ޕީއެންސީގެ ދައުވަތު ގަބޫލުކޮށް ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

Nov 14, 2026, 5:00 PM
އަދާލަތުގެ ރައީސްގެ މަގާމަށް އިންތިހާބުވި ޝިފާން ---

އަދާލަތުގެ ރައީސްގެ މަގާމަށް އިންތިހާބުވި ޝިފާން ---

ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ދީފައިވާ ދައުވަތު ގަބޫލުކޮށް އެ ޕާޓީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީން މަޝްވަރާ ކުރަން ފަށައިފި އެވެ. 

ހުކުރު ދުވަހުގެ ރޭ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ހަތަރުވަނަ ދައުރުގެ ނުވަވަނަ ބައްދަލުވުން ވަނީ ބާއްވާފަ އެވެ. އެ ބައްދަލުވުމަށް އެ ޕާޓީގެ ރައީސް މުހައްމަދު ޝިފާންގެ ފަރާތުން ވަނީ ޕީއެންސީ އާއެކު ކޯލިޝަން ހެދުމުގެ މައްސަލަ ހުށަހަޅާފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މައްސަލައަށް ވަކި ގޮތެއް މިހާތަނަށް ނިންމާފައި ނުވެ އެވެ. އެ ޕާޓީގެ މިހާރު ލީޑާޝިޕުގެ ވިސްނުން ހުރީ ވެރިކަން ކުރާ ޕާޓީއާއެކު ކޯލިޝަން ހަދައިގެން ކުރިއަށްދިޔުމަށް ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

މިރޭގެ ވަގުތެއްގައި މިކަމާ ގުޅިގެން އިތުރު ބައްދަލުވުމެ އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ފަރާތުން ބާއްވާނެކަން ވަނީ އެނގިފަ އެވެ. 

ކުރިން އެމްޑީޕީއާ ނުރުހި، އެ ޕާޓީގެ ސިޔާސަތުތަކާ ދެކޮޅު ހެދި އަދާލަތުން އެމްޑީޕީއާ 2015 ވަނަ އަހަރުން ފެށިގެން ގުޅިގެން މަސައްކަތްތަކެއް ކުރި އެވެ. އަދި 2018 ގައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރި ސަރުކާރު ކޯލިޝަންގައި ވެސް އެ ޕާޓީ ހިމެނުނެވެ. 

އެ ސަރުކާރުގެ ދައުރު ނިމެން އައި އިރު، ކޯލިޝަނުގައި ދެމިތިބި ހަމައެކަނި ޕާޓީއަކީ ވެސް އަދާލަތެވެ. އަދި އެންމެފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ އެކީ ދެވަނަ ބުރުގައި ވެސް ކޯލިޝަން ހަދައިގެން ތިބި ހަމައެކަނި ޕާޓީއަކީ އަދާލަތެވެ. 

މި ސަރުކާރު ހަވާލުވުމަށް ފަހު ކުރި ބައެއް ކަންކަމަށް އަދާލަތުން ވަރަށް ބޮޑަށް ފާޑުވެސް ކިޔާފައިވެ އެވެ. އެ ޕާޓީގެ ރާގު ބަދަލުވާން ފެށީ މި އަހަރުގެ ޖެނުއަރީ މަހު ލީޑާޝިޕަށް އައި ބަދަލުތަކާއެކު އެވެ. 

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ރައީސް މުހައްމަދު މުއިއްޒު ބޭނުންވެގެން ނެގި ވޯޓުގައި ވެސް އަދާލަތުން ތާއިދުކުރީ ސަރުކާރުގެ ސްޓޭންޑަށެވެ.  

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

ހުލާސާކޮށް އިއްޔެ: ރަސްމާލެ މަޝްރޫއުއާ ދެކޮޅަށް ބޭއްވި އެއްވުން

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް ބިދޭސީން ވަޒަންވެރިކުރުވާތީ، އެކަމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ވަނީ "ގައުމީ ހަރަކާތް" ނަމުގައި ބޮޑު ރެލީއެއް ބާއްވާފައެވެ. މި އެއްވުމުގެ ބައިވެރިން ގޮވާލާފައިވަނީ މި މަޝްރޫއު ހުއްޓާލުމަށް ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށެވެ.

Newsletter

Get the latest news delivered straight to your inbox