އައިކެއާ ޖުލައި އޮފާ: 30 ޕަސެންޓު ޑިސްކައުންޓާއި ޒައިސް ލެންސާއެކު ހިލޭ އަވިއައިނު

Jul 16, 2026, 2:19 PM
މި ޖުލައި މަހުގެ ތެރޭގައި އައިކެއާ އިން އައިނު ގަންނަ ކަސްޓަމަރުންނަށް، ބޮޑު ޑިސްކައުންޓެއް.

މި ޖުލައި މަހުގެ ތެރޭގައި އައިކެއާ އިން އައިނު ގަންނަ ކަސްޓަމަރުންނަށް، ބޮޑު ޑިސްކައުންޓެއް.

ރާއްޖޭގެ އެންމެ ފުޅާދާއިރާއެއްގައި ލޮލުގެ ފަރުވާއާއި އައިނުގެ ހިދުމަތް ފޯރުކޮށްދޭ އައިކެއާ އޮޕްޓިކަލްއިން، މި ޖުލައި މަހަށް ހާއްސަކޮށްގެން ކަސްޓަމަރުންނަށް ބޮޑެތި ފައިދާތަކެއް ލިބޭނެ ހާއްސަ އޮފާތަކެއް ތައާރަފުކޮށްފި އެވެ.

ޖުލައި 15 އިން ފެށިގެން އަންނަ އޮގަސްޓް މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނަކީ، ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު އައިނާއި ލެންސް ހެޔޮ އަގުގައި ފޯރުކޮށްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.

ކޮންމެ ދެ އައިނުން އެއް އައިނަށް 30 ޕަސެންޓު ޑިސްކައުންޓް!

މި ޕްރޮމޯޝަނުގެ ދަށުން ދެ ނަންބަރު އައިނު ބައްލަވައިގަންނަވާ ކަސްޓަމަރުންނަށް، އެއް ފްރޭމުން 30 ޕަސެންޓުގެ ބޮޑު ޑިސްކައުންޓެއް ލިބޭނެ އެވެ. އައިކެއާއިން ބުނި ގޮތުގައި  ދެވަނަ ފްރޭމަކީ އަމިއްލަ ބޭނުމަށް ނުވަތަ އެހެން ފަރާތަކަށްވެސް ނެގިދާނެ ފްރޭމެކެވެ. އައިނު އަޅާ ދެކުދިންނަށް، ނުވަތަ މަންމަ އާއި ދަރިފުޅަށް، ދެމަފިރިންނަށް އަދި ރައްޓެސަކާއި އެކުވެސް އައިނު އާކޮށްލެވިދާނެ އެވެ. އައިކެއާގެ އައުޓްލެޓްތަކުގައި ހުރި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ ތެރެއިން ކޮންމެ ފްރޭމެއްވެސް މި އޮފާގެ ދަށުން ހިޔާރުކުރެވޭނެއެވެ.

ޒައިސް ސްމާޓްލައިފް ލެންސްއާއެކު ހިލޭ އަވިއައިނެއް!

މީގެ އިތުރުން، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ ޒައިސް ސްމާޓްލައިފް ލެންސާއެކު ފްރޭމް ބައްލަވައިގަންނަވާ ކަސްޓަމަރުންނަށް އޯރާ ބްރޭންޑްގެ އަވިއައިނެއް މުޅިން ހިލޭ ލިބޭނެ އެވެ. ޒައިސް ސްމާޓްލައިފް ލެންސަކީ މިހާރުގެ ޑިޖިޓަލް ދިރިއުޅުމަށް ހާއްސަކޮށް، ހުރިހާ ދުރުމިނަކުންވެސް ސާފުކޮށް ފެންނާނެހެން ފަރުމާކޮށްފައިވާ ފެންވަރު ރަނގަޅު ލެންސެކެވެ.

އައިކެއާއިން ބުނީ މި ދެ އޮފަރަކީވެސް އެއް ޓްރާންސެކްޝަނެއްގެ ތެރެއިން ބޭނުންކުރެވޭނެ އޮފަރތަކެކެވެ. އަދި އައިކެއާ މެންބަޝިޕްގެ ފައިދާތައްވެސް މި އޮފާތަކާއެކު ލިބޭނެ ކަމަށެވެ. 

މި ޕްރޮމޯޝަން އައިކެއާގެ ހުރިހާ އައުޓްލެޓެއްގައިވެސް ކުރިއަށްދާނެއެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް އައިކެއަރގެ ވެބްސައިޓަށް ނުވަތަ އެންމެ ކައިރީގައި ހުރި އައިކެއާ އައުޓްލެޓަކަށް ޒިޔާރަތްކުރައްވާށެވެ.

 

ފަހުގެ ޚަބަރު

ޖިއޯ އިން އެންމެ ބޮޑު ހިއްސާގެ ބާޒާރަށް ފުރުސަތު ހުޅުވައިފި

މުކޭޝް އަމްބާނީގެ ޖިއޯ ޕްލެޓްފޯމްސް އިން 3.2 ބިލިއަން ޑޮލަރު ހޯދުމުގެ އަމާޒާއެކު، އިންޑިއާގެ ތާރީޚުގައި ބާއްވާ އެންމެ ބޮޑު ހިއްސާގެ ބާޒާރު އާންމުންނަށް ހުޅުވާލައިފިއެވެ. މި އައިޕީއޯ މެދުވެރިކޮށް ލިބޭ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ކުންފުނީގެ ލޯނުތައް އަނބުރާ ދެއްކުމަށާއި ޓެލެކޮމް ވިޔަފާރި އިތުރަށް ފުޅާކުރުމަށެވެ. ހިއްސާ ވިއްކަން ފެށުމުގެ ކުރިންވެސް ބޮޑެތި މުއައްސަސާތަކުގެ ފަރާތުން މި މަޝްރޫއަށް ވަނީ އާދަޔާ ހިލާފު ބޮޑު ތަރުހީބެއް ލިބިފައެވެ.

11 ރަށެއްގައި އައިސްޕްލާންޓް އެޅުމަށް މެލޭޝިއާގެ ކުންފުންޏަކަށް

މަސްވެރިންނަށް އައިސް ލިބުމުގެ ދަތިކަން ހައްލުކުރުމަށްޓަކައި ރާއްޖޭގެ 11 ރަށެއްގައި 30 ޓަނުގެ އައިސްޕްލާންޓް އެޅުމަށް މެލޭޝިއާގެ އަލްޓަސް އޮއިލް އެންޑް ގޭސް ކުންފުންޏާ މިއަދު ހަވާލުކޮށްފި. މިއީ އެއްގަމުގައި ހުންނަ އައިސްޕްލާންޓުތަކަށް ބަރޯސާވުން ކުޑަކުރުމަށް ސަރުކާރުން ކުރިން ގެންގުޅުނު ސިޔާސަތާ ތަފާތު ނިންމުމެއް.

ރިސޯޓު މަދު އަތޮޅުތަކުގެ ރަށްތަކުގެ އެކުއިޒިޝަން އަގު ހެޔޮކޮށްފި

މި ބަދަލާއެކު ރަށްތަކުގެ ބޭސް ރޭޓާއި ހެކްޓަރަކަށް ޖެހޭ އަގު ކުޑަކޮށްފައިވީ ނަމަވެސް، ފަޅުތައް ކުއްޔަށް ދޫކުރާ އަގަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވޭ. ސަރުކާރުން މިފަދަ ލުއިތަކެއް ދީފައިވަނީ ރިސޯޓު ތަރައްގީކުރަން އިއުލާންކުރާ ރަށްތަކަށް އިންވެސްޓަރުން ލިބުން ދަތިވެފައިވާ ދަނޑިވަޅެއްގަ.

އެމްއެސް ފައިނޭންސްގެ މަނީ އެކްސްޗޭންޖު ލައިސަންސް ބާތިލުކޮށްފި

މަނީ ޗޭންޖިން ގަވާއިދާ ހިލާފުވުމުގެ ސަބަބުން އެމްއެސް ފައިނޭންސްގެ ލައިސަންސް ހިފަހައްޓައި، އެ ކުންފުނި 500،000ރ. އިން އެމްއެމްއޭ އިން ޖޫރިމަނާކޮށްފި. އެފްއޭއެމްގެ ހިޔާނާތުގެ ފައިސާ ލޯންޑާކުރަން ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ މި ކުންފުންޏަކީ، ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމަށް ފެށި މަސައްކަތުގެ ތެރެއިން ފިޔަވަޅު އެޅި ދެވަނަ މަނީ އެކްސްޗޭންޖު.

މެލޭޝިއާ އެއާލައިންސް ޓިކެޓުތަކުން ގްރީން ޓެކްސް ނަގަން ވިސްނަނީ

ތިމާވެއްޓާ ރައްޓެހި އޭވިއޭޝަން ފިއުލް (އެސް.އޭ.އެފް) ބޭނުންކުރުމަށް ހިނގާ ބޮޑު ހޭދަ ފޫބެއްދުމަށްޓަކައި، މެލޭޝިއާ އެއާލައިންސްގެ ޓިކެޓުތަކުން "ގްރީން ޓެކްސް" އެއް ނެގުމަށް އެ ކުންފުނިން ދަނީ ވިސްނަމުންނެވެ. މި ފިޔަވަޅަކީ 2050 ވަނަ އަހަރާ ހަމައަށް ޖައްވަށް ދޫކުރާ ކާބަން މަދުކުރުމަށް ކުރާ މަސައްކަތުގެ ބައެއް ނަމަވެސް، މީގެ ސަބަބުން ވައިގެ ދަތުރުފަތުރުގެ އަގުތައް އުފުލިގެންދާނެއެވެ.

އެމްއެޗްއޭ މާޓް ހުޅުމާލެ ފޭސް 2 ގައި ހުޅުވައިފި

އެމްއެޗްއޭގެ ފަސްވަނަ ފިހާރަ "އެމްއެޗްއޭ މާޓް" ހުޅުމާލެ ފޭސް 2 ގެ އަމާން އުދަރެސް ޓަވަރުގައި މިދިޔަ ބުރާސްފަތި ދުވަހު ހުޅުވައިފިއެވެ. ދެ ބުރިއަށް ފަރުމާކޮށްފައިވާ މި ޒަމާނީ ފިހާރައަކީ ކާބޯތަކެއްޗާއި ދިރިއުޅުމުގެ ޒަރޫރީ ސާމާނު އެއް ފުރާޅެއްގެ ދަށުން ފަސޭހަކަމާއެކު ލިބޭނެހެން ހުޅުވި ފިހާރައެކެވެ.

ބޭންކުތަކުން ސަރުކާރަށް ފަނޑުކުރާތީ ވިޔަފާރިތަކަށް ފައިސާ ނެތް

އަހުމަދު މުހައްމަދު ވިދާޅުވީ ބޭންކުތަކުން ސަރުކާރަށް ފައިސާ ދޫކުރާ މިންވަރު އިތުރުވުމުގެ ސަބަބުން، އަމިއްލަ ވިޔަފާރިތަކަށް ބޭނުންވާ ރުފިޔާ އާއި ޑޮލަރު ލިބުމުގައި ދަތިކަމަށް. ސަރުކާރުގެ ދައުރުގައި އެތެރޭގެ ދަރަނި 45 އިންސައްތަ އިތުރުވެފައިވާއިރު، މާލީ ދަތިތަކުން އަރައިގަނެވޭނީ މާލީ ޒިންމާދާރުކަން އިސްކޮށްގެން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox