ޓީޓީއެޗް ކްލިނިކްގައި ޑރ. ޖޯސެފް ބަލިމީހުން ބައްލަވަން ފަށްޓަވަނީ
ޓްރީ ޓޮޕް ހޮސްޕިޓަލުގެ އެންޑަކްރިނޮލޮޖީ ކޮންސަލްޓަންޓް ޑރ. ޖޯސެފް، 2026 ނޮވެމްބަރު 1 އިން ފެށިގެން މާލޭގައި ހުންނަ ޓީޓީއެޗް ކްލިނިކްގައި ބަލިމީހުން ބައްލަވަން ފަށްޓަވާނެއެވެ. މިއީ ހަކުރުބައްޔާއި ތައިރޮއިޑް ފަދަ ހޯރމޯންގެ ބަލިތަކަށް ފަރުވާ ހޯދާ މާލޭގެ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށް ހަމަޖެއްސި އިންތިޒާމެކެވެ. ޑރ. ޖޯސެފް ބަލިމީހުން ބައްލަވާނީ ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 1:00 އަށެވެ.