ރަސްމާލެ މަޝްރޫއުއާ ދެކޮޅަށް ޖަމީލު ކުރެއްވި ޕޯސްޓަކަށް ދުނިޔޭގެ ސަމާލުކަން ލިބި، 1.5 މިލިއަން ވިއުސް ލިބިއްޖެ

ކުރީގެ ނައިބުރައީސް، މުހައްމަދު ޖަމީލް އަހުމަދު: އޭނާ ވިދާޅުވީ ޔޫއޭއީއަށް ނުހަނު އިހުތިރާމުކުރާ ކަމަށް، ނަމަވެސް، ދިވެހި ގައުމުގެ ދިފާއުގައި ދިވެހީން ދައްކާނެ ސާބިތުކަމާމެދު ސުވާލު ނުއުފެއްދުމަށް އޭނާ ވަނީ ގޮވާލައިފައި -- ފޮޓޯ: އަދަދު

ކުރީގެ ނައިބުރައީސް، މުހައްމަދު ޖަމީލް އަހުމަދު: އޭނާ ވިދާޅުވީ ޔޫއޭއީއަށް ނުހަނު އިހުތިރާމުކުރާ ކަމަށް، ނަމަވެސް، ދިވެހި ގައުމުގެ ދިފާއުގައި ދިވެހީން ދައްކާނެ ސާބިތުކަމާމެދު ސުވާލު ނުއުފެއްދުމަށް އޭނާ ވަނީ ގޮވާލައިފައި -- ފޮޓޯ: އަދަދު

ރަސްމާލެއިން 500 ހެކްޓަރުގެ ބިން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދޭން ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް ކުރީގެ ނައިބު ރައީސް، މުހައްމަދު ޖަމީލް އަހުމަދު ކުރެއްވި ޕޯސްޓަކަށް ދުނިޔޭގެ ސަމާލުކަން ލިބިއްޖެ އެވެ.

ޔޫއޭއީގެ ރައީސް، މުހައްމަދު ބިން ޒައިދު ޓެގު ކުރައްވައި އެކްސްގައި ޖަމީލު ކުރެއްވި އެ ޕޯސްޓަށް މިހައިތަނަށް 1.5 މިލިއަން ވިއުސް ލިބިފައިވެ އެވެ. އެ ޕޯސްޓަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުން ކޮމެންޓު ވެސް ކޮށްފައިވެ އެވެ.

ޖަމީލް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ރަސްމާލެ މަޝްރޫއުއާ ގުޅޭގޮތުން އާންމުންގެ ހިޔާލު ބަދަލުކުރުމަށް އީގަލް ހިލްސް ކުންފުންޏާއި އެ ކުންފުނީގެ ވެރިޔާ، މުހައްމަދު އަލައްބާރު ބޭނުންކުރަމުންދާ އުސޫލުތަކަކީ މީގެ ކުރިން ވެސް ފެނިފައިވާ އާންމު އުކުޅުތަކެއް ކަމަށެވެ.

"މުހައްމަދު އަލައްބާރެވެ، ދިވެހިރާއްޖެއަކީ އެތައް ގަރުނެއް ކުރިން ފެށިގެން އިސްލާމީ ގައުމެއް. އަޅުގަނޑުމެންގެ ދީނާއި، މިނިވަންކަމާއި، ގައުމީ ވަންތަކަމަކީ އަގަކަށް ވިއްކާލެވޭނެ އެއްޗެއް ނޫން،" ޖަމީލްގެ ޕޯސްޓުގައި ލިޔުއްވައިފައިވެ އެވެ.

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މައްޗަށް ފައިސާގެ ނުފޫޒު ފޯރުވިދާނެކަމަށް ގަބޫކުރައްވައި، އަލައްބާރު ބޭނުންވެވަޑައިގަންނަވާ ކަންކަމަށް ސަރުކާރުން ރުހުން ދިން ނަމަވެސް، އެއީ އެކަމަށް ރައްޔިތުންގެ ރުހުން އޮތުން ނޫންކަމަށް އޭނާގެ ޕޯސްޓުގައި ލިޔުއްވައިފައިވެ އެވެ.

"ބޭރުގެ އެއްވެސް މަސްލަހަތަކަށްޓަކައި، ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި، ގައުމީ ސަލާމަތާއި، މިނިވަންކަމަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމަކަށް އަޅުގަނޑުމެން ދުވަހަކުވެސް ފުރުސަތެއް ނުދޭނަން،" ޖަމީލްގެ ޕޯސްޓުގައި ލިޔުއްވައިފައިވެ އެވެ.

"އަޅުގަނޑުމެން ޔޫއޭއީ އާއި، އެ ގައުމުގެ ރައްޔިތުންނާއި، ލީޑަޝިޕަށް ނުހަނު އިހުތިރާމް ކުރަން، ނަމަވެސް އެ އިހުތިރާމަކީ ދެފަރާތުން ވެސް ކުރަންޖެހޭނެ ކަމެއް. އަޅުގަނޑުމެންގެ ގައުމު ދިފާއުކުރުމަށްޓަކައި ދިފާއުވާން ތައްޔާރަށް ތިބި މިންވަރާމެދު ސުވާލު ނުއުފައްދަވާ."

ޖަމީލް ޕޯސްޓަށް ކޮމެންޓުކުރި މީހުންގެ ތެރޭގައި މެދުއިރުމަތީގެ ގައުމުތަކަށް ނިސްބަތްވާ ގިނަ އަދަދެއްގެ މީހުން ހިމެނެ އެވެ. އޭގެ ތެރެއިން ގިނަ މީހުން ވަނީ އީގަލް ހިލްސްއާމެދު ސަމާލުވުމަށް ދިވެހީންގެ ކިބައިން އެދިފަ އެވެ.

"އަހަރެން ކަލޭމެންގެ ކިބައިން މާފަށް އެދެން، އެ ޒަޔަނިސްޓު އޫރުތައް ތަމްސީލުކުރަނީ އެ މީހުންގެ ނަފުޒުތައް އެކަނި، އަހަރެން ކަލޭމެންނަށް ދޭ ނަސޭހަތަކީ އެ މީހުން ތިޔަ ގައުމުން ބޭރުކޮށްލުން، އެއީ އަރަބިންނެއް ނޫން. އަދި މުސްލިމުންނެއް ވެސް ނޫން، އެއީ ޒަޔަނިސްޓުންގެ އޭޖެންޓުން،" ޖަމީލުގެ ޕޯސްޓަށް ކޮމެންޓުކުރި ފަލަސްތީނުގެ ރައްޔިތަކު ލިޔެފައިވެ އެވެ.

އެ ޕޯސްޓަށް ކޮމެންޓުކުރި މެދުއިރުމަތީގެ ގިނަ މީހުން ދިވެހީންގެ ކިބައިން އެދިފައި ވަނީ އީގަލް ހިލްސް ކުންފުންޏަށް ދިވެހި ބިމުގައި މަޝްރޫއުއެއްގެ ނަމުގައި އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ނުދިނުމަށެވެ.

ޔޫއޭއީއާ ދެކޮޅަށް ވާހަކަ ނުދެއްކުމަށް ވެސް، އެ ޕޯސްޓަށް ކޮމެންޓުކުރި އެ ގައުމުގެ ބައެއް މީހުން އެދިފައިވެ އެވެ. ނަމަވެސް، އެ ޕޯސްޓަށް ކޮމެންޓުކުރި ގިނަ މީހުން ވަނީ އެ މީހުންނާމެދު ސަމާލުވުމަށް ދިވެހީންނަށް އިންޒާރުކޮށްފަ އެވެ.

"ގައުމުތަކުގެ މެދުގައި ބައިބައިވުން އުފައްދައި އެ ގައުމުތަކުގެ ރައްޔިތުންގެ މެދުގައި ފިތުނަވެރިކަން އުފެއްދުމަށް ގެންގުޅޭ އުސޫލަކީ އިންވެސްޓްމެންޓު. މިއީ އިޒްރޭލުގެ ސިޔާސަތެއް،" ޖަމީލު ޕޯސްޓަށް ކޮމެންޓުކުރި ސައުދީއަރަބިއްޔާގެ ރައްޔިތަކު ލިޔެފައިވެ އެވެ.

އެ ޕޯސްޓަށް ކޮމެންޓު ކުރި މީހުންގެ ތެރޭގައި ސޯޝަލްމީޑިއާގައި ވަރަށް ގިނަ ފޮލޮވަރުން ތިބި އެކައުންޓުތައް ވެސް ހިމެނެ އެވެ.

ސަރުކާރުން ބުނަނީ ރަސްމާލެ ދޫކޮށްލަނީ 99 އަހަރަށް ކަމަށެވެ. އެކަމަކު އަލައްބާރުގެ އީގަލް ހިލްސް ކުންފުނިން ބުނީ ރަސްމާލެއިން ފުރަތަމަ ލިބޭ 99 އަހަރުގެ ކުލީގެ މުއްދަތު ހަމަވުމުގެ ކުރިން އެތަން ވިއްކާލައިފި ނަމަ 99 އަހަރުގެ ކުލީގެ އާ މުއްދަތެއް ފެށޭނެ ކަމަށެވެ. 

ދައުލަތުގެ ފައިސާއިން ފުށިދިއްގަރުފަޅު ހިއްކައިގެން ހަދަމުން އަންނަ ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ކޮމާޝަލް ޓާމްސްގައި ސޮއި ކުރީ ސެޕްޓެމްބަރު 21، ގަ އެވެ. އެ ޕްރޮޖެކްޓުގެ ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން މަސައްކަތް ކުރަނީ ނޮވެމްބަރު 11، ގަ އެވެ. އެއީ ރާއްޖޭގެ ޖުމްހޫރީ ދުވަހެވެ. 

ރަސްމާލެ ވިއްކާލަން ސަރުކާރުން ޑީލެއް ހެދީ، އެތަނުގެ ވެލިފުކެއް އެންމެ ދުވަހަކަށް ނަމަވެސް ބޭރުގެ ބަޔަކަށް ކުއްޔަށް ނުވަތަ ހިލޭ ވެސް ނުދޭން ރައީސް މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވުމަށްފަހު އެވެ. 

"އެތަނުން [ރަސްމާލެއިން] ހިއްކާ ކޮންމެ ބިމެއްގެ، ކޮންމެ ވެލިފުކަކީ ދިވެހި ރައްޔިތުންނަށް މިލްކުވާ ވެލިފުކެއް. އެއްވެސް ބޭރު ފަރާތަކަށް އެންމެ ދުވަހަކަށް ވެސް ކުއްޔަށް ދޭން، ނޫނީ ހިލޭ ވެސް ލިބޭނެ ބިމެއްނޫން، ދެން އެތަނުން ހިކިގެން ދާނީކީއެއް،" މުއިއްޒު ވިދާޅުވެފައިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox