އެމެރިކާގެ ބާނީ ޖޯޖް ވޮޝިންގްޓަންގެ އިސްތަށިކޮޅެއް ނީލަމެއްގައި 4،000 ޑޮލަރަށް ވިއްކާލައިފި

Nov 22, 2026, 8:00 AM
އެމެރިކާގެ ފުރަތަމަ ރައީސްގެ މަގާމު ދެ ދައުރު ފުރުއްވި ޖޯޖް ވޮޝިންގްޓަން

އެމެރިކާގެ ފުރަތަމަ ރައީސްގެ މަގާމު ދެ ދައުރު ފުރުއްވި ޖޯޖް ވޮޝިންގްޓަން

އެމެރިކާގެ ފުރަތަމަ ރައީސް ޖޯޖް ވޮޝިންގްޓަންގެ އިސްތަށިކޮޅެއް ނީލަމެއްގައި ހަތަރު ހާސް އެމެރިކާ ޑޮލަރަށް ވިއްކާލައިފި އެވެ.

ފްރޭމްކޮށްފައިވާ މި އިސްތަށިކޮޅު ނީލަމުގައި ވިއްކާލާފައިވަނީ ރިޗްމަންޑް އޮކްޝަންސްގެ ފަރާތުންނެވެ. މި ތާރީހީ އާސާރީ ތަކެތި ބައްލަވައިގަތް ފަރާތުގެ ނަން ހާމަކޮށްފައެއް ނުވެ އެވެ.

މި އިސްތަށިކޮޅަކީ ޖޯޖް ވޮޝިންގްޓަން އަވަހާރަވުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން، 1799 އަހަރު އޭނާއަށް މެހެމާންދާރީ އަދާކުރި ޖޯން ގޭޑްސްބީގެ އަތުގައި އޮތް އެއްޗެކެވެ. ރިޗްމަންޑް އޮކްޝަންސްއިން ބުނި ގޮތުގައި، ގޭޑްސްބީގެ އާއިލާގެ މީހެއްގެ އަތުން މި އިސްތަށިކޮޅު ފަހުން ހޯދާފައިވަނީ އާސާރީ ތަކެތި އެއްކުރާ ޖޯން ކޭ ލެޓިމާ ނަމަކަށް ކިޔާ މީހެކެވެ.

Advertisement

ގޭޑްސްބީގެ ކާފަ ދަރިފުޅު ޖޫލިއާ ޓެން އައިކް މެކްބްލެއާ 1928 ވަނަ އަހަރު ދީފައިވާ ބަޔާނެއްގައިވާ ގޮތުން، ވޮޝިންގްޓަންގެ ފަހު ދުވަސްތަކުގައި ގޭޑްސްބީއާ އޮތް ގާތް ގުޅުމުގެ ސަބަބުން މި އިސްތަށިކޮޅު އޭނާއަށް ލިބުނެވެ. އަދި އެ އިސްތަށިކޮޅު ފްރޭމްކޮށް، ގޭގައި ހުރި ވޮޝިންގްޓަންގެ ތަސްވީރެއްގެ ދަށުގައި އަބަދުވެސް ހަރުކޮށްފައި ހުންނަ ކަމަށް އޭނާ ބުނެފައިވެއެވެ. ގޭޑްސްބީއަކީ ވޮޝިންގްޓަންގެ ފަހު ދެ އުފަންދުވަހުގެ ހަފުލާ ބޭއްވުމުގައި އިސްކޮށް އުޅުނު ފަރާތެވެ.

މިއީ ވޮޝިންގްޓަންގެ އިސްތަށިކޮޅެއް ނީލަމުގައި ވިއްކާލި އެންމެ އަގުބޮޑު ފަހަރެއް ނޫނެވެ. އެމަނިކުފާނު އަވަހާރަވި ދުވަސްވަރު ނެގި ކަމަށް ބެލެވޭ ތިން އިސްތަށިކޮޅެއް 2021 ވަނަ އަހަރުގައި ނީލަމުގައި 40،000 ޑޮލަރާ ގާތްކުރާ އަދަދަކަށް ވިއްކައިލި އެވެ.

ވޮޝިންގްޓަންގެ އިސްތަށިކޮޅުތައް މިހާރުވެސް ރައްކާކުރެވިފައިވެ އެވެ. 

ޖޯޖް ވޮޝިންގްޓަނަކީ އެމެރިކާގެ މިނިވަންކަމުގެ ހަނގުރާމައިގައި އިނގިރޭސިންނާ ދެކޮޅަށް އެމެރިކާގެ ލަޝްކަރުތަކަށް އިސްކޮށް ހުންނަވައި ކާމިޔާބީ ހޯއްދަވައިދެއްވި ލީޑަރެވެ. އަދި އެމެރިކާގެ ގާނޫނުއަސާސީ އެކުލަވާލުމުގައި އިސް ދައުރެއް އަދާކުރެއްވުމަށްފަހު، 1788 އެ ގައުމުގެ ފުރަތަމަ ރައީސްގެ މަގާމާ ހަވާލުވެވަޑައިގަތެވެ. ދެ ދައުރުގެ ހިދުމަތަށްފަހު އޭނާ މަގާމުން ވަކިވެވަޑައިގަތީ 1797 ވަނަ އަހަރުއެވެ.

ވޮޝިންގްޓަންގެ އިސްތަށިކޮޅުގެ އިތުރުން އޭނާއާ ގުޅުންހުރި އެހެން ތަކެތިވެސް ނީލަމުގައި ބޮޑު އަގުގައި ވިކެމުންދެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ސްޕޭސްއެކްސްއަށް ފަންޑިން ހުއްޓުވުމުގެ އިންޒާރު

ޔޫކްރެއިންގައި ބޭނުންކުރާ ސްޓާޝީލްޑްގެ ޚިދުމަތަށް ބަދަލުތަކެއް އައި މައްސަލައިގައި، ސްޕޭސްއެކްސްއަށް ދޭ ފަންޑިން ހުއްޓާލާނެ ކަމުގެ އިންޒާރު އެމެރިކާގެ ކޮންގްރެސް މެންބަރު ޖިމް ހައިމްސް ދެއްވައިފިއެވެ. އޭނާ އެދިވަޑައިގަންނަވަނީ މި ބަދަލުތަކަކީ ކުންފުނިން އަމިއްލައަށް ނިންމި ނިންމުމެއްތޯ ނުވަތަ ސަރުކާރުގެ އެންގުމަކަށް ކުރި ކަމެއްތޯ ސާފުކޮށްދިނުމަށެވެ. ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް ނެތް ނިޒާމުތަކަށް ފައިސާ ދޫނުކުރާނެ ކަމަށް ވިދާޅުވެ، މިކަމާ ގުޅޭގޮތުން އީލޮން މަސްކާ ބައްދަލުކުރުމަށްވެސް ހައިމްސް ވަނީ އެދިވަޑައިގެންފައެވެ.

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

ވެން ގޯގެ ކުރެހުމެއް 190 މިލިއަން ޑޮލަރަށް ވިއްކާލައިފި

ވިންސެންޓް ވެން ގޯގެ "ޗެސްޓްނަޓް ޓްރީޒް އިން ބްލޮސަމް" ކުރެހުން 190.4 މިލިއަން ޑޮލަރަށް ވިއްކާލައި، ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. މި ކުރެހުން ނީލަމުގައި ވިއްކާލާފައިވަނީ، ނާޒީންގެ ދުވަސްވަރު މަޖުބޫރުވެގެން މި ކުރެހުން ވިއްކާލަން ޖެހުނު އާއިލާއާއި މިހާރުގެ މިލްކުވެރިންގެ މެދުގައި އުފެދުނު ގާނޫނީ މައްސަލައަށް ހައްލެއް ހޯދުމަށްފަހުގައެވެ.

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

Newsletter

Get the latest news delivered straight to your inbox