ރަސްމާލެ ވިއްކާލާއިރު އިސްލާމިކް މިނިސްޓްރީން ހަނު ތިބޭތީ ޔާމީންގެ ފާޑުކިޔުން

ކުރީގެ ރައީސް އަބްދުﷲ ޔާމީން: އިސްލާމިކް މިނިސްޓްރީން ހަނު ތިބޭތީ އެމަނިކުފާނު ވަނީ ފާޑުވިދާޅުވެފައި -- ފޮޓޯ: އަދަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން: އިސްލާމިކް މިނިސްޓްރީން ހަނު ތިބޭތީ އެމަނިކުފާނު ވަނީ ފާޑުވިދާޅުވެފައި -- ފޮޓޯ: އަދަދު

ރަސްމާލެ ވިއްކާލާ މަޝްރޫއުއާ ގުޅިގެން ދީނީ ގޮތުން އާންމުންގެ މެދުގައި ކަންބޮޑުވުންތައް ހުރި ކަންކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ބަސް ނުބުނެ ތިބޭތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެ ކަމަށް ރޭ ފާޑުވިދާޅުވެއްޖެ އެވެ. 

ޕީއެންއެފް އިން ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ ދީނީގޮތުން ތަންދޮރު ދަންނަދާ ފުށިދިއްގަރުފަޅުން އެއްބައި އިޒްރޭލަށް ވާގިވެރިވާ ޔޫއޭއީގެ އީގަލް ހިލްސްއަށް ދޫކޮށްލުމުގެ ކަންކަން ކުރިއަށްގެންދާއިރު އަދި އިސްލާމްދީނާ ފުށުއަރާ ކަންތައްތަކެއް ހުރި ސަމޯއާ އެގްރީމަންޓް ފަދަ އެއްބަސްވުމުގައި މި ސަރުކާރުން ސޮއިކުރިއިރު ދީނީ ގޮތުން ތަންދޮރު އެނގޭ މީހުންނަށް އެކަން ނުހުއްޓުވުނު ކަމަށެވެ. 

އެމަނިކުފާނު ވިދާޅުވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމާއި އެ މިނިސްޓްރީން ވެސް މިހާތަނަށް ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅިގެން އެއްޗެއް ނުބުނާ ކަމަށާއި އިސްލާމިކް މިނިސްޓްރީން އެކަންބޮޑުވުންތަކާ ގުޅިގެން ކުރާ ކަމެއްވެސް ނެތް ކަމަށެވެ. 

"ދީނީގޮތުން ތަންދޮރު ދަނެގެން އަންނަ މީހުން މިކަންކަން [ރަސްމާލެ ވިއްކާލުން] ނުހުއްޓުވަންޏާ އަޅުގަނޑުމެންގެ ޒިންމާއަކަށް ވާންޖެހޭތަ. އަޅުގަނޑަކަށް ނުވިސްނޭ ދެން އަންނަ ސަރުކާރުން އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީއެއްވެސް އޮންނަން ޖެހޭނެ ކަމަށް އެނގޭތޯ،" ޔާމީން ވިދާޅުވި އެވެ. 

"ކީއްތޯ މިއަދު އިސްލާމިކް މިނިސްޓަރު ކުރަނީ ނޫނީ އިސްލާމިކް މިނިސްޓްރީން މިކަންކަމާ ކީއްތޯ ކުރަނީ. ތިއޮތީ ސަމޯއާ އެގްރީމަންޓް. ކަމެއް ކޮށްފިތޯ. އެތިބީ ބޮޑުތަނުން އޭގައި ދިވެހި ދައުލަތުން ސޮއިކޮށްގެންނެއް ނޫންތޯ."

ރަސްމާލެ ވިއްކާލުމަކީ ވިޔަފާރީގެ މަޝްރޫއެއް ގޮތަށް ދީނީ އިލްމުވެރިން ދެކޭކަން ފާހަގަކުރައްވަން ޔާމީން ވިދާޅުވީ އެ އިލްމުވެރިން ދެކޭ ގޮތުގައި ޔަހޫދީންނަކީ އަދާވާތްތެރިން ނޫން ކަމަށެވެ. ނަމަވެސް އެމަނިކުފާނު ވިދާޅުވީ އެއްބަސްވުމުގެ ދަށުން ރާއްޖެ އަންނަ މީހުން ކެސީނޯ އަޅައި ދިނާ ހިލާފު ކަންކަން ކުރާނެ ކަމަށެވެ. 

"ރަސްމާލެއަށްވުރެ ކުރިން މިތިބީ ސަމޯއާ އެގްރީމަންޓްގައި ސޮއިކޮށްގެން އެނގޭތޯ. ރަސްމާލޭގެ ވާހަކައިގައި ދީނީ އިލްމުވެރިން ދެކެނީ މިއީ ވިޔަފާރީގެ ޕްރޮޖެކްޓެއްގެ ގޮތުގައި. އެމީހުން ނުދެކޭ ޔަހޫދީންނަކީ އަދާވާތްތެރިން ކަމަށް. މިތަނަށް އައިމަ ކެސީނޯ އަޅާނެ ކަމަށް،" ޔާމީން ވިދާޅުވި އެވެ. 

ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި ރަސްމާލޭގެ ބިމުން 500 ހެކްޓަރު އީގަލް ހިލްސްއަށް ދޫކޮށްލުމަށް ސަރުކާރުން އެއްބަސްވީ އެކުއިޒިޝަން ފީއެއް އަދި ބިމު ކުއްޔެއް ވެސް ނުނަގާ ގޮތަށެވެ. ސަރުކާރަށް ލިބޭ ހަމައެކަނި އެއްޗަކީ ރަސްމާލޭގައި އަޅާ ކޮމާޝަލް ޕްރޮޕަޓީސް ވިއްކައިގެން ލިބޭ ރެވެނިއުގެ 10 ޕަސެންޓާއި އެޕާޓްމަންޓުތައް ވިއްކައިގެން ލިބޭ ރެވެނިއުގެ ހަތަރު ޕަސެންޓެވެ.

ރަސްމާލޭގެ އެއްބައި އީގަލް ހިލްސްއަށް ދޫކޮށްލާތީ އާއި އެ ކުންފުނީގެ ވެރިޔާ އަލައްބާރު އަކީ އިޒްރޭލްގެ އެކުވެރިއެއް އަދި މަދަދުވެރިއަކަށް ވުމުން ދީނީ އިލްމުވެރިންނާއި އިދިކޮޅު ޕާޓީތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އެހެން ދީންތަކުގެ މީހުން ރާއްޖޭގައި ވަޒަންވެރިވުމަށް ފުރުސަތު ހުޅުވިގެންދާތީވެ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް، މި މަޝްރޫއުއާ ދެކޮޅަށް މަސައްކަތްކުރާ "ގައުމީ ހަރަކާތުން" އަދި އިދިކޮޅު އެމްޑީޕީން ވަނީ ގޮވާލާފަ އެވެ. 

ސަމޯއާ އެއްބަސްވުމުގައި އޯއޭސީޕީއެސް ގެ 79 ގައުމު އަދި ޔޫރަޕިއަން ޔޫނިއަންގެ 27 ގައުމު ސޮއިކޮށްފައިވެ އެވެ. ރާއްޖެ އޯއޭސީޕީއެސްގެ ފުރިހަމަ މެމްބަރު ގައުމަކަށްވެފައިވަނީ ޑިސެމްބަރު 9, 2022 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓުއާ އޮޕަރޭޓަރުން އަތުން ނަގާ ޓެކްސް އުވާލަން ކޮމިޓީން ފާސްކޮށްފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުމަށް ގާނޫނަށް ގެނައި ބަދަލު އުވާލުމަށާއި، ޖީއެސްޓީ ނަގަންޖެހޭ އާމްދަނީގެ މިންގަނޑު 1.5 މިލިއަން ރުފިޔާއަށް މަތިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން ވަނީ ފާސްކޮށްފައި. މި އިސްލާހުތަކުގެ މަގުސަދަކީ ކުދި ވިޔަފާރިތަކަށް ހުރި ގޮންޖެހުންތައް ކުޑަކޮށް، ވިޔަފާރިތައް ކުރިއެރުވުމަށް ފުރުސަތު ދިން.

ހަރަދުގެ ތަފްސީލް ބަލަހައްޓާފައިނުވާތީ އަދާލަތު ޖޫރިމަނާކޮށްފި

ސިޔާސީ ޕާޓީތަކުގެ ގާނޫނާ އެއްގޮތަށް ހަރަދުތަކުގެ ތަފްސީލު ބަލަހައްޓާފައި ނުވާތީ، އިލެކްޝަންސް ކޮމިޝަނުން އަދާލަތު ޕާޓީ 25,000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައި. މި ފިޔަވަޅު އެޅީ އެ ޕާޓީގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބައެއް މުދަލާއި ތަކެތީގެ އަގު ކަށަވަރުކުރެވޭނެ ލިޔެކިޔުންތައް ނެތްކަން ފާހަގަކޮށްފައިވާތީ.

މޫސުން ގޯސްވެ އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލާޓު ނެރެފި

ހުޅަނގު މޫސުމުގެ ބާރުގަދަވެ ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ހަމައަށް މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފިއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ރިސޯޓުތަކުގައި ދީނުގެ ހުރުމަތް ކެނޑިގެން ނުވާނެ: އަދާލަތު

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލަ އަދާލަތު ޕާޓީން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެކަމުގައި ބައިވެރިވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ވަނީ ގޮވާލާފައެވެ. މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކާ ހިލާފު މިފަދަ އަމަލުތައް ނުހިންގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ފެނަކައިގެ މަހިބަދޫ ބްރާންޗުން 11 މުވައްޒަފަކު ވަކިކޮށްފި

އދ. މަހިބަދޫ ފެނަކަ ބްރާންޗުގެ މަސައްކަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށްފަހު، ވަޒީފާގެ ޔަގީންކަން ދީފައިވަނިކޮށް 11 މުވައްޒަފަކު ވަނީ ކުއްލި ގޮތަކަށް ވަނީ ވަކިކޮށްފައި. ވަކިކުރި މުވައްޒަފުން ތުހުމަތުކުރާ ގޮތުގައި މިއީ ސިޔާސީ ނިންމުމެއް ކަމަށާއި، ވަޒީފާގައި ބޭތިއްބީ ހަމައެކަނި ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ މުވައްޒަފުން.

ފެންފުއްޓާ ފަރަށް އެރި "ދެރަހަ" ބޯޓުގެ ފަޅުވެރިން ސަލާމަތްކޮށްފި

މި ހާދިސާ ހިނގާފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގަ އެވެ. އެ ހާދިސާގެ ރިޕޯޓު ލިބުމާއެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިން ވަނީ ވަގުތުން އެ ސަރަހައްދަށް ދަތުރުކޮށް، އެހީތެރިކަން ފޯރުކޮށްދޭން ފަށާފަ އެވެ.

ސޯޝަލްމީޑިއާގައި ދަރިވަރަކަށް ބުލީކުރި މައްސަލައެއް ބަލަނީ

މިއީ އިންޓަނެޓު މެދުވެރިކޮށް ބުލީކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރާ ފުރަތަމަ ފަހަރު ކަމަށްވާއިރު، މި މައްސަލަ ބަލަމުންދަނީ ކަމާގުޅުންހުރި އެހެން އިދާރާތަކާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox