ކޮޅަށް ހުރުމަކީ ހަކުރު ބަލި ފަދަ މައްސަލަތަކުން ސަލާމަތްވުމަށް އޮތް މަގެއް

Sep 23, 2026, 11:03 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

ދިގު މުއްދަތަކަށް ތަހައްމަލު ކުރަންޖެހޭ ދިރިއުޅުމުގެ އާދަކާދަތަކާ ގުޅިފައިވާ ބަލިތަކާ ދެކޮޅަށް ތެދުވާންވީ ވަގުތު މިއޮތީ ޖެހިފަ އެވެ. އާ ދިރާސާއަކުން ދައްކާ ގޮތުގައި، ކޮޅަށް ހުރުމަކީ ޓައިޕް 2 ޑައިބެޓީސް (ހަކުރުބަލި) ފަދަ ސިއްހީ ނުރައްކާތެރި ހާލަތްތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ ކަމެކެވެ.

ފިންލޭންޑްގެ ޓުރުކޫ ޕީއީޓީ ސެންޓަރާއި ޔޫކޭކޭ އިންސްޓިޓިއުޓްގެ ސައިންސްވެރިން ވަނީ، ކޮޅަށް ހުރުމާއި އިންސިއުލިން ސެންސިޓިވިޓީ ނުވަތަ ހަށިގަނޑުގެ އިންސިއުލިންއަށް އިޖާބަދޭ މިންވަރު ރަނގަޅުވުމާ ދެމެދު ގުޅުމެއް އޮންނަކަން ހޯދާފަ އެވެ.

އިންސިއުލިންއަކީ ހަށިގަނޑުގެ މެޓަބޮލިޒަމް ނުވަތަ ހަކަތަ އުފައްދާ ނިޒާމާއި ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭ ހޯމޯންއެކެވެ. ނަމަވެސް، ބަރުދަން އިތުރުވުން ފަދަ ސަބަބުތަކާ ހުރެ ހަށިގަނޑުގައި އިންސިއުލިން މަސައްކަތްކުރާ ގޮތަށް ބުރޫއަރައި، އިންސިއުލިން ސެންސިޓިވިޓީ ދަށްވެ އެވެ. މީގެ ސަބަބުން ޓައިޕް 2 ޑައިބެޓީސް ފަދަ ދިގު މުއްދަތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވެގެންދެ އެވެ.

Advertisement

ހަކުރުބަލި ތަހައްމަލު ކުރާ މީހުންނަށް ވާގިނެތުމާއި، ލޯ އަނދިރިވުމާއި، ކިޑްނީ ފެއިލްވުމުގެ އިތުރުން ހިތުގެ ބަލިތައް ޖެހުމުގެ ނުރައްކާ ބޮޑެވެ. އަދި މިއީ އުމުރުން ދުވަސް ނުވަނީސް މަރުވުމަށް މެދުވެރިވާ ސަބަބެއްވެސް މެއެވެ. މުޅި ދުނިޔޭގައި ކޮންމެ 11 މީހަކުން އެކަކީ މި ބަލި ތަހައްމަލު ކުރަމުންދާ މީހެއް ކަމަށްވާއިރު، ކޮންމެ އަހަރަކު ދުނިޔޭގެ އެކި ކަންކޮޅުތަކުން 1.5 މިލިއަން މީހުން މި ބަލީގައި މަރުވެ އެވެ.

ކޮޅަށް ހުރުމުން އިންސިއުލިން އުފައްދައިދޭ މިންވަރު ރަނގަޅުވޭ

ކަސްރަތު ކުރުމަކީ ހަކުރުބަލީގެ އިތުރުން ގައިންގަޔަށް ނާރާ އެހެނިހެން ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ ކަމެއްކަން އެންމެންނަށް އެނގުނު ނަމަވެސް، ފިންލޭންޑްގައި ކުރިއަށްގެންދިޔަ މި ދިރާސާ ހާއްސަވަނީ ހަރަކާތްތެރިނުވެ ގިނައިރު އިށީނދެގެން ތިބުމުން އިންސިއުލިން އުފައްދާ މިންވަރަށް ކުރާ އަސަރުތަކަށް ބަލާފައިވާތީ އެވެ.

"ޖާނަލް އޮފް ސައިންސް އެންޑް މެޑިސިން އިން ސްޕޯޓް" ގައި ޝާއިއުކޮށްފައިވާ މި ދިރާސާގެ ނަތީޖާތަކުން ދައްކާ ގޮތުގައި، ގިނައިރު އިށީނދެގެން ތިބުމުގެ ބަދަލުގައި ދޭތެރެއަކުން ކޮޅަށް ތެދުވުމުން، އިންސިއުލިންގެ މަސައްކަތް ރަނގަޅުވެ އެވެ. މިއީ ޓައިޕް 2 ޑައިބެޓީސް ޖެހުމުގެ ފުރުސަތު ބޮޑު، ހަރަކާތްތެރިކަން ކުޑަ މީހުންގެ މެދުގައިވެސް ފާހަގަކުރެވުނު ކަމެކެވެ. މީހަކު އިށީނދެގެން ހުންނަ ވަގުތާއި، ހަރަކާތްތެރިވާ މިންވަރާއި، ދުޅަހެޔޮކަމުގެ ފެންވަރު ނުވަތަ ބަރުދަން ހުރި ގޮތަކަށް ބެލުމެއް ނެތި، ކޮޅަށް ހުރުމުން އިންސިއުލިންގެ މަސައްކަތަށް ހެޔޮ ބަދަލެއް އަންނަކަން ވަނީ ކަށަވަރުވެފަ އެވެ.

މި ދިރާސާގައި ބައިވެރިވި ތާރޫ ގާތުވެއިޓް "ސައިންސް ޑެއިލީ" އަށް މައުލޫމާތު ދެމުން ބުނެފައިވަނީ، މީގެ ކުރިން މިފަދަ ގުޅުމެއް ހޯދިފައި ނުވާ ކަމަށެވެ. އަދި މި ހޯދުންތަކުގެ ސަބަބުން، ހާއްސަކޮށް ކަސްރަތު ކުރަންޖެހޭ މިންވަރަށް ކަސްރަތު ނުކުރެވޭ މީހުން، ދުވާލުގެ ވަގުތުތަކުގައި އިށީނދެގެން ތިބުމުގެ ބަދަލުގައި ކޮޅަށް ހުންނަ ވަގުތު އިތުރުކުރުމަށް ހިތްވަރު ލިބޭ ކަމަށްވެސް އޭނާ ފާހަގަކުރި އެވެ.

ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައެއް

ހަކުރުބަލި، ހިތުގެ ބަލިތައް، ކެންސަރު، ވާގިނެތުން އަދި ފުއްޕާމޭގެ ބަލިތައް ފަދަ ގައިންގަޔަށް ނާރާ ބަލިތަކަކީ މުޅި ދުނިޔޭގައިވެސް އިތުރުވަމުންދާ ބޮޑު މައްސަލައެކެވެ. މިކަމުގެ ސީރިއަސްކަން ބޮޑުކަމުން، އދ. ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ ތެރެއިން ތިންވަނަ ލަނޑުދަނޑީގައި ވަނީ، 2030 ވަނަ އަހަރުގެ ނިޔަލަށް ގައިންގަޔަށް ނާރާ ބަލިތަކުގައި އުމުރުން ދުވަސް ނުވަނީސް މަރުވާ މީހުންގެ އަދަދު ތިންބައިކުޅަ އެއްބަޔަށް މަދުކުރުމަށް އަމާޒު ހިފާފަ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ހާމަކުރާ ގޮތުގައި، ދިރިއުޅުމުގެ އާދަކާދަތަކާ ގުޅިފައިވާ މިފަދަ ބަލިތަކުގައި ކޮންމެ އަހަރަކު 41 މިލިއަން މީހުން މަރުވެ އެވެ. މިއީ މުޅި ދުނިޔޭގައި މަރުވާ މީހުންގެ 70 އިންސައްތައަށް ވުރެ ގިނަ އަދަދެކެވެ. މީގެ ތެރެއިން ތިންބައިކުޅަ ދެބައި މަރުވަނީ އާމްދަނީ ދަށް އަދި މެދު މިންވަރެއްގެ އާމްދަނީ ލިބޭ ގައުމުތަކުގަ އެވެ. މިއީ ފަގީރުކަމާއި ދިރިއުޅުމުގެ އާދަކާދަތަކާ ގުޅިފައިވާ ބަލިތަކާ ދެމެދު އޮތް ގުޅުން ހާމަކޮށްދޭ ކަމެކެވެ.

ސިއްހަތަށް ނުރަނގަޅު ކާނާ ކެއުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުމާއި، ބަނގުރާ ބުއިމުގެ އިތުރުން، ކަސްރަތު ނުކުރުމަކީ މިފަދަ ބަލިތައް ޖެހުމަށް މެދުވެރިވާ މައިގަނޑު ހަތަރު ސަބަބެވެ. ހަރަކާތްތެރިވެ ނޫޅުމުގެ ސަބަބުން ނުވަތަ އެކަށީގެންވާ ވަރަށް ކަސްރަތު ނުކުރުމުގެ ސަބަބުން އަހަރަކު ގާތްގަނޑަކަށް 1.6 މިލިއަން މީހުން މަރުވާ ކަމަށް އަންދާޒާ ކުރެވެ އެވެ.

މަައުލޫމާތު: ވޯލްޑް އިކޮނޮމިކް ފޯރަމް

ކޮމެންޓް

ފަހުގެ ޚަބަރު

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

ގްލެޑިއޭޓާ 2" ގެ ސެޓުގައި ހިނގި ހާދިސާއަކާ ގުޅިގެން ކޯޓަށް

"ގްލެޑިއޭޓާ 2" ގެ މަންޒަރެއް ކުޅެމުން ދަނިކޮށް ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަށިގަނޑުގެ 15 އިންސައްތަ ފިހުނު އެކްޓަރަކު، ފިލްމު އުފެއްދި ކުންފުންޏާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފިއެވެ. މި ހާދިސާގެ ޒިންމާ ފިލްމީ ކުންފުނިން އުފުލި ނަމަވެސް، ލިބުނު އަނިޔާތަކަށް ބަދަލުގެ ގޮތުގައި އެދިފައިވާ 200،000 ޕައުންޑް ދިނުމަށް އެ ކުންފުނިން ވަނީ އިންކާރުކޮށްފައެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކައިގައި ކިޔައިދެނީ އިވާން އާއި މައިރާގެ މެދުގައި ހިނގި ލޯބިވެތި ވަގުތުކޮޅެއްގެ ވާހަކައެވެ. ނަމަވެސް، ކޮޓަރީގެ ބޭރުން ނަދާލް ގޮވައިލި އަޑަށް އެ ދެމީހުންގެ ހަރަކާތްތަކަށް ހުއްޓުމެއް އައިސް، މައިރާ ނަދާލަށް ޖަވާބުދީ އެތަނުން ދާން މަސައްކަތް ކުރެއެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޖަޕާނުގެ ބޮޑީބިލްޑަރެއް އުމުރުން 90 އަހަރުގައި ވެސް ސްޓޭޖަށް

ޖަޕާނުގެ އުމުރުން 90 އަހަރުގެ ޓޮޝިސުކޭ ކަނަޒާވާ، ސްޕެއިންގައި ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށް، އުމުރަކީ ދުޅަހެޔޮކަމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީފިއެވެ. އޭނާގެ ދުޅަހެޔޮކަމުގެ ސިއްރަކީ ޖަޕާނުގެ ސަގާފީ ކެއުންތައް ކަމަށްވާ ބްރައުން ރައިސް އާއި މިސޯ ސޫޕް ފަދަ ތަކެތި ބޭނުންކުރުން ކަމަށްވާއިރު، އޭނާގެ އަމާޒަކީ އުމުރުން 93 އަހަރުގައިވެސް މުބާރާތެއްގައި ވާދަކުރުމެވެ.

ކުދިކުދި ހަރަކާތްތަކުން ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވޭ

ދިރިއުޅުމުގެ އާދައިގެ ތެރެއިން ކުރެވޭ ކުދިކުދި ހަރަކާތްތަކުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، ސިއްހީ ގިނަ ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި އިށީނދެގެން އިންނައިރު ފައި ތަޅުވާލުމާއި، ކޮނޑު އަރުވާލުން ފަދަ "ނީޓް" ހަރަކާތްތައް ހިމެނޭއިރު، މިއީ ކަސްރަތު ކުރަން ވަގުތު ނުލިބޭ މީހުންނަށް ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

Newsletter

Get the latest news delivered straight to your inbox