މުއްތަލިބު ދެއްވި އެންމެ ލަސް ތާރީހު ފަހަނައަޅައި ދިޔައިރުވެސް އައްޑޫ ލިންކް ރޯޑުގެ އަމަލީ މަސައްކަތް ނުފެށުނު

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު: އޭނާ ދެއްވި ތާރީހަށް ލިންކް ރޯޑުގެ މަސައްކަތް ފެށިފައެއް ނުވޭ -- ފޮޓޯ: ހައުސިން މިނިސްޓްރީ

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު: އޭނާ ދެއްވި ތާރީހަށް ލިންކް ރޯޑުގެ މަސައްކަތް ފެށިފައެއް ނުވޭ -- ފޮޓޯ: ހައުސިން މިނިސްޓްރީ

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ދެއްވި އެންމެ ލަސް ތާރީހު ފަހަނައަޅައި ދިޔައިރުވެސް އައްޑޫ ލިންކް ރޯޑުގެ އަމަލީ މަސައްކަތް ނުފެށުނެވެ. 

މިދިޔަ ސެޕްޓެމްބަރު މަހު މުއްތަލިބު ވިދާޅުވީ އަމާޒަކީ އައްޑޫ މަގުތައް ހެދުމުގެ މަސައްކަތް އޮކްޓޯބަރު ނިމުމުގެ ކުރިން ފެށުން ކަމަށާއި އެންމެ ބޮޑު އިސްކަން ދޭނީ ލިންކްރޯޑުން ހަލާކުވެފައި އޮތްބައި ނިންމުމަށް ކަމަށެވެ.

"އިރާދަކުރެއްވިއްޔާމުން އަންނަ މަސް ނިމުމުގެ ކުރިން އަމަލީ މަސައްކަތް ފެށޭތޯ، އެހެންވީމަ އަޅުގަނޑުމެން ބަލާނީ ލިންކްރޯޑުގެ މަސައްކަތް ކުރުމަށް. މާނައަކީ މިހާރު އޮތްތަން، ހަލާކުވެފައި އޮތްބައި ހަތަރު ލޭނަށް ބަދަލުކޮށްފައި އެތާގައި ތާރު އަޅާފައި ދެން ހުރި ބައިގައިވެސް ތާރު އަޅާފައި ރަނގަޅަށް ހަދާނަން. އޭގެ ފަހުގައި ސައިޑްވޯކްގެ މަސައްކަތް ދާނީ. އެހެންވީމަ އެންމެ މުހިންމު ކަމަކަށްދޭނީ ލިންކް ރޯޑު ހެދުން،" މުއްތަލިބު މިދިޔަ މަހު ވިދާޅުވި އެވެ.

Advertisement

އައްޑޫ ލިންކްރޯޑާއި އެހެނިހެން މަގުތައް ހެދުމުގެ މަޝްރޫއު މިދިޔަ އަހަރު ފެށޭނެ ކަމަށް ފެބްރުއަރީ 5، 2025، ގެ ރިޔާސީ ބަޔާނުގައި މުއއިްޒު ވިދާޅުވި ފަހުން އެ މަޝްރޫއު އާރްޑީސީއާ އެޕްރިލް 8، 2025، ގައި ހަވާލުކުރި އެވެ. ނަމަވެސް އަހަރު ނިމިގެންދިޔައިރުވެސް މަޝްރޫއު ފެށިފައެއް ނުވެ އެވެ. 

"އައްޑޫ ލިންކް ރޯޑާއި، އެހެނިހެން މުހިއްމު މަގުތައް، ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް، މި އަހަރު ފެށިގެންދާނެ،" މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި މުއިއްޒު ވިދާޅުވި އެވެ. 

އައްޑޫ މަގުތައް ހެދުން އާރްޑީސީއާ ހަވާލުކުރީ 829 މިލިއަން ރުފިޔާއަށް، 11 މަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެ މަޝްރޫއުގެ ދަށުން ލިންކްރޯޑުގެ  67.58 ކިލޯމީޓަރުގެ ސީޓީބީ އަޅާފައިވާ މަގުތަކުގައި ތާރުއެޅުމާއި ފޭދޫގައި ފެންހިންދާ ނިޒާމު ގާއިމްކުރުމާއި މަގުމަތީގައި ނިޝާންތައް ހަދައި ބޯޑު ހަރުކުރަން އޮތީ ރާވާފަ އެވެ. 

މި މަޝްރޫއު ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހިންގަން މިދިޔަ ސެޕްމްބަރު 24، ގައި ހަވާލުކުރީ ޗައިނާގެ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާ އެވެ. އެ މަޝްރޫއު ހަވާލުކުރީ 446.1 މިލިއަން ރުފިޔާާއަށެވެ. 

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހިންގާ މަޝްރޫއު ޗައިނާ ކުންފުންޏާ ހަވާލުކުރީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށެވެ. އެހެންކަމުން އަންނަ އަހަރުގެ ސެޕްޓެމްބަރަށް މަސައްކަތް ނިންމަން ޖެހޭނެ އެވެ. 

އައްޑޫ ލިންކް ރޯޑު ވަރަށް ބޮޑަށް ހަލާކުވެ އާންމުންނަށް އެކަން ބޮޑު ތަކުލީފަކަށްވުމާ ގުޅިގެން މަގު ހަދަން ގޮވާލައި "ބެރިކޭޑް" ގެ ނަމުގައި މިދިޔަ ހުކުރު ދުވަހު އައްޑޫގައި ވަނީ މުޒާހަރާވެސް ކޮށްފަ އެވެ.    

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox