ހަކުރު ބަލި
20 ލިޔުން
ފަހުގެ
ހަބަރުޓީޓީއެޗް ކްލިނިކްގައި ޑރ. ޖޯސެފް ބަލިމީހުން ބައްލަވަން ފަށްޓަވަނީ
ޓްރީ ޓޮޕް ހޮސްޕިޓަލުގެ އެންޑަކްރިނޮލޮޖީ ކޮންސަލްޓަންޓް ޑރ. ޖޯސެފް، 2026 ނޮވެމްބަރު 1 އިން ފެށިގެން މާލޭގައި ހުންނަ ޓީޓީއެޗް ކްލިނިކްގައި ބަލިމީހުން ބައްލަވަން ފަށްޓަވާނެއެވެ. މިއީ ހަކުރުބައްޔާއި ތައިރޮއިޑް ފަދަ ހޯރމޯންގެ ބަލިތަކަށް ފަރުވާ ހޯދާ މާލޭގެ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށް ހަމަޖެއްސި އިންތިޒާމެކެވެ. ޑރ. ޖޯސެފް ބަލިމީހުން ބައްލަވާނީ ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 1:00 އަށެވެ.
ލުއިއަދަދުކެއުމަށްފަހު ލޭގައި ހަކުރު މަތިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްތަ؟
ކެއުމަށްފަހު ނުވަތަ ކަސްރަތު ކުރުމުން ލޭގައި ހަކުރުގެ މިންވަރު ވަގުތީގޮތުން މަތިވުމަކީ ހަށިގަނޑުގައި ގުދުރަތީ ގޮތުން ހިނގާ އާދައިގެ ކަމެކެވެ. ނަމަވެސް ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުގައި އިންސިއުލިން މަސައްކަތްކުރާ މިންވަރު ދަށްވުމުގެ ސަބަބުން، މިގޮތަށް ހަކުރު މަތިވުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. އެހެންކަމުން ބަލި ހުންނަ މީހުން ކެއުމާއި ކަސްރަތަށް ސަމާލުވެ، ގަވާއިދުން ހަކުރު ޗެކްކުރުން މުހިންމެވެ.
