ތިލަމާލެ ބްރިޖުން ވިލިމާލެ އާއި ގުޅީފަޅު ގުޅާލައިފި

އޮކްޓޯބަރު 30، 2026: ތިލަމާލެ ބްރިޖުން ވިލިމާލެ އާއި ގުޅީފަޅު ގުޅާލައިފި

އޮކްޓޯބަރު 30، 2026: ތިލަމާލެ ބްރިޖުން ވިލިމާލެ އާއި ގުޅީފަޅު ގުޅާލައިފި

މާލެއިން ތިލަފުށްޓާ ދެމެދު ގުޅާލާ، ތިލަމާލެ ބްރިޖުގެ، ވިލިމާލެ އާއި ގުޅީފަޅާ ދެމެދުގެ މައި އޮނިގަނޑު ނިންމައި އެ ދެ ރަށް ގުޅާލައިފި އެވެ. 

އިންފްރާސްޓްރަކަޗާ މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ވިލިމާލެ އާއި ގުޅީފަޅު ގުޅާލީ އިއްޔެ އެވެ. އެހެންކަމުން މިހާރު މާލެއިން ފެށިގެން ގުޅީފަޅަށް މިހާރު ވަނީ ގުޅާލެވިފަ އެވެ. 

އެމްޑީޕީގެ ސަރުކާރުން ތިލަމާލެ ބްރިޖު އެޅުމުގެ އެއްބަސްވުމުގައި އިންޑިއާގެ އެފްކޮންސް ކުންފުންޏާއެކު ސޮއިކުރީ ސެޕްޓެމްބަރު 16، 2021 ގަ އެވެ. ފުރަތަމަ އެއްބަސްވީ މެއި 17، 2024 ގެ ނިޔަލަށް މުޅި މަޝްރޫއު ނިންމުމަށެވެ. ނަމަވެސް ފަހުން ތާރީހު ބަދަލުކޮށް، ސެޕްޓެމްބަރު 30، 2026 ގައި މަސައްކަތް ނިންމަން އޮތީ އެއްބަސްވެފަ އެވެ. 

އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު، ބްރިޖުގެ ކަނޑުއަޑީގެ ޖިއޯޓެކްނިކަލް ސަވޭތަކާއި ބޯހޯލް ތޮރުފުމުގެ މަސައްކަތްތައް 2022 ގައި ކުރިއަށް ދިޔައެވެ. އަދި ގުޅީފަޅުގައި ބްރިޖުގެ ސެގްމަންޓްތައް ހަދާނެ ސަރަހައްދު ގާއިމުކުރި އެވެ. 

 ގުޅީފަޅު ސައިޓްގައި ސްޕަ-ސްޓްރަކްޗާ އަދި ޕްރީކާސްޓް ސެގްމަންޓްތައް ތައްޔާރުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް ދިޔައެވެ. ތިލަމާލެ ބްރިޖު ހަދަން ކަނޑުގައި ޖަހާ ތަނބުތައް ފެއްތުމުގެ މަސައްކަތް ފެށީ އޮގަސްޓް 18، 2023 ވަނަ ދުވަހު އެވެ. އޭގެ ކުރިން ވިލިމާލޭ ސަރަހައްދުގައި މަސައްކަތްތަކާއި މާލޭ ކޮޅުން ބުރިޖުގެ މަސައްކަތްތައް އޮތީ ފަށާފަ އެވެ. އޭގެއިތުރުން ބްރިޖުގެ އެއްގަމުގައި ޖަހާ ހަތަރު ތަނބެއް ޕައިލްކޮށް ކެޕް އެޅުމުގެ މަސައްކަތް ފެށީވެސް އެމްޑީޕީގެ ވެރިކަމުގައި ފެބްރުއަރީ 2023، ގަ އެވެ.  

ނަމަވެސް، ތިލަމާލެ ބްރިޖްގެ މަސައްކަތް ފެށީ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ކަމަށް ވިދާޅުވެ، ހަގީގަތް އޮޅުވާލަން އެމަނިކުފާނު ވަނީ މަސައްކަތް ކުރައްވައިފަ އެވެ.

ދަ ޕަލްސް ޕްރޮގްރާމުގައި މުއިއްޒު ވިދާޅުވީ ތިލަމާލެ ބްރިޖުގެ މަސައްކަތް މި ސަރުކާރުން އައިސް ފެށީ ގާތްގަނޑަކަށް ސުމަކުންނެވެ. އެގޮތުން ބްރިޖުގެ އެއްވެސް ތަނބެއްވެސް އެމްޑީޕީގެ ސަރުކާރުގައި ޖެހިފައި ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.  

"މާލެ އާއި ވިލިގިއްޔާ ދޭތެރޭގައި މިސާލަކަށް ހަމަ ގާތްގަނޑަކަށް އެއްވެސް ކަމެއް ނެތޭވެސް ދެންނެވިދާނެ. ވަރަށް މަދު މަސައްކަތްތަކެއް ހުރީ. ތަނބުތަކެއްވެސް ޖެހި އެކަހަލަ ކަމެއްވެސް ނެތް އެގޮތުން ބަލާއިރު ހިންގިފައެއް،" މުއިއްޒު ވިދާޅުވި އެވެ. 

"އެހެންވީމަ އަޅުގަނޑު ދަންނަވަންޏާ ގާތްގަނޑަކަށް ސުމަކުން ފެށި މަޝްރޫއެކޭވެސް ދެންނެވިދާނެ އަމަލީ މަސައްކަތް. އޭގެކުރިން އެކަމަކު ދިޔަ އެތައް ދުވަސްތަކެއް ދެ އަހަރަށްވުރެ ގިނަ ދުވަސް މި ޕްރޮޖެކްޓްގެ މަސައްކަތް ފެށުނުފަހުން."

ނަމަވެސް، ރެކޯޑްތަކާއި، ސަރުކާރުގެ ބަޔާންތަކާއި، މީޑިއާތަކުގައި ޝާއިއުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ސަރުކާރު ވެރިކަމާ ހަވާލުވީއިރު ބްރިޖުގެ އަމަލީ މަސައްކަތް އޮތީ ފެށިގެން ކުރިއަށް ގޮސްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox