ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް ޑިޖިޓަލްކޮށް ގޯތި ހަވާލުކުރަން ފަށައިފި

ގުޅީފަޅުން ބިން ހަވާލުކުރުމުގެ ތެރެއިން: އެތަނުން ގޯތި ލިބުނު މީހުންނަށް ޑިޖިޓަލްކޮށް ގޯތި ހަވާލުކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ވަނީ ފަށާފައި -- ފޮޓޯ: ހައުސިން މިނިސްޓްރީ

ގުޅީފަޅުން ބިން ހަވާލުކުރުމުގެ ތެރެއިން: އެތަނުން ގޯތި ލިބުނު މީހުންނަށް ޑިޖިޓަލްކޮށް ގޯތި ހަވާލުކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ވަނީ ފަށާފައި -- ފޮޓޯ: ހައުސިން މިނިސްޓްރީ

މިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް ޑިޖިޓަލްކޮށް ގޯތި ހަވާލުކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ފަށައިފި އެވެ. 

ހައުސިން މިނިސްޓްރީން ބުނީ ޑިޖިޓަލްކޮށް ގޯތި ހަވާލުކުރާނީ ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. އެ ޕޯޓަލްއަށް ލޮގިން ކުރެވޭނީ އީ-ފާސް މެދުވެރިކޮށެވެ. 

ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް ގޯތި ލިބުނު ކަމުގެ ލިޔުން ޑައުންލޯޑުކޮށް، ގޯތި ލިބުނު ސަރަހައްދު ވެސް ފެންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

"ގޯތި ހަވާލުކުރިކަމުގެ ލިޔުން ހަވާލުކުރުމަށް މި ގެނެވުނު ބަދަލާއެކު މިހާރު އެ ސަރަހައްދަށް ވަޑައިނުގެން ޕޯޓަލް މެދުވެރިކޮށް ލިޔުން ފަސޭހަކަމާއެކު ހޯދޭނެ. އެހެންނަމަވެސް ގޯތި ބެއްލެވުމަށް ގުޅީފަޅަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކަށް އެކަމުގެ އިންތިޒާމު ހަމަޖައްސައިދެވޭނެ،" ހައުސިން މިނިސްޓްރީން ބުންޏެވެ. 

ގުޅީފަޅުން ބިން ދޫކުރާނީ ލޭންޑް ޔޫޒް ޕްލޭނަށް ގެނެވުނު ބަދަލާއެކު ގޯތީގެ ރަޖިސްޓްރީއާ އަލުން ހަވާލުވި މީހުންނަށެވެ. އޭގެއިތުރުން ގޯތި ލިބުނު ސަރަހައްދަކީ މަސައްކަތު ސައިޓެއްނަމަ، އެ ސަރަހައްދަކުން ގޯތި ދޫކުރާނީ އެ މަސައްކަތެއް ނިމުމުންނެވެ. 

މި ސަރުކާރުން ވަނީ ގުޅީފަޅުގެ ލޭންޑް ޔޫޒް ޕްލޭނަށް ބަދަލުތަކެއް ގެނެސް، އެތަނުން 3,520 ގޯތި ދޫކުރުމަށް ނިންމާފައެވެ. މީގެ ތެރޭގައި ކުރިން ގިރާވަރުފަޅުން ދޭން ނިންމި 1,114 ގޯތި ވެސް ހިމެނެއެވެ.

އެ ތަނުން ގޯތި ލިބުނު ހުރިހާ އެންމެންނަށް ގޯތި ހަވާލުކޮށް ނިންމުމުގެ މަސައްކަތް ލަސްވަނީ ގުޅީފަޅަކީ ބޮޑު ސަރަހައްދަކަށް ވެފައި، އެތަނުގައި އެއްގަމު ދަތުރުފަތުރުގެ ދަތިކަން ހުރުމުން ކަމަށް މީގެ ކުރިން ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެފައިވެ އެވެ. އެކަން ހައްލު ކުރުމަށްޓަކައި ގުޅީފަޅަށް ބަހެއް ގެންގޮސްގެން އެ މަސައްކަތް ހަލުވި ކުރާނެ ކަމަށް ވެސް އޭރު މުއްތަލިބު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

ހިދުމަތުގެ އެންމެ މަތީ ޝަރަފު މުހައްމަދު ރަޝީދާއި އައްބާސަށް

ދައުލަތަށް ހިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު، މުހައްމަދު ރަޝީދު އިބްރާހީމާއި އައްބާސް އިބްރާހީމަށް ވަނީ އަރުވާފައި. މުހައްމަދު ރަޝީދަށް މި ޝަރަފު އެރުވީ ދީނީ ރޮނގުން ކުރެއްވި ހިދުމަތްތަކަށް ކަމަށްވާއިރު، އައްބާސް އިބްރާހީމަށް މި ޝަރަފު އެރުވީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން.

އާންމުންގެ ތަނަވަސްކަން ހުއްޓުވަނީ ރާއްޖެ ނިކަމެތިކުރުން: ނަޝީދު

ރަސްމާލެ މަޝްރޫއު އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރުމާ ދެކޮޅަށް އެމްޑީޕީން ކުރާ މަސައްކަތަކީ އާންމު ރައްޔިތުންނަށް ލިބެން އޮތް ތަނަވަސްކަން ހުއްޓުވައި ރާއްޖެ ނިކަމެތިކުރުމަށް ޖަހާ މަޅިއެއް ކަމަށް ނަޝީދު ވިދާޅުވި.

ޖޭޕީ، އަދާލަތު، އެމްޑީއޭ އަދި އެމްއެންޕީން މެންބަރުން ވަކިވަނީ

އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި ޖޭޕީ، އެމްޑީއޭ، އަދާލަތު އަދި އެމްއެންޕީން ގިނަ އަދަދެއްގެ މެންބަރުން ވަނީ ވަކިވެފައި. މީގެ ބަދަލުގައި ސަރުކާރު ހިންގާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ އަދަދު ބޮޑުތަނުން އިތުރުވި. އެންމެ ގިނަ މެންބަރުން ވަކިވީ ޖޭޕީން ކަމަށްވާއިރު، އެންމެ ގިނަ މެންބަރުން އަލަށް ގުޅުނީ ޕީއެންސީއާ

އިސްތިއުނާފު ލަސްވާ މައްސަލައިގައި ޖޭއެސްސީ ހާޒިރުކުރަނީ

ޖަލު ހުކުމް ތަންފީޒުކޮށް ނިމޭއިރުވެސް އިސްތިއުނާފު މަރުހަލާ ނުނިމޭ މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް ޖޭއެސްސީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރުމަށް ވަނީ ފާސްކޮށްފަ. އިސްތިއުނާފު މައްސަލަތައް ނިންމަންޖެހޭ ވަކި މުއްދަތެއް ގާނޫނުގައި ނެތުމުގެ ސަބަބުން ކުށްވެރިންގެ އަސާސީ ހައްގުތައް ގެއްލެމުންދާކަން މެންބަރުން ފާހަގަކުރެއްވި.

"ބިން ދީ ދީނާއި މިނިވަންކަން ގެއްލުވާ ވެރިޔަކު އަދި މި ނޫނީ ނާދޭ"

ބޭރު މީހުންނަށް ބިން މިލްކުކުރެވޭ ގޮތަށް ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ރާއްޖޭގެ ދީނީ ވަހުދަތާއި މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށާއި މި ނިންމުމުގެ ސަބަބުން ރާއްޖޭގެ ބިންތަކުގެ މިލްކުވެރިކަން އެހެން ދީންތަކުގެ މީހުންނަށް ލިބިދާނެ ކަމުގެ ބިރު އޮތްކަން ފާހަގަކުރައްވައި، ގައުމު ދިފާއުކުރުމަށް ނުކުތުމަށް ޖަމީލު ގޮވާލައްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އޮނަރަބަލް ކިޔަން އަންގައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުހާތަބުކުރާއިރު "އޮނަރަބަލް" ކިޔުމަށް ޖޭއެސްސީން ރަސްމީކޮށް އަންގައި ސާކިއުލާއެއް ވަނީ ނެރެފައި. މި ބަދަލާއެކު ފަނޑިޔާރުންގެ ނަމުގެ ކުރިއަށް "އަލްއުސްތާޒް" ބޭނުންކުރުން ހުއްޓާލަން ޖެހޭއިރު، މިއީ މީގެ ކުރިން އަމަލުކުރަމުން އައި އުސޫލަށް ގެނައި ރަސްމީ ބަދަލެއް.

Newsletter

Get the latest news delivered straight to your inbox