ފެކްޓް ޗެކް: ކާފަރުން ވަޒަންވެރި ކުރުވަން ސަލަފުގެ ބަޔާނުގައި އޮތީ ތާއީދުކޮށްފައި

ސަލަފް ޖަމިއްޔާގެ ރައީސް އަބްދުﷲ ބިން ޖަނާބް: ސަލަފް ޖަމިއްޔާއިން ރަސްމާލޭގެ ޕްރޮޖެކްޓު ސިފަ ކުރީ "ތަފާތު ދީންތަކާއި ސަގާފަތްތަކަށް ނިސްބަތްވާ ބޭރުގެ ގިނަ އަދަދެއްގެ މީހުން ދިގު މުއްދަތަކަށް ތިބޭނެ" ޕްރޮޖެކްޓެއްގެ ގޮތުގައި -- ފޮޓޯ: ޖަމިއްޔަތުއްސަލަފް

ސަލަފް ޖަމިއްޔާގެ ރައީސް އަބްދުﷲ ބިން ޖަނާބް: ސަލަފް ޖަމިއްޔާއިން ރަސްމާލޭގެ ޕްރޮޖެކްޓު ސިފަ ކުރީ "ތަފާތު ދީންތަކާއި ސަގާފަތްތަކަށް ނިސްބަތްވާ ބޭރުގެ ގިނަ އަދަދެއްގެ މީހުން ދިގު މުއްދަތަކަށް ތިބޭނެ" ޕްރޮޖެކްޓެއްގެ ގޮތުގައި -- ފޮޓޯ: ޖަމިއްޔަތުއްސަލަފް

ރަސްމާލޭގައި ކާފަރުން ވަޒަންވެެރި ކުރުވުމާ ގުޅޭ ގޮތުން، އިސްލާމީ ދީން ހިމާޔަތް ކުރުމުގެ މަގްސަދުގައި ހަރަކާތްތެރިވާ ޖަމިއްޔަތުއްސަލަފުން ނެރުނު ބަޔާނަށް އަދަދު ގައި ޖެހި ހަބަރު އެ ޖަމިއްޔާއިން ވަނީ ދޮގުކޮށްފަ އެވެ. 

"ޝަރުތުތަކަކާއެކު އެހެން ދީންތަކުގެ މީހުން ރާއްޖޭގައި ވަޒަންވެރިކުރުވަން ސަލަފު ޖަމިއްޔާއިން ތާއީދުކޮށްފި"، މި ސުރުހީގެ ދަށުން މި ނޫހުގައި ޖަހާފައި ވަނީ ގޯސް ހަބަރެއް ކަމަށް ބުނެ ސަލަފް ޖަމިއްޔާއިން ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި އިތުރު ބަޔާނެއް ނެރުނީ ރޭ ދަންވަރު 12:07 ގަ އެވެ.

"ދިވެހިރާއްޖޭގައި އެހެން ދީންތަކުގެ މީހުން ވަޒަންވެރިކުރަން ޖަމިއްޔަތުއްސަލަފުން ތާއީދު ކުރާ ކަމަށް ބުނެ ބައެއް ނޫސްތަކުން ފަތުރާ ހަބަރަކީ ކަނޑައެޅިގެން ދޮގު ހަބަރެއް! ޖަމިއްޔަތުއްސަލަފުން ކުރި އިލްތިމާސްއަކީ ތަރައްގީގެ ކޮންމެ މަޝްރޫއުއެއްގައި ވެސް ދިވެހިރާއްޖޭގެ ސައްތައިންސައްތަ އިސްލާމީވަންތަކަން ކަށަވަރުވާންޖެހޭނެ ކަމާއި ދިވެހިރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތަށް ބުރޫއަރާފަދަ އެއްވެސް ކަމަކަށް ޖާގަދެވިގެންނުވާނެކަން!،" ރޭގެ ބަޔާނުގައި ބުނެފައިވެ އެވެ. 

ސަލަފް ޖަމިއްޔާއިން ބަޔާނެއް ނެރުމުގެ އިތުރުން، އެ ޖަމިއްޔާގެ ރައީސް، ރައީސް މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ އެއްބަފާ ބޭބެ، އަބްދުﷲ ބިން ޖަނާބު ވެސް ވަނީ މި ނޫހުގެ ހަބަރު ދޮގުކޮށް އެކްސްގައި ރޭ ޕޯސްޓެއް ކުރައްވާފަ އެވެ. އޭނާގެ ޕޯސްޓުގައި މި ނޫހުގެ ހަބަރު ސިފަ ކުރައްވާފައި ވަނީ "ޕްރޮޕެގެންޑާ" ގެ ގޮތުގަ އެވެ. 

"ދިވެހިރާއްޖޭގައި އެހެން ދީންތަކުގެ މީހުން ވަޒަންވެރިކުރުމަށް ޖަމްއިއްޔަތުއް ސަލަފުން ތާއީދު ކުރާ ކަމަށް ބުނެ ބައެއް ނޫސްތަކުން ފަތުރާ ޕްރޮޕެގެންޑާ އަކީ ކަނޑައެޅިގެން ދޮގު ހަބަރެއް!  ޖަމްއިއްޔަތުއްސަލަފް އިން އިލްތިމާސްކުރީ ތަރައްގީގެ ކޮންމެ މަޝްރޫއެއްގައި ވެސް  ދިވެހިރާއްޖޭގެ ސައްތައިންސައްތަ އިސްލާމީވަންތަކަން ކަށަވަރުވާންޖެހޭނެކަން! އަދި ކޮންމެ ސަރުކާރަކުން ވެސް ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ދަމަހައްޓައި އެކަމަށް ބުރޫއަރާ އެއްވެސް ކަމެއް ކޮށްގެން ނުވާނެކަން! ދަންނައެވެ! ހެޔޮ ނިމުން ހުރީ ތަގްވާވެރިންނަށް،" އަބްދުﷲ ގެ ޕޯސްޓުގައި ބުނެފައިވެ އެވެ. 

އެކަމަކު، ސަލަފުން އެހެން ބުނި ނަމަވެސް، ރަސްމާލެ މައްސަލައިގައި އެ ޖަމިއްޔާއިން ނެރުނު ބަޔާނުގައި، ވަކި ޝަރުތުތަކެއް ކަނޑައެޅުމަށްފަހު ކާފަރުން ރާއްޖޭގައި ވަޒަންވެރިވުމަކީ މައްސަލައެއް ނޫންކަން ވަރަށް ސާދާކޮށް ބުނެފައިވެ އެވެ.

ސަލަފުގެ ބަޔާނުގެ ފުރަތަމަ ބައިގައި ވަނީ ރަސްމާލޭގެ މަޝްރޫއުގެ ކޮންސެޕްޓަކީ ކޮބައިކަން ކިޔައިދީފަ އެވެ. ބަޔާނުގައި ބުނެފައިވާ ގޮތުން އެ ޕްރޮޖެކްޓުގެ ދަށުން ރަސްމާލޭގައި އަޅާ ތަންތަން 99 އަހަރަށް ކުއްޔަށް ހިފުމުގެ ހައްގު ބިދޭސީންނަށް ލިބޭނެ އެވެ. އަދި "ދިގު މުއްދަތަކަށް އެ ތަނުގައި އައިސް ތިބުމުގެ ހައްގު" ވެސް އެ ޕްރޮޖެކްޓުގެ ދަށުން ބިދޭސީންނަށް ލިބޭނެ ކަމަށް ސަލަފުގެ ބަޔާނުގައި ބުނެފައިވެ އެވެ. 

ރަސްމާލޭގައި ބިދޭސީން ދިގު މުއްދަތަކަށް އައިސް ތިބުމުގެ ހައްގު އެ ޕްރޮޖެކްޓުގެ ދަށުން ލިބޭނެ ކަމަށް ސަލަފުގެ ބަޔާނުގައި ބުނެފައިވާއިރު، ދިވެހި ބަހުގެ ރަދީފުގައިވާ ގޮތުން، ވަޒަންވެރިވުން، މި ބަހުގެ މާނައަކީ "ތަނެއްގައި ގެދޮރު އަޅައިގެން ދިރިއުޅެން ފެށުން" އެވެ. 

އޭގެ އިތުރުން، ސަލަފުގެ ބަޔާނުގައި ރަސްމާލޭގެ ޕްރޮޖެކްޓު ސިފަކޮށްފައި ވަނީ "ތަފާތު ދީންތަކާއި ސަގާފަތްތަކަށް ނިސްބަތްވާ ބޭރުގެ ގިނަ އަދަދެއްގެ މީހުން ދިގު މުއްދަތަކަށް ތިބޭނެ" ޕްރޮޖެކްޓެއްގެ ގޮތުގަ އެވެ. ރަސްމާލޭ ޕްރޮޖެކްޓު އެގޮތަށް ސިފަ ކުރުމަށްފަހު ސަލަފުން ކިޔައިދީފައި ވަނީ، އެފަދަ ޕްރޮޖެކްޓެއްގެ އެއްބަސްވުންތަކާއި ގާނޫނީ އޮނިގަނޑު އެކުލަވާލަންޖެހޭ ގޮތެވެ. 

"... އެހެންކަމުން ރަސްމާލެ މަޝްރޫއު ހިމެނޭހެން، ތަފާތު ދީންތަކާއި ސަގާފަތްތަކަށް ނިސްބަތްވާ ބޭރުގެ ގިނަ އަދަދެއްގެ މީހުން ދިގު މުއްދަތަކަށް ތިބޭނެ މިފަދަ ހާއްސަ ސަރަހައްދުތަކުގެ ސަބަބުން މުސްތަގްބަލުގައި ދީނީ މިނިވަންކަމަށް ވަކާލާތު ކުރުމުގެ ފުރުސަތު ފަހިވެ، ދިވެހި މުޖްތަމައުގެ އިސްލާމީ ޝަހުސިއްޔަތަށާއި ގައުމުގެ ސިޔާދަތާއި މިނިވަންކަމަށާއި ޒަމާނުއްސުރެ ދަމަހައްޓަމުން އައި އިސްލާމީ ގައުމީ އުސޫލުތަކަށާއި ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ސައްތައިން ސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި ދެމިއޮތުމުގެ ދުސްތޫރީ ނިޒާމަށް އެއްވެސް ނޭދެވޭ އަސަރެއް ނުފޯރާނެ ފަދަ ހަރުދަނާ އުސޫލެއްގެ މަތިން އެއްބަސްވުންތަކާއި ގާނޫނީ އޮނިގަނޑު އެކުލަވައިލުމަށް އަދުގެ ސަރުކާރަށާއި މުސްތަގްބަލުގައި އަންނަން އޮތް ސަރުކާރުތަކަށް އިހުލާސްތެރިކަމާއެކު އަޅުގަނޑުމެން އިލްތިމާސް ކުރަން."

އެހެންކަމުން، (1) ދީނީ މިނިވަންކަމަށް ވަކާލާތު ކުރުމުގެ ފުރުސަތު ބަންދުކޮށް، (2) މުޖްތަމައުގެ އިސްލާމީ ޝަހުސިއްޔަތާއި ގައުމުގެ ސިޔާދަތާއި މިނިވަންކަމާއި އިސްލާމީ ގައުމީ އުސޫލުތައް ހިމާޔަތްކޮށް، (3) ރާއްޖޭގައި އޮންނާނީ ސައްތައިން ސައްތަ އިސްލާމީ ދައުލަތެއްކަން އެއްބަސްވުމުންނާއި ގާނޫނީ އޮނިގަނޑުން ކަށަވަރު ކުރުމަށްފަހު، ކާފަރުން ރާއްޖޭގައި ވަޒަންވެރިކުރުވުނުގެ ދޮރު ހުޅުވާލައި، ދީނީ ނަޒަރުން އެ ޖަމިއްޔާއިން ވަނީ އެކަމަށް ތާއީދުކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox