ތިލަމާލެ ބްރިޖު ފެށީ އެމަނިކުފާނު ކަމަށް ވިދާޅުވެ މުއިއްޒު ހަގީގަތް އޮޅުވާލަނީ

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދާގޮތް މުއިއްޒު ބައްލަވާލެއްވުން -- ފޮޓޯ: ރައީސް އޮފީސް

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދާގޮތް މުއިއްޒު ބައްލަވާލެއްވުން -- ފޮޓޯ: ރައީސް އޮފީސް

ނިމިދިޔަ އެމްޑީޕީ ސަރުކާރުން އިންޑިއާގެ އެހީތެރިކަމާއެކު މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލުމަށް އަޅަން ފެށި ތިލަމާލެ ބްރިޖްގެ މަސައްކަތް ފެށީ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ކަމަށް ވިދާޅުވެ، ހަގީގަތް އޮޅުވާލަން އެމަނިކުފާނު މަސައްކަތް ކުރައްވައިފި އެވެ. 

ދަ ޕަލްސް ޕްރޮގްރާމުގައި މުއިއްޒު ވިދާޅުވީ ތިލަމާލެ ބްރިޖުގެ މަސައްކަތް މި ސަރުކާރުން އައިސް ފެށީ ގާތްގަނޑަކަށް ސުމަކުންނެވެ. އެގޮތުން ބްރިޖުގެ އެއްވެސް ތަނބެއްވެސް އެމްޑީޕީގެ ސަރުކާރުގައި ޖެހިފައި ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.  

"މާލެ އާއި ވިލިގިއްޔާ ދޭތެރޭގައި މިސާލަކަށް ހަމަ ގާތްގަނޑަކަށް އެއްވެސް ކަމެއް ނެތޭވެސް ދެންނެވިދާނެ. ވަރަށް މަދު މަސައްކަތްތަކެއް ހުރީ. ތަނބުތަކެއްވެސް ޖެހި އެކަހަލަ ކަމެއްވެސް ނެތް އެގޮތުން ބަލާއިރު ހިންގިފައެއް،" މުއިއްޒު ވިދާޅުވި އެވެ. 

"އެހެންވީމަ އަޅުގަނޑު ދަންނަވަންޏާ ގާތްގަނޑަކަށް ސުމަކުން ފެށި މަޝްރޫއެކޭވެސް ދެންނެވިދާނެ އަމަލީ މަސައްކަތް. އޭގެކުރިން އެކަމަކު ދިޔަ އެތައް ދުވަސްތަކެއް ދެ އަހަރަށްވުރެ ގިނަ ދުވަސް މި ޕްރޮޖެކްޓްގެ މަސައްކަތް ފެށުނުފަހުން."

ނަމަވެސް، ރެކޯޑްތަކާއި، ސަރުކާރުގެ ބަޔާންތަކާއި، މީޑިއާތަކުގައި ޝާއިއުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ސަރުކާރު ވެރިކަމާ ހަވާލުވީއިރު ބްރިޖުގެ އަމަލީ މަސައްކަތް އޮތީ ފެށިގެން ކުރިއަށް ގޮސްފަ އެވެ.

އެމްޑީޕީގެ ސަރުކާރުން ތިލަމާލެ ބްރިޖު އެޅުމުގެ އެއްބަސްވުމުގައި އިންޑިއާގެ އެފްކޮންސް ކުންފުންޏާއެކު ސޮއިކުރީ ސެޕްޓެމްބަރު 16، 2021 ގަ އެވެ. ފުރަތަމަ އެއްބަސްވީ މެއި 17، 2024 ގެ ނިޔަލަށް މުޅި މަޝްރޫއު ނިންމުމަށެވެ. ނަމަވެސް ފަހުން ތާރީހު ބަދަލުކޮށް، ސެޕްޓެމްބަރު 30، 2026 ގައި މަސައްކަތް ނިންމަން އޮތީ އެއްބަސްވެފަ އެވެ. 

އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު، ބްރިޖުގެ ކަނޑުއަޑީގެ ޖިއޯޓެކްނިކަލް ސަވޭތަކާއި ބޯހޯލް ތޮރުފުމުގެ މަސައްކަތްތައް 2022 ގައި ކުރިއަށް ދިޔައެވެ. އަދި ގުޅީފަޅުގައި ބްރިޖުގެ ސެގްމަންޓްތައް ހަދާނެ ސަރަހައްދު ގާއިމުކުރި އެވެ. 

ބްރިޖުގެ މަންޒަރު ދައްކާލައިފި، މި އަހަރު ގުޅިފަޅާ ގުޅާލާނެ!

އިންޑިއާގެ އެފްކޮންއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ 6.7 ކިލޯމީޓަރުގެ ބްރިޖު އަންނަ އަހަރުގެ މެއި މަހުގެ ނިޔަލަށް ތިލަފުއްޓާ ގުޅާލާނެ. ބްރިޖު މަސައްކަތުގެ މައި ސައިޓަކީ ގުޅިފަޅު. އެ ސަހަރުގައި ބްރިޖުގެ ބިޔަ މަސައްކަތްތައް ކުރިއަށްދޭ.

ގުޅީފަޅު ސައިޓްގައި ސްޕަ-ސްޓްރަކްޗާ އަދި ޕްރީކާސްޓް ސެގްމަންޓްތައް ތައްޔާރުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް ދިޔައެވެ. ތިލަމާލެ ބްރިޖު ހަދަން ކަނޑުގައި ޖަހާ ތަނބުތައް ފެއްތުމުގެ މަސައްކަތް ފެށީ އޮގަސްޓް 18، 2023 ވަނަ ދުވަހު އެވެ. އޭގެ ކުރިން ވިލިމާލޭ ސަރަހައްދުގައި މަސައްކަތްތަކާއި މާލޭ ކޮޅުން ބުރިޖުގެ މަސައްކަތްތައް އޮތީ ފަށާފަ އެވެ. އޭގެއިތުރުން ބްރިޖުގެ އެއްގަމުގައި ޖަހާ ހަތަރު ތަނބެއް ޕައިލްކޮށް ކެޕް އެޅުމުގެ މަސައްކަތް ފެށީވެސް އެމްޑީޕީގެ ވެރިކަމުގައި ފެބްރުއަރީ 2023، ގަ އެވެ.

މުއިއްޒުގެ ސަރުކާރުން ނޮވެމްބަރު، 2023، ގައި ބޭއްވި ސަރުކާރުގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އޭރުގެ އަންޑާ ސެކެޓްރީ މުހައްމަދު ފިރުޒުލް ވިދާޅުވީ ތިލަމާލެ ބްރިޖުގެ 23 ޕަސަންޓު މަސައްކަތް ނިމިފައިވާ ކަމަށެވެ. 

މި ސަރުކާރުން ބްރިޖުގެ މަސައްކަތް ފެށީ ގާތްގަނޑަކަށް ސުމަކުން ކަމަށް މުއިއްޒު ވިދާޅުވިއިރު، އެ މަނިކުފާނު ވެރިކަމަށް ވަޑައިގެން ކެބިނެޓްގެ މިނިސްޓަރުންނާއި މީޑިއާތައް ގޮވައިގެން ބްރިޖްގެ މަސައްކަތް ބައްލަވާލަން ވަޑައިގަތެވެ. 

 މޫސުމީ ކަންކަމާއި އެކި ސަބަބުތަކާ ހުރެ ބްރިޖުގެ މަސައްކަތް ލަސްވުމާ ގުޅިގެން، ކުރީގެ ސަރުކާރުން ވަނީ މަޝްރޫއު ނިންމުމުގެ މުއްދަތު ސެޕްޓެމްބަރު 30، 2026 އަށް އިތުރުކޮށްދީފަ އެވެ. އެ ވަގުތާ ހަމައަށް މުޅި މަޝްރޫއުގެ 29 ޕަސެންޓް މަސައްކަތް އޮތީ ނިމިފައި ކަމަށް މި ސަރުކާރުގެ އިންފްރާސްޓަރަކްޝާ މިނިސްޓަރު އަބްދުﷲ މުއްތަލިބް ވިދާޅުވެފައިވެ އެވެ.    

އިންޑިއާގެ އެފްކޮންސްއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ މަސައްކަތް 2024 ގެ މެއި މަހުގެ ނިޔަލަށް ނިންމަން އަމާޒު ހިފި ނަމަވެސް، އެކި ސަބަބުތަކާ ގުޅިގެން ޓައިމްލައިނަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ.

މިގޮތުން ވިލިމާލެއާ ހަމައަށް ބްރިޖުގެ މަސައްކަތް ނިންމަން ކަނޑައަޅާފައި އޮތީ މާޗު 31، 2026 އަށެވެ. އަދި، ގުޅީފަޅުން ތިލަފުށްޓަށް ބްރިޖު ގުޅާލަަން ހަމަޖެހިފައި އޮތީ ސެޕްޓެމްބަރު 30، 2026 އަށެވެ. ނަމަވެސް، މިދިޔަ އެޕްރީލް މަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ އެ ތާރީހު އަންނަ އަހަރަށް ފަސްވެފައިވާ ކަމަށެވެ. ނަމަވެސް، ފަސްވީ ކޮން ތާރީހެއް ކަމެއް މުއިއްޒު ވިދާޅެއް ނުވެ އެވެ.

އިންޑިއާގެ އެހީތެރިކަމާއެކު އަޅާ ބްރިޖުގެ މަސައްކަތާ މެދު ހިތްހަމަނުޖެހޭ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

އިންޑިއާގެ އެހީގައި ކުރިއަށްގެންދާ ތިލަމާލެ ބްރިޖު މަޝްރޫއުގެ މަސައްކަތް ލަސްވުމުގެ ސަބަބުން އެކަމާ ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. ސަރުކާރުން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދެމުންދާއިރު، މަސައްކަތް ނިންމަން ކުރިން ކަނޑައެޅި ތާރީޚަށްވުރެ މިހާރު ވަނީ 2027 ވަނަ އަހަރާ ހަމައަށް މުއްދަތު އިތުރުވެފައެވެ.

ހުޅުމާލޭ ބްރިޖާ ހިލާފަށް ތިލަމާލޭގެ ބްރިޖްގެ މަސައްކަތް ކުރިއަށް ގެންދިޔައީ ތަފާތުކޮށެވެ. ބްރިޖްގެ ތަނބުތައް ޖެހުމާއި ގުޅުވާލާ ސްޕަ ސްޓަރަކްޗާތަކުގެ މަސައްކަތް ހުޅުމާލޭ ބްރިޖްގައި ގެންދިޔައީ ސީދާ ބްރިޖް ސައިޓްގަ އެވެ.

ނަމަވެސް ތިލަމާލޭ ބްރިޖްގެ ޕްރީފެބް ސްޕަސްޓަރަކްޗާތައް ހެދުމުގެ މަސައްކަތް ކުރަމުން ދިޔަ މަންޒަރު ކޮންމެ ދުވަހަކު މާލެ ވަށައި ބުރުޖަހާ މީހުންނަށް ނުފެނު ނަމަވެސް، ގުޅިފަޅުގައި އެ މަސައްކަތް ބާރަށް ކުރިއަށް ދިޔަ އެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު އެ މަސައްކަތުގެ ބޮޑުބައި އޮތީ ނިމިފައިކަން މީޑިއާގައި ޝާއިޢުކޮށްފައިވާ ފޮޓޯތަކުން ފެންނަން އެބަ ހުއްޓެވެ. 

ދަ ޕަލްސް ޕްރޮގްރާމުގައި މުއިއްޒު އިތުރަށް ވިދާޅުވީ ބްރިޖްގެ މަސައްކަތް މިހާރު ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި ބޭނުންވަނީ ވީހާވެސް އަވަހަށް މަޝްރޫއުގެ މަސައްކަތް ނިންމާލުމަށް ކަމަށެވެ. ނަމަވެސް މަޝްރޫއުގެ މަސައްކަތް ނިމޭނެ ތާރީހެއް އެމަނިކުފާނު ވިދާޅެއް ނުވެ އެވެ.

ގާތްގަނޑަކަށް 500 މިލިއަން ޑޮލަރު ހަރަދުކޮށްގެން ތަރައްގީކުރާ ތިލަމާލެ ބްރިޖުގެ ފަންޑިންގެ ބޮޑު ބަޔަކީ އިންޑިއާ އެގްޒިމް ބޭންކުން ނަގާފައިވާ ކްރެޑިޓު ލައިނެވެ. މި ކްރެޑިޓު ލައިނުން 400 މިލިއަން ޑޮލަރު ހަރަދުކުރާއިރު، އިންޑިއާ ސަރުކާރުން ވަނީ ހިލޭ އެހީގެ ގޮތުގައި 100 މިލިއަން ޑޮލަރު ދޭނެ ކަމަށް ބުނެފަ އެވެ.

ދިގުމިނުގައި 6.7 ކިލޯމީޓަރު ހުންނަ މި ބްރިޖު ތަރައްގީކުރަން ހަތް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox