ބަޔަކު ވަގަށް ނުކުމެ ވިލިމާލޭ ޕާކެއްގައި ހުރި ނިކަގަހެއް ކަނޑާލައިފި

Jul 14, 2026, 12:57 PM
ބަޔަކު ނުކުމެ ކަނޑާލި ވިލިމާލޭގެ ނިކަގަސް: ގަސް ކަނޑާލިއިރު، ފްލެޓު އަޅަން ބޭނުންވާ ބަޔަކާއި ގަސް ކަނޑަން ބޭނުން ނުވާ ބަޔަކާ ދެމެދު އޮތީ މައްސަލަ ޖެހިފައި -- ފޮޓޯ: އެކްސް

ބަޔަކު ނުކުމެ ކަނޑާލި ވިލިމާލޭގެ ނިކަގަސް: ގަސް ކަނޑާލިއިރު، ފްލެޓު އަޅަން ބޭނުންވާ ބަޔަކާއި ގަސް ކަނޑަން ބޭނުން ނުވާ ބަޔަކާ ދެމެދު އޮތީ މައްސަލަ ޖެހިފައި -- ފޮޓޯ: އެކްސް

ވިލިމާލޭ ކުޑަކުދިންގެ ޕާކެއްގެ ތެރޭގައި ހުރި ނިކަގަހެއް ބަޔަކު ވަގަށް ކަނޑާލައިފި އެވެ. 

ފޮޓޯތަކުން ފެންނަ ގޮތުގައި އެ ނިކަގަހުގެ ބޮޑު ބައި ވަނީ ކަނޑާލައިފަ އެވެ. އެއީ ފުދޭ ވަރަކަށް ބޮޑު އަދި ބިޔަ ނިކަގަހެކެވެ. 

މާލޭ ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ގަސް ކަނޑާލީ ސިޓީ ކައުންސިލުން ނޫން ކަމަށެވެ. އަދި ގަސް ކަނޑާލި ބަޔަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ. 

Advertisement

"މި ގަސް ކެނޑީ މާލެ ސިޓީ ކައުންސިލް އަކުން ނޫން، ގަސް ކެނޑިބަޔަކު ހޯދުމުގެ މަސައްކަތް މިހާރު މިދަނީ ކުރަމުން،" ކައުންސިލުން ބުނެފައިވެ އެވެ. 

ވިލިމާލޭގައި ހުރި ބޮޑު ނިކަގަހެއް މި ކަނޑާލީ އެ  ރަށުގައި ފްލެޓު އެޅުމާމެދު ހިޔާލުތަފާތުވެފައި ވަނިކޮށެވެ. ވެހިކަލް ދުއްވުން މަނާ ވިލިމާލޭގެ ފެހިކަން ގެއްލޭ ގޮތަށް ފްލެޓުތަކެއް އަޅަން އެއްބަޔަކު ގަބޫލެއް ނޫނެވެ. އަނެއް ބަޔަކު ބޭނުންވަނީ ފްލެޓާއި ހޮސްޕިޓަލެއް ވެސް އަޅާށެވެ. 

މިދިޔަ ހަފުތާގައި ބޭއްވި މާލޭ ސިޓީ ކައުންސިލުގެ ބައްދަލުވުމުގައި ވެސް އެ ދެ ގްރޫޕުގެ މެދުގައި މައްސަލަ ޖެހުނެވެ. އަދި ގަސް ކަނޑާތީ އެކަމާ ދެކޮޅަށް ބޭއްވި މުޒާހަރާގައި ވެސް މައްސަލަތަކެއް ޖެހުނެވެ. 

ވިލިމާލޭގެ ހުރި ބޮޑުނިކަގަހެއް ކަނޑާލަން މި އަހަރު ކުރީކޮޅު ރައީސް މުހައްމަދު މުއިއްޒު ވަނީ ވޯޓެއް ވެސް ނަންގަވައިފަ އެވެ. ވޯޓު ނެގީ އެމަނިކުފާނު ވިލިމާލޭ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމެއްގެ ތެރެއިންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox