މާލެ އާއި ހުޅުމާލޭގައި "ސިޓިޒަންސް ކޮމްޕްލެއިންޓްސް" އޮފީސްތަކެއް ގާއިމުކޮށްފި

Nov 18, 2026, 7:41 PM
ސިޓިޒެންސް ކޮމްޕްލެއިންސް ލައުންޖެއް

ސިޓިޒެންސް ކޮމްޕްލެއިންސް ލައުންޖެއް

ރައްޔިތުންގެ ހިޔާލާއި ކަންބޮޑުވުންތައް ސަރުކާރަށް ހުށަހެޅުމަށްޓަކައި ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ދެ ލައުންޖެއް މާލެ އާއި ހުޅުމާލޭގައި މިއަދު ހުޅުވައިފި އެވެ. 

އެގޮތުން މާލޭގައި ހުޅުވި ލައުންޖު ހުންނާނީ ހުޅުމާލެ ފެރީ ޓާމިނަލްގަ އެވެ. އަދި ހުޅުމާލޭ ފޭސް އެކެއްގައި ހުޅުވި ލައުންޖު ހުންނާނީ އުމަރު ޒާހިރު ބިލްޑިންގެ ތިރީ ފަންގިފިލާގަ އެވެ.

މި ދެ ލައުންޖުންވެސް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު ނުވަޔަކުން ފެށިގެން މެންދުރުފަހު ތިނެއް ޖަހަންދެން ރައްޔިތުންނަށް ހިދުމަތް ދެމުންގެންދާނެ އެވެ. މީގެ އިތުރުން، ކައިރި މުސްތަގުބަލެއްގައި ހުޅުމާލޭ ފޭސް ދޭއްގައި ވެސް މިފަދަ ލައުންޖެއް ހުޅުވުމަށް ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ. 

ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯއަކީ ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ބަލައިގަނެ، އެކަންކަމަށް ހައްލު ހޯދައިދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން އުފައްދަވާފައިވާ ހާއްސަ އިދާރާއެކެވެ. 

ރައީސް މުހައްމަދު މުއިއްޒަށް ރައްޔިތުންގެ ހިޔާލާއި ކަންބޮޑުވުންތައް ހުށަހެޅުމަށް ހާއްސަކޮށްގެން "ސިޓިޒެންސް ވޮއިސް" ގެ ނަމުގައި ދެވަނަ ފަހަރަށް ޕޯޓަލްއެއް މިފަހުން އިފްތިތާހުކުރި އެވެ. 

އީ-ފާސް ބޭނުންކޮށްގެން ލޮގިން ކުރެވޭ މި ޕޯޓަލް އެންމެ ފުރަތަމަ ފެބްރުއަރީ 23، 2024، ގައި އިފްތިތާހުކުރީ ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކާއި، ޝަކުވާތަކުގެ އިތުރުން ބޭނުންވާ ހިޔާލުތައްވެސް ސީދާ މުއިއްޒަށް ހުށަހެޅޭ ގޮތަށެވެ. ނަމަވެސް ދުވަސްކޮޅެއްފަހުން އެ ޕޯޓަލް ޑައުންކުރި ގޮތަށް ނުވަދެވެ އެވެ. 

ރައީސް އޮފީހުން ބުނީ ސިޓިޒެންސް ވޮއިސްގެ ނަމުގައި ދެވަނަ ފަހަރަށް މިއަދު އިފްތިތާހުކުރި ޕޯޓަލްއަކީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށްޓަކައި 24 ގަޑިއިރު ހިދުމަތް ދިނުމަށް ރައީސް އޮފީހުގައި ގާއިމުކޮށްފައިވާ ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ދަށުން ރައްޔިތުންގެ ޚިޔާލާއި ކަންބޮޑުވުންތައް ހުށަހެޅުމަށް ހާއްސަކޮށް ގާއިމުކުރި ޕޯޓަލްއެއް ކަމަށެވެ. 

މި ޕޯޓަލްގެ ހިދުމަތް މި ވަގުތަށް ވެބް މެދުވެރިކޮށް ފެށި ނަމަވެސް، ކައިރި މުސްތަގުބަލެއްގައި މި ހިދުމަތަށް ހާއްސަކުރެވޭ ފޯނު އެޕްލިކޭޝަންވެސް އިފްތިތާހު ކުރާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. 

މީގެ އިތުރުން މި ވަގުތު ވެސް ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ކޯލް ސެންޓަރުގެ ހިދުމަތް ހޮޓްލައިން ނަންބަރު 1470 މެދުވެރިކޮށް ދަނީ ދެމުން ކަމަށް އެ އޮފީހުން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލޯ ޑިގްރީ އިމްތިހާނަށް މާލެ އަންނާކަށް ނުޖެހޭނެ: ބާ ކައުންސިލް

ލޯ ޑިގްރީގެ އިމްތިހާނުތައް ހެދުމަށް މާލެއަށް ނުވަތަ ވަކި ހާއްސަ ރަށަކަށް ހާޒިރުވުން ލާޒިމު ނޫން ކަމަށާއި، ދަރިވަރުން ދިރިއުޅޭ ރަށެއްގެ ސްކޫލް ނުވަތަ ކައުންސިލް މެދުވެރިކޮށް އިމްތިހާނު ހެދޭނެ މަގު ބާ ކައުންސިލުން ފަހިކޮށްދީފިއެވެ. އަންނަ އަހަރުން ފެށިގެން އަމަލުކުރާ މި އުސޫލުގެ ދަށުން އިމްތިހާނު ހަދާ ގޮތަށް ބަދަލު އައި ނަމަވެސް، ކޯހުގެ މަންހަޖާއި ކިޔަވައިދޭ މުއްދަތަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

ތަރައްގީގެ އެއްވެސް ކަމެއް ކުރުމަށް ލާރިއެއް ނެތް: ޝާކިރު

އަންނަ އަހަރުގެ ބަޖެޓުގައި ރިކަރަންޓް ހަރަދަށް ކެނޑުމަށްފަހު ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ނެތް ކަމަށް ވިދާޅުވެ މެންބަރު އަހުމަދު ޝާކިރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ދައުލަތުގެ އާމްދަނީގެ ބޮޑުބައެއް ހަރަދުވަނީ ރިކަރަންޓް ކަންކަމަށް ކަމަށާއި، މަޝްރޫއުތައް ހިންގަން ޖެހެނީ އިތުރަށް ދަރަނި ނަގައިގެން ކަމަށެވެ. މީގެ އިތުރުން ސަރުކާރު ކުންފުނިތަކުން ބޮޑެތި ގެއްލުންވަމުންދާ ދިއުމަށްވެސް އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.

ރިއަލް އެސްޓޭޓު ބިލު މަޖިލީހަށް ބަލައިގަނެފި

މި ބިލު ބަލައިގަންނަން ވޯޓު ދިނީ 42 މެންބަރުން. ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 13 މެންބަރުން. މި ބިލު ދިރާސާކުރާނީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން. މިއީ ގާނޫނުއަސާސީގެ ހިމާޔަތްތައް ނައްތާލައި، ތާއަބަދަށް ނުވަތަ ހުސްނުވާ ގޮތަށް ބޭރު މީހުންނަށް ބިން މިލްކުކުރެވޭނެ ގޮތް ހެދުމަށް އިންތިޒާމުތަކެއް ހިމަނާފައިވާ ބިލެއް

ބޮޑެތި ޖޫރިމަނާތަކެއް ހިމަނާފައިވާ އަބުރުގެ ބިލު ކޮމިޓީއަށް

ސޯޝަލް މީޑިއާގައި މީހެއްގެ އަބުރާ ބެހޭ ފަދަ ޕޯސްޓެއް ހިއްސާކޮށްފިނަމަ 5 ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ހުށަހެޅި އަބުރުގެ ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފިއެވެ. މި ބިލުގައި ބަހާއި، ފޮޓޯއާއި، އިޝާރާތް އަދި ފިލްމު ފަދަ ވަސީލަތްތައް މެދުވެރިކޮށް އަބުރާ ބެހުމުގެ ދައުވާ ކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ.

މަރުގެ އަދަބު ތަންފީޒު ކުރާ ބިލު ބަލައިގެންފި

ދަންޖައްސައިގެން މަރުގެ އަދަބު ތަންފީޒުކުރާ ގޮތަށް ސަރުކާރުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފިއެވެ. މި ބިލުގައި މަރުގެ އަދަބު ތަންފީޒުކުރާނެ ގޮތާއި، އެކަން ހިންގާނެ ޕެނަލެއް އެކުލަވާލުމުގެ އިތުރުން، ބަލިވެއިނުމާއި ދަރިފުޅަށް ދެ އަހަރު ފުރުން ފަދަ އަދަބު ތަންފީޒުނުކުރެވޭނެ ހާލަތްތައް ބަޔާންކޮށްފައިވެއެވެ.

ތިން ކުންފުންޏެއްގެ މަނީ އެކްސްޗޭންޖު ލައިސަންސް ބާތިލްކޮށްފި

މަނީ ޗޭންޖިން ގަވާއިދާ ތަކުރާރުކޮށް ހިލާފުވި ތިން ކުންފުންޏެއްގެ ލައިސަންސް އެމްއެމްއޭ އިން ބާތިލުކޮށް، އެ ކުންފުނިތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފިއެވެ. މި ފިޔަވަޅަކީ ބޭރު ފައިސާގެ ބާޒާރު ކޮންޓްރޯލްކޮށް، ގަވާއިދާ ހިލާފު މުއާމަލާތްތައް ހުއްޓުވުމަށް އެމްއެމްއޭ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.

އިހުތިރާމް ކެމްޕެއިންގެ ލޯންޗިންއަށް ހިނގި ހަރަދު ހާމަނުކުރި

ސަރުކާރުން ފެށި "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތަށް ހިނގި ހަރަދުގެ ތަފްސީލް ހާމަކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް، އެ މައުލޫމާތު މިހާތަނަށް ހާމަކޮށްފައެއް ނުވޭ. ސިވިލް ސާވަންޓުން ބައިވެރިވުން މަޖުބޫރުކޮށްގެން ބޭއްވި މި ހަރަކާތަށް ބޮޑު ޚަރަދެއް ހިނގާނެ ކަމަށް ބެލެވޭ.

Newsletter

Get the latest news delivered straight to your inbox