ޓްރީ ޓޮޕް ހެދި ޓާމަކްސް ކުންފުނިން 25 މިލިއަން ރުފިޔާގެ ޓެކްސް ދައްކަން ޖެހޭނެ: ހައި ކޯޓު

ޓްރީ ޓޮޕް ހޮސްޕިޓަލް: މިއީ 110 މިލިއަން ޑޮލަރު ހަރަދުކޮށްގެން އެޅި ހޮސްޕިޓަލެއް --- ފޮޓޯ: އަދަދު

ޓްރީ ޓޮޕް ހޮސްޕިޓަލް: މިއީ 110 މިލިއަން ޑޮލަރު ހަރަދުކޮށްގެން އެޅި ހޮސްޕިޓަލެއް --- ފޮޓޯ: އަދަދު

ޓްރީ ޓޮޕް ހޮސްޕިޓަލް އިމާރާތްކުރި ތުރުކީގެ ޓާމަކްސް ކުންފުނިން އެތެރެކުރި ތަކެއްޗާ ގުޅިގެން ޖީއެސްޓީގެ ގޮތުގައި 25 މިލިއަން ރުފިޔާ ދައްކަން މީރާއިން ނިންމީ ރަނގަޅަށް ކަމަށް ހައި ކޯޓުން ވެސް ދަމަހައްޓައިފި އެވެ.

ހައިކޯޓުން މިގޮތަށް ކަނޑައެޅީ މީރާގެ އެ ނިންމުމަށް ތާއީދުކޮށް ޓެކްސް އެޕީލް ޓްރައިބިއުނަލުން ކުރި ހުކުމް ޓާމަކްސް އިން އިސްތިއުނާފު ކުރުމުންނެވެ.

މި މައްސަލަ ފެށުނީ ހުޅުމާލޭގައި ޓްރީ ޓޮޕް ހޮސްޕިޓަލް އިމާރާތް ކުރުމަށް ޓްރީޓޮޕް ހެލްތާއި ޓާމަކްސް އާ ދެމެދު ވި އެއްބަސްވުމަކާ ގުޅިގެންނެވެ. އެއީ 110 މިލިއަން ޑޮލަރުގެ އަގުހުރި މަޝްރޫއެކެވެ.

Advertisement

މި މަޝްރޫއާ ގުޅިގެން ޓާމަކްސްއިން ހުށަހެޅި ޖީއެސްޓީ ބަޔާންތައް މީރާއިން އޮޑިޓް ކުރި އެވެ. އެ އޮޑިޓަށް ފަހު މީރާއިން ނިންމީ ހޮސްޕިޓަލް އެޅުމަށް އެތެރެކުރި މައިގަނޑު ތަކެއްޗާ ގުޅިގެން އިތުރަށް 25 މިލިއަން ރުފިޔާ ޖީއެސްޓީގެ ގޮތުގައި ދައްކަން ޖެހޭނެ ކަމަށެވެ.

މީރާގެ އެ ނިންމުން ގޯސް ކަމަށް ބުނެ ޓާމަކްސްއިން ފުރަތަމަ ދިޔައީ ޓެކްސް އެޕީލް ޓްރައިބިއުނަލަށެވެ. ޓާމަކްސް އިން ބުނީ އެ ތަކެތި އެތެރެކުރީ ޓްރީ ޓޮޕުން ކަމަށެވެ. އަދި ކޮންޓްރެކްޓުގައި އެ ސާމާނު އެތެރެކުރާނީ އެ ކުންފުނިން ކަމަށް އޮތް ނަމަވެސް، ފަހުން އަނގަ ބަހުން އެއްބަސްވެގެން މި ގޮތަށް ބަދަލުކުރީ ކަމަށް ބުންޏެވެ. އެކަމަކު ޓްރައިބިއުނަލުން ވެސް ވަނީ މީރާގެ ނިންމުން ރަނގަޅު  ކަމަށެވެ.

މި ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކުރަމުން ޓާމަކްސްއިން ބުނީ އޮޑިޓު މަރުހަލާ ކުރިއަށް ގެންދިޔައީ ބޭއިންސާފުން ކަމަށެވެ. އަދި ޓްރީޓޮޕް އަތުން ލިޔެކިޔުން ހޯދަން މީރާއިން މަސައްކަތް ނުކުރާ ކަމަށް ވެސް ބުންޏެވެ. މީގެ އިތުރުން ޓްރައިބިއުނަލަށް ހުށަހެޅި އައު ހެކިތައް ބަލައިނުގަތީ ގޯސްކޮށް ކަމަށް ވެސް ޓާމަކްސްއިން ބުންޏެވެ.

މި މައްސަލައިގައި ހައިކޯޓުން ކުރި ހުކުމުގައި ބުނީ، އޮޑިޓް މަރުހަލާގައި ޖަވާބުދާރީވާން ޓާމަކްސްއަށް އެކަށީގެންވާ ވަގުތާއި ފުރުސަތު މީރާއިން ދިން ކަމަށެވެ. އަދި ތިން ވަނަ ފަރާތްތަކުން ލިޔެކިޔުން ހޯދުމަކީ މީރާއަށް މަޖުބޫރު ކަމެއް ނޫން ކަމަށާއި، ޓެކްސް ކުޑަކުރަން އެދޭ ނަމަ އެކަން ސާބިތުކޮށްދޭން ޖެހޭނީ ޓެކްސް ދައްކާ ފަރާތުން ކަމަށް އެ ކޯޓުގެ ފަނޑިޔާރުން ބުންޏެވެ.

މީގެ އިތުރުން ޓްރީޓޮޕް އާއި ޓާމަކްސްއާ ދެމެދުގައި ވި އަސްލު އެއްބަސްވުމަށް ލިޔުމުން ބަދަލެއް ގެނެސްފައި ނެތް ކަމަށް ހައިކޯޓުން ބުންޏެވެ. އެހެންވެ އަމިއްލަ ވިސްނުމަކަށް ބުރަވެ ޓެކްސް ދެއްކުމުގެ ޒިންމާއިން ބަރީއަ ނުވެވޭނެ ކަމަށް ކަނޑައެޅި އެވެ. އަދި އޮޑިޓް މަރުހަލާގައި ހުށަނާޅާ ހުރި ހެކިތައް ޓްރައިބިއުނަލުން ބަލައިނުގަތުމަކީ މައްސަލައެއް ނޫން ކަމަށް ވެސް ފަނޑިޔާރުން ވަނީ ނިންމާފަ އެވެ.

އެހެންކަމުން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނިންމުން ބާތިލުކުރަން ޖެހޭ ގާނޫނީ އެއްވެސް ސަބަބެއް ނެތް ކަމަށް ކަނޑައަޅައި، ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ޓްރައިބިއުނަލްގެ ނިންމުން ދަމަހައްޓައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox