ޓްރީ ޓޮޕުން ދަތުގެ ހާއްސަ ފަރުވާތަކަށް 10 ޕަސެންޓުގެ ޑިސްކައުންޓް

Sep 10, 2026, 10:22 AM
Tree Top Hospital.

Tree Top Hospital.

ޓްރީ ޓޮޕް ހޮސްޕިޓަލުން، އޮތޮޑޮންޓިކްސް އަދި ޕްރޮސްތޮޑޮންޓިކްސްގެ ފަރުވާތަކުން 10 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި މަހު 13 އިން 19ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނަކީ ދަތުގެ ފަރުވާތައް ހެޔޮ އަގުގައި ހޯދުމަށް ބަލިމީހުންނަށް ލިބިގެންދާ ރަނގަޅު ފުރުސަތެކެވެ. އެއް ހަފުތާގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮމޯޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ ސްކޫލްތަކުގެ މިޑް-ޓާމް ބަންދާ ދިމާކޮށް ކަމަށްވުމުން، މިއީ އާއިލާތަކަށާއި ދަރިވަރުންނަށް ދަތުގެ ފަރުވާތައް ހޯދުމަށް ލިބޭ ލުޔެކެވެ.

މި ޕްރޮމޯޝަނާ ގުޅޭގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ޑރ. ސްރިވަތުސަން ސްރީދަރު ޖީ. ވިދާޅުވީ، އަނގަޔާއި ދަތުގެ ދުޅަހެޔޮކަމަކީ އިންސާނާގެ ޖުމްލަ ސިއްހަތާ ގުޅިފައިވާ މުހިންމު ކަމެއް ކަމަށާއި، ދަތުގެ ފަރުވާތައް ބޭނުންވާ ވަގުތުގައި ލިބުމަކީ ބަލިމީހުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި މި ޕްރޮމޯޝަނުގެ މަގުސަދަކީ ދަތުގެ ހާއްސަ ފަރުވާތައް ގިނަ ބަޔަކަށް ފަސޭހައިން ލިބޭނެ މަގުފަހިކޮށްދީ، ދަތުގެ ދުޅަހެޔޮކަމަށް އާންމުން ދޭ ސަމާލުކަން އިތުރުކުރުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

Advertisement

ދަތުގެ ފަރުވާތަކުން 10 ޕަސެންޓުގެ ޑިސްކައުންޓް

މި ޕްރޮމޯޝަންގެ ދަށުން ޑިސްކައުންޓް ލިބޭ ފަރުވާތަކަކީ؛

  • ސެރަމިކް ބްރޭސަސް
  • މެޓަލް ބްރޭސަސް
  • މެޓަލް-ފްރީ ޒިރްކޯނިއާ ކްރައުންސް
  • ފްލެކްސް ސެމީ-ރިޖިޑް މޮނޯމަރ-ފްރީ ކޮމްޕްލީޓް ޑެންޗާސް
  • ފްލެކްސް ސެމީ-ރިޖިޑް މޮނޯމަރ-ފްރީ ކޮމްޕްލީޓް ޑެންޗާސް – މަތީބައި

ޕްރޮމޯޝަންގެ މުއްދަތު ދިމާވަނީ ޕްރޮސްތޮޑޮންޓިސްޓް ޑރ. ޝަބީނާ އަދި އޯތޯޑޮންޓިސްޓް ޑރ. އާސިމްގެ ކޮންސަލްޓޭޝަން ގަޑިތަކާ ކަމަށްވުމުން، ބަލިމީހުންނަށް ހާއްސަ ޑޮކްޓަރުންގެ ލަފަޔާއި ފަރުވާގެ ރޭވުންތައް ފަސޭހަކަމާއެކު ހޯދޭނެއެވެ.

މި ޑިސްކައުންޓް ލިބޭނީ ހަމައެކަނި ކަނޑައެޅިފައިވާ މުއްދަތުގައި ކުރިއަށްގެންދާ ފަރުވާތަކަށެވެ. އަދި ހުރިހާ ފަރުވާތަކެއްވެސް ކުރިއަށްގެންދެވޭނީ ޑޮކްޓަރަށް ދެއްކުމަށްފަހު، ޑޮކްޓަރުގެ ލަފާގެ މަތިންނެވެ.

މި ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް 3351610 އަށް ގުޅުއްވުން ނުވަތަ care@treetophospital.com އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފެނަކައިގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރައިފި

ފެނަކަ ކޯޕަރޭޝަންގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާއިރު، މީގެ ތެރޭގައި ގިނައީ ސަޕްލަޔަރުންނަށް ނުދައްކާ ހުރި ފައިސާ އާއި ނަގާފައިވާ ލޯނުތައް. މި ހުރިހާ ދަރަންޏަކާއެކީ ސަރުކާރުން ވަނީ އެ ކުންފުނި އުވާލާ، ސްޓެލްކޯއާ އެއްކޮށްލަން ނިންމާފަ.

ފޭކް ކޯލްތަކަކުން 400 މިލިއަން ޑޮލަރުގެ ކްރިޕްޓޯ ވަގަށް ނަގައިފި

އުތުރު ކޮރެއާގެ ހެކަރުން އޮޅުވާލައިގެން ކުރި ވީޑިއޯ ކޯލްތަކެއް މެދުވެރިކޮށް 400 މިލިއަން ޑޮލަރަށްވުރެ ގިނަ ކްރިޕްޓޯކަރަންސީ ވަގަށް ނަގާފައިވާކަން އެފްބީއައި އިން ހާމަކޮށްފިއެވެ. "ފޭސްސްޓީލާ" ގެ ނަމުން ނަންދީފައިވާ މި ރޭވުމުގައި، ކުރިން ރެކޯޑްކޮށްފައިވާ ވީޑިއޯ ބޭނުންކޮށްގެން 900 އަށްވުރެ ގިނަ މީހުންނަށް އޮޅުވާލާފައިވާއިރު، މި ފައިސާ ބޭނުންކުރަނީ އެ ގައުމުގެ ހަތިޔާރު އުފެއްދުމުގެ މަޝްރޫއުތަކަށް ކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.

ބީއެމްއެލް ކާނިވާ 44 ސެންޓްރަލް ޕާކުގައި

ބޭންކް އޮފް މޯލްޑިވްސްގެ 44 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް "ބީއެމްއެލް ކާނިވާ 44" ނޮވެމްބަރު 11 އިން 14 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޔޫރޯ ސްޓޯރުން ފުރަތަމަ ފަހަރަށް ބައިވެރިވާ މި ކާނިވަލުގައި ތަފާތު ކާބޯތަކެތީގެ އިތުރުން މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް އާއިލާތަކަށް އަމާޒުކޮށްގެން ކުރިއަށްދާނެއެވެ.

މީރާގެ ރައްދު ގަވަރުނަރަށް: ރިސޯޓުތައްވެސް އޮޑިޓުކުރަން

ރިސޯޓުތަކުން ޓެކްސް ދައްކާ މިންވަރު މަދުވުމުން އެ ތަންތަން އޮޑިޓްކުރަން ގަވަރުނަރު ގޮވާލެއްވުމާ ގުޅިގެން، މީރާއިން ވަނީ ވަކި އުސޫލެއްގެ ދަށުން ހުރިހާ ދާއިރާއެއްގެ ވިޔަފާރިތައްވެސް އޮޑިޓްކުރަމުންދާ ކަމަށް ބުނެ ރައްދުދީފައި. މީރާއިން ބުނިގޮތުގައި ޓެކްސް ގާނޫނުތައް ތަންފީޒުކުރުމުގައި ހުރިހާ ފަރާތްތަކަކަށްވެސް އަމަލުކުރަނީ ހަމަހަމަ އުސޫލަކުން.

ދިރާގުޕޭ ކަސްޓަމަރުންނަށް މާދަމާ އެންމެ ރުފިޔާއަކަށް ބޯބާއެއް

ދިރާގުޕޭ ބޭނުންކުރާ ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ބޯބާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް މާދަމާ ހެނދުނު 10:00 އިން ފެށިގެން ވިކްޓޯރިއަސް ކެފޭގައި ކުރިއަށްދާނެއެވެ. ފުރަތަމަ 1,000 ކަސްޓަމަރުންނަށް ހުޅުވާލާފައިވާ މި އޮފާގައި ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ރަޖިސްޓްރީވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެއެވެ.

އެމްއައިބީގެ އީޖީއެމްގައި ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުގައި ހުސްވެފައިވާ މަގާމުތަކަށް ހަސަން މަހޫދު އާއި އިޔާޒު ވަހީދު މިއަދު ބޭއްވި ހާއްސަ އާންމު ޖަލްސާގައި އައްޔަންކޮށްފިއެވެ. "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ބޭންކުގެ 71.73 އިންސައްތަ ހިއްސާދާރުން ބައިވެރިވެފައިވާއިރު، އަލަށް އައްޔަންކުރި މެންބަރުންނަކީ މާލީ އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

ޓޯޓަލް ފިޒިއޯގެ އަހަރީ ދުވަހާ ގުޅުވައިގެން ހާއްސަ ޕްރޮމޯޝަނެއް

ނޮވެމްބަރު 9 އިން 30 އަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ބަލިމީހަކަށްވެސް އެކަށީގެންވާ ވަގުތާއި ސަމާލުކަން ދީގެން ފަރުވާ ފޯރުކޮށްދިނުމަށް ވަނީ އަމާޒު ހިފާފައެވެ. މި ޕެކޭޖް ބޭނުންކުރުމުގެ ކުރިން ހަދަންޖެހޭ އިނީޝަލް ކޮންސަލްޓޭޝަނަށް ވަކިން ފީއެއް ނަގާނެއެވެ.

Newsletter

Get the latest news delivered straight to your inbox