އައްޑޫ ލިންކް ރޯޑް
3 ލިޔުން
ފަހުގެ
ހަބަރުތާރީހު ފަހަނައަޅައިދިޔައިރުވެސް ލިންކް ރޯޑުގެ މަސައްކަތް ނުފެށުނު
އައްޑޫ ލިންކް ރޯޑުގެ އަމަލީ މަސައްކަތް އޮކްޓޯބަރު މަސް ނިމުމުގެ ކުރިން ފަށާނެ ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވި ނަމަވެސް، އެ މުއްދަތު ހަމަވިއިރުވެސް މަސައްކަތް ފެށިފައެއް ނުވޭ. ޗައިނާ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއު ފެށޭނެ ކަމަށް ރިޔާސީ ބަޔާނުގައި ވިދާޅުވި ތާރީހުތައް ފަހަނައަޅައި ގޮސްފައި.
ހަބަރުއައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ
އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.
