އިންގްލެންޑްގެ އޮޑިޓަރުން މެންޗެސްޓާ ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

Oct 22, 2026, 8:07 AM
މެންޗެސްޓާ ސިޓީގެ މައްސަލައިގެ ޝުއޫރުފާޅުކުރަން ސަޕޯޓަރަކު ޕޯސްޓަރެއް ހިފައިގެން.

މެންޗެސްޓާ ސިޓީގެ މައްސަލައިގެ ޝުއޫރުފާޅުކުރަން ސަޕޯޓަރަކު ޕޯސްޓަރެއް ހިފައިގެން.

ލަންޑަން (އޮކްޓޫބަރު 22) - ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ)ގެ ގަވާއިދުތަކާ ހިލާފަށް މާލީ ކަންކަމުގައި މަކަރު ހެދުމުގެ 100 އަށް ވުރެން ގިނަ މައްސަލައެއް މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާއިރު، އެ މައްސަލައިގައި ސިޓީގެ އެކައުންޓްތައް އިނގިރޭސި އޮޑިޓަރުން ތަހުގީގުކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ. 

އިނގިރޭސި ސަރުކާރުގެ، ފައިނޭންޝިއަލް ރިޕޯޓިން ކައުންސިލް (އެފްއާރްސީ) އިން، ހައުސް އޮފް ކޮމަންސް ބިޒްނަސް ސިލެކްޓް ކޮމިޓީގައި ބުނެފައިވަނީ، ސިޓީ މައްސަލައާ ގުޅޭ ކަންތައްތަކެއް ދިރާސާކޮށް ތަހުގީގުކުރުމަށްޓަކައި، އިންސްޓިޓިއުޓް އެކައުންޓަންޓްސް އިން އިންގްލެންޑް އެންޑް ވޭލްސްއާ އެކު، މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ. 

އެކަަމަކު، މިހާތަނަށް މި ކަމުގެ އެއްވެސް ރަސްމީ ކަމެއް ފެށިކަމެއް މީޑިއާ އަށް ޔަގީންވެފައިނުވާއިރު، އެފްއާރްސީން އަންނަނީ މައްސަަލައިގެ ކަންކަން ބަލަމުންނެވެ. 

ކޮރަޕްޝަން ހިމެނޭ ގޮތަށް މަކަރު ހަދާފައިވާ 115 މައްސަލައިގެ ތެެރެއިން 114 މައްސަލައެއް ސިޓީގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ. އެކަމަކު، ސިޓީއާ މެދު އަޅާނެ ފިޔަވަޅެއް އަދި ނިންމާފައިނުވާއިރު، އެ ޓީމުގެ ޕޮއިންޓު އުނިކުރުމާއި ލީގުން ބޭރުކުރުމާއި ހޯދާފައިވާ ތަށިތައް އަތުލުން ފަދަ ފިޔަވަަޅުތައް ވެސް ހިމެނެ އެެވެ. ސިޓީން ވަނީ މި މައްސަަލައިގައި އެޕީލް ކުރުމަށް ލިބުނު ފުރުސަތުގެ ބޭނުންހިފައިފަ އެވެ. 

ޕްރިމިއާ ލީގުން ކަނޑައެޅި މިނިވަން ޕެނަލް، އިންޑިޕެންޑެންޓް ފުޓްބޯލް ރެގިއުލޭޓާ (އައިއެފްއާރް) އިން ކުރިއަށްގެންދިޔަ ތަހުގީގުން ސިޓީގެ މައްޗަށް ސާބިތުވި މައްސަލަތަކަށް ބަލާއިރު ހިމެނެނީ، 2009-2010 ސީޒަނުން ފެށިގެން 2017-2018 ވަނަ ސީޒަނުގެ ނިޔަލަށް ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމުގެ މައްސަަލަތަކާއި 2009-2010 އިން 2017-2018 ވަނަ ސީޒަނުގެ ނިޔަލަށް ކުޅުންތެރިންނާއި ކޯޗުންނަށް ދިން މުސާރަތަކުގެ ސީދާ ތަފްސީލް ނުދޭ މައްސަލަތަކާއި 2013-2014 އިން 2017-2018 އަށް ފައިނޭންޝިއަލް ފެއާޕްލޭގެ ޔުއެފާގެ މިންގަނޑާ ހިލާފުވެފައިވާ ފަސް މައްސަލަތައް އަދި 2015-2016 އިން 2017-2018 ޕްރިމިއާ ލީގުގެ ޕީއެސްއާރް ގަވާއިދާ ހިލާފުވެފައިވާ ކަމުގެ މައްސަލަ އެވެ. ދެން ހިމެނެނީ، މި ކަމާ ގުޅޭގޮތުން، އިނގިރޭސި ޕްރިމިއާ ލީގުގެ މާލީ ކަންކަމާ ބެހޭ ފަރާތްތަކުން ހިންގި ތަހުގީގަށް ޑިސެމްބަރު 2018 އިން ފެބްރުއަރީ 2023 އާ ހަމައަށް އެއްބާރުލުން ނުދީ މާލީ ކަންކަން ހާމަނުކުރި މައްސަލަ އެވެ.

މެންޗެސްޓާ ސިޓީ ހިންގުމާ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ މަހުޖަނު، ޝެއިހް މަންސޫރު، ސިޓީ ގަތީ 2008 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ. އެއީ, ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރު, ތަކްޝިން ޝިނަވަޓްރާ އަތުންނެވެ. އޭގެ ފަހުން، މަންސޫރުގެ ލީޑަޝިޕްގެ ދަށުން، ސިޓީ ފުޓްބޯލް ގްރޫޕްގެ ނަމުުގައި، ކުންފުންޏެއް ހަދައި، އެ ކުންފުނިން ދުނިޔޭގެ އެކި ބައްރުތަކުގައި އަންނަނީ ޓީމު ހިންގަމުންނެވެ.

ސިޓީގެ ވެރިޔާ، ޝެއިހް މަންސޫރަކީ، ޔޫއޭއީގެ ވައިސް ޕްރެޒިޑެންޓް އަދި ޑެޕިއުޓީ ޕްރައިމް މިނިސްޓަރެކެވެ. އިނގިރޭސި ބޮޑުވަޒީރަކަށް ހުންނެވި، އެންޑީ ބާންހަމް އަކީ، 2017 އިން ފެށިގެން، މި އަހަރުގެ ކުރީކޮޅާ ހަމައަށް ގްރޭޓާ މެންޗެސްޓާގެ މޭޔަރެވެ.

މީގެ ކުރިން، ބާންހަމް ދެ ފަހަރެއްގެ މަތިން، ޝެއިހް މަންސޫރާ އެކު، ޕްރައިވެޓް ބައްދަލުވުންތަކެއް ބާއްވާފައިވާ ކަމުގެ ލިޔުންތަކެއް އިނގިރޭސި މީޑިއާގައި ވަނީ ދައުރުވާން ފަށައިފަ އެވެ. އަދި، ސިޓީ މައްސަލަަައިގައި، މި ފަހުން ބާންހަމް ވާހަކަ ދެއްކެވި ގޮތުން، އެ މައްސަލައިގައި ސިޓީ އަށް ބޮޑު އަދަބެއް ނާންނާނެ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އެހެންވެ، ޔޫއޭއީ ސަރުކާރުގެ ނުފޫޒު ސިޓީ މައްސަލަ އަށް ވަނުމުގެ ފުރުސަތު އެބައޮތެވެ. 

ސިޓީ އަށް ދޭނެ އަދަބެއް، މި އަހަރުގެ ނިޔަަލަށް ނޫނީ، ޖެނުއަރީ މަސް ނިމުމުގެ ކުރިން ފައިނަލް ވާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ވިއްސާރައާ ހެދި ބުރު އާއި ނިއު މެޗު ފަސްކުރަން ޖެހިއްޖެ

މޫސުން ގޯސްވެ ގަލޮޅު ދަނޑުގައި ފެންބޮޑުވުމުގެ ސަބަބުން، ދިވެހި ޕްރިމިއާ ލީގުގައި މިރޭ ނިއު ރޭޑިއަންޓާއި ބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރަން އޮތް މެޗު އެފްއޭއެމް އިން ފަސްކޮށްފި. މިއަދު ހަވީރު ކުޅުނު މެޗަށްވެސް ވިއްސާރައިގެ އަސަރުކޮށްފައިވާއިރު، މިރޭގެ މެޗު ފަސްކުރަން ނިންމީ މެޗު ކުޅެވޭނެ ފަދަ ހާލަތެއް ދަނޑުގައި ނެތުމުން.

އޮޑި އާއި އީގަލްސްގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު 0-0 އިން އެއްވަރުވުމުން، ލީގުގެ އެއް ވަނަ އަށް އެރުމަށް އީގަލްސް އަށް ލިބުނު ފުރުސަތު ގެއްލުނު. ވިއްސާރައިގެ ސަބަބުން ކުޅުމަށް ހުރަސްތަކެއް ކުރިމަތިވި މި މެޗުގައި، ދެ ޓީމުން ލަނޑެއް ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުނުވީ ދެ ޓީމުގެ ކީޕަރުންގެ ކުޅުން ރަނގަޅުވުމުން

ކްވަރަޝްކޭލިއާ އަށް ސީޒަން ނިމުމުގެ ބިރު

ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުގައި ޕީއެސްޖީގެ ކްވަރަޝްކޭލިއާގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން އޭނާއަށް މި ސީޒަން ނިމިއްޖެ. ޓެސްޓްތަކުން ދައްކާގޮތުގައި އޭނާގެ އޭސީއެލް އިރައިގެން ގޮސްފައިވާއިރު، މި އަނިޔާއިން ރަނގަޅުވުމަށް ގާތްގަނޑަކަށް 6 މަހާއި 9 މަހާ ދެމެދުގެ މުއްދަތެއް ނަގާނެ

އިންގްލެންޑުން ރިޓަޔާނުކުރާ ކަމަށް ހެންޑަސަން ބުނެފި

މިހާރު ޗެލްސީއަށް ކުޅެމުން އަންނަ ތަޖުރިބާކާރު މިޑްފީލްޑަރު ހެންޑަސަން، އިންގްލެންޑް ގައުމީ ޓީމުން ރިޓަޔާނުކުރާ ކަމަށާއި އަދިވެސް ގައުމީ ޓީމަށް ކުޅުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް ބުނެފި. އޭނާ ގަބޫލުކުރާ ގޮތުގައި ޗެލްސީގައި ރަނގަޅު ކުޅުމެއް ދައްކައިގެން އަދިވެސް އެންމެ މަތީ ފަންތީގައި ގައުމީ ޓީމަށް ޚިދުމަތް ކުރުމުގެ ފުރުސަތު އޭނާއަށް އެބައޮތް

އިހުތިރާމް ކުރާތީ ފަބްރެގަސް ސުވާލަކަށް ޖަވާބު ނުދިން

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދޭން ކޯމޯގެ ކޯޗު ސެސްކް ފަބްރެގަސް ދެކޮޅުހަދައިފި. ފަބްރެގަސް ބުނީ މިވަގުތު ޔުނައިޓެޑްގެ ކޯޗަކަށް ހުރި މައިކަލް ކެރިކަށް އިހުތިރާމް އަދާކުރުމުގެ ގޮތުން އެ ސުވާލަށް ޖަވާބުދޭން ބޭނުންނުވާ ކަމަށް

ނިއު އަކީ ވަރުގަދަ ޓީމެއް ވިޔަސް ބުރަށް ވާދަކުރެވޭނެ

ނިއު ރޭޑިއަންޓަކީ ވަރުގަދަ ޓީމެއް ނަމަވެސް، ބުރު ސްޕޯޓްސް ކްލަބުން އެ ޓީމާ ދެކޮޅަށް ރަނގަޅު ވާދައެއްކޮށް ކާމިޔާބު ހޯދޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ކޯޗު ރޮޑްރިގޭޒް ބުނެފި. ކޯޗު ފާހަގަކުރި ގޮތުގައި ޓީމުގެ ކުޅުން ދުވަހުން ދުވަހަށް ކުރިއަރަމުން އަންނާތީ، ކޮންމެ ޓީމެއް އަތުންވެސް މޮޅުވެވޭނެ ކަމުގެ އިތުބާރު މިހާރު އެބައޮތް

ލިވަޕޫލަށް ތަފާތު މޮޅެއް، ޕީއެސްޖީން ބާސެލޯނާ ބަލިކޮށްފި

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ޕީއެސްޖީން 4-2 އިން ބާސެލޯނާ ބަލިކުރިއިރު، ލިވަޕޫލުން ވަނީ ފަހަތުން އަރައި 4-3 އިން ވިޔަރެއާލްގެ މައްޗަށް ކުރިހޯދާފައި މީގެ އިތުރުން މެންޗެސްޓާ ސިޓީން 5-1 އިން އޭއީކޭ އެތަންސް ބަލިކުރިއިރު، އެ މެޗުގައި ފިލް ފޯޑެން ވަނީ ހެޓްރިކެއް ހަދާފައި

Newsletter

Get the latest news delivered straight to your inbox