ލަމްބަގިނީ ފުނޑުފުނޑުވި އެކްސިޑެންޓް: މީހުން ސަލާމަތްވީ ކީއްވެ؟

Aug 22, 2026, 8:41 AM
އެކްސިޑެންޓުވި ކާރު: މިއީ ވަރަށް ވަރުގަދަ ސޭފްޓީ ފީޗާތަކެއް ހިމެނޭ ކާރެއް -- ފޮޓޯ: ސޯޝަލް މީޑިއާ

އެކްސިޑެންޓުވި ކާރު: މިއީ ވަރަށް ވަރުގަދަ ސޭފްޓީ ފީޗާތަކެއް ހިމެނޭ ކާރެއް -- ފޮޓޯ: ސޯޝަލް މީޑިއާ

ހުޅުމާލޭގައި އިއްޔެ ހެނދުނު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ލަމްބަގިނީ ރެވުއެލްޓޯ މަރުކާގެ ސުޕާ ކާރެއް ކޮންޓްރޯލް ނުވެ ގޮސް، މަގުގެ އެއްފަރާތުގައި ހަރުކޮށްފައި ހުރި ސޯލާ ޕެނަލްތަކުގެ އޮނިގަނޑުން ބަޔަކަށް އަރައި، ކާރަށް ބޮޑު ގެއްލުންތަކެއް ވެ، ބައެއް ސޯލާ ޕެނަލްތައް ވެސް ހަލާކުވި އެވެ. 

މި ކާރު ދުއްވަން އިނީ ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ ސީއީއޯ ހަސަން ރިފާއު އާއި އޭނާގެ ފިރިހެން ދަރިފުޅެވެ. އެ ދެ ބަފައިންނަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާ ކަމަށާއި ޓްރީ ޓޮޕް ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު އިއްޔެ ހެނދުނުގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އެކްސިޑެންޓަށް ފަހު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ޑްރައިވަރު ކާރު ތެރެއިން ނުކުންނަ މަންޒަރު ފެނެ އެވެ. އެ މީހުން ހޮސްޕިޓަލަށް ދިޔައީ ޓެކްސީއެއްގައި އަމިއްލަ އަށް ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.

Advertisement

ކާރު ފުނޑުފުނޑުވިއިރު، ސީރިއަސް އަނިޔާތަކެއް ނުލިބި ކާރުގައި ތިބި ދެބަފައިން ސަލާމަތްވީ ކީއްވެ ހެއްޔެވެ؟ މިއީ އިލާހީ ރަހުމަތާއެކު، އަދި ލަމްބަގިނީގެ އާދަޔާހިލާފު ސަލާމަތީ ފީޗާތަކުގެ ނަތީޖާ އެވެ. މިމަރުކާގެ ކާރުގެ ސަލާމަތީ މުހިންމު ކަންކަމަށް މި ލިޔުމުގައި ބަލައިލާނަމެވެ. 

ލަމްބަގިނީގެ ފަހުގެ ސުޕަރކާރުތަކުގައި ބޭނުންކުރަނީ އެފް-1 ރޭސިން ކާރުތަކުގައި ބޭނުންކުރާ ފަދަ ވަރުގަދަ ކާބަން ފައިބަރ ކެބިންއެކެވެ. މިއީ ދެ ޕެސެންޖަރުން ތިބޭ ކެބިން ވަށައިގެންވާ، އާދައިގެ ދަގަނޑަށްވުރެ އެތައް ގުނައެއް ވަރުގަދަ "ސޭފްޓީ ކޭޖެކެވެ". ކާރުގެ ބޭރު އޮނިގަނޑު ފުނޑުފުނޑުވެގެން ދިޔަޔަސް، އެތެރޭގެ ކެބިން ފިސްފިސްނުވި މައިގަނޑު ސަބަބަކީ މިއެވެ.

މިފަދަ ސުޕާ ކާރުތައް ޑިޒައިންކޮށްފައިވަނީ އެކްސިޑެންޓްވާ ވަގުތު އުފެދޭ ބާރުގަދަ ޝޮކްވޭވްތައް އަމިއްލައަށް ދަމައިގަންނަ ގޮތަށެވެ. ކާރު އެއްޗެއްގައި ޖެހޭ ވަގުތު ކުރީކޮޅާއި ބޭރުގެ ބައިތައް ފިސްފިސްވެގެން ދަނީ އެ ބާރުތައް ކާރުގެ އެތެރޭގައި ތިބި މީހުންގެ ހަށިގަނޑަށް ފޯރުމުގެ ކުރިން ބޭރުގެ ބައިތަކުން އެ ބާރުތައް ނައްތާލުމަށެވެ.

އެކްސިޑެންޓުވި ލަމްބަގިނީ ކާރު
އެކްސިޑެންޓުވި ލަމްބަގިނީ ކާރު

ލަމްބަގިނީ ރެވުއެލްޓޯގައި ގާއިމުކޯށްފައިވާ އެއާ ބޭގްތައް ފަޅި ސިކުންތެއްގެ ތެރޭގައި އޮޕަރޭޓްވާނެ އެވެ. އިއްޔެ ހިނގި އެކްސިޑެންޓުގައި ޑްރައިވަރާއި އޭނާގެ ދަރިފުޅު ވިއްސައިގެން ދިޔަނުދީ ހިފަހައްޓައިދިނީ މި އެއާބޭގްތަކުންނެވެ. އަދި ކަކުލާއި އަރިމަތީ އެއާބޭގްތަކުން ކާރުގެ ހަރު ބައިތަކުގައި ޖެހި ބޮޑު އަނިޔާއެއްވިޔަނުދީ ރައްކާތެރިކޮށްދިނެވެ.

ބޮޑު އަނިޔާއެއް ނުވި އަނެއް ސަބަބަކީ މިފަދަ ކާރެއް އެކްސިޑެންޓުވާ ވަގުތު ސީޓްބެލްޓްތަކުގައިވާ ޕްރީ-ޓެންޝަން ސިސްޓަމުން އޮޓޯއިން ސީޓްބެލްޓް ކުއްލިއަކަށް ބާރުކޮށް، ދެމީހުން ސީޓުގައި ތަތްކޮށްލުމެވެ. މީގެ ސަބަބުން ކާރުގެ އެތެރޭގައި ބޮލާއި ހަށިގަނޑު ޖެހުމާއި، ކާރުން ވިއްސައިގެން ދިޔުން ހުއްޓުވައިދިނެވެ.

އެކްސިޑެންޓްވި ކާރުގެ އަސްލު ފޮޓޯއެއް -- ފޮޓޯ: އައިލެންޑްވެލާ
އެކްސިޑެންޓްވި ކާރުގެ އަސްލު ފޮޓޯއެއް -- ފޮޓޯ: އައިލެންޑްވެލާ

ހުޅުމާލޭގައި ހިނގި މި ހާދިސާއަކީ ނުރައްކާތެރި، އަދި ބޮޑެތި ގެއްލުންތަކެއް ލިބުނު އެކްސިޑެންޓެއް ނަމަވެސް، ލަމްބަގިނީގެ ކާބަން ފައިބާ މޮނޯކޮކް ސްޓްރަކްޗަ އާއި އެޑްވާންސްޑް ސޭފްޓީ ސިސްޓަމްތަކުގެ ފުރިހަމަކަމުން ދެމީހުންގެ ފުރާނަ ސަލާމަތްވީ އެވެ. މިއީ ޒަމާނީ އިންޖީނިއަރިންއިން އިންސާނާގެ ފުރާނަ ރައްކާތެރިކުރުމަށް ކޮށްފައިވާ މޮޅު މަސައްކަތުގެ މިސާލެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox