ރަސްމާލޭގެ ތަންތަން ވިއްކުމާ ގުޅޭ ގޮތުން މުއިއްޒު ދެއްކެވި ވާހަކައާ ދިމާ އިދިކޮޅަށް މުއްތަލިބު ވާހަކަ ދައްކަވައިފި

Oct 21, 2026, 11:20 PM
ރަސްމާލެ އެއްބަސްވުމުގައި ސޮއި ކުރެއްވި މުއްތަލިބު އަދި ރައީސް މުހައްމަދު މުއިއްޒު: ދެ ބޭފުޅުންގެ ވާހަކަ އެއްގޮތަކަށް ވެސް ދިމައެއް ނުވޭ -- ފޮޓޯ: ރައީސް އޮފީސް

ރަސްމާލެ އެއްބަސްވުމުގައި ސޮއި ކުރެއްވި މުއްތަލިބު އަދި ރައީސް މުހައްމަދު މުއިއްޒު: ދެ ބޭފުޅުންގެ ވާހަކަ އެއްގޮތަކަށް ވެސް ދިމައެއް ނުވޭ -- ފޮޓޯ: ރައީސް އޮފީސް

ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ އީގަލް ހިލްސް އިން ރަސްމާލޭގައި އިމާރާތް ކުރާ ޕްރޮޕަޓީސް ގަންނަ ފަރާތްތަކުން އެތަންތަން ވިއްކާލަން ބޭނުންވެއްޖެ ނަމަ ވިއްކާލަންޖެހޭނީ ސަރުކާރަށް ކަމަށް ވިދާޅުވެ ރައީސް މުހައްމަދު މުއިއްޒު ދެއްކެވި ވާހަކައާ ދިމާ އިދިކޮޅަށް އެމަނިކުފާނުގެ ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު މިރޭ ވާހަކަ ދައްކަވައިފި އެވެ. 

ރަސްމާލޭގެ ޕްރޮޕަޓީސް ގަންނަ މީހުން އެތަންތަން ވިއްކަން ބޭނުންވެއްޖެ ނަމަ ވިއްކަންޖެހޭނީ ސަރުކާރަށް ކަމަށް މުއިއްޒު ވިދާޅުވީ ޕީއެސްއެމް އިން ގެނެސްދޭ "ދަ ޕަލްސް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އިއްޔެ އެވެ. 

ނަމަވެސް މީހަކު އެތަނުން ޕްރޮޕަޓީއެއް ވިއްކާލަން ބޭނުންވެއްޖެ ނަމަ ސަރުކާރުން ކުޅޭނީ ހަމައެކަނި މެދުވެރިއެއްގެ ރޯލު ކަމަށް، ރަސްމާލެ ވިއްކާލަން އީގަލްސް ހިލްސްއާއެކު ކޮމާޝަލް ޓާމްސް އެގްރިމެންޓުގައި ސޮއި ކުރެއްވި މުއްތަލިބު ވިދާޅުވި އެވެ. 

"އޭނަގެ ޕްރޮޕަޓީ އެހެން މީހަކު ގަންނަން އައީމަ ދައުލަތުން އޭގެ ތެރެއަށް ވަދެފަ މި ބުނަނީ، އޯކޭ ތި ގަންނަން ހުށަހަޅާ މީހާއަކީ ދައުލަތުން އެއްބަސްވާ މީހެކޭ ނޫނީ އެއީ ގަތުން އެންމެ ރަނގަޅު މީހެކޭ. ދައުލަތުން އޭގެ ތެރެއަށް ވަދެފަ، އެޕްރޫވްކޮށްފަ، އެ ބިމަށް ޗާޖުކޮށްފަ، އެ ޕްރޮޕަޓީއެއްގެ ވެލިއުއަށް ބަލާފަ ބިމަށް ޗާޖުކޮށްފަ ދައުލަތުން މި ބުނަނީ އޯކޭއޭ ވިއްކާލިޔަސް މައްސަލައެއް ނެތޭ،" ސަރުކާރުން ކޮންޓްރޯލް ކުރާ "އެމްއެމް ޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވި އެވެ. 

"ދަ ޕަލްސް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މުއިއްޒު އިއްޔެ ވިދާޅުވީ ރަސްމާލޭގެ ޕްރޮޕަޓީތައް ގަންނަ މީހުންނަށް އެތަންތަން ހަމައެކަނި ވިއްކޭނީ ސަރުކާރަށް ކަމަށެވެ. އެ މުއާމަލާތުގައި ސަރުކާރުން ކުޅޭނީ ހަމައެކަނި މެދުވެރިއެއްގެ ރޯލު ކަމެއް އެމަނިކުފާނު ވިދާޅެއްނުވެ އެވެ. 

"މި އިންވެސްޓްމެންޓުގެ ތެރެއިން މި އެޅޭ، ނޫނީ ޑިވެލޮޕް ކުރެވޭ ޕްރޮޕަޓީސްތައް ގަންނަ ފަރާތަކުން 99 އަހަރުގެ މުއްދަތަކަށް މި ގަނެވެނީ. އެ ފަރާތުން ދެ އެތަން ޖެހޭނީ ސަރުކާރަށް، ދައުލަތަށް ވިއްކަން. ދައުލަތަށް ލިބޭނީ. ސަރުކާރުން ދެން އެހެން ފަރާތަކަށް ވިއްކަންޏާ ވިއްކާނީ،" ރައީސް ވިދާޅުވި އެވެ. 

"މިތަނުގަ 99 އަހަރު ވީމަ، 99 އަހަރަށް ގަންނަ ތަނެއް، މުއްދަތު ހަމަވުމުގެ ކުރިން އެހެން މީހަކަށް ވިއްކާލާ ކަމަށްވަންޏާ ވެސް ސަރުކާރަށް ވިއްކާނީ. ސަރުކާރުން އެ ދެން އަނެއްކާ ވެސް އެހެން ފަރާތަކަށް އޯނާޝިޕް ބަދަލު ކުރުމުގެ ހައްގު މި އޮންނަނީ."

ސަރުކާރުން ބުނަނީ އީގަލް ހިލްސްއަށް ރަސްމާލެ ވިއްކާލަނީ 99 އަހަރަށް ކަމަށެވެ. ނަމަވެސް އީގަލް ހިލްސް އިން ބުނެފައި ވަނީ ސަރުކާރުން އެ ބުނާ 99 އަހަރުގެ މުއްދަތު ހަމަވުމުގެ ކުރިން ރަސްމާލޭގެ ޕްރޮޕަޓީއެއް ވިއްކާލައިފި ނަމަ ނުވަތަ ހިބައިން ދީފި ނަމަ 99 އަހަރުގެ ކުލީގެ އާ މުއްދަތެއް ފެށޭނެ ކަމަށެވެ. 

"މިތަނުގެ ޕްރޮޕަޓީސްތައް ކުއްޔަށް ދޭނީ ދިވެހިރާއްޖޭގެ ގާނޫނުތަކުގެ ދަށުން 99 އަހަރަށް. އެތަންތަނުގެ ހައްގުތައް ވިއްކައިގެން ނުވަތަ ވާރުތައިން ވެސް އެހެން ފަރާތަކަށް ބަދަލުކޮށްފި ނަމަ 99 އަހަރުގެ އާ ކުލީގެ މުއްދަތެއް ފެށޭނެ. މީގެ ސަބަބުން އެތަން ގަންނަ ފަރާތްތަކުގެ އަތުގައި އެތައް ޖީލަކަށް އެތަންތަން ދެމިގެންދާނެ،" އީގަލް ހިލްސް އިން ބުނެފައިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox