ވިލާ އިން ސިޓީގެ ރެކޯޑް ނިމުމަކަށް، އާސެނަލް ފައިދާނަގައިފި

Oct 24, 2026, 9:02 PM
އިނގިރޭސި ޕްރިމިއާ ލީގުގައި އެވަޓަން ކޮޅަށް ލަނޑު ޖެހުމަށް ފަހު އާސެނަލް ކުޅުންތެރިން އުފާފާޅުކުރަނީ.

އިނގިރޭސި ޕްރިމިއާ ލީގުގައި އެވަޓަން ކޮޅަށް ލަނޑު ޖެހުމަށް ފަހު އާސެނަލް ކުޅުންތެރިން އުފާފާޅުކުރަނީ.

ލަންޑަން (އޮކްޓޫބަރު 24) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އެސްޓަން ވިލާ އަތުން 2-1 އިން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އެވަޓަން އަތުން 2-0 އިން މޮޅުވެ، އާސެނަލުން ނަގައިފި އެެވެ. 

މި ނަތީޖާތަކާ އެކު ވެސް ސިޓީ އަދިވެސް އޮތީ ލީގުގެ އެއް ވަަނައިގަ އެވެ. އެއީ، ލަނޑުގެ ތަފާތުންނެވެ. ސިޓީ އަށް މެޗުން 21 ޕޮއިންޓް ލިބިފައިވާއިރު، ފައިދާ ގޯލުގެ ގޮތުގައި 11 ގޯލު އެބައޮތެވެ. އާސެނަލުން އަށް މެޗުން 21 ޕޮއިންޓާ އެކު، ފައިދާ ގޯލުގެ ގޮތުގައި އޮތީ އަށް ލަނޑެވެ. 

ސިޓީގެ ކޯޗު، އެންޒޯ މަރެސްކާ، ޓީމަކާ ހަވާލުވެ، އާ ސީޒަނެއްގައި ލީގުގެ ފުރަތަމަ ހަތް މެޗުން މޮޅުވި ފުރަތަމަ ކޯޗަށެވެ. އެކަމަކު، އަށް ވަނަ މެޗުގައި މި ވަނީ އުނާއި އެމެރީގެ ކޯޗުކަމުގައި ކުޅެމުން އަންނަ ވިލާ އަތުން ބަލިވެފަ އެވެ. 

ވިލާ ޕާކުގައި ކުޅުނު މެޗުގައި އެ ޓީމުން ލީޑުނެގީ ހަ ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ ޖޯން މެކްގިން ދިން ބޯޅައަކުން ނިކޮލަސް ޖެކްސަން އެެވެ. އެ ލަނޑާ އެކު ވިލާ އިން ފުރަތަމަ ހާފުގައި ލީޑުގައި އޮވެ ނިންމާލިއިރު، ސިޓީން ވަނީ ދެ ވަނަ ހާފު ފަށައިގެން ހަތް ވަނަ މިނިޓްގައި ލަނޑު ޖަހައި އެއްވަރުކޮށްފަ އެވެ. މި ލަނޑު ޖެހީ އިލިމަން އެންޑިއާއޭ ދިން ބޯޅައަކުން އާލިން ބްރައުޓް ހާލަންޑް އެވެ. 

އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު

މެޗުން ވިލާ މޮޅުކޮށްދިން ލަނޑު ޖެހީ ވެސް މި ސީޒަނުގައި ޗެލްސީ ދޫކޮށް ވިލާއާ ގުޅުނު ޖެކްސަން އެވެ. މިއީ ބަދަލަކަށް ކުޅެން އަރައި، އިބްރާހިމް އެމްބާއޭ ދިން ބޯޅައަކުން ޖެކްސަން ވަނީ ސިޓީގެ ކީޕަރު ޖިއަންލުއީޖީ ޑޮނަރުންމާ އަތްދަށުން ގޯލަށް ބޯޅަ ވައްދާލައިފަ އެވެ. 

އެމިރޭޓްސް ސްޓޭޑިއަމްގައި އާސެނަލުން އެވަޓަން އަތުން މޮޅުވިއިރު، ގޯލުތައް ޖެހީ ކޮންމެ ހާފެއްގައި ލަނޑެކެވެ. 

އެ ގޮތުން، މެޗު ފަށައިގެން ހަތް ވަނަ މިނިޓްގައި އާސެނަލްގެ ލަނޑު ޖެހީ އެޒްރީ ކޮންސާ އެވެ. މިއީ، ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގައި ކުޑަ އޭރިއާތެރެއިން ލިބުނު ބޯޅައެއް ގޯލަށް ފޮނުވާލައިގެން ކޮންސާ ޖެހި ގޯލެކެވެ. މިއީ، ވިލާ ދޫކޮށް އާސެނަލާ ގުޅުނު ކޮންސާ އެ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ. 

އެވަޓަން އިން ނަތީޖާ ހަަމަހަމަ ކުރެވޭތޯ ކުރިއަށް ޖެހިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދިޔައިރު، އާސެނަލުން ދިޔައީ އެވަޓަންގެ އެޓޭކްތައް ހުއްޓުވުމުގައި ކާމިޔާބު ހޯދަމުންނެވެ. އާސެނަލުން މެޗުގައި ދެ ވަނަ ލަނޑު ޖެހީ ދެ ވަަނަ ހާފުގަ އެވެ. މިއީ، 68 ވަނަ މިނިޓްގައި ބެން ވައިޓް ދިން ބޯޅައަކުން ގަބްރިއެލް މަގާޅައެސް ޖެހި ލަނޑެކެވެ. މިއީ، މަގާޅައެސް، ޕްރިމިއާ ލީގުގައި ކުޅުނު 200 ވަނަ މެޗެވެ. 

ލީގުގައި މިރޭ ކުޅުނު މެޗުން ކަވެންޓްރީ ސިޓީ ދަނޑުގައި ފުލަމް ވަނީ 1-0 އިން މޮޅުވެފަ އެވެ. މި މެޗުގައި ކަވެންޓްރީ ކޮޅަށް ފުލަމްގެ ހަމައެކަނި ލަނޑު ޖެހީ އޮސްކާ ބޮބް އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

މާޒިޔާ އާއި ނިއު ރޭޑިއަންޓް ވަރުގަދަ ފެށުމާ އެކު ކުރިއަށް

އެފްއޭއެމް ވިމެންސް ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުން މޮޅުވެ، މާޒިޔާ އާއި ނިއު ރޭޑިއަންޓުން މުބާރާތުގެ ވަރުގަދަ ފެށުމެއް ދަމަހައްޓައިފިއެވެ. މިހާތަނަށް ކުޅުނު މެޗުތަކުން ދެ ޓީމަށްވެސް ހަ ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން ތާވަލުގެ އެއްވަނައިގައި އޮތީ ނިއު ރޭޑިއަންޓެވެ. މި މުބާރާތުގެ ފޯރިގަދަ މެޗެއްގައި އަންނަ އާދިއްތަ ދުވަހު ނިއު އާއި މާޒިޔާ ބައްދަލުކުރާނެއެވެ.

ސިޓީއާ ޔުނައިޓެޑުން އަރާހަމަކުރާނެ ކަމަށް ޕޮޗެޓީނޯ ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވެ، މައުރީސިއޯ ޕޮޗެޓީނޯ ބުނީ އެ ސަރަހައްދުގެ އެންމެ ކާމިޔާބު ޓީމަކަށް އަލުން ޔުނައިޓެޑް ހަދައި، ސިޓީގެ ކުރި ހޯދާނެ ކަމަށް. ލީގުގެ 18 ވަނައިގައި އޮތް ޔުނައިޓެޑްގެ ހާލަތު ބަދަލުކުރަން ވަގުތު ބޭނުންވާނެ ކަމަށާއި، ނަމަވެސް ފުރަތަމަ ދުވަހުން ފެށިގެން އެ މަސައްކަތް ކުރާނެ ކަމަށް އޭނާ ވަނީ ބުނެފައި.

އެމްއައިބީން ގައުމީ ބިލިއާޑު ޗެމްޕިއަންކަން ހޯދައިފި

ޤައުމީ ބިލިއާޑް މުބާރާތުގެ ފައިނަލުގައި ދިވެހި ސިފައިންގެ ކްލަބް 3-2 އިން ބަލިކޮށް، މޯލްޑިވްސް އިސްލާމިކް ބޭންކް (މިބްސާ) އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. ޖުމްލަ 10 ޓީމު ވާދަކުރި މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 30,000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައި.

ލުކާކޫ، 16 އަހަރަށް ފަހު ބެލްޖިއަމް ޓީމުން ރިޓަޔާކޮށްފި

ބެލްޖިއަމްގެ ގައުމީ ޓީމަށް 16 އަހަރު ކުޅެދިނުމަށްފަހު، އެ ގައުމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ރޮމެލޫ ލުކާކޫ ބައިނަލްއަގުވާމީ ފުޓްބޯޅައިން ރިޓަޔާކޮށްފި. ޖުމްލަ 135 މެޗުން 94 ލަނޑު ކާމިޔާބުކޮށްފައިވާ ލުކާކޫ އަކީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ފަސްވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އިތުރުން ޔޫރޯ ކޮލިފައިންގެ ރެކޯޑް އޮތް ކުޅުންތެރިޔާ

ލިބުނީ މަދު ވަގުތުކޮޅެއް، ޝަކުވާނުކޮށް ހޯދައިދިނީ ސާފްގެ ތަށި!

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި އިންޑިއާ ޓީމަށް ތައްޔާރުވާން މަދު ވަގުތުކޮޅެއް ލިބުނުއިރު، މުބާރާތުގެ ތެރެއިން މުހިންމު ކުޅުންތެރިންތަކެއް ޓީމުން ވަކިވުމުން ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު. ނަމަވެސް ކޯޗު ނައުޝާދުގެ އިރުޝާދުގެ ދަށުން، ޒުވާން ކުޅުންތެރިންނަށް އިތުބާރުކޮށްގެން އިންޑިއާ އިން ވަނީ ޝަކުވާއެއް ނެތި ތަށި ހޯދާފައި

ސާފް ޗެމްޕިއަންޝިޕްގެ ފެއާ ޕްލޭ އެވޯޑް ރާއްޖެ އަށް

ބަންގްލަދޭޝްގައި ނިމުނު ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ، މުބާރާތުން ކެޓި ނަމަވެސް، މުޅި މުބާރާތުގެ ފެއާޕްލޭ އެވޯޑް ރާއްޖެއަށް ވަނީ ލިބިފައި. މިއީ ލަނޑެއް އަދި ޕޮއިންޓެއް ނުލިބި ރާއްޖެ މި މުބާރާތުން ކެޓި ފުރަތަމަ ފަހަރު ކަމަށްވާއިރު، މިއީ ސާފް ޗެމްޕިއަންޝިޕްގެ ތާރީޚުގައި ރާއްޖެއަށް ލިބުނު އެންމެ ދަށް ނަތީޖާއ

ރިވައިވަލް ބެޑްމިންޓަން ޗެލެންޖް ތަށި ހައިޝަމް އާއި ނަބާ އަށް

އެމްއައިބީ ރިވައިވަލް ބެޑްމިންޓަން ޗެލެންޖުގެ ފިރިހެން ސިންގަލްސް ތަށި ހައިޝަމް އިބްރާހިމް އަލީ ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ ފާތިމަތު ނަބާހާ އެވެ. މި މުބާރާތުގެ ފިރިހެން ޑަބަލްސް ޒަޔާން އާއި ނިބާލް ކާމިޔާބުކުރިއިރު، އަންހެން ޑަބަލްސް ތަށި ހޯދީ ނަބާ އާއި ނަބީހާގެ ޕެއާ އިންނެވެ.

Newsletter

Get the latest news delivered straight to your inbox