ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

Nov 1, 2026, 12:12 AM
ބްރައިޓަންގެ ޔާސީން އަޔާރީ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ބްރައިޓަންގެ ޔާސީން އަޔާރީ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

މެންޗެސްޓާ (އޮކްޓޫބަރު 31) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި މެންޗެސްޓާ ސިޓީ ދަނޑުގައި އެ ޓީމު އަތުން 1-0 އިން ބްރައިޓަން ހޯލްވް އެންޑް އަލްބިއަން މޮޅުވެއްޖެ އެވެ. 

މީގެ ތިން ދުވަސް ކުރިން، އިނގިރޭސި ލީގު ކަޕްގެ ގަދަ 16 ބުރުގައި ސިޓީ ދަނޑުގައި އެ ޓީމާ ކުޅެގެން، 2-2 އިން އެެއްވަރުވެ، ބްރައިޓަން އަތުން ސިޓީ މޮޅުވީ ޕެނަލްޓީ ޖަަހައިގެންނެވެ. އެ މެޗުގައި ބްރައިޓަން އިން ދެ ފަހަރު ލީޑުނެގި ނަމަވެސް ހިފެހެއްޓޭ ގޮތެއްނުވި އެވެ. އެކަމަކު، މިރޭ ސިޓީ ދަނޑުގައި ލީޑުނެގުމަށް ފަަހު، ބްރައިޓަން އިން ވަނީ ހިތްވަރުގަދަ ކުޅުމެއް ދައްކައިފަ އެވެ. 

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ބްރައިޓަން އިން ޖެހީ 11 ވަނަ މިނިޓްގަ އެވެ. މިއީ، މެކްސިމް ޑި ކުއިޕާ ތަނަވަސްކޮށްދިން ފުރުސަތަކުން، ސްވިޑެންގެ މިޑްފީލްޑަރު، ޔާސީން އަޔާރީ ޖެހި ގޯލެކެވެ. 

Advertisement

މި މެޗުގައި ސިޓީ އަށް އެއްވަރުކޮށްދޭން އެންމެ ރަނގަޅު ފުރުސަތުތައް ލިބުނު އެއް ކުޅުންތެރިއަކީ، ސެނެގާލްގެ ވިންގް، އިލިމަން އެންޑިއާޔޭ އެވެ. ބްރައިޓަން އޭރިއާތެރެއިން ހުސްކޮށް އަރައި އެންޑިއާޔޭ ބޮލުން ޖެހި ބޯޅައެއް ދަނޑިކައިރިން ބޭރުން ދިޔައިރު، އޭރިއާތެރެއިން އޭނާ ފޮނުވާލި ޝޮޓެއް ބްރައިޓަންގެ ކީޕަރު ބާޓް ވަބްރޫގެން ވަނީ މަތަކޮށްފަ އެވެ. 

ބްރައިޓަންގެ ޑިފެންޑަރުން ވަނީ މި މެޗުގައި ސިޓީގެ ނޯވޭ ފޯވާޑް އާލިން ބްރައުޓް ހާލަންޑް އަށް ލިބޭ ބޯޅަތަކުގައި ރަނގަޅަށް ޑިފެންސްކޮށްފަ އެވެ. 

މި ފަހަރުގެ ސީޒަނުގައި ލީގުގައި ސިޓީން ކުޅުނު ފުރަތަމަ ހަތް މެޗުން މޮޅުވި ނަމަވެސް، ދެން ކުޅުނު ދެ މެޗުން ވީ ބައްޔެވެ. އެންޒޯ މަރެސްކާ ކޯޗުކޮށްދޭ ސިޓީ ފުރަތަމަ ބަލިވީ މި ދިޔަ ހަފްތާގައި ރަށުންބޭރުގައި އެސްޓަން ވިލާ އަތުންނެވެ. އަދި، މި ހަފްތާގައި އަމިއްލަ ދަނޑުގައި ބްރައިޓަން އަތްދަށުވީ އެވެ. 

ލީގުގެ އެއް ވަނައިގައި އޮތް ސިޓީ އަށް ނުވަ މެޗުން 21 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އާސެނަލަށް އަށް މެޗުން ވަނީ 21 ޕޮއިންޓު ލިބިފަ އެވެ. އާސެނަލުން މާދަމާރޭ ލިވަޕޫލް ދަނޑުގައި ބަލިނުވެ، ސަލާމަތްވިޔަސް އެއް ވަނަ އަށް އެރޭނެ އެވެ. ތިން ވަނައިގައި އޮތް ބްރައިޓަން އަށް ނުވަ މެޗުން 19 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް ޗެލްސީ އަށް ވަނީ ނުވަ މެޗުން، 16 ޕޮއިންޓް ލިބިފަ އެެވެ. އަދި، ފަސް ވަނައިގައި އޮތް ލިވަޕޫލަށް ވަނީ އަށް މެޗުން 15 ޕޮއިންޓް ލިބިފަ އެވެ. 

ލީގުގައި މިރޭ ބޯންމައުތުން 2-0 އިން ލީޑްސް ޔުނައިޓެޑް ބަލިކުރިއިރު، ބްރެންޓްފޯޑުން 2-0 އިން ނޮޓިންހަމް ފޮރެސްޓް އަތުން މޮޅުވި އެވެ. އިޕްސްވިޗް ޓައުން އާއި ހަލް ސިޓީ 2-2 އިން އެއްވަރުވިއިރު، ކަވެންޓްރީ ސިޓީން ވަނީ 3-1 އިން ސަންޑަލެންޑްގެ މައްޗަށް ކުރިހޯދައިފަަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

ސާފްގައި ވީއޭއާރް ބޭނުންކުރަނީ ވަކި މެޗުތަކެއްގައި

އަންނަ މަހު ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކާއި ސެމީ އަދި ފައިނަލްގައި "ވީއޭއާރް ލައިޓް" ބޭނުންކުރުމަށް ވަނީ ނިންމާފައި. މި މުބާރާތުގެ މެޗުތަކުގެ ޓިކެޓެއް 10 ޑޮލަރަށް ވިއްކަން ހަމަޖެހިފައިވާއިރު، މިއީ މުބާރާތުގެ ހަރަދުތަކަށް ބަލާއިރު ބޮޑު އަގެއް ނޫން ކަމަށް ސާފްގެ ސެކްރެޓަރީ ޖެނެރަލް ކަޓޭލް ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox