ކެއުމަށްފަހު ލޭގައި ހަކުރު މަތިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްތަ؟

Oct 7, 2026, 6:25 AM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

ހަކުރާއި، މޭވާ އާއި އަދި ކާބޯހައިޑްރޭޓް ގިނަ ކާނާ ފަދަ ތަކެތި ކެއުމުން، އެ ތަކެތި ހަޖަމުވުމުގެ މަރުހަލާގައި އަހަރެމެންގެ ލޭގައި ހުންނަ ހަކުރުގެ މިންވަރު ގުދުރަތީ ގޮތުން މަތިވެ އެވެ.

މިކަން މިހެން ދިމާވަނީ ކާބޯހައިޑްރޭޓާއި ހަކުރު ހަޖަމުވުމުން، އެ ތަކެތި ގްލޫކޯޒަށް ބަދަލުވެ، ލޭގެ ތެރެއަށް ދައުރުވާން ފެށުމުންނެވެ. މީގެ ސަބަބުން ވަގުތީ ގޮތުން ލޭގައި ހަކުރު ހުންނަ މިންވަރު މަތިވެ އެވެ. މި ބަދަލާ އެކު، ޗިލްމު ޕެންކްރިއަސް އިން އިންސިއުލިން ހޯމޯން ދޫކުރަން ފަށަ އެވެ. އިންސިއުލިންގެ ދައުރަކީ ލޭގައި ހުރި ގްލޫކޯޒްތައް ހަށިގަނޑުގެ ސެލްތަކަށް ފޯރުކޮށްދީ، ހަކަތަ އުފެއްދުމަށް އެހީތެރިވުމެވެ.

ލޭގައި ހަކުރު މަތިވަނީ ހަމައެކަނި ކާ އެއްޗެހީގެ ސަބަބުންނެއް ނޫނެވެ. ބުރަ ކަސްރަތުތައް ކުރާ ވަގުތުތަކުގައި، އެޑްރެނަލިން ފަދަ ހޯމޯންތަކުގެ ސަބަބުން ފުރަމޭގައި ހުންނަ ގްލޫކޯޒްތައް ލޭގެ ތެރެއަށް ދޫކުރުމަށް ސިގްނަލް ފޮނުވަ އެވެ. މިއީ މަސްތަކަށް ބޭނުންވާ އިތުރު ހަކަތަ ފޯރުކޮށްދިނުމަށްޓަކައި ހަށިގަނޑުން ކުރާ ކަމެކެވެ. އެމެރިކާގެ ކަނެކްޓިކަޓްގައި ހުންނަ ޔޭލް ސްކޫލް އޮފް މެޑިސިންގެ ޕީޑިއަޓްރިކް އެންޑޯކްރިނޮލޮޖިސްޓެއް ކަމަށްވާ ޖެނިފާ ޝެރް ވިދާޅުވާ ގޮތުގައި، މީގެ ސަބަބުން ވެސް ވަގުތީ ގޮތުން ލޭގައި ހަކުރު ހުންނަ މިންވަރު މަތިވެދާނެ އެވެ.

Advertisement

ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުގައި އެކަށީގެންވާ މިންވަރަށް އިންސިއުލިން ނުއުފައްދަ އެވެ. ނުވަތަ އިންސިއުލިން މަސައްކަތް ކުރަންޖެހޭ ގޮތަށް މަސައްކަތެއް ނުކުރެ އެވެ. މީގެ މާނައަކީ ކެއުމަށްފަހު އެފަދަ މީހުންގެ ލޭގައި ހަކުރު ހުންނަ މިންވަރު ނުރައްކާތެރި މިންވަރަކަށް މަތިވުމެވެ. އެހެންކަމުން، ހަކުރު ކުއްލިއަކަށް މަތިވިޔަނުދިނުމަށްޓަކައި، ކެއުމާއި ކަސްރަތަށް ސަމާލުކަންދީ، ގަވާއިދުން ލޭގެ ހަކުރު ޗެކްކުރުމަކީ އެފަދަ މީހުންނަށް ކޮންމެހެން މުހިންމު ކަމެކެވެ. އަދި ބައެއް މީހުން އިންސިއުލިން ނުވަތަ މެޓްފޯމިން ފަދަ ބޭސްތައް ބޭނުންކުރަން ޖެހެ އެވެ.

ސިއްހަތު ސަލާމަތުން ހުރި މީހެއްގެ ހަށިގަނޑުގައި ކެއުމަށްފަހު ލޭގެ ހަކުރު މަތިވުމަކީ އާދައިގެ ކަމެކެވެ. އިނގިރޭސިވިލާތުގެ ޔުނިވާސިޓީ ކޮލެޖް ލަންޑަންގެ ނިއުޓްރިޝަން އެންޑް ޑައިޓެޓިކްސްގެ އެސޯސިއޭޓް ޕްރޮފެސަރު އެޑްރިއަން ބްރައުން ވިދާޅުވި ގޮތުގައި، މިކަމުގައި އޮތް އެންމެ ބޮޑު ކުށްހީއަކީ ލޭގައި ހަކުރު މަތިވާ ކޮންމެ ފަހަރަކީ އެއީ ގެއްލުން ހުރި ކަމެއް ކަމަށް ގަބޫލުކުރުމެވެ.

އާންމު ގޮތެއްގައި ކެއުމަށްފަހު އެއް ގަޑިއިރު ތެރޭގައި ލޭގެ ހަކުރު އެންމެ މަތީ މިންވަރަށް ދެއެވެ. އަދި އޭގެ ދެ ގަޑިއިރު ފަހުން އާދައިގެ މިންވަރަކަށް ތިރިވެ އެވެ. ބްރައުން ވިދާޅުވާ ގޮތުގައި، ހަށިގަނޑުގެ މެޓަބޮލިޒަމް ރަނގަޅަށް ހުންނަ މީހެއްގެ ލޭގައި ހަކުރު ކުޑަވަގުތުކޮޅަކަށް މަތިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ނޫނެވެ.

ނަމަވެސް، ލޭގައި ހަކުރު ހުންނަ މިންވަރު އުންމީދުކުރާ ވަރަށްވުރެ ގިނަ އިރުވަންދެން މަތީގައި ހުންނަނަމަ، އެއީ ހަށިގަނޑުން ގްލޫކޯޒް ރަނގަޅަށް ކޮންޓްރޯލް ނުކުރެވޭކަމުގެ ނިޝާނެއް ކަމަށް ޝެރް ވިދާޅުވި އެވެ. މިއީ އިންސިއުލިން ރެސިސްޓަންސްގެ އަލާމާތަކަށް ވެދާނެ އެވެ. ގިނަ ދުވަސްތަކެއް ވަންދެން ލޭގައި ހަކުރު މަތިކޮށް ހުރުމުން އިންސިއުލިން ރެސިސްޓަންސް މެދުވެރިވެ އެވެ. މީގެ ނަތީޖާއެއްގެ ގޮތުން ޕްރީ-ޑައިބެޓީސް ނުވަތަ ޓައިޕް 2 ޑައިބެޓީސް (ހަކުރުބަލި) އަށް މަގުފަހިވެ އެވެ. ހަކުރުބަލި ހުންނަ މީހުންގެ ލޭގައި ހަކުރު މަތިކޮށް ހުރުމުން ނާރުތަކަށާއި ލޮލަށް ގެއްލުންވުމާއި، ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުން ފަދަ ނުރައްކާތަކާ ކުރިމަތިވެ އެވެ.

އެހެންނަމަވެސް، ލޭގައި ހަކުރު ގިނަވުމަކީ ސީދާ އިންސިއުލިން ރެސިސްޓަންސް މެދުވެރިވާ ސަބަބެއް ކަމަށް ބުނާނެ އެކަށީގެންވާ ހެކި ނެތް ކަމަށް ބައެއް މާހިރުން ދެކެވަޑައިގަންނަވަ އެވެ. އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީގެ ސީނިއާ ރިސާޗް ފެލޯ އަދި ޑައިޓީޝަނެއް ކަމަށްވާ ނިކޮލާ ގުއެސް ވިދާޅުވާ ގޮތުގައި، ހަށިގަނޑަށް ބޭނުންވާ ވަރަށްވުރެ އިތުރަށް ކެލޮރީޒް ބޭނުންކުރުމުން އެ ބަދަލުވަނީ ސަރުބީ (ފެޓް) އަށެވެ. އަދި މިގޮތަށް ބަރުދަން އިތުރުވުމަކީ ޓައިޕް 2 ޑައިބެޓީސް ޖެހުމަށް އޮތް ނުރައްކަލެއް ކަމަށް އޭނާ އިތުރަށް ވިދާޅުވި އެވެ.

ކެއުމުގައި ބޭނުންކުރާ ތަފާތު ބާވަތްތަކުގެ ސަބަބުން ލޭގެ ހަކުރަށް ކުރާ އަސަރު ތަފާތުވެ އެވެ. ލޭގެ ހަކުރު އެއްވަރެއްގައި ހިފަހައްޓައިދޭ ކާނާ ކެއުމުން ގިނަ އިރުވަންދެން ބަނޑުފުރިފައި ހުރިކަމުގެ އިހުސާސް ކުރެވެ އެވެ. މީގެ ތެރޭގައި ހޯލްގްރެއިން އަދި ޕްރޮޓީން ގިނަ ކާނާ ހިމެނެ އެވެ. ނަމަވެސް ހުދު ޕާނާއި ހުދު ހަނޑޫ ފަދަ ސިމްޕަލް ކާބޯހައިޑްރޭޓްސް ވަރަށް އަވަހަށް ލޭގެ ތެރެއަށް ދައުރުވެ އެވެ.

ކެއުމުގެ ތަރުތީބަށް ސަމާލުކަން ދިނުމަކީ ވެސް އެހީތެރިވެދޭނެ ކަމެކެވެ. މިސާލަކަށް، ކާބޯހައިޑްރޭޓް ކެއުމުގެ ކުރިން ޕްރޮޓީން އާއި ތަރުކާރީ ކެއުމުން، ކެއުމަށްފަހު ލޭގެ ހަކުރު މަތިވާ މިންވަރު ކުޑަކޮށްދޭކަން ވަނީ ހޯދިފަ އެވެ.

ޕްރޮޓީން، ފައިބަރު ގިނަ ތަރުކާރީ އަދި ސިއްހަތަށް ފައިދާހުރި ފެޓް އެކުލެވޭ ހަމަހަމަ ކެއުމެއް އިޚްތިޔާރު ކުރުން މުހިއްމެވެ. މީގެ ސަބަބުން ކާނާ ހަޖަމުވުން ލަސްކޮށްދީ، ހަށިގަނޑަށް އެއްވަރަކަށް ހަކަތަ ފޯރުކޮށްދިނުމުގެ އިތުރުން، ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދެ އެވެ.

ކޮންމެ މީހެއްގެ ހަށިގަނޑު ވެސް ކާނާއަށް އިޖާބަދޭ ގޮތް ތަފާތުވާނެކަން ފާހަގަކުރަންޖެހެ އެވެ. ބްރައުން ވިދާޅުވި ގޮތުގައި، ނިދުމާއި، ސްޓްރެސް، ހަރަކާތްތެރިވާ މިންވަރާއި އަދި ކާ ކާނާގެ ބާވަތަށް ބަލައި، އެކަކު އަނެކަކާ ދެމެދު ބޮޑެތި ތަފާތުތަކެއް ހުރެ އެވެ.

މައުލޫމާތު: ބީބީސީ

ކޮމެންޓް

ފަހުގެ ޚަބަރު

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

ރަސަލް ބްރޭންޑް އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދި

ރަސަލް ބްރޭންޑްގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން، އޭނާގެ ކުރީގެ އެސިސްޓެންޓަކު ވަނީ އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދުމަށް ބްރޭންޑް އަންގާފައިވާ ކަމަށް ކޯޓުގައި ހެކިބަސް ދީފައެވެ. ބްރޭންޑަކީ ޖިންސީ ކަންކަމަށް ދަހިވެތިވެފައިވާ މީހެއްގެ ގޮތުގައި ސިފަކުރަމުން، އޭނާގެ އަމަލުތައް ހުންނަ ގޮތުން ވަޒީފާއިން ވަކިވި ކަމަށްވެސް އެސިސްޓެންޓް ބުންޏެވެ. ނަމަވެސް، ބްރޭންޑް ވަނީ އޭނާގެ މައްޗަށް ކުރެވޭ ރޭޕް އަދި ޖިންސީ ގޯނާގެ ހުރިހާ ދައުވާތަކަކަށް އިންކާރުކޮށްފައެވެ.

މީހަކަށް ހަމަލާދިނުމުން ކްރިސް ބްރައުންއަށް ޖަލު ހުކުމެއް

ލަންޑަނުގެ ނައިޓްކްލަބެއްގައި މީހަކަށް ހަމަލާދިން މައްސަލައިގައި މަޝްހޫރު ލަވަކިޔުންތެރިޔާ ކްރިސް ބްރައުންގެ މައްޗަށް އަށް މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވައި، އެ ހުކުމް ތަންފީޒުކުރުން 12 މަހަށް ފަސްކޮށްފިއެވެ. މި މާރާމާރީގައި ބައިވެރިވި އޭނާގެ ވޯކަލް ކޯޗަށް ވެސް ހަތަރު މަހުގެ ސަސްޕެންޑަޑް ހުކުމެއް އިއްވާފައިވާއިރު، ކޯޓުން ވަނީ މި ދެ މީހުން 1,500 ޕައުންޑުން ޖޫރިމަނާކުރުމަށް ވެސް އަމުރުކޮށްފައެވެ.

ވޯޓު ހޯދަން ނިކީ މިނާޖް ޓްރަމްޕާއެކު ސްޓޭޖަށް

އެމެރިކާގެ ދައުރު މެދުތެރޭ އިންތިޚާބުގެ ކެމްޕޭނަށް މިޝިގަންގައި ބޭއްވި ރެލީއެއްގައި، މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ނިކީ މިނާޖް ބައިވެރިވެ ޑޮނަލްޑް ޓްރަމްޕަށާއި ރިޕަބްލިކަން ޕާޓީއަށް ތާއީދުކޮށްފިއެވެ. މި ރެލީގައި ޓްރަމްޕް ވަނީ ޑިމޮކްރެޓިކް ކެންޑިޑޭޓް އަބްދުލް އެލް-ސައީދުގެ ދީނާއި ނަސްލަށް އަމާޒުކޮށް ފާޑުވިދާޅުވެފައެވެ. އިންތިޚާބަށް ހަފުތާއަކަށް ވެފައިވާއިރު، ކޮންގްރެސްގެ ކޮންޓްރޯލް ހޯދުމަށް ދެ ޕާޓީންވެސް ދަނީ ފޯރިއާއެކު ކެމްޕޭން ކުރަމުންނެވެ.

ހަންގަނޑުގެ ޒުވާންކަން ދަމަހައްޓަން ކެއުމުގައި ހިމަނަންވީ ތަކެތި

ހަންގަނޑު މުސްކުޅިވުމުން ރައްކާތެރިކޮށްދީ ޒުވާންކަން ދަމަހައްޓަން ބޭނުންނަމަ، ގަސްގަހާގެހިން ލިބޭ ކާނާއާއި ފައިދާހުރި ސަރުބީ އަދި ފާމެންޓް ކޮށްފައިވާ ތަކެތި ކެއުމުގައި ހިމެނުން މުހިންމެވެ. ތިމާވެށީގެ ނުސާފުކަމާއި އިރުގެ ދޯދިތަކުގެ ސަބަބުން ހަންގަނޑަށް ލިބޭ ގެއްލުންތަކުން ސަލާމަތްވުމަށްޓަކައި، ކޮލަޖަން އިތުރުކޮށްދޭ ފަދަ ސިއްހީ ގޮތުން ފައިދާހުރި ކާނާ ބޭނުންކުރުމަކީ މުޅި ހަށިގަނޑުގެ ދުޅަހެޔޮކަމަށްވެސް ބޭނުންތެރި ކަމެކެވެ.

Newsletter

Get the latest news delivered straight to your inbox