ރަސްމާލެ އެއްބަސްވުމުގައި ސޮއިކުރަން ވަގުތު ކުޑަތަންވާއިރު، އެކަމާ ބެހޭ ބިލު އަދިވެސް މަޖިލީހަށް ނުފޮނުވާ

ސެޕްޓެމްބަރު 14، 2026: ރައީސް އޮފީހުގައި ބޭއްވި މިނިސްޓަރުންގެ ނޫސް ކޮންފަރެންސެއްގައި ބަންޑާރަނައިބު އަހުމަދު އުޝާމް ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް

ސެޕްޓެމްބަރު 14، 2026: ރައީސް އޮފީހުގައި ބޭއްވި މިނިސްޓަރުންގެ ނޫސް ކޮންފަރެންސެއްގައި ބަންޑާރަނައިބު އަހުމަދު އުޝާމް ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް

ރަސްމާލެއިން 500 ހެކްޓަރުގެ ބިން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދީގެން ހިންގަން ނިންމާފައިވާ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ހަދާނެ ކަމަށް ސަރުކާރުން ބުނި ރިއަލް އެސްޓޭޓު ގާނޫނުގެ ބިލު އަދިވެސް މަޖިލީހަށް ނުފޮނުވާ ކަމަށް މަޖިލިސް މެންބަރުން ވިދާޅުވެއްޖެ އެވެ.

މި ނޫހާ ވާހަކަދައްކަވަމުން ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މައުރޫފް ޒާކިރު ވިދާޅުވީ ރަސްމާލެ ވިއްކައިލުމުގެ ކުރިން ހަދާނެކަމަށް ބުނި ރިއަލް އެސްޓޭޓް ގާނޫނުގެ ބިލު މަޖިލީހަށް އަދި ނުފޮނުވާ ކަމަށެވެ.

"އަދި، ނެތް އޭގެ އެއްވެސް ހަބަރެއް، އަދި ނުފޮނުވާ މަޖިލީހަކަށް،" މައުރޫފް ވިދާޅުވި އެވެ.

ދިވެހިރާއްޖޭގައި މިހާރު އަމަލު ކުރަމުންދާ ގާނޫނުތަކުގެ ދަށުން ރަސްމާލެ ޕްރޮޖެކްޓަށް ހުއްދަ ނުލިބޭތީ، އެ ޕްރޮޖެކްޓަށް މަގުފަހިކުރަން އާ ގާނޫނުތަކެއް ހަދަން ނިންމާފައިވާކަން ބަންޑާރަނައިބު، އަހުމަދު އުޝާމް ހާމަކުރެއްވީ ސެޕްޓެމްބަރު 29، ގަ އެވެ.

ރަސްމާލެ އެއްބަސްވުމުގެ ކުރިން ހަދާ ރިއަލް އެސްޓޭޓު ގާނޫނަށް ހިޔާލު ހުށަހަޅަން ދެ ހަފުތާ ދޭނަން: މުއިއްޒު

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން، އަލަށް އެކުލަވާލާ ރިއަލް އެސްޓޭޓް ބިލަށް ހިޔާލު ހުށަހަޅަން އާންމުންނަށް ދެ ހަފުތާގެ މުއްދަތެއް ދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ. އަދި މަޝްރޫއުގެ އެއްބަސްވުން މަޖިލީހުގެ ކޮމިޓީއަކަށް ހުށަހަޅައިގެން ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދާނެ ކަމަށް ވެސް ވިދާޅުވި.

އޭގެ އެއް މަސްދުވަސްފަހުން، މިދިޔަ ބުދަ ދުވަހުގެރޭ ރައީސް މުހައްމަދު މުއިއްޒު ވަނީ އެ ގާނޫނުގެ ބިލަށް ރައްޔިތުންގެ ހިޔާލު ހުށަހަޅަން ދެ ހަފުތާގެ މުއްދަތެއް ދެއްވާނެކަމަށް ވިދާޅުވެފަ އެވެ.

މި މަހު 17، ގެ ކުރިން ރަސްމާލޭގެ ދާއިމީ އެއްބަސްވުމުގައި ސޮއިކުރަން ސަރުކާރުން ވަނީ އަމާޒު ހިފައިފަ އެވެ.  މިދިޔަ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކެބިނެޓު ވަޒީރުންނާއެކު މުލީއާގޭގައި ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވަނީ އެކަން އެ ބޭފުޅުންނަށް ވެސް އަންގަވައިފަ އެވެ.

ރަސްމާލޭގެ ދާއިމީ އެއްބަސްވުމުގައި ސޮއިކުރަން ސަރުކާރުން އަމާޒު ހިފާފައިވާއިރު، އީގަލް ހިލްސް ކުންފުންޏާއެކު ސެޕްޓެމްބަރު 21، ގައި ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓު އެއްވެސް މީހަކަށް އަދި ހާމައެއް ނުކުރެ އެވެ.

ރާއްޖޭގެ ބައެއް ބޭރު މީހުންނަށް 99 އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ދިނުން ގާނޫނުއަސާސީ ހުއްދަ ކުރެ އެވެ. ނަމަވެސް އެކަމާ ގުޅޭ ގާނޫނެއް މިހާތަނަކަށް ނެތެވެ. ޓޫރިޒަމާ ބެހޭ ގާނޫނުން ހުއްދަ ލިބެނީ 50 އަހަރަށެވެ. އަދި ލީސް މުއްދަތު އިތުރު 49 އަހަރަށް އެކްސްޓެންޑު ކުރެވިދާނެ އެވެ. 

ސްޕެޝަން އިކޮނޮމިކް ގާނޫނުގެ ދަށުން ބިދޭސީ ބަޔަކަށް އެންމެ ގިނަވެގެން ބިމެއް ދޫކުރެވެނީ 66 އަހަރަށެވެ. އެކަމަކު އެ މުއްދަތު 33 އަހަރަށް އިތުރު ކުރެވިދާނެ އެވެ. 

ރަސްމާލެ ދޫކޮށްލަން ސަރުކާރުން އެއްބަސްވީ އެކުއިޒިޝަން ފީއެއް އަދި ބިމު ކުއްޔެއް ވެސް ނުނަގާ ގޮތަށެވެ. ސަރުކާރަށް ލިބޭ ހަމައެކަނި އެއްޗަކީ ރަސްމާލޭގައި އަޅާ ކޮމާޝަލް ޕްރޮޕަޓީސް ވިއްކައިގެން ލިބޭ ރެވެނިއުގެ 10 ޕަސެންޓާއި އެޕާޓްމަންޓުތައް ވިއްކައިގެން ލިބޭ ރެވެނިއުގެ ހަތަރު ޕަސެންޓެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox