އުނަގަނޑުގެ ސަރުބީ ވިރުވާލަން މުޅި ހަށިގަނޑުގެ ބަރުދަން ލުއިކުރުން މުހިންމު

Sep 7, 2026, 7:30 AM
ފޮޓޯ: ހެލްތުލައިން

ފޮޓޯ: ހެލްތުލައިން

އުނަގަނޑު ވަށައިގެން ޖަހާފައި ހުންނަ ގަދަ ފެޓް ނުވަތަ ސަރުބީގެ ސަބަބުން، އަމިއްލަ ނަފްސަށް އޮންނަ އިތުބާރާއި، ހެދުން އެޅުމުގެ އިތުރުން ސިއްހަތަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރެ އެވެ. އުނަގަނޑުގެ ސައިޒު ކުޑަކުރުމަކީ ހަށިގަނޑަށް އިތުރު ހަކަތަ ލިބިދޭ ކަމެކެވެ. އަދި މީގެ ސަބަބުން ހިތުގެ ބަލިތަކާއި ހަކުރުބަލި ފަދަ ސިއްހީ ނުރައްކާތަކުން ސަލާމަތްވުމަށް އެހީތެރިވެދެ އެވެ.

ހަށިގަނޑުގެ މެދުތެރޭގައި ނުވަތަ ބަނޑާއި އުނަގަނޑު ހިމެނޭ ސަރަހައްދުގައި ސަރުބީ ހުރުމަކީ އުމުރު ކުރުވުމުގެ ފުރުސަތު ބޮޑުކޮށްދޭ ކަމެއްކަން އިތުބާރު ހުރި ދިރާސާތަކުން ދައްކަ އެވެ. ހަށިގަނޑުގެ އެ ސަރަހައްދުގައި ގުދުރަތީ ގޮތުން ސަރުބީ ރައްކާކުރާ މީހަކަށް އުނަގަނޑު ހިމަ ކުރުމަކީ އުނދަގޫ ކަމަކަށް ވެދާނެ އެވެ. ނަމަވެސް ކަސްރަތު ކުރުމާއި ކެއުމަށް ގެންނަ ކުދިކުދި ބަދަލުތަކުގެ އެހީގައި މިކަން ފަސޭހަކުރެވިދާނެ އެވެ.

ބަރުދަން ލުއިވާ ގޮތް ދެނެގަތުމަކީ ވަރަށް މުހިންމު ކަމެކެވެ. މުޅި ހަށިގަނޑުގެ ބަރުދަން ލުއިނުކޮށް، ހަމައެކަނި ހަށިގަނޑުގެ ވަކި ގުނަވަނަކުން ބަރުދަން ލުއިކުރެވިދާނެ ކަމަށް ގަބޫލުކުރުމަކީ ކުށްހީއެކެވެ. ހަމައެކަނި ބަނޑުގެ ކަސްރަތުތައް ކޮށްގެން ބަނޑުގެ ސަރުބީ ވިރުވާލުމަށް ކުރާ މަސައްކަތަކީ ނަތީޖާއެއް ނުފެންނަ ކަމެއްކަން ދިރާސާތަކުން ވަނީ ސާބިތުވެފަ އެވެ.

Advertisement

ކަސްރަތު ކުރުމުގެ ސަބަބުން ބަނޑުގެ ސަރުބީގެ ދަށުގައި ހުންނަ މަސްތައް ވަރުގަދަވެ ބާރުވި ނަމަވެސް، މުޅި ހަށިގަނޑުގެ ބަރުދަން ލުއިނުކޮށް އުނަގަނޑުގެ ސައިޒަށް ބަދަލެއް ނާންނާނެ އެވެ. އެންމެ ރަނގަޅު ނަތީޖާއެއް ހޯދޭނީ ސިއްހަތަށް ފައިދާހުރި ދިރިއުޅުމުގެ އާދަތަކާއި، ރަނގަޅު ކެއުމާއި، އަދި ކަސްރަތު އެއްކޮށްލައިގެންނެވެ.

ކާނާއާ ބެހޭ ގިނަ މާހިރުން އެއްބަސްވާ ގޮތުގައި، ހަށިގަނޑުގައި ރައްކާކުރެވިފައި ހުންނަ އެއް ޕައުންޑުގެ ސަރުބީ ވިރުވާލުމަށްޓަކައި 3،500 ކެލޮރީ މަދުކުރަން ޖެހެ އެވެ. ކެއުމުގައި ބޭނުންކުރާ ކެލޮރީގެ މިންވަރު މަދުކުރުމުން މި އަމާޒަށް ވާސިލުވުމަށް އެހީތެރިވެދެ އެވެ.

ކޮންމެ ދުވަހަކު ކަސްރަތު ކުރުމުން 400 އާއި 500 އާ ދެމެދުގެ ކެލޮރީ އަންދާލެވެ އެވެ. ނަމަވެސް ހަފުތާއަކު މަދުވެގެން އެއް ދުވަހު ކަސްރަތު ނުކޮށް ހަށިގަނޑަށް އަރާމުދިނުމަކީ މުހިންމު ކަމެކެވެ.

ކެލޮރީ މަދުކުރުމާއި ކަސްރަތުގެ އެހީގައި، ހަށިގަނޑަށް އެތެރެވާ ކެލޮރީއަށް ވުރެ އިތުރަށް ދުވާލަކު އެވްރެޖްކޮށް 750 ކެލޮރީ އަންދާލެވޭނަމަ، ކޮންމެ 4.6 ދުވަހަކުން އެއް ޕައުންޑުގެ ސަރުބީ ވިރުވާލެވޭނެ އެވެ. މިއަށްވުރެ އަވަހަށް ބަރުދަން ލުއިކުރުމަކީ ވަރަށް އުނދަގޫ ކަމަކަށް ވުމުގެ އިތުރުން، އެއީ ގިނަ މީހުންނަށް ސިއްހީ ގޮތުން ރަނގަޅު ގޮތެއް ވެސް ނޫނެވެ.

ހަފުތާއަކު 1.5 ނުވަތަ 2 ޕައުންޑު ލުއިކުރުމަށް އަމާޒު ހިފުމަކީ ރަނގަޅު މިންވަރެކެވެ. މި ރޭޓުގައި ބަރުދަން ލުއިކުރާނަމަ، ހަ ހަފުތާގެ ތެރޭގައި 10 ޕައުންޑު ލުއިކުރުމަކީ ހާސިލުކުރެވޭނެ އަމާޒެކެވެ. މިގޮތަށް ލުއިވާ ބަރުދަނުގެ ތެރޭގައި އުނަގަނޑުގެ ސަރުބީ ވެސް ހިމެނޭނެ އެވެ.

މިކަން ކުރުމަށް ކެތްތެރިކަމާއި އަދި އަހުލާގީ ހިފެހެއްޓުންތަކެއް ބޭނުންވެ އެވެ. އެންމެ ރަނގަޅު ގޮތަކީ ހަމައެކަނި އުނަގަނޑަށް ސަމާލުކަން ދިނުމުގެ ބަދަލުގައި، މުޅި ހަށިގަނޑުގެ ސަރުބީ މަދުކުރުމަށް މަސައްކަތް ކުރުމެވެ. ބައެއް ކަސްރަތުތަކުގެ ސަބަބުން ބަނޑާއި އުނަގަނޑުގެ މަސްތައް ވަރުގަދަކޮށް ބާރުކޮށްދިނުމަށް އެހީތެރިވެދެ އެވެ.

ހާސިލުކުރެވޭނެ ފަދަ ހަގީގީ އަމާޒެއް ކަނޑައަޅައި، ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ، ދާއިމީ ގޮތެއްގައި މިކަމުން ކާމިޔާބީ ލިބުމުގެ ފުރުސަތު ބޮޑެވެ.

މައުލޫމާތު: ހެލްތުލައިން

ކޮމެންޓް

ފަހުގެ ޚަބަރު

އޮލިމްޕަހުން "ދެވި" ނެރެނީ

މަރްޔަމް އައްޒަގެ ފުރަތަމަ ޕްރޮޑަކްޝަން ކަމަށްވާ ބިރުވެރި ފިލްމު "ދެވި" އޮލިމްޕަހުގައި ދައްކާ ނިންމާލުމަށް ތައްޔާރުވެ، ވަދާއީ ޝޯތަކުގެ ޓިކެޓް ވިއްކަން ފަށައިފިއެވެ. ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުންދާ މި ފިލްމުގެ އެންމެ ފަހު ޝޯ އޮކްޓޯބަރު 25 ގައި ދެއްކުމަށް ހަމަޖެހިފައިވާއިރު، މިއީ ފަންނީ ގޮތުން ގިނަ ކުރިއެރުންތަކެއް ދައްކުވައިދީފައިވާ ކާމިޔާބު އުފެއްދުމެކެވެ.

އިންޑިއާގެ ގޭންގަކުން ޓައިގާ ޝްރޮފަށް އަމާޒުކޮށް ބަޑި ޖަހައިފި

މުމްބާއީގެ ޖޫހޫ ސަރަހައްދުގައި ފިލްމީ ތަރި ޓައިގާ ޝްރޮފްގެ ކާރަށް އަމާޒުކޮށް ބަޑީގެ ހަމަލާތަކެއް ދީފައިވާއިރު، މި ހަމަލާއިން އޭނާ ސަލާމަތްވި ނަމަވެސް ޑްރައިވަރަށް ވަނީ އަނިޔާވެފައެވެ. ލޯރެންސް ބިޝްނޯއީގެ ގޭންގުން މި ހަމަލާގެ ޒިންމާ އުފުލާފައިވާއިރު، މިއީ ސަލްމާން ޚާނާއެކު މަސައްކަތް ނުކުރުމަށް ދިން އިންޒާރުތަކަށް އޭނާ ބޯނުލެނބުމުން ދިން ހަމަލާއެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އަލް ޕަޗީނޯއަށް ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ދޭން ނިންމައިފި

މަޝްހޫރު އެކްޓަރު އަލް ޕަޗީނޯ ފިލްމީ ދާއިރާގައި 60 އަހަރަށްވުރެ ގިނަ ދުވަހު ކޮށްފައިވާ މަސައްކަތްތަކުގެ އަގުވަޒަންކޮށް، އެސްއޭޖީ-އޭއެފްޓީއާރުއޭގެ "ލައިފްޓައިމް އެޗީވްމަންޓް އެވޯޑް" އޭނާއަށް ދޭން ނިންމައިފިއެވެ. މި ޝަރަފުވެރި އެވޯޑް އޭނާއަށް އެރުވުމަށް ހަމަޖެހިފައިވަނީ 2027 ވަނަ އަހަރުގެ ފެބްރުއަރީ މަހު ބާއްވާ 33 ވަނަ އެކްޓާ އެވޯޑްސް ރަސްމިއްޔާތުގައެވެ.

ލިއަމް ޕޭންގެ ހަނދާނުގައި ހެރީ ސްޓައިލްސްގެ އާ ލަވައެއް

މަޝްހޫރު ލަވަކިޔުންތެރިޔާ ހެރީ ސްޓައިލްސް، އޭނާއާއެކު "ވަން ޑައިރެކްޝަން" ބޭންޑުގައި މަސައްކަތްކުރި ލިއަމް ޕޭން މަރުވިތާ ދެ އަހަރު ފުރުނު ދުވަހާ ދިމާކޮށް އޭނާގެ ހަނދާނުގައި އާ ލަވައެއް ހުށަހަޅައިދީފިއެވެ. ނިއުޔޯކުގެ މެޑިސަން ސްކޮޔާ ގާޑަންގައި ބޭއްވި ކޮންސެޓެއްގައި "ވަޓް އިޒް އިނަފް" ގެ ނަމުން ނަންދީފައިވާ މި ލަވަ ހުށަހަޅައިދެމުން، ސްޓައިލްސް ވަނީ ޕޭންއަކީ އޭނާގެ ކާމިޔާބީގައި މުހިންމު ދައުރެއް އަދާކުރި ގާތް އެކުވެރިއެއްގެ ގޮތުގައި ސިފަކޮށްފައެވެ.

މުޒާހަރާ ކުރުމުން އެކްޓަރު އިމްރާން ޚާން އިންޑިއާއިން ބޭރުކުރަނީ

އިންޑިއާގެ އިލެކްޝަން ކޮމިޝަނާ ދެކޮޅަށް ކުރި ސިޔާސީ މުޒާހަރާއެއްގައި ބައިވެރިވެ، ވިސާގެ ގަވާއިދާ ޚިލާފުވުމުން އެމެރިކާގެ ރައްޔިތެއް ކަމަށްވާ އެކްޓަރު އިމްރާން ޚާން މި މަހުގެ 28 ގެ ކުރިން އިންޑިއާއިން ފުރުމަށް އަންގައިފިއެވެ. އޭނާ ގައުމުން ބޭރުކުރަން ނިންމީ ބޭރު ގައުމުތަކުގެ މީހުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން މަނާކުރާ ގާނޫނާ ޚިލާފުވުމާ ގުޅިގެންނެވެ.

ހިކޭ ބޭހުން ނިޔަފައްޗާއި އިސްތަށި ފޭބުމުގެ ފުރުސަތު އޮވޭ

ބަރުދަން ލުއިކުރުމަށް ބޭނުންކުރާ "ޖީއެލްޕީ-1" ބޭސްތަކުގެ ސަބަބުން ނިޔަފަތި ނެއްޓުމާއި، ނިޔަފަތީގެ ކުލަ ބަދަލުވުމުގެ ފުރުސަތު ބޮޑުވާކަމަށް އާ ދިރާސާއަކުން ވަނީ ދައްކާފައެވެ. މި ބޭސް ބޭނުންކުރާ މީހުންގެ މެދުގައި ނިޔަފަތީގެ މައްސަލަތައް ދިމާވުން ދެ ގުނަ އިތުރު ނަމަވެސް، މިއީ ސީދާ ބޭހުގެ ސަބަބުން ނުވަތަ ބަރުދަން ލުއިވުމާ ގުޅިގެން ދިމާވާ ކަމެއްތޯ ކަށަވަރުކުރުމަށް އިތުރު ދިރާސާތައް ބޭނުންވެއެވެ.

ފަލަސްތީނަށް އެހީވާތީ ސެލީ ރޫނީގެ ފޮތްތައް ޔޫކޭގައި ނުވިއްކޭނެ

މަޝްހޫރު ލިޔުންތެރިޔާ ސެލީ ރޫނީ ފަލަސްތީން އެކްޝަން ޖަމާއަތަށް މާލީގޮތުން އެހީތެރިވާތީ، އިނގިރޭސިވިލާތުގެ ގާނޫނުތަކާ ފުށުއަރާތީ އޭނާގެ ފޮތްތައް އެ ގައުމުގައި ވިއްކުން ހުއްޓާލައިފިއެވެ. މި ނިންމުން ނިންމީ ފޮތްތަކުން ލިބޭ ރޯޔަލްޓީ ފައިސާ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބަޔަކަށް ދިނުމަކީ ޖިނާއީ ކުށަކަށް ވެދާނެތީ، ޕަބްލިޝަރާ މަޝްވަރާކުރުމަށްފަހުގައެވެ. މީގެ ސަބަބުން އިނގިރޭސިވިލާތުގައި އޭނާގެ ފޮތްތައް ސަޕްލައިކުރުމާއި އީ-ބުކް ވިއްކުން މިހާރު ވަނީ މެދުކަނޑާލާފައެވެ.

Newsletter

Get the latest news delivered straight to your inbox