މެންޗެސްޓާ ސިޓީގެ ސެމެންޔޯ ދެ މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް

Oct 20, 2026, 2:27 PM
ސިޓީން މި ސީޒަނުގައި ކުޅުނު މެޗެއްގެ ތެރެއިން ސެމެންޔޯ ބޯޅަ ހިފައިގެން.

ސިޓީން މި ސީޒަނުގައި ކުޅުނު މެޗެއްގެ ތެރެއިން ސެމެންޔޯ ބޯޅަ ހިފައިގެން.

މެންޗެސްޓާ (އޮކްޓޫބަރު 20) - މެންޗެސްޓާ ސިޓީ އަށް ކުޅެމުން އަންނަ ގާނާގެ ފޯވާޑް، އަންޓުއާން ސެމެންޔޯ، ދެ މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ. 

އުމުރުން 26 އަހަރުގެ ސެމެންޔޯގެ ކަކުލަށް އަނިޔާވީ، އިނގިރޭސި ޕްރިމިއާ ލީގުގައި މި ހަފްތާގައި މެންޗެސްޓާ ސިޓީން 3-2 އިން އިޕްސްވިޗް ޓައުން އަތުން މޮޅުވި މެޗުގަ އެވެ. އެ މެޗުގައި ސެމެންޔޯ އަށް އަނިޔާވެގެން އޭނާ ވަނީ 76 ވަނަ މިނިޓްގައި ބަދަލުކޮށްފަ އެވެ. 

އެ މެޗަށް ފަހު ހެދި ސެމެންޔޯގެ ސްކޭނުން ދައްކާ ގޮތުގައި އޮޕަރޭޝަނަކަށް ދާން ނުޖެހުނު ކަމުގައި ވިޔަސް އަނިޔާ އިން އެއްކޮށް ރިކަވާވެގެން ކުޅުމަށް އެނބުރި އަންނަން މަދުވެގެން އަށް ހަފްތާ ނަގާނެ އެވެ. 

"ސްކޭނަށް ފަހު ހަގީގަތުގައި ރިޕޯޓް އައީ އަހަރެމެން ބިރުގަތް މިންވަރަށް ބަލާއިރު ރަނގަޅަށް، އެކަމަކު، އަދިވެސް އޭނަ މަދުވެގެން އަށް ހަފްތާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ،" ޗެމްޕިއަންސް ލީގުގައި އޭއީކޭ އެތަންސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ސިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އެ ޓީމުގެ ކޯޗު، އެންޒޯ މަރެސްކާ ބުންޏެވެ. 

ސެމެންޔޯ އަށް އަނިޔާވި ނަމަވެސް އިޕްސްވިޗް މެޗުގައި އިންޖަރީގެ ހާސްކަމެއް ދިމާވި އާލިން ބްރައުޓް ހާލަންޑް ފިޓް ކަމަށް މަރެސްކާ ވަނީ ބުނެފަ އެވެ. 

ބޯންމައުތު ދޫކޮށް ޖެނުއަރީ ޓްރާންސްފާގައި ސިޓީ އަށް ސޮއިކުރި ސެމެންޔޯ، އެ ކްލަބާ އެކު، 2031 އާ ހަމައަށް ކޮންޓްރެކްޓް ހަދާފައިވެ އެވެ. ސިޓީން ސެމެންޔޯގެ ސޮއި ހޯދަން ޖުމްލަ އެކު، 68 މިލިއަން ޑޮލަރުގެ ފީއެއް ދައްކާނެ އެވެ. މި ސީޒަނުގައި ސެމެންޔޯ މިހާތަނަށް ޖަހާފައިވަނީ، ދެ ގޯލެވެ. އެއީ، ސަންޑަލެންޑް ކޮޅަށް ޖެހި ދެ ގޯލެވެ. 

ކުރިން ބްރިސްޓޯލް ސިޓީ އަށް ވެސް ކުޅުނު ސެމެންޔޯ، ސިޓީއާ ގުޅުނު ފަހުން އެ ޓީމަށް ޖުމްލަ އެކު، ކުޅެދިނީ 37 މެޗެެވެ. އެ މެޗުތަކުގައި އޭނާ ވަނީ 13 ލަނޑު ޖަހައި، ހަ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިޔެކިޔުންތައް ދޭން ޔުއެފާ އިން އިންފަންޓީނޯ އަށް މުހުލަތެއް

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމަށް ޔުއެފާ އިން ފީފާގެ ރައީސް އިންފަންޓީނޯ އަށް ދެ ހަފްތާގެ މުހުލަތެއް ދީ، އެމެރިކާގެ ކޯޓަކަށް މައްސަލަ ހުށަހަޅައިފިއެވެ. މީގެ ތެރޭގައި ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލުމުގެ މުއާމަލާތްތަކާއި، ބައެއް އެވޯޑްތައް ދިނުމުގައި އަމަލުކުރި ގޮތުގެ ތަފްސީލު ހޯދުމަށް ޔުއެފާ އިން ވަނީ ގޮވާލާފައެވެ.

ރޮނާލްޑޯ އަށް 30 ދުވަހުގެ ސަސްޕެންޝަނަކާއި ޖޫރިމަނާއެއް

ޕޯޗުގަލް ގައުމީ ޓީމުގެ ކޭމްޕް އަމިއްލައަށް ދޫކޮށްދިޔަ މައްސަލައިގައި، ކްރިސްޓިއާނޯ ރޮނާލްޑޯ، 30 ދުވަހަށް ސަސްޕެންޑްކޮށް 285 ޑޮލަރުން ޖޫރިމަނާކުރުމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ނިންމައިފައި. ނަމަވެސް މި ސަސްޕެންޝަނުގެ ސަބަބުން އަންނަ މަހު އޮންނަ ބައިނަލްއަގުވާމީ މެޗުތަކުގައި އޭނާ ކުޅުމަކަށް ހުރަހެއް ނެތް ކަމަށް ބެލެވޭ

ފިނޮޅު ކައިރިން ވެލާ އިން ތަފާތު ބޮޑުކޮށް ނަތީޖާ އަނބުރާލައިފި

ރިސޯޓް ސުޕަ ލީގުގައި ވެލާ ޕްރައިވެޓް އައިލެންޑުން ފިނޮޅު އަތުން 10-1 ގެ ބޮޑު ތަފާތަކުން މޮޅުވެ، 12-4 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިފި. މީގެ އިތުރުން ސަން ސިޔާމް އޮޅުވެލި ވެސް ވަނީ ބަރޮސް ބަލިކޮށް ކުރިހޯދާފައިވާއިރު، މުބާރާތުގެ ފައިނަލަށް ސީދާ ހޮވޭނީ އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމު

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރަށް ރަނގަޅު ބަދަލު އާދޭ: ޓްރުޗާ

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ 10 ޓީމުން ވެސް ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރާތީ ލީގުގެ ފެންވަރު މަތިވަމުން އަންނަކަން މާޒިޔާގެ ކޯޗު ޓްރުޗާ ފާހަގަކޮށްފި. ބިދޭސީ ކުޅުންތެރިންނާއި ކޯޗުންގެ ސަބަބުން ޓީމުތަކުގެ ކުޅުމަށް ކުރިއެރުން ލިބެމުންދާއިރު، ލީގުގެ ފެންވަރު އިތުރަށް ފުރިހަމަވާނީ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ހާޒިރުވެގެން ކަމަށް ބުނި

އިންޑޯ ކޮމްޕްލެކްސްތަކުން ޖާގައިގެ ދަތިތަކަށް ހައްލުލިބޭނެ

ހުޅުމާލެ އާއި ވިލިމާލޭގައި ގާއިމްކުރާ އިންޑޯ ކޮމްޕްލެކްސްތަކުގެ ސަބަބުން ކުޅިވަރު ކުޅޭނެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ. މީގެ އިތުރުން މާލޭ ހޭންޑްބޯޅަ ކޯޓު ހިޔާކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމި، މުބާރާތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށް ވިދާޅުވި

ރިވައިވަލް އިން ޔޫރަޕްގެ ތިން މުބާރާތެއްގައި ވާދަކުރަނީ

ބީޑަބްލިއުއެފް އިން ރުހުން ދީފައިވާ ޔޫރަޕްގެ ތިން ބެޑްމިންޓަން މުބާރާތެއްގައި ވާދަކުރުމަށް ރިވައިވަލް ސްޕޯޓްސް އާއި ގައުމީ ސްކޮޑުގެ ފަސް ކުޅުންތެރިން ތައްޔާރުވެއްޖެ. މި މަހާއި އަންނަ މަހު ގްރީސް، ހަންގޭރީ އަދި ނޯވޭގައި ބާއްވާ މި މުބާރާތްތަކަކީ ރިވައިވަލް އިން މިއަހަރު ޔޫރަޕްގައި ކުރިއަށްގެންދާ ދެ ވަނަ ޓުއާ

އެމްބާޕޭގެ ދެ ގޯލާ އެކު ރެއާލުން ސެވިއްޔާ ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭ ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ދެ ގޯލާއެކު 4-1 އިން ސެވިއްޔާ ބަލިކޮށް، ރެއާލް މެޑްރިޑް ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި. ރެއާލްގެ އަނެއް ދެ ލަނޑު އާޑާ ގުލާ އާއި ޑިއޮމަންޑޭ ޖަހައިދިންއިރު، މި މޮޅާއެކު އެޓީމަށް ވަނީ ކުޅުނު ނުވަ މެޗުން 21 ޕޮއިންޓް ލިބިފައި.

Newsletter

Get the latest news delivered straight to your inbox