ޗެލްސީ އަތުން ބަލިވެ މެންޗެސްޓާ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

Oct 31, 2026, 7:29 PM
ޔުނައިޓެޑް ކޮޅަށް ލަނޑު ޖެހުމަށް ފަހު ޗެލްސީ ކުޅުންތެރިން އުފާފާޅުުކުރަނީ.

ޔުނައިޓެޑް ކޮޅަށް ލަނޑު ޖެހުމަށް ފަހު ޗެލްސީ ކުޅުންތެރިން އުފާފާޅުުކުރަނީ.

ލަންޑަން (އޮކްޓޫބަރު 31) -  އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސްވެއްޖެ އެވެ. 

ޗެލްސީ އަތުން ޔުނައިޓެޑަށް ބަލިވުމާ އެކު، 1988-1989 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ޔުނައިޓެޑުން މި ވަނީ މޮޅެއް ނުލިބި ޖެހިޖެހިގެން ނުވަ މެޗު ނިންމާލައިފަ އެވެ. މިއީ، މިދިޔަ 40 އަހަރު ތެރޭގައި ޔުނައިޓެޑަށް ލީގުގައި އެންމެ ދަށް ފެށުމެވެ. އަދި، މިދިޔަ 38 އަހަރު ތެރޭ އައި އެންމެ ދަށް ފޯމެވެ. 

ޗެލްސީ މެޗުގެ ނަތީޖާއާ އެކު ޔުނައިޓެޑް އޮތީ 16 ވަނައިގަ އެވެ. އެއީ، ނުވަ މެޗުން ލިބުނު ހަތް ޕޮއިންޓާ އެކު އެވެ. އަދި، ޗެލްސީ ވަނީ ނުވަ މެޗުން 16 ޕޮއިންޓް ހޯދައި، ހަތަރު ވަނަ އަށް ޖެހިލައިފަ އެވެ.

ސްޓެމްފޯޑް ބްރިޖުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީގެ ބްރެޒިލް ވިންގް އެސްޓެވާއޯގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ އެވެ. މި ހާފުގައި ޔުނައިޓެޑްގެ މަޓެއުސް ކޫންޏާ ޖެހި ގޯލެއް ވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. އަދި، ޔުނައިޓެޑަށް ލީޑުނަގައިދޭން، އަމަދު ޑިއާލޯ އަށް ރަނގަޅު ދެ ފުރުސަތަކާއި ބްރޫނޯ ފެނާންްޑޭސް އަށް ވެސް ފުރުސަތެއް ލިބި. ބޭނުމެއް ނުކުރެވުނެވެ. 

ޗެލްސީން މި މެޗުގައި ލީޑުނެގީ ދެ ވަނަ ހާފުގެ ފަސް ވަނަ މިނިޓްގަ އެވެ. މިއީ، މެޗުގެ 50 ވަނަ މިނިޓްގައި މޯގަން ރޮޖާސް ޖެހި ގޯލެކެވެ. ޗެލްސީގެ ރޮމެއޯ ލަވިއާ ދިން ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ، ރޮޖާސް ވަނީ ހަމަޖެހިލައިފައި ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. 

ޔުނައިޓެޑަށް މި މެޗުގައި އެންމެ ބޮޑު މައްސަލަ އެއް ދިމާވީ، 63 ވަނަ މިނިޓްގައި އެ ޓީމުގެ ޑިފެންޑަރު، ލިސަންޑްރޯ މާޓިނޭޒަށް ރަތެއް ދެއްކުމެވެ. އޭނާ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތެއް ދެއްކީ ޗެލްސީގެ ވެސްލީ ފޮފާނާ އަށް ނުރައްކާތެރި ފައުލެއް ކުރުމުން، ވީއޭއާރް އިން އަންގައިގެން ދަނޑު ކައިރީގައި ހުރި މޮނީޓަރުން ވެސް ބަލައިފަ އެވެ. އެ ފައުލަށް ދިން ޕެނަލްޓީން ޗެލްސީގެ ލީޑުފުޅާކޮށްދިނީ ކޯލް ޕާމާ އެވެ. 

ޗެލްސީ އަށް މެޗުގެ 71 ވަަނަ މިނިޓްގައި، ޕާމާ ދިން ބޯޅައަކުން އެސްޓެވާއޯ ވަނީ ތިން ވަނަ ލަނޑެއް ޖަހައިފަ އެވެ. އެކަމަކު، ވީއޭއާރް އިން ނިންމީ އޮފްސައިޑް ކަމަށެވެ. އޭގެ ފަހުން، އެސްޓެވާއޯ ޖެހި ޝޮޓެއް ޔުނައިޓެޑްގެ ކީޕަރު ސެން ލަމެންސް ވަނީ މަތަކޮށްފަ އެވެ. އަދި، ޔުނައިޓެޑްގެ ބްރަޔަން އެމްބެއުމޯ ޖެހި ބޯޅައެއް ޗެލްސީގެ ކީޕަރު، މައިކް ޕެންޑާސް ވަނީ މަތަކޮށްފަ އެވެ. 

މި ސީޒަނުގައި މިހާތަނަށް ޔުަނައިޓެޑުން ކުޅުނު 13 މެޗުގެ ތެރެއިން މޮޅުވީ ދެ މެޗުންނެވެ. އެއީ، ޕްރިމިއާ ލީގުަގައި އިޕްސްވިޗް ޓައުން އަތުންނާއި ޗެމްޕިއަންސް ލީގުގައި އަޒަރުބައިޖާންގެ ސަބާ އަތުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

ސާފްގައި ވީއޭއާރް ބޭނުންކުރަނީ ވަކި މެޗުތަކެއްގައި

އަންނަ މަހު ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކާއި ސެމީ އަދި ފައިނަލްގައި "ވީއޭއާރް ލައިޓް" ބޭނުންކުރުމަށް ވަނީ ނިންމާފައި. މި މުބާރާތުގެ މެޗުތަކުގެ ޓިކެޓެއް 10 ޑޮލަރަށް ވިއްކަން ހަމަޖެހިފައިވާއިރު، މިއީ މުބާރާތުގެ ހަރަދުތަކަށް ބަލާއިރު ބޮޑު އަގެއް ނޫން ކަމަށް ސާފްގެ ސެކްރެޓަރީ ޖެނެރަލް ކަޓޭލް ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox