ކުޅުދުއްފުށި ސިޓީ ކައުންސިލުގެ އިހުތިސާސުން އިންޑަސްޓްރިއަލް ޒޯން ވަކިކޮށް ސަރުކާރަށް ނަގައިފި

ކުޅުދުއްފުށި ސިޓީ: ކުޅުދުއްފުށި ޕޯޓް ފުޅާކުރުމަށް ކަމަށް ބުނެ ކުޅުދުއްފުށި އިންޑަސްޓްރިއަލް ޒޯން ހިމެނޭ ބިން ސަރުކާރަށް ވަނީ ނަގާފައި

ކުޅުދުއްފުށި ސިޓީ: ކުޅުދުއްފުށި ޕޯޓް ފުޅާކުރުމަށް ކަމަށް ބުނެ ކުޅުދުއްފުށި އިންޑަސްޓްރިއަލް ޒޯން ހިމެނޭ ބިން ސަރުކާރަށް ވަނީ ނަގާފައި

މި ސަރުކާރުން ލާމަރުކަޒީ ގާނޫނު ހަނިކުރަން ގެނައި ބަދަލުގެ ބޭނުންކޮށްގެން ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ހިމެނޭ ބިން ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ނަގައިފި އެވެ. 

ފިނޭންސް މިނިސްޓްރީން ބުނީ ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ހިމެނޭ ބިން ކައުންސިލްގެ އިހުތިސާސުން ވަކިކުރީ ކުޅުދުއްފުށީ ސީޕޯޓް ފުޅާކުރުމުގެ މަޝްރޫއަށް އެ ބިން ބޭނުންވާތީ ކަމަށެވެ. 

ކޮންޓެއިނަރާއި ޖެނެރަލް ކާގޯ ހޭންޑަލްކުރާ މި މަލްޓި ޕާޕަސް ޕޯޓު ފުޅާ ކުރުމުގެ މަޝްރޫއުގެ ދަށުން ކީ ވޯލް ބޭރަށް ދިގުކޮށް، އެތަން ފުންކުރުމުގެ އިތުރުން ބަނދަރު ފުންކޮށް، ބޮޑެތި ބޯޓުތަކަށް ހިދުމަތް ދެވޭ ވަރަށް ޕޯޓު ފުޅާކުރުމަށް ވަނީ ހަމަޖެހިފަ އެވެ. 

ޕޯޓު ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން ކުޅުދުއްފުށި އިންޑަސްޓްރިއަލް ޒޯނުގައި އެންކާ ސާވިސް މެދުވެރިކޮށް ގެނެވޭ ކޮންޓެއިނަރުތައް ސަރަހައްދަށް ބަހާލާ ޑިސްޓްރިބިއުޝަން ސެންޓަރެއްގެ ގޮތުގައި ބޭނުންކުރުމާއި އެތަނުގައި ފްރީ ޒޯން ހިދުމަތާއި ވެއާ ހައުސިން އަދި ބޮންޑެޑް ވެއާ ހައުސިން އެ ބިމުގައި ގާއިމުކުރުން ހިމެނެ އެވެ.

ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯނު ހުރި ބިމުގައި މިވަގުތު އެސްޓީއޯގެ ނޯތު ޑިސްޓްރިބިއުޝަން ސެންޓަރު ހިންގުމަށް ދޫކޮށްފައިވާ ބިމަކާއި ކޯލްޑް ސްޓޯރޭޖް ގާއިމުކުރުމަށް ހޭންޑީ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ބިމެއް ހިމެނެ އެވެ. 

މި މަޝްރޫއާ ގުޅޭގޮތުން އެއްވެސް ހިޔާލެއް ނުވަތަ ޝަކުވާއެއް ހުށަހެޅުމަށް އެއްވެސް މީހަކު ބޭނުންވާނަމަ މިއަދުން ފެށިގެން 14 ދުވަހުގެ ތެރޭގައި އެކަން ފިނޭންސަށް ލިޔުމުން ހުށަހަޅަން ވަނީ އެދިފަ އެވެ. 

މި ސަރުކާރުން ލާމަރުކަޒީ ގާނޫނު ބަދަލުކުރީ ރުކާރުގެ މަޝްރޫއުތައް ހިންގުމަށް ޓަކައި ކައުންސިލެއްގެ އިހުތަސާސްގެ ތެރޭގައި ހިމެނޭ ބިމެއް ނުވަތަ ތަނެއް ވަކިކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމުމަށް ފަހު، ކައުންސިލުގެ މިލްކިއްޔާތުން އެ ތަނެއް ވަކިވާނެ ކަމަށެވެ. އަދި، އެ ތަނަކީ ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ބިމާއި ތަންތަނަށް ވެގެން ދާނެ އެވެ.

ހަމަ އެހެންމެ، ރަށްރަށުގެ ފިޒިކަލް ޑިވެލޮޕްމަންޓު ޕްލޭން ފާސްކުރުމުގެ ކުރިން ވެސް ސަރުކާރުން ތަރައްގީގެ މަޝްރޫއުއެއް ހިންގަން ބިމެއް ހޯދަން އެދޭ ހާލަތްތަކުގައި އެ ބިން ސަރުކާރާ ހަވާލުކުރަން ޖެހެ އެވެ.

މި ބަދަލުތަކާ ދެކޮޅު ހަދާ އާންމު ރައްޔިތުންނާއި އިދިކޮޅު ފަރާތްތަކުން އޭރު ބިންތައް އަތުލެވޭ ބިލަށް ދީފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމެވެ. އިދިކޮޅާއި އާންމު ގިނަ ރައްޔިތުން ބުނަމުންދަނީ ލާމަރުކަޒީ ގާނޫނަށް ބަދަލުތައް ގެންނަމުންދަނީ އެ ނިޒާމު ބަލިކަށި ކުރުމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ސުޕްރީމްކޯޓު ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ކަމަށްވާއިރު، ޖޭއެސްސީގެ ޕޯޓަލް މެދުވެރިކޮށް ނުވަތަ އެ ކޮމިޝަނަށް ފޯމު ހުށަހެޅޭނެއެވެ.

ޑޮލަރުގެ އަގުބޮޑުވުމުގެ ޒިންމާ އުފުލަންޖެހޭނީ އެމްއެމްއޭއިން

މިނިސްޓަރު މިހެން ވިދާޅުވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދެއްވަމުން، ފޮރިން އެކްސްޗޭންޖް ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުމަކީ ގާނޫނީގޮތުން އެމްއެމްއޭގެ މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވަމުންނެވެ.

ހޯމް ސްކޫލިން ހުއްދަކުރާ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދަނީ

މި އިޞްލާޙުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ޚާއްޞަ ޙާލަތްތަކުގައިވާ ކުދިންނަށް އިސްތިސްނާ ދިނުމާއި، މިކަމާ ގުޅޭ އުޞޫލުތައް ކަނޑައެޅުމަށް ބަޔާންކޮށްފައިވެއެވެ. މި ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ނޮވެމްބަރު 12 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ދެ ފިރިހެނުންގެ ކައިވެނީގެ މައްސަލަ ތަހުގީގުކުރަން ގޮވާލައިފި

ފިރާގު ވިދާޅުވީ ބޭރުގެ އިންވެސްޓަރުން ހިންގާ ރިސޯޓުތަކުން ވެސް ރާއްޖޭގެ ގާނޫނުތަކާއި ސަގާފީ ހަމަތަކަށް ބޯލަނބަންޖެހޭނެ ކަމަށެވެ. އާންމުންގެ ބޮޑު ފާޑުކިޔުމެއް މިކަމަށް އަމާޒުވެފައިވާއިރު، މިއީ ރަމްޒީ ކައިވެންޏެއް ކަމަށް ބެލެވެއެވެ.

ގޭސްފުޅިއަށް، ގޭސް އަޅައިދޭ މިންވަރު މަދުކޮށްފި

އަންނަ ހޮނިހިރު ދުވަހުން ފެށިގެން ގެންނަ މި ވަގުތީ ބަދަލުގައި، ގޭހުގެ އަގު ނަގާނީ ފުޅިއަށް އަޅާ ކިލޯގެ ނިސްބަތުން ކަމަށާއި، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ރަސްމާލެއަށް އިންކުއަރީ ހިންގަން ގޮވާލައި މަޖިލީހަށް ޕެޓިޝަނެއް

އިދިކޮޅު ޕީއެންއެފްގެ އެކްޓިވިސްޓު، ހަލީމަތު ޒުހައިރާ ހުށަހެޅި އެ ޕެޓިޝަނުގައި ގޮވާލާފައި ވަނީ ރަސްމާލެ ވިއްކާލުމަށް އެއްވެސް ގާނޫނެއް ހެދުމުގެ ކުރިން އިންކުއަރީއެއް ހިންގުމަށެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު އެއްވުން ނޮވެންބަރު 13 އަށް ފަސްކޮށްފި

ރަސްމާލެ ވިއްކުމާ ދެކޮޅަށް "ގައުމީ ހަރަކާތުން" ބާއްވަން ނިންމި އެއްވުން، އެމްޑީޕީއާ ގުޅިގެން އިތުރަށް ތައްޔާރުވުމަށްޓަކައި ނޮވެންބަރު 13 އަށް ފަސްކޮށްފިއެވެ. މި ހަރަކާތުގެ އިސްވެރިޔާ އިމްރާން އަބްދުﷲ ވިދާޅުވީ، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް ގިނަ ބަޔަކު ގުޅެމުންދާތީ ސަރުކާރު އޮތީ ބޮޑު ޕްރެޝަރެއްގެ ތެރޭގައެވެ.

Newsletter

Get the latest news delivered straight to your inbox