ހެލްތު އެންޑް ފެމިލީ އެކްސްޕޯގައި ޓްރީ ޓޮޕްގެ ހާއްސަ ޑޮކްޓަރުންނާ ބައްދަލުކޮށްލުމުގެ ފުރުސަތު

Nov 6, 2026, 8:34 AM
މިދިޔަ އަހަރު އެކްސްޕޯގައި ހުރި ޓްރީ ޓޮޕްގެ ސްޓޯލްގައި ޑޮކަޓަރަކު ކުއްޖަކު ބަލަނީ. -- ފޮޓޯ: ޓްރީ ޓޮޕް

މިދިޔަ އަހަރު އެކްސްޕޯގައި ހުރި ޓްރީ ޓޮޕްގެ ސްޓޯލްގައި ޑޮކަޓަރަކު ކުއްޖަކު ބަލަނީ. -- ފޮޓޯ: ޓްރީ ޓޮޕް

ހުޅުމާލެ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ހާއްސަ ބަލިތަކުގެ ހިދުމަތްތައް އާންމުންނަށް ދައްކާލަން ފަށައިފި އެވެ.

މި މަހުގެ 5 އިން 7 އަށް، ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި އެކްސްޕޯއަކީ ރާއްޖޭގެ ސިއްހީ ހިދުމަތްދޭ އިސް ފަރާތްތަކާއި، ހާއްސަ ބަލިތަކުގެ ޑޮކްޓަރުން އަދި ދުޅަހެޔޮ ދިރިއުޅުމަކަށް ވަކާލާތުކުރާ ފަރާތްތައް އެއްތަނަކުން ބައްދަލުވެ، ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި އާއިލީ ދުޅަހެޔޮކަން ކުރިއެރުވުމުގެ މަގުސަދުގައި ބާއްވާ މުހިންމު ހަރަކާތެކެވެ.

މި ހަރަކާތުގެ ތެރެއިން އަންހެނުންގެ ސިއްހަތާއި، ދަރިމައިވުމުގެ މައްސަލަތައް، ދަތުގެ ފަރުވާ، އަނގަޔާއި މޫނުމަތީގެ ސާޖަރީ، ޓްރޯމާ ކެއާ އަދި ނިއުރޯސާޖަރީ ފަދަ ދާއިރާތަކުން ޓްރީ ޓޮޕްގެ ހާއްސަ ޑޮކްޓަރުންނާ މަޝްވަރާކުރުމާއި މައުލޫމާތު ހޯދުމުގެ ފުރުސަތު އާންމުންނަށް ލިބިގެންދާނެ އެވެ.

އެކްސްޕޯ ކުރިއަށްދާ ކޮންމެ ދުވަހަކުވެސް ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 23:00 އަށް ޓްރީ ޓޮޕްގެ ސްޓޯލުން ޑޮކްޓަރުންނާ ބައްދަލުކުރެވޭނެއެވެ. ޑޮކްޓަރުންގެ ޝެޑިއުލް ހަމަޖެހިފައިވާ ގޮތަކީ:

ތާރީހުހާއްސަ ދާއިރާޑޮކްޓަރުން
5 ނޮވެމްބަރުދަރިމައިވުމުގެ މައްސަލަތައް، މާބަނޑު ދުވަސްވަރުގެ ފަރުވާ، ވިހެއުމުގެ ކުރިން ދެވޭ ފަރުވާޑރ. ޒަކިއްޔާ އަދި ޑރ. ވަރުޝާ
6 ނޮވެމްބަރުދަތުގެ ފަރުވާ، އަނގަޔާއި މޫނުމަތީގެ ސާޖަރީޑރ. ރީޝާ އަދި ޑރ. ސަލްމާން
7 ނޮވެމްބަރުކުޑަކުދިންގެ ބަލިތައް، ޓްރޯމާ އަދި ނިއުރޯސާޖަރީޑރ. އެލެސަންޑްރާ އަދި ޑރ. ޖޯ

"މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯގައި ބައިވެރިވުމަކީ އާންމު ރައްޔިތުންނާ ގާތުން ބައްދަލުކޮށް، ސިއްހީ ހޭލުންތެރިކަން އިތުރުކުރުމަށާއި ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ސިއްހީ ހިދުމަތްތައް ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމަށް އަޅުގަނޑުމެން ކުރާ މަސައްކަތަށް ލިބޭ އިތުރު ކުރިއެރުމެއް،" ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ޑރ. ސްރިވަތުސަން ސްރީދަރް ޖީ ވިދާޅުވި އެވެ.

މީގެ އިތުރުން، އާއިލާތަކާ ބައްދަލުކޮށް އެފަރާތްތަކުގެ ސިއްހީ ސުވާލުތަކަށް ޖަވާބުދީ، ދުޅަހެޔޮ ދިރިއުޅުމަކަށް އެހީތެރިވެދިނުމަކީ ހޮސްޕިޓަލުގެ ވަރަށް ބޮޑު އުންމީދެއްކަން ފާހަގަކުރައްވައި، އެކްސްޕޯގައި ހުންނަ ޓްރީ ޓޮޕްގެ ސްޓޯލަށް ޒިޔާރަތްކޮށް، ސިއްހީ މައުލޫމާތު ހޯދުމުގެ މި ހާއްސަ ފުރުސަތުގެ ބޭނުން ހިފުމަށް އެ ހޮސްޕިޓަލުން ވަނީ އާންމުންނަށް ދައުވަތު އަރުވާފަ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ތަޖުރިބާކާރު ސިއްހީ މާހިރުންނާއި، ޒަމާނީ ވަސީލަތްތަކުގެ އެހީގައި ބަލިމީހުންނަށް އިސްކަންދީގެން ހިދުމަތް ފޯރުކޮށްދޭ ރާއްޖޭގެ އެންމެ ކުރިއަރާފައިވާ އެއް ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލުން އަންނަނީ ރައްޔިތުންގެ ބޭނުންތަކާ ގުޅޭގޮތަށް ހާއްސަ ބަލިތަކަށް ދޭ ފަރުވާތައް ފުޅާކޮށް، އާ ހިދުމަތްތައް މެދުކެނޑުމެއްނެތި ތައާރަފުކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލު ހުއްޓުވަން އިންޑިއިން އުޅޭ ކަމަށް ތުހުމަތުކޮށްފި

ރަސްމާލެ މަޝްރޫއުގެ ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ދޫކޮށްލުމަށް ކުރި މަސައްކަތް ހުއްޓުވުމުގައި އިންޑިއާ ސަރުކާރާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅުންގެ އަތެއްވާ ކަމަށް ސްޓޭޓް މިނިސްޓަރު ނާޒިމް ތުހުމަތުކުރައްވައިފި. ލީކުވި އޯޑިއޯއެއްގައި ނާޒިމް ވިދާޅުވެފައިވަނީ އިންޑިއާއަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްނުދީ ހިފެހެއްޓި ކަމަށް.

އަލައްބާރާއި ޒަޔަނިސްޓުންނާ މިހާރު ގުޅުމެއް ނެތް: މުއްތަލިބު

ޔޫއޭއީގެ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަކީ ޒަޔަނިސްޓުންނާ ގުޅުން އޮތް މީހެއް ނޫން ކަމަށް ވިދާޅުވެ، މިނިސްޓަރު މުއްތޮލިބު އޭނާގެ ދިފާއުގައި ވާހަކަދައްކަވައިފިއެވެ. ލީކުވި އޯޑިއޯއެއްގައި މުއްތޮލިބު ވިދާޅުވީ، އަލައްބާރުގެ ކުރީގެ ގުޅުންތަކާ ބެހޭގޮތުން ސުވާލުކުރެއްވި ކަމަށާއި، އޭނާއަކީ މިހާރު ފަލަސްތީނަށް އެހީތެރިވަމުންދާ މީހެއް ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއުގެ ތެރެއިން ޒަޔަނިސްޓުން ވަޒަންވެރިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލޭގައި ކްރިސްމަސްވެސް ފާހަގައެއް ނުކުރެވޭނެ: މުއްތޮލިބު

ރަސްމާލެ ތަރައްޤީކުރާ ފަރާތާއެކު ވެވޭ އެއްބަސްވުމުގައި، އެތަނުގައި ކްރިސްމަސް ފަދަ އެހެން ދީންތަކުގެ ޝިއާރުތައް ފާހަގަކުރުން މަނާކުރާ މާއްދާއެއް ހިމަނާނެ ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ އުސޫލުތަކާ ހިލާފު ކަންކަމަށް ފުރުސަތު ނުދޭނެކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުންނެވެ.

ރަސްމާލޭގެ ޕްރޮޕަޓީ ދެނީ ހުސްނުވާ 99 އަހަރަށް ކަމަށް!

ރަސްމާލޭގެ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތު ހަމަނުވާނެ ފަދަ މެކޭނިޒަމެއްގެ ދަށުން ކަމަށް ހައުސިން މިނިސްޓަރު މުއްޠަލިބު އެއްބަސްވެވަޑައިގެންފިއެވެ. މި އުސޫލުގެ ދަށުން ޕްރޮޕަޓީ ވިއްކާލާ ކޮންމެ ފަހަރަކު ސަރުކާރުން ފީއެއް ނެގުމަށްފަހު، އަލުން 99 އަހަރުގެ އާ ލީސްއެއް ދޫކޮށް މުއްދަތު އައުކޮށްދޭނެއެވެ.

ހުޅުމާލޭ ފޭސް 3 ހިއްކުމުގެ އަގަކަށް އެމްއޭސީއެލްއަށް ވެސް ބިން

ހުޅުމާލެ ފޭސް ތިނަކާއި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏަކާ ހަވާލުކުރީ، މަސައްކަތުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި ލިބެނީ ބިން. މިއީ ކުރިން ސީއެމްސީއާ ވެސް އެއްބަސްވީ ގޮތް. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ކުރަނީ މިހާރު ވެސް ސީއެމްސީއިން.

ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ކައުންސިލް އަތުން ނަގައިފި

ކުޅުދުއްފުށީ ސީޕޯޓް ފުޅާކުރުމުގެ މަޝްރޫއަށް ބޭނުންވާތީ، އެ ރަށުގެ އިންޑަސްޓްރިއަލް ޒޯން ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ވަނީ ނަގާފައި. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ނެގި މި ބިމުގައި ޕޯޓުގެ ޚިދުމަތްތަކާއި ވެއާހައުސިން ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި.

އޭސީސީން ގާބިލު އިންވެސްޓިގޭޓަރުން ބިނާކުރުމަށް ކޯހެއް ފަށަނީ

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާނެ ގާބިލު މީހުން ބިނާކުރުމަށްޓަކައި، "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ފެށުމަށް އެންޓި-ކޮރަޕްޝަން އެކަޑަމީން ވަނީ ނިންމާފައެވެ. މި ކޯހުގެ މަގްސަދަކީ މި ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުންގެ ދަތިކަން ހައްލުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ތަހުގީގީ ދާއިރާ ހަރުދަނާކުރުމެވެ.

Newsletter

Get the latest news delivered straight to your inbox