މެޑިކްއިޕްއަށް އައިޖީއެމްއެޗުން ބަދަލު ހޯދޭނެ ކަމަށް ހައިކޯޓުން ހުކުމްކޮށްފި

އައިޖީއެމްއެޗް ހޮސްޕިޓަލާ އެކީގައި ހިންގާ ދަރުމަވަންތަ ހޮސްޕިޓަލް: މި ދެ ހޮސްޕިޓާ މިހާރު ހިންގަނީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން --- އަދަދު ފައިލް ފޮޓޯ

އައިޖީއެމްއެޗް ހޮސްޕިޓަލާ އެކީގައި ހިންގާ ދަރުމަވަންތަ ހޮސްޕިޓަލް: މި ދެ ހޮސްޕިޓާ މިހާރު ހިންގަނީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން --- އަދަދު ފައިލް ފޮޓޯ

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލު (އައިޖީއެމްއެޗް) ގައި ލެބޯޓްރީ މެޝިނެއް ބަހައްޓައިދިނުމުގެ މުގާބިލުގައި އެއްބަސްވީ ގޮތަށް ރީއެޖެންޓްސް ނުގަތުމުން ގެއްލުމުގެ ބަދަލު ނުހޯދޭނެ ކަމަށް ބުނެ ހައިކޯޓަށް ދިޔުމުން، އެ ހޮސްޕިޓަލާ ދެކޮޅަށް މައްސަލަ ނިންމައިފި އެވެ. 

މިއީ 2014 ގައި މެޑިކްއިޕް މޯލްޑިވްސް އާއި އައިޖީއެމްއެޗާ ދެމެދު ވީ އެއްބަސްވުމަކާ ގުޅިގެން އުފެދުނު މައްސަލައެކެވެ.

މި އެއްބަސްވުމުގެ ދަށުން މެޑިކްއިޕުން ވަނީ އައިޖީއެމްއެޗްގައި ލެބޯޓްރީ މެޝިނެއް ހިލޭ އިންސްޓޯލް ކޮށްދީފަ އެވެ. އޭގެ މުގާބިލެއްގެ ގޮތުން އެ މެޝިނަށް ބޭނުންވާ ރީއެޖެންޓްސްގެ އަގު ފަސް އަހަރު ވަންދެން ވަކި ވަރެއްގައި ހިފަހައްޓަން އެއްބަސްވި އެވެ. އަދި އެ ތަކެތި ހޮސްޕިޓަލުން ހޯދަން ޖެހޭނީ މެޑިކްއިޕް މެދުވެރިކޮށް ކަމަށް ވެސް އެއްބަސްވުމުގައި ވެ އެވެ.

ނަމަވެސް ނޮވެމްބަރު 2017 ގައި އައިޖީއެމްއެޗުން ވަނީ އެ މެޝިންތައް ގެންދަން މެޑިކްއިޕަށް ސިޓީއަކުން އަންގައިފަ އެވެ. ސަބަބަކަށް ދެއްކީ އެ ވަގުތު އެ މެޝިންތައް ހޮސްޕިޓަލުގައި ބޭނުން ނުކުރާ ކަމެވެ. އައިޖީއެމްއެޗްއިން އެ މެޝިން ބޭނުންކުރި ދެ އަހަރުގެ މުއްދަތުގައި ވެސް މެޝިނަށް ބޭނުންވާ ރީއެޖެންޓްސް ގަނެފައި ވަނީ އެސްޓީއޯ މެދުވެރިކޮށެވެ.

އެއްބަސްވުން އުވާލި މައްސަލައިގައި މެޑިކްއިޕުން ސިވިލް ކޯޓުގައި ދައުވާ ކުރުމުން، އެ ކޯޓުން ހުކުމް ކުރި އެއްބަސްވުން އުވާލީ ގާނޫނާ ހިލާފަށް ކަމަށް ބެލެވެން ނެތް ކަމަށެވެ. އެކަމަކު މެޝިން ބޭނުންކުރި މުއްދަތުގައި އެއްބަސްވުމާ އެއްގޮތަށް ރީއެޖެންޓްސް ނުގަތުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ވަކި ދައުވާއެއް ކުރުމުގެ ހައްގު މެޑިކްއިޕަށް އޮންނާނެ ކަމަށް ސިވިލް ކޯޓުން ކަނޑައެޅި އެވެ.

ދަށު ކޯޓުގެ ނިންމުން އިސްތިއުނާފު ކުރަމުން ދައުލަތުން ހައި ކޯޓުގައި ބުނީ މެޝިން ބެހެއްޓީ ހިލޭ ކަމަށް ވާތީ އެއްބަސްވުމުގައި މުގާބިލެއް ނެތް ކަމަށެވެ. އަދި ދައުލަތުން އެއްބަސްވުމާ ހިލާފުނުވާ ކަމަށް ނިންމުމަށް ފަހު، ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރުމުގެ ހައްގު މެޑިކްއިޕަށް ދިނުމަކީ ގޯހެއް ކަމަށް ވެސް ބުންޏެވެ.

މި މައްސަލައިގައި ހައި ކޯޓުން ކުރި ހުކުމުގައި ބުނީ، މެޝިނަށް ބޭނުންވާ ސާމާނު މެޑިކްއިޕް މެދުވެރިކޮށް ގަންނަން އޮތް އޮތުމަކީ އެއްބަސްވުމުގެ މުގާބިލު ކަމަށެވެ. އަދި ދައުލަތުން އެހެން ފަރާތަކުން ސާމާނު ގަތުމަކީ އެ މުގާބިލު ނެތިގެންދާނެ ކަމެއް ނޫން ކަމަށް ވެސް ބުންޏެވެ. 

މީގެ އިތުރުން ސިވިލް ކޯޓުން ދީފައިވާ ހައްގަކީ އެއްބަސްވުން އުވާލުމުން ލިބޭ ބަދަލެއް ނޫން ކަމަށް ހައިކޯޓުން ބުންޏެވެ. މި ބަދަލަކީ، އެ ކޯޓުގެ ފަނޑިޔާރުން ބުނި ގޮތުގައި، މެޝިން ބޭނުންކުރި އިރު މެޑިކްއިޕް މެދުވެރިކޮށް ރީއެޖެންޓްސް ނުގަތުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު ކަމަށެވެ.

މިހެންކަމުން އެފަދަ ދައުވާއެއް ކުރުން މަނާކުރާ ގާނޫނީ ހަމައެއް ނެތް ކަމަށް ކަނޑައަޅައި، ހައި ކޯޓުގެ ތިން ފަނޑިޔާރުން އިއްތިފާގުން ވަނީ ސިވިލް ކޯޓުގެ ހުކުމް ދަމަހައްޓައިފަ އެވެ.


ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox