މުއްތަލިބު މަޖިލީހަށް ގެންދެވި ކަޅު ދަބަހުގެ ވާހަކަ ދެއްކެވުމުން، މީކާއިލް މަޖިލީހުން ނެރެފި

ގަލޮޅު ދެކުނު ދާއިރާގެ މެންބަރުގެ ނަން އިއްވައި ރައްޔިތުންގެ މަޖިލީހުން ނެރެނީ -- ފޮޓޯ: ސްނެޕްޝޮޓް

ގަލޮޅު ދެކުނު ދާއިރާގެ މެންބަރުގެ ނަން އިއްވައި ރައްޔިތުންގެ މަޖިލީހުން ނެރެނީ -- ފޮޓޯ: ސްނެޕްޝޮޓް

ރޭގެ ލަސް ވަގުތެއްގައި ހައުސިން މިނިސްޓަރު، އަބްދުﷲ މުއްތަލިބު ރައްޔިތުންގެ މަޖިލީހަށް ގެންދެވި ކަޅު ދަބަހުގެ ވާހަކަދައްކަވަން ފެށްޓެވުމުން، އޭނާގެ ވާހަކައަށް ހުރަސް އަޅުއްވައި އޭނާގެ ނަން އިއްވައި މަޖިލީހުން ނެރެފި އެވެ.

މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މީކާއިލް ވިދާޅުވީ ރަސްމާލެ ވިއްކާލުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ ރިއަލް އެސްޓޭޓް ބިލަކީ ގާނޫނުއަސާސީން ދިވެހި ބިމަށް ދީފައިވާ ރައްކާތެރިކަން އެއްކޮށް ނިގުޅައިގަންނަ ބިލެއް ކަމަށެވެ.

"މި ބިލުގެ މަގުސަދަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީން ދިވެހީންގެ ބިމަށް ފޯރުކޮށްދީފައިވާ ރައްކާތެރިކަން ނިމުމަކަށް ގެނައުން، އިއްޒަތްތެރި ރައީސް، 251 ވަނަ މާއްދާގައި މި ބުނާ ބޭރުގެ ފަރާތަކަށް ދިވެހިރާއްޖޭގެ ބިން މިލްކު ނުކޮށްދެވޭނެކަމަށް ބުނާ މާއްދާގެ ރޫހު. އެ މާއްދާގައި އެ ބުނާ މަގުސަދު އިއްޒަތްތެރި ރައީސް ފުނޑުފުނޑު ކޮށްލުން، މި ބިލުގެ މަގުސަދަކީ 99 އަހަރަށްވުރެ ގިނަ މުއްދަތަކަށް ދިވެހިރާއްޖޭގެ ބިން، ދިވެހިރާއްޖޭގެ ފަސްގަނޑު ބޭރުގެ ފަރާތަކަށް ކުއްޔަށް ނުދެވޭނެކަމަށް އެ ބުނާ ބުނުން ނިމުމަކަށް ގެނައުން،" މީކާއިލް ވިދާޅުވި އެވެ.

މީކާއިލް ވިދާޅުވީ ރާއްޖޭގެ ބިން ވިއްކާލަން ދިވެހި ސަރުކާރުން މަސައްކަތް ކުރަނީ ދިވެހިން ބޭހާއި ގޭހާއި ޑޮލަރަށް ޖައްސާފައި ކަމަށެވެ.

އޭނާ ވިދާޅުވީ މިއަދަކީ ރައްޔިތުންގެ މަޖިލީހުގެ ތާރީހުގައި ލަދުވެތި ދުވަހެއް ކަމަށެވެ. ސަބަބަކީ ރޭގެ ވަގުތެއްގައި މިނިސްޓަރު، މުއްތަލިބު ކަޅު ދަބަހެއް ހިފައިގެން މަޖިލީހަށް ވަދެ، ބިލަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރެއްވުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ވާހަކަ އޭނާ ވިދާޅުވުމާއެކު ރިޔާސަތުން ވަނީ މީކާއިލްގެ ވާހަކަ ހުއްޓުވައި، ނިޒާމީ ނުކުތާއަކަށް ފުރުސަތު ދެއްވައިފަ އެވެ. ނިޒާމީ ނުކުތާއަށްފަހު، ރިޔާސަތުގައި އިންނެވި، މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ ވަނީ މަޖިލީހުގެ އެއްވެސް މެންބަރަކާ ގުޅޭގޮތުން ސާބިތު ނުހިފޭ ވާހަކައެއް ނުދެއްކުމަށް އަންގައިފަ އެވެ. އެއަށްފަހު އަނެއްކާ ވެސް ރިޔާސަތުން މީކާއިލްއަށް ފުރުސަތު ދެއްވި އެވެ.

ދެވަނައަށް ލިބުނު ފުރުސަތުގައި ވެސް މީކާއިލް ވަނީ ރޭގެ ވަގުތެއްގައި ކަޅު ދަބަހެއް ހިފައިގެން މުއްތަލިބު މަޖިލީހަށް ވަދެވަޑައިގެންނެވި ވާހަކަ ތަކުރާރުކުރައްވައި، އެކަން ކުރެއްވީ މަޖިލީހުގެ ޕީއެންސީ މެންބަރުންގެ އަނގައިގައި ތަޅު އެޅުވުމަށް ކަމަށް ތުހުމަތު ކުރައްވައި ވާހަކަދައްކަވައިފަ އެވެ.

"އަޅުގަނޑު މި ހަދަނީ ތެދު، އަޅުގަނޑު މި ހަދަނީ ތެދު، ދިވެހިރާއްޖެއަށް ޑޮލަރު ވަދެއްޖެ، މި ރައްޔިތުންގެ މަޖިލީހަށް ޑޮލަރު ވަދެއްޖެ، ދިވެހިރާއްޖޭގެ ރައްޔިތުންގެ ޖީބަށް ޑޮލަރު ނުވަނަސް މި ރައްޔިތުންގެ މަޖިލިސް ޑޮލަރުން ތިޔާގިވެއްޖެ، މި ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެންބަރުން ޑޮލަރުން ތިޔާގިވެއްޖެ، ދިވެހިންގެ ބިން ވިއްކާލަން ތައްޔާރުވެއްޖެ،" މީކާއިލް ވިދާޅުވި އެވެެ.

ރައްޔިތުންގެ މަޖިލީހަށް ކަޅު ފައިސާ ވަދެފައިވާ ކަމަށް ވިދާޅުވެ މީކާއިލް ވާހަކަދައްކަވަން ފެށްޓެވުމުން ރިޔާސަތުން އަނެއްކާ ވެސް އޭނާގެ ވާހަކަ ހުއްޓުވި އެވެ. އެއަށްފަހު، ނިޒާމީ ނުކުތާއަކަށް ކަމަށް ވިދާޅުވެ، ވިލިމާލެ ދާއިރާގެ މެންބަރު، މުހައްމަދު އިސްމާއިލް އާއި އިނގުރައިދޫ ދާއިރާގެ މެންބަރު، އިބްރާހިމް ފަލާހުއަށް ފުރުސަތު އެރުވުމަށްފަހު، މީކާއިލްގެ ވާހަކައަށް ރިޔާސަތުން ވަނީ ހުރަސް އަޅުއްވައިފަ އެވެ.

މަޖިލީހުގެ ތަޅުން ހޫނުވީ އެ ސަބަބާ ފަލާހުގެ ނިޒާމީ ނުކުތާއާ ގުޅިގެންނެވެ. އެއާއެކު މީކާއިލްއަށް ވާހަކަ ފުރިހަމަ ކުރުމުގެ ފުރުސަތު ދެއްވުމަށް އެދި އިހުތިޖާޖު ކުރަން ފެށުމުން އަބްދުއްރަހީމް ވަނީ މީކާއިލްގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން އޭނަ ނެރެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިހަވަންދިއްޕޮޅުގައި ވިޔަފާރި ބަނދަރު ހަދަން ސޮއިކޮށްފި

އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރަކާއި މެރިޓައިމް އަދި ސިނާއީ މަސައްކަތްތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށް ޔޫއޭއީގެ ސަހު ގްރޫޕާއެކު ސަރުކާރުން މިއަދު ސޮއިކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން އެ ސަރަހައްދުގައި ޓޫރިޒަމް ތަރައްގީކުރުން ވެސް ހިމެނޭއިރު، މިއީ ރާއްޖޭގެ އެންމެ އުތުރުގައި އިގްތިސާދީ ހަރަކާތްތައް ފުޅާކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މާދަމާރޭގެ ޖަލްސާއަށް ދާން ސަރުކާރު މުވައްޒަފުންނަށް އަންގައިފި

މާދަމާރޭ ބާއްވާ ޖަލްސާއަށް، ސަރުކާރުގެ ހުރިހާ މުވައްޒަފުން އެމީހުންގެ އަނބިން ނުވަތަ ފިރިންނާއެކު ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދައުވަތު އަރުވާފައެވެ. މި ޖަލްސާއަށް ދާ މުވައްޒަފުންނާއި އެމީހުންގެ އަނބިފިރިންގެ މައުލޫމާތު މިއަދު މެންދުރުގެ ކުރިން ރައީސް އޮފީހަށް އެންގުމަށް ވުޒާރާތަކަށް ވަނީ އަންގާފައެވެ.

އަދާލަތުން ސަރުކާރަށް ތާއީދުކުރުމުން އަލީ ޒާހިރު ފާޑުވިދާޅުވެއްޖެ

އޭނާ ވިދާޅުވީ މިއީ ގިނަ ބައެއްގެ އުއްމީދުތަކާއި ބުރަ މަސައްކަތް ފޮހެވިގެންދާނެ ހިތާމަވެރި ނިންމުމެއް ކަމަށެވެ. އަދާލަތުން މި ނިންމުން ނިންމާފައިވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުޢިއްޒަށް ތާއީދުކުރުމުގެ ގޮތުންނެވެ.

ބަޖެޓު ރާވާފައި ވަނީ މުވައްޒަފުން ނުނަގާ ހިންގޭ ގޮތަށް: ފިނޭންސް

މަޖިލީހަށް މައުލޫމާތު ދެމުން ފިނޭންސުން ބުނީ އަންނަ އަހަރުގެ ބަޖެޓު ރާވާފައި ވަނީ އާ މުވައްޒަފުން ނުނަގާ ދައުލަތް ހިންގޭ ގޮތަށް ކަމަށް. އަދި މުސާރަ ކަނޑައެޅުމުގައި ބަލަނީ ދައުލަތުގެ ފޯރުންތެރިކަން ހުރި މިންވަރަށް ކަމަށް.

ޕެންޝަން އޮފީހުގެ ސީއޯއޯގެ މަގާމުން ޝިއުނާ ވަކިކޮށްފި

ޕެންޝަން އޮފީހުގެ ސީއޯއޯގެ މަގާމުން މަރިޔަމް ޝިއުނާ ވަކިކޮށްފައިވަނީ، އެ އޮފީހުގެ ޗެއާޕާސަނާ ގުޅޭ މައްސަލަތަކެއް ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމާއި ސަރުކާރުން ފައިސާ ޗާޕުކުރި މުއާމަލާތާ ދެކޮޅު ހެދުމުންނެވެ. މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ސަސްޕެންޝަނުގައި ހުރި ޝިއުނާ އެ މަގާމުން ވަކިކުރިއިރު، އޭނާއަކީ މީގެ ކުރިން އޭސީސީގެ ރައީސްކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އިހުތިޖާޖަށް ނުކުންނަން ގޮވާލައިފި

ބޭރުގެ ބަޔަކަށް 99 އަހަރަށް ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އެމްޑީޕީން އެކަތިގަނޑެއްގެ ގޮތުގައި އިހުތިޖާޖަށް ނުކުތުމަށް މެންބަރު މީކާއިލް ގޮވާލައްވައިފިއެވެ. މި މަޝްރޫއާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން ގަރާރެއް ހުށަހަޅާފައިވާއިރު، އެކަމުގައި ޕާޓީގެ ޒިންމާ ބޮޑުކަމަށް މީކާއިލް ފާހަގަކުރެއްވިއެވެ.

ޕީއެންސީއާއެކު އަދާލަތުން ކޯލިޝަން ހަދައިފި

މި އެއްބަސްވުމުގެ ދަށުން ސަރުކާރުގެ އިސް މަގާމުތައް އަދާލަތު ޕާޓީގެ މެންބަރުންނަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދާލަތު ޕާޓީއަކީ މީގެ ކުރިން އެމްޑީޕީ އަދި ޕީޕީއެމްގެ ސަރުކާރުތަކުގައިވެސް ކޯލިޝަން ބައިވެރިއެކެވެ.

Newsletter

Get the latest news delivered straight to your inbox