ރަސްމާލެ މަޝްރޫއު: ބިމުގެ އަގާ ގުޅޭ ބަހުސް

ރަސްމާލޭގައި އީގަލް ހިލްސްއިން ކުރިއަށްގެންދާ މަޝްރޫއުގެ ކުރެހުންތަކެއް

ރަސްމާލޭގައި އީގަލް ހިލްސްއިން ކުރިއަށްގެންދާ މަޝްރޫއުގެ ކުރެހުންތަކެއް

ރަސްމާލެ-އީގަލް ހިލްސް މަޝްރޫއާ ގުޅިގެން މިހާރު ހިނގަމުންދާ ބަހުސްތަކުގެ ތެރޭގައި ހިމެނޭ އެއް ކަމަކީ، އެ މަޝްރޫއަށް ހިއްކާފައިވާ ބިމަށް އަގު ކަނޑައެޅުމުގެ މައްސަލަ އެވެ. މިއީ މުހިންމު ބަހުސެއް ނަމަވެސް، މިއީ މާ ފުޅާ ދާއިރާއެއްގައި ޖަވާބު ހޯދަންޖެހޭ މައިގަނޑު ސުވާލެއްގެ އެއްބައެވެ. އެ ސުވާލަކީ، މި މަޝްރޫއުގެ ޖުމުލަ އިންތިޒާމުތަކުގެ ތެރެއިން ދިވެހިރާއްޖެއަށް އިންސާފުވެރި އިގުތިސާދީ މަންފާއާއި ނަފާ ލިބޭ ހެއްޔެވެ؟

އަސާސީ ހިދުމަތްތަކާއި އުމްރާނީ ވަސީލަތްތައް އަދި ފުރިހަމަނުވާ، އަލަށް ހިއްކާފައިވާ ބިމެއްގެ އަގު ވަޒަންކުރުމަކީ ފަސޭހަކަމެއް ނޫނެވެ. ތިލަފުށި ނުވަތަ ހުޅުމާލޭގެ ބިމުގެ އަގުތަކަކީ، ތަފާތު އެކި ބޭނުންތަކަށް ހާއްސަކޮށްގެން ތަރައްގީކުރާ މިފަދަ "މިކްސްޑް-ޔޫސް ވޯޓަރ-ފްރަންޓް" މަޝްރޫއެއްގެ ހަގީގީ ގާބިލިއްޔަތާއި އަގު ވަޒަންކުރުމަށް އެންމެ އެކަށީގެންވާ މިންގަނޑަކަށް ނުވެދާނެ އެވެ. އެހެންކަމުން، މިފަދަ ބިމެއްގެ އަގު ކަނޑައެޅުމުގައި، މަޝްރޫއު ނިމުމުން ބިމަށް ލިބިދާނެ ބާޒާރުގެ އަގާއި، އެ އަގު ހާސިލުކުރުމަށް ހިނގާނެ ހަރަދުތަކާއި، ވަގުތާއި، ހިރާސްތަކާއި، މުސްތަގުބަލުގެ މަންފާގެ މިހާރުގެ އަގު ވެސް ހިސާބަށް ނަގަންޖެހެ އެވެ. ސަބަބަކީ ބިން އުފެއްދުމަށް ހިނގާ ހަރަދާއި، އެ ބިމުގެ ވިޔަފާރީގެ އަގަކީ މުޅިން ތަފާތު ދެ މިންގަނޑަކަށް ވާތީ އެވެ.

އިންފްރާސްޓްރަކްޗާ ވަޒީރު އަބްދުﷲ މުއްތޮލިބް ވިދާޅުވެފައިވާ ގޮތުގައި 500 ހެކްޓަރުގެ ބިން ހިއްކުމަށް ހޭދަވީ 250 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ކުޑަ މިންވަރެކެވެ. ނަމަވެސް، މި މަޝްރޫއަށް ދައުލަތުގެ ކުންފުނިތަކުން މިހާތަނަށް ކޮށްފައިވާ އިންވެސްޓްމަންޓްތަކާއި، އެއާ ގުޅިފައިވާ މާލީ އިލްތިޒާމްތަކަށް އީގަލް ހިލްސްއާ އެކު ވެވޭ އެއްބަސްވުމުގެ ދަށުން އަމަލުކުރާނީ ކިހިނެއް ހެއްޔެވެ؟ އެ ކުންފުނިތަކުން ކޮށްފައިވާ ހަރަދުތަކަކީ ލޯނު ނުވަތަ ސަޕްލަޔަރ ކްރެޑިޓްގެ ދަށުން ހޯދާފައިވާ ފައިސާ ހެއްޔެވެ؟ ނުވަތަ އެއީ ކުންފުނިތަކުގެ އަމިއްލަ ވަސީލަތްތަކުން ކޮށްފައިވާ ހަރަދުތަކެއް ހެއްޔެވެ؟ ހިއްކާފައިވާ ބިމުގެ ބަދަލުގައި އެ ކުންފުނިތަކަށް އެއްވެސް އިނާޔަތެއް ނުވަތަ ބަދަލެއް ލިބޭނެ ހެއްޔެވެ؟ އަދި އަދާކުރަންޖެހޭ ދަރަނިތަކުގެ ޒިންމާ އުފުލާނީ ކޮން ފަރާތަކުން ހެއްޔެވެ؟

މިއީ ބިމުގެ ބާޒާރުގެ އަގަށްވުރެ ވެސް ބޮޑަށް، މިކަމާ ގުޅޭ މާލީ އިންތިޒާމުތަކާމެދު އުފެދޭ މުހިންމު ސުވާލުތަކެކެވެ. ބިމުގެ މިހާރުގެ އަގު ކޮންމެ މިންވަރެއްގައި ހުރި ނަމަވެސް، އެ ބިން ހިއްކުމަށް ވެފައިވާ މާލީ އިލްތިޒާމްތަކަށް ފުރިހަމައަށް ޒިންމާވާންޖެހޭނެ އެވެ.

އީގަލް ހިލްސްއާ ގުޅިގެން ކުރިއަށްގެންދާ މަޝްރޫއުން ލިބޭނެ ކަމަށް ލަފާކުރާ މަންފާއާއި، ދައުލަތުން އަމިއްލައަށް އެ ބިން ތަރައްގީކޮށް ވިއްކައިގެން ލިބޭނެ މަންފާ އަޅާކިޔުއްވައި ވަޒީރު ވާހަކަފުޅު ދެއްކެވި ނަމަވެސް، މިއީ އޮތް ހަމައެކަނި ދެ އިހުތިޔާރެއް ނޫނެވެ. ތަރައްގީކުރުމާއި ފައިނޭންސް ކުރުމުގެ އެހެނިހެން މޮޑެލްތައް ބޭނުންކޮށްގެން މިއަށްވުރެ އެދެވޭ ތަފާތު ނަތީޖާތަކެއް ވެސް ނެރެވިދާނެ އެވެ.

ރާއްޖެއަށް ލިބޭނެ ކަމަށް އަންދާޒާކުރާ އާމްދަނީގެ އަދަދު ކިތަންމެ ބޮޑުކަމަށް ދެއްކި ނަމަވެސް، އެއްބަސްވުމުގެ ފައިދާ ވަޒަންކުރެވޭނީ ހަމައެކަނި ހިސާބު އަދަދުތަކަކުން ނޫނެވެ. ހަގީގީ އަގު ވަޒަންކުރެވޭނީ ފައިސާ ލިބޭނެ މުއްދަތުތަކާއި، ފައިސާ ލިބުމުގެ ޔަގީންކަމާއި، ބޯހިޔާވަހިކަމަށް ދޭނެކަމަށް ބުނާ ފައިސާއާ ގުޅޭގޮތުން އެއްބަސްވެފައިވާ ސަރުތުތަކާއި، އަދި މި މަޝްރޫއުގެ ސަބަބުން ރާއްޖެއިން އުފުލަންޖެހޭ ހިރާސްތަކާއި (ރިސްކުތަކާއި) މަސްއޫލިއްޔަތުތައް ފުރިހަމައަށް ދެނެގަނެވިގެންނެވެ.

މީގެ އިތުރުން، މި މަޝްރޫއުން ލިބޭނެކަމަށް ބެލެވޭ އިގުތިސާދީ ފައިދާތަކާއި، އެއްބަސްވުމުގެ ވިޔަފާރި ފައިދާއަކީ ތަފާތު ދެ ކަމެކެވެ. ބޭރުގެ އިންވެސްޓްމަންޓްތަކާއި، ވަޒީފާގެ ފުރުސަތުތަކާއި ފަތުރުވެރިކަމުގެ ސަބަބުން ބޮޑެތި ކުރިއެރުންތަކެއް ލިބިދާނެ ނަމަވެސް، މިކަމުގެ ސަބަބުން އަލަށް އުފެދޭ އިގުތިސާދީ ހަރަކާތްތަކުގެ މިންވަރާއި، ދިވެހި އިގުތިސާދުގައި ހަރުލާނެ މަންފާގެ މިންވަރު ވަޒަންކުރަން ޖެހެއެވެ. މަޝްރޫއަކީ އިގުތިސާދީ ގޮތުން ފައިދާހުރި ކަމަކަށް ވިޔަސް، އެ މަޝްރޫއުގެ އެއްބަސްވުމުން ގައުމަށް އިންސާފުވެރި މަންފާއެއް ލިބޭކަން ކަށަވަރުކުރުމަކީ މުޅިން ވަކި ވިސްނުމެކެވެ.

ހުލާސާކޮށް ދަންނަވާނަމަ، އެންމެ މައިގަނޑު ސުވާލަކީ، ރައްޔިތުންގެ އާންމު މިލްކިއްޔާތާއި ތަރައްގީގެ ހައްގުތައް ދޫކޮށްލާއިރު، އޭގެ ބަދަލުގައި ލިބޭނެ މަންފާއާއި، އުފުލަންޖެހޭ ހިރާސްތަކާއި އިލްތިޒާމުތަކަށް ބަލާއިރު، ދިވެހިރާއްޖެއަށް ލިބެނީ އިންސާފުވެރި، އެކަށީގެންވާ ބަދަލެއް ހެއްޔެވެ؟

މި އެއްބަސްވުމުގެ ވިޔަފާރީގެ މައިގަނޑު ޝަރުތުތަކާއި (ކޮމާޝަލް ޓާމްސް)، މިހާރު އުފެދިފައިވާ މާލީ ޒިންމާތައް ހަމަޖައްސާނެ ގޮތެއް މިއަށްވުރެ ބޮޑަށް ދެފުށް ފެންނަ ގޮތަކަށް ހާމަނުކުރާހާ ހިނދަކު، މި ސުވާލުތަކަށް ސާފު ޖަވާބެއް ލިބުމަކީ ދަތި ކަމެކެވެ.

އެޑިޓަރުގެ ނޯޓު:

މި ލިޔުމުގެ އަސްލު އަހުމަދު މުހައްމަދު ފުރަތަމަ ޝާއިއުކުރީ އޭނާގެ ލިންކްޑިން ޕޭޖުގަ އެވެ. މިއީ އެ ލިޔުމުގެ ތަރުޖަމާއެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox