ބިދޭސީން ދިރިއުޅޭ ތަނެއްގައި ގޭސް ފުޅިއެއް ގޮވައި ހަތަރު މީހަކަށް ހާނީއްކަވެއްޖެ

Aug 24, 2026, 8:24 AM
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ: އެ ހާދިސާގައި ހާނީއްކަވި ދެ މީހެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނޭ -- ފޮޓޯ: އެންޑީއޭ

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ: އެ ހާދިސާގައި ހާނީއްކަވި ދެ މީހެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނޭ -- ފޮޓޯ: އެންޑީއޭ

ވެރި ރަށް މާލޭގައި ބިދޭސީން ދިރިއުޅޭ ތަނެއްގައި ގޭސް ފުޅިއެއް ގޮވައި ހަތަރު މީހަކަށް ހާނީއްކަވެއްޖެ އެވެ. 

މީޑީއާތަަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ އެ ހާދިސާގައި ހަތަރު މީހަކަށް ހާނީއްކަވި ކަމަށާއި އޭގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސް ކަމަށެވެ. 

ގޭސް ފުޅި ގޮވި ހާދިސާގައި ހާނީއްކަވީ ބަންގްލަދޭޝްގެ ދެ މީހުންނާއި އިންޑިއާގެ ދެ މީހުންނަށް ކަމަށް ފުލުހުން ބުނެ އެވެ. އެ އެންމެނަށް ވެސް އައިޖީއެމްއެޗް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ. 

Advertisement

އަލިފާން ރޯވީ މއ. ދޫގަސް ގަ އެވެ. އެއީ މާވެޔޮ މަގުގައި ހުންނަ އޭޑީކޭ ފާމަސީ ކުރިމަތިން ހުންނަ ހަނި ގޯޅި ތެރޭގަ ހުންނަ ގެއެއްގަ އެވެ. އެ ހާދިސާގައި ގޭސް ފުޅި ގޮވައި، އަލިފާން ރޯވި ކަމަށް ވެސް ފުލުހުން ބުންޏެވެ. 

އެ ގޭގައި ރޯވި އަލިފާންގަނޑު ސިފައިން އައިސް ނިއްވާލާފައިވާ ކަމަށް ވެސް ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވެ އެވެ. 

ބިދޭސީން ދިރިއުޅޭ ތަނެއްގައި ގޭސް ފުޅިއެއް ގޮވައި ހާދިސާއެއް ހިނގިއިރު، ހަމަ މިފަދަ ހާދިސާއެއްގައި މިދިޔަ މާޗް މަހު އއ. ދިގުރަށުގައި ފަސް ބިދޭސީއަކު ވަނީ މަރުވެފަ އެވެ. މަރުވީ ބަންގްލަދޭޝްއަށް ނިސްބަތްވާ ސަފީގުލް އިސްލާމް، އެމްޑީ ސާދަރު އަލީ، ތާޖުއްދީން އިސްލާމް، އެމްޑީ ރޮބިން މޮއްލާ އަދި އެމްޑީ ނަބީސަރްކާރް އެވެ.

އޭކުރިން ނޮވެމްބަރު، 2022، ގައި މާލޭގައި ހިނގި ވަރަށް ބޮޑު އަލިފާނުގެ ހާދިސާއެއްގައި 10 ބިދޭސީއަކު ވަނީ ނިޔާވެފަ އެވެ. އޭގެ ތެރެއިން ނުވަ މީހުންނަކީ އިންޑިއާގެ ރައްޔިތުންނެވެ. 

ރަސްމީ ހިސާބުތަކަށް ބަލާއިރު، ދިވެހިރާއްޖޭގައި ދިރިއުޅޭ ކޮންމެ ތިން މީހަކުން އެކަކީ ބިދޭސީއެކެވެ. ނުރަސްމީ ހިސާބުތަކުން އެ އަދަދު މާ ބޮޑަށް އިތުރު ވާނެ ކަމަށް ބެލެވެ އެވެ. ރާއްޖޭގައި މަސައްކަތް ކުރާ ގިނަ ބިދޭސީން އުޅެނީ ދިރިއުޅެން އެކަށީގެންނުވާ ކުދި ތަންތަންކޮޅުގައި، ވަރަށް ގިނަ މީހުންނައެކު އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox