ޓީޓީއެޗް ކްލިނިކްގައި ޑރ. ޖޯސެފް ބަލިމީހުން ބައްލަވަން ފަށްޓަވަނީ

Oct 28, 2026, 9:15 AM
ޓްރީ ޓޮޕް ހޮސްޕިޓަލް (ޓީޓީއެޗް) ކްލިނިކުން އެންޑަކްރިނޮލޮޖީގެ ޚާއްސަ ކޮންސަލްޓޭޝަންތައް ޑޮކްޓަރު ޖޯސެފް އެޗޯބޫ އޮޖޯބީއާ އެކު ފަށައިފިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލް (ޓީޓީއެޗް) ކްލިނިކުން އެންޑަކްރިނޮލޮޖީގެ ޚާއްސަ ކޮންސަލްޓޭޝަންތައް ޑޮކްޓަރު ޖޯސެފް އެޗޯބޫ އޮޖޯބީއާ އެކު ފަށައިފިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގެ އެންޑަކްރިނޮލޮޖީ ކޮންސަލްޓަންޓް ޑރ. ޖޯސެފް އެޗޯބޫ އޮޖޯބީ، 2026 ނޮވެމްބަރު 1 އިން ފެށިގެން މާލޭގައި ހުންނަ ޓީޓީއެޗް ކްލިނިކްގައި ބަލިމީހުން ބައްލަވަން ފަށްޓަވާނެކަން އެ ހޮސްޕިޓަލުން ބުނެފި އެވެ. 

މިއީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހުޅުމާލެއަށް ނުގޮސް، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފެންވަރުގެ ޚާއްޞަ ފަރުވާ ލުއިފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް އެ ހޮސްޕިޓަލުން ކުރަމުންދާ މަސައްކަތުގެ ދަށުން ނިންމި ނިންމުމެކެވެ.

ޑރ. ޖޯސެފަކީ ހަކުރުބަލި މެނޭޖްކުރުމާއި، ތައިރޮއިޑް ބަލިތައް ދެނެގަނެ ފަރުވާދިނުމުގެ އިތުރުން، ބަރުދަން އިތުރުވުމާ ގުޅުންހުރި މައްސަލަތަކާއި ހޯރމޯންގެ ބަލިތަކަށް ފަރުވާދިނުމުގައި ބޮޑު ތަޖުރިބާއެއް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ޑރ. ޖޯސެފްގެ ފަރުވާގެ މައިގަނޑު އަސާސަކީ ކޮންމެ ބަލިމީހެއްގެވެސް ޞިއްޙީ ހާލަތަށް ވަކިވަކިން ރިޢާޔަތްކޮށް، ދިގުމުއްދަތުގެ ދުޅަހެޔޮކަމަށް އަމާޒުކޮށްގެން ފަރުވާގެ ޕްލޭންތައް އެކުލަވައިލުމެވެ.

އެންޑަކްރިނޮލޮޖީއަކީ ހަށިގަނޑުގެ ހޯރމޯންތަކާއި މެޓަބޮލިޒަމް ނިޒާމާ ގުޅުންހުރި ބަލިތައް މެނޭޖްކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ދާއިރާއެކެވެ. މީގެ ތެރޭގައި ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކުރުމާއި، ހަށިގަނޑުގެ ހަކަތަ ހުންނަ މިންވަރާއި، ބަރުދަނަށް އަންނަ ބަދަލުތައް ހިމެނެއެވެ. މިފަދަ ބަލިތަކަށް އަވަސް ފަރުވާ ހޯދުމަކީ ބަލީގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވެ، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. ޑރ. ޖޯސެފްގެ ކޮންސަލްޓޭޝަންތަކުގެ ތެރެއިން، ބަލިމީހާގެ ޞިއްޙީ ހާލަތު ފުރިހަމައަށް ވަޒަންކުރުމާއި، ދިގުމުއްދަތުގެ ބަލިތައް މެނޭޖްކުރުމުގެ އިރުޝާދުތަކާއި، ދިރިއުޅުމުގެ އާދަކާދައަށް ރިޢާޔަތްކޮށްގެން ފަރުވާގެ ކަންކަން ކުރިއަށް ގެންދެވޭނެއެވެ.

މާލޭގައި ހުންނަ ޓީޓީއެޗް ކްލިނިކްގައި ޑރ. ޖޯސެފް ބަލިމީހުން ބައްލަވާނީ ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 01:00 އަށެވެ. މި ކްލިނިކް ހުންނަނީ މާލޭގެ ބުރުޒު މަގުގައި ހުންނަ މއ. ޗަމްޕާ ވިލާގައެވެ. މިއީ ދިގުމުއްދަތުގެ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް ވަގުތު ސަލާމަތްކޮށްދީ، ފަސޭހަކަމާއެކު ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމެކެވެ.

ޓީޓީއެޗް ކްލިނިކް މާލެއަކީ ހަމައެކަނި އެންޑަކްރިނޮލޮޖީގެ ހިދުމަތަށް ހާއްސަ ތަނެއް ނޫނެވެ. މި ކްލިނިކުން އިންޓަރނަލް މެޑިސިން، ފެމިލީ މެޑިސިން، އަދި ނިއުރޯސަރޖަރީ ފަދަ ޚާއްޞަ ބަލިތަކުގެ ކޮންސަލްޓޭޝަން ވެސް ލިބިވަޑައިގަންނަވާނެއެވެ. މީގެ އިތުރުން ފިޒިއޮތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީ، ސްޕީޗް އެންޑް ލެންގުއޭޖް ތެރަޕީ، އަދި އޯޑިއޮލޮޖީގެ ޚިދުމަތްތައް ވެސް މިތަނުން ފޯރުކޮށްދެއެވެ. އަދި ލެބޯރެޓަރީ ސާމްޕަލް ނެގުމުގެ ޚިދުމަތާއި، އެކި ކަހަލަ އަނިޔާތަކާއި އޮޕަރޭޝަންތަކަށް ފަހު ބޭނުންވާ ރިހެބިލިޓޭޝަންގެ ޚިދުމަތްތައް ވެސް މި ކްލިނިކުން ލިބެން ހުންނާނެއެވެ.

ޓީޓީއެޗް ކްލިނިކް މާލޭގެ އެންޑަކްރިނޮލޮޖީ ހިދުމަތްތަކާ ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް ނުވަތަ އެޕޮއިންޓްމަންޓް ހެއްދެވުމަށް 3351610 އަށް ގުޅުއްވުން ނުވަތަ ހޮސްޕިޓަލުގެ ރަސްމީ އީމެއިލް އެޑްރެސް ކަމަށްވާ care@treetophospital.com އަށް މެސެޖު ކުރެއްވުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން އިރުޝާދު ދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އުމްރާވެރިންގެ ފްލައިޓް އެންމެ ފަހުވަގުތު ކެންސަލްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދާ 250 މީހުންނާއެކު ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓް ކުއްލި ގޮތަކަށް ވަނީ ފަސްކޮށްފައެވެ. އައިލެންޑް އޭވިއޭޝަނުން މި ނިންމުން ނިންމީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށާއި، މި ދަތުރު ދެން އޮންނާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޝަރުތު ހަމަވާ އެންމެނަށް ރަސްމާލޭން ގޯތި ލިބޭނެ: މުއިއްޒު

ރަސްމާލެ މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެކަމަށް މުއިއްޒު އިއުލާންކުރައްވައިފި. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގޯއްޗަށް އެދި 22،500 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައިވޭ.

2027 ގެ ބަޖެޓުގެ އަމާޒަކީ މަޝްރޫއުތަކުގެ 70 ޕަސެންޓު ނިންމުން

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ ނިންމާލުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރާއްޖެ ޑިފޯލްޓްވުމުން ސަލާމަތްކުރެވިފައިވާ ކަމަށާއި، އާ މަޝްރޫއުތަކަށްވުރެ ބޮޑަށް އިސްކަންދޭނީ ފަށާފައިވާ މަސައްކަތްތައް ނިންމުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލެ އެއްބަސްވުން މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވަނީ

ރަސްމާލެ މަޝްރޫއުގެ ފުރިހަމަ އެއްބަސްވުން އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުއްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ. މުއިއްޒު ވިދާޅިވީ މި މަޝްރޫއުގެ ކަންކަން ކުރިއަށްދާނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކަންކަން އޮޅުވާލައި މަޝްރޫއު ހުއްޓުވުމަށް ކަމަށް.

"މޯލްޑިވްސް ގްރޫޕް އޮފް ހޮސްޕިޓަލްސް" އުފައްދަނީ

މި ބަދަލުގެ ސަބަބުން ސިއްހީ ދާއިރާގެ އިސްރާފު ކުޑަވެ، ވަސީލަތްތައް ހަމަހަމައަށް ބޭނުންކުރެވި، ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި. އަންނަ އަހަރުގެ ބަޖެޓާއެކު ފަށާ މި މަސައްކަތް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ.

"ޕަޕެޓު" ސިޔާސަތު ވަޅުލައިފި ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ކުރީ ސަރުކާރުން ވަކި ގައުމެއްގެ "ޕަޕެޓަކަށް" ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ޕާކިސްތާނާއެކު ހެދި އަސްކަރީ އެއްބަސްވުންތައް ދިފާއުކުރައްވާ. ރާއްޖޭގެ ސަލާމަތާއި ގާބިލުކަން އިތުރުކުރުމަށް ކޮންމެ ގައުމަކާއެކު ވެސް މަސައްކަތް ކުރިޔަސް، ބައިނަލްއަގުވާމީ މައިދާނުގައި ޒިންމާދާރު ގައުމަކަށް ވާނެ ކަމަށް ވިދާޅުވި.

ސްޕޮންސާ ކޮށްފައިވާ ހަބަރު އެނގޭނޭހެން ރިޕޯޓުކުރަން ގޮވާލައިފި

ސްޕޮންސާ ކޮށްގެން ގެނެސްދޭ ޕްރޮމޯޝަނަލް ކޮންޓެންޓާއި މިނިވަން ނޫސްވެރިކަމުގެ ޚަބަރުތައް ވަކިވާނެހެން ލޭބަލްކުރުމަށް އެމްޖޭއޭއިން ނޫސް އިދާރާތަކަށް ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން މިކަމަށް އިލްތިމާސްކުރީ ޔޫއޭއީގެ ކުންފުންޏެއްގެ ސްޕޮންސަރުގައި ޚަބަރު ފަތުރާ ނޫސްވެރިންނަށް އިންޒާރުދޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެމްޖޭއޭއިން ވަނީ ފުލުހަށް ހުށަހަޅާފައެވެ.

Newsletter

Get the latest news delivered straight to your inbox