ތިލަމާލެ ބްރިޖުގެ މާލެ އާއި ވިލިމާލެއާ ދެމެދުގެ ސުޕަ ސްޓްރަކްޗާ މާދަމާ ނިންމަނީ

އިންޑިއާއިން ދަރަންޏަށް ފައިސާ ނަގަައިގެން ތަރައްގީކުރާ ތިލަމާލެ ބްރިޖު: އިންޑިއާއިން އެއް ޕްރޮޖެކްޓަކަށް އެންމެ ބޮޑު ލޯނާއި ހިލޭ އެހީ ވެސް ދިނީ މި ޕްރޮޖެކްޓަށް --- ފޮޓޯ: މިރާން ނާޝިމް/އަދަދު

އިންޑިއާއިން ދަރަންޏަށް ފައިސާ ނަގަައިގެން ތަރައްގީކުރާ ތިލަމާލެ ބްރިޖު: އިންޑިއާއިން އެއް ޕްރޮޖެކްޓަކަށް އެންމެ ބޮޑު ލޯނާއި ހިލޭ އެހީ ވެސް ދިނީ މި ޕްރޮޖެކްޓަށް --- ފޮޓޯ: މިރާން ނާޝިމް/އަދަދު

މާލެއިން ތިލަފުށްޓާ ދެމެދު ގުޅާލާ، ތިލަމާލެ ބްރިޖުގެ، ވިލިމާލެ އާއި މާލެއާ ދެމެދުގެ މައި އޮނިގަނޑު މާދަމާ ނިންމާނެކަމަށް އެ މަސައްކަތް ކުރާ އެފްކޮންސް ކުންފުނިން ބުނެފި އެވެ.

އެފްކޮންސް ކުންފުނީގެ އޮފިޝަލަކާ ހަވާލާދީ ސަން އޮންލައިންގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މާލެ އާއި ވިލިމާލެއާ ދެމެދު އަޅާ ބްރިޖުގެ މައިގަނޑު މާދަމާ އެއްކޮށް ފުރިހަމަވާނެ އެވެ. އެކަން ފާހަގަކުރުމަށް މާދަމާ ހެނދުނު 11:00 ގައި ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ނޫހުގައި ރިޕޯޓުކޮށްފައިވެ އެވެ.

މާލެ އާއި ވިލިމާލެއާ ދެމެދު ބްރިޖުގެ މައި އޮނިގަނޑު މާދަމާ ނިމުނު ނަމަވެސް، ބްރިޖުން އާންމުނަށް ދަތުރުކުރަން ފެށޭނީ ބްރިޖުގެ ދެފަރާތުގައި ރެއިލިން ޖެހުމާއި ލައިޓުތައް ހަރުކުރުން ފަދަ ފިނިޝިން މަސައްކަތްތައް ނިމުމުން ކަމަށް އެފްކޮންސްއާ ހަވާލާދީ އެ ނޫހުގައި ރިޕޯޓުކޮށްފައިވެ އެވެ.

Advertisement

އެމްޑީޕީގެ ސަރުކާރުން ތިލަމާލެ ބްރިޖު އެޅުމުގެ އެއްބަސްވުމުގައި އިންޑިއާގެ އެފްކޮންސް ކުންފުންޏާއެކު ސޮއިކުރީ ސެޕްޓެމްބަރު 16، 2021 ގަ އެވެ. ފުރަތަމަ އެއްބަސްވީ މެއި 17، 2024 ގެ ނިޔަލަށް މުޅި މަޝްރޫއު ނިންމުމަށެވެ. ނަމަވެސް ފަހުން ތާރީހު ބަދަލުކޮށް، ސެޕްޓެމްބަރު 30، 2026 ގައި މަސައްކަތް ނިންމަން އޮތީ އެއްބަސްވެފަ އެވެ. 

އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު، ބްރިޖުގެ ކަނޑުއަޑީގެ ޖިއޯޓެކްނިކަލް ސަވޭތަކާއި ބޯހޯލް ތޮރުފުމުގެ މަސައްކަތްތައް 2022 ގައި ކުރިއަށް ދިޔައެވެ. އަދި ގުޅީފަޅުގައި ބްރިޖުގެ ސެގްމަންޓްތައް ހަދާނެ ސަރަހައްދު ގާއިމުކުރި އެވެ. 

 ގުޅީފަޅު ސައިޓްގައި ސްޕަ-ސްޓްރަކްޗާ އަދި ޕްރީކާސްޓް ސެގްމަންޓްތައް ތައްޔާރުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް ދިޔައެވެ. ތިލަމާލެ ބްރިޖު ހަދަން ކަނޑުގައި ޖަހާ ތަނބުތައް ފެއްތުމުގެ މަސައްކަތް ފެށީ އޮގަސްޓް 18، 2023 ވަނަ ދުވަހު އެވެ. އޭގެ ކުރިން ވިލިމާލޭ ސަރަހައްދުގައި މަސައްކަތްތަކާއި މާލޭ ކޮޅުން ބުރިޖުގެ މަސައްކަތްތައް އޮތީ ފަށާފަ އެވެ. އޭގެއިތުރުން ބްރިޖުގެ އެއްގަމުގައި ޖަހާ ހަތަރު ތަނބެއް ޕައިލްކޮށް ކެޕް އެޅުމުގެ މަސައްކަތް ފެށީވެސް އެމްޑީޕީގެ ވެރިކަމުގައި ފެބްރުއަރީ 2023، ގަ އެވެ.  

ތިލަމާލެ ބްރިޖު ފެށީ އެމަނިކުފާނު ކަމަށް ވިދާޅުވެ މުއިއްޒު ހަގީގަތް އޮޅުވާލަނީ

ތިލަމާލެ ބްރިޖުގެ މަސައްކަތް މި ސަރުކާރުން ފެށީ ސުމަކުން ކަމަށް ވިދާޅުވެ މުއިއްޒު ވަނީ ހަގީގަތް އޮޅުވާލަން މަސައްކަތް ކުރައްވާފައި. އެމްޑީޕީ ސަރުކާރުގައި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަފައި، ތަނބުތަކެއްވެސް ޖެހި. މުއިއްޒު ވެރިކަމަށް ވަޑައިގެން ކެބިނެޓްގެ މިނިސްޓަރުންނާއި މީޑިއާތައް ގޮވައިގެން ބްރިޖްގެ މަސައްކަތް ބައްލަވާލަން ވަޑައިގަތް.

ނަމަވެސް، ތިލަމާލެ ބްރިޖްގެ މަސައްކަތް ފެށީ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ކަމަށް ވިދާޅުވެ، ހަގީގަތް އޮޅުވާލަން އެމަނިކުފާނު ވަނީ މަސައްކަތް ކުރައްވައިފަ އެވެ.

ދަ ޕަލްސް ޕްރޮގްރާމުގައި މުއިއްޒު ވިދާޅުވީ ތިލަމާލެ ބްރިޖުގެ މަސައްކަތް މި ސަރުކާރުން އައިސް ފެށީ ގާތްގަނޑަކަށް ސުމަކުންނެވެ. އެގޮތުން ބްރިޖުގެ އެއްވެސް ތަނބެއްވެސް އެމްޑީޕީގެ ސަރުކާރުގައި ޖެހިފައި ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.  

"މާލެ އާއި ވިލިގިއްޔާ ދޭތެރޭގައި މިސާލަކަށް ހަމަ ގާތްގަނޑަކަށް އެއްވެސް ކަމެއް ނެތޭވެސް ދެންނެވިދާނެ. ވަރަށް މަދު މަސައްކަތްތަކެއް ހުރީ. ތަނބުތަކެއްވެސް ޖެހި އެކަހަލަ ކަމެއްވެސް ނެތް އެގޮތުން ބަލާއިރު ހިންގިފައެއް،" މުއިއްޒު ވިދާޅުވި އެވެ. 

"އެހެންވީމަ އަޅުގަނޑު ދަންނަވަންޏާ ގާތްގަނޑަކަށް ސުމަކުން ފެށި މަޝްރޫއެކޭވެސް ދެންނެވިދާނެ އަމަލީ މަސައްކަތް. އޭގެކުރިން އެކަމަކު ދިޔަ އެތައް ދުވަސްތަކެއް ދެ އަހަރަށްވުރެ ގިނަ ދުވަސް މި ޕްރޮޖެކްޓްގެ މަސައްކަތް ފެށުނުފަހުން."

ނަމަވެސް، ރެކޯޑްތަކާއި، ސަރުކާރުގެ ބަޔާންތަކާއި، މީޑިއާތަކުގައި ޝާއިއުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ސަރުކާރު ވެރިކަމާ ހަވާލުވީއިރު ބްރިޖުގެ އަމަލީ މަސައްކަތް އޮތީ ފެށިގެން ކުރިއަށް ގޮސްފަ އެވެ.

މި ސަރުކާރުން ބްރިޖުގެ މަސައްކަތް ފެށީ ގާތްގަނޑަކަށް ސުމަކުން ކަމަށް މުއިއްޒު ވިދާޅުވިއިރު، އެ މަނިކުފާނު ވެރިކަމަށް ވަޑައިގެން ކެބިނެޓްގެ މިނިސްޓަރުންނާއި މީޑިއާތައް ގޮވައިގެން ބްރިޖްގެ މަސައްކަތް ބައްލަވާލަން ވަޑައިގަތެވެ. 

އިންޑިއާގެ އެހީތެރިކަމާއެކު އަޅާ ބްރިޖުގެ މަސައްކަތާ މެދު ހިތްހަމަނުޖެހޭ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

އިންޑިއާގެ އެހީގައި ކުރިއަށްގެންދާ ތިލަމާލެ ބްރިޖު މަޝްރޫއުގެ މަސައްކަތް ލަސްވުމުގެ ސަބަބުން އެކަމާ ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. ސަރުކާރުން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދެމުންދާއިރު، މަސައްކަތް ނިންމަން ކުރިން ކަނޑައެޅި ތާރީޚަށްވުރެ މިހާރު ވަނީ 2027 ވަނަ އަހަރާ ހަމައަށް މުއްދަތު އިތުރުވެފައެވެ.

 މޫސުމީ ކަންކަމާއި އެކި ސަބަބުތަކާ ހުރެ ބްރިޖުގެ މަސައްކަތް ލަސްވުމާ ގުޅިގެން، ކުރީގެ ސަރުކާރުން ވަނީ މަޝްރޫއު ނިންމުމުގެ މުއްދަތު ސެޕްޓެމްބަރު 30، 2026 އަށް އިތުރުކޮށްދީފަ އެވެ. އެ ވަގުތާ ހަމައަށް މުޅި މަޝްރޫއުގެ 29 ޕަސެންޓް މަސައްކަތް އޮތީ ނިމިފައި ކަމަށް މި ސަރުކާރުގެ އިންފްރާސްޓަރަކްޝާ މިނިސްޓަރު އަބްދުﷲ މުއްތަލިބް ވިދާޅުވެފައިވެ އެވެ.    

އިންޑިއާގެ އެފްކޮންސްއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ މަސައްކަތް 2024 ގެ މެއި މަހުގެ ނިޔަލަށް ނިންމަން އަމާޒު ހިފި ނަމަވެސް، އެކި ސަބަބުތަކާ ގުޅިގެން ޓައިމްލައިނަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ.

މިގޮތުން ވިލިމާލެއާ ހަމައަށް ބްރިޖުގެ މަސައްކަތް ނިންމަން ކަނޑައަޅާފައި އޮތީ މާޗު 31، 2026 އަށެވެ. އަދި، ގުޅީފަޅުން ތިލަފުށްޓަށް ބްރިޖު ގުޅާލަަން ހަމަޖެހިފައި އޮތީ ސެޕްޓެމްބަރު 30، 2026 އަށެވެ. ނަމަވެސް، މިދިޔަ އެޕްރީލް މަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ އެ ތާރީހު އަންނަ އަހަރަށް ފަސްވެފައިވާ ކަމަށެވެ. ނަމަވެސް، ފަސްވީ ކޮން ތާރީހެއް ކަމެއް މުއިއްޒު ވިދާޅެއް ނުވެ އެވެ.

ހުޅުމާލޭ ބްރިޖާ ހިލާފަށް ތިލަމާލޭގެ ބްރިޖްގެ މަސައްކަތް ކުރިއަށް ގެންދިޔައީ ތަފާތުކޮށެވެ. ބްރިޖްގެ ތަނބުތައް ޖެހުމާއި ގުޅުވާލާ ސްޕަ ސްޓަރަކްޗާތަކުގެ މަސައްކަތް ހުޅުމާލޭ ބްރިޖްގައި ގެންދިޔައީ ސީދާ ބްރިޖް ސައިޓްގަ އެވެ.

ނަމަވެސް ތިލަމާލޭ ބްރިޖްގެ ޕްރީފެބް ސްޕަސްޓަރަކްޗާތައް ހެދުމުގެ މަސައްކަތް ކުރަމުން ދިޔަ މަންޒަރު ކޮންމެ ދުވަހަކު މާލެ ވަށައި ބުރުޖަހާ މީހުންނަށް ނުފެނު ނަމަވެސް، ގުޅިފަޅުގައި އެ މަސައްކަތް ބާރަށް ކުރިއަށް ދިޔަ އެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު އެ މަސައްކަތުގެ ބޮޑުބައި އޮތީ ނިމިފައިކަން މީޑިއާގައި ޝާއިޢުކޮށްފައިވާ ފޮޓޯތަކުން ފެންނަން އެބަ ހުއްޓެވެ. 

ގާތްގަނޑަކަށް 500 މިލިއަން ޑޮލަރު ހަރަދުކޮށްގެން ތަރައްގީކުރާ ތިލަމާލެ ބްރިޖުގެ ފަންޑިންގެ ބޮޑު ބަޔަކީ އިންޑިއާ އެގްޒިމް ބޭންކުން ނަގާފައިވާ ކްރެޑިޓު ލައިނެވެ. މި ކްރެޑިޓު ލައިނުން 400 މިލިއަން ޑޮލަރު ހަރަދުކުރާއިރު، އިންޑިއާ ސަރުކާރުން ވަނީ ހިލޭ އެހީގެ ގޮތުގައި 100 މިލިއަން ޑޮލަރު ދޭނެ ކަމަށް ބުނެފަ އެވެ.

ދިގުމިނުގައި 6.7 ކިލޯމީޓަރު ހުންނަ މި ބްރިޖު ތަރައްގީކުރަން ހަތް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ވާނެ އެވެ.

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox