް މުހައްމަދު މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ގޮވާލައްވައިފި އެވެ. 

ޕެރެގުއޭގެ ރައީސް ސަންޓިއާގޯ ޕެންޔާގެ އިތުބާރު ނެތް ކަމަށް ފާސްކުރި ހަބަރު އެކްސް ގައި ޕޯސްޓުކުރައްވައި އައްބާސް ވިދާޅުވީ އެކަން ރާއްޖޭގައި މިހާރު މިހާރަށް ކުރަން ޖެހޭ ކަމަށެވެ. 

"މިހާރުން މިހާރައްވެސް މި ގައުމުގައި މީ ކުރާންވެއްޖެ ކަމެއް މިކަން ނުކޮށް ރައްޔިތުންނަށް ހިންދެމިލައިގެން ދިރިއުޅެވޭނެގޮތެއް ނެތް،" އައްބާސް ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ. 

އައްބާސް ވިދާޅުވީ ތަކެތީގެ އަގާއި ކަރަންޓު ބިލާއި ތެލާއި ގޭސް އަގުބޮޑުކޮށްފައިވާއިރު، ދަތުރުފަތުރުގެ އަގުތަކާއި ވިޔަފާރިތަކާއި ރައްޔިތުން އަތުން ނަގާ ޓެކްސްތައްވެސް ސަރުކާރުން ބޮޑުކޮށްފައިވާ ކަމަށެވެ. 

ޑޮލަރުގެ އަގު ހުރީ 23ރ. ގައިކަން ފާހަގަކުރައްވާ އައްބާސް ވިދާޅުވީ ސަރުކާރުން ނުކުރާނެ ކަމަށް ބުނި ހުރިހާ ކަމެއްކޮށް، ގައުމުގައި ހުރި ހަރުމުދާތައް ރަހުނުކޮށް އެކިއެކި ލޯނުތައް ނަގާ ގައުމު ދަރުވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެއިތުރުން އައްބާސް ވިދާޅުވީ ރަސްމާލެއިން އެއްބައި އެއްވެސް އަގަކާނުލައި ޔޫއޭއީގެ އީގަލް ހިލްސްއަށް ދިނުމަށް ނިންމައި، އެތަނުގައި ޔަހޫދީން ވަޒަންވެރި ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. 

ރާއްޖޭގެ ގާނޫނުއަސާސީ ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކުރެވިދާނެ އެވެ. އެފަދަ މައްސަލައެއް މަޖިލީހަށް ހުށަހެޅޭނީ ތިންބައިކުޅަ އެއްބައި މެންބަރުންގެ ސޮއި ހަމަކޮށްގެން ކަމަށްވާއިރު، އެއީ 31 މެންބަރުންގެ ސޮޔެވެ. 

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ ވޯޓެއް މަޖިލީހުން ފާސްކުރެވެނީ މަޖިލިސް މެންބަރުންގެ ތެރެއިން މަދުވެގެން ތިންބައިކުޅަ ދެބައި މެންބަރުންގެ ވޯޓު ކަމަށްވާއިރު، އެއީ 62 މެންބަރުންގެ ވޯޓެވެ.  

ރައްޔިތުންގެ މަޖިލީހުގައި މިވަގުތު ތިއްބެވި 93 މެންބަރުންގެ ތެރެއިން 73 މެންބަރުންނާއެކު މެޖޯރިޓީ އޮތީ ސަރުކާރު ހިންގާ ޕީއެންސީ އަތުގަ އެވެ. ބާކީ 20 މެންބަރުންގެ ތެރެއިން 13 މެންބަރުން އިދިކޮޅު އެމްޑީޕީގައި ތިއްބެވިއިރު، ދެން ތިއްބެވީ ޖޭޕީ އާއި އެމްޑީއޭގެ އިތުރުން އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ މެންބަރުންެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox